Skip to main content

Posts

Showing posts from April, 2013

މަންމަން ފަޞާޙާތްތެރިޔާ

މަންމަން ފަޞާޙާތްތެރިޔާ   އަހަންނަކީ ޢުމުރުން 37 އަހަރުގެ ޒުވާނަކީމެވެ. ކައިވެންޏެއް ކޮށް، ދަރިންތަކެއްގެ ބައްޕައަކަށް ވެފައިވާ މީހަކީމެވެ. ބޮޑެތި ފާފަތަކުގެތެރެއިން ގާތްގަނޑަކަށް ހުރިހާ ފާފައަކަށް އަރައިގަނެފައިވާ މީހަކީމެވެ. ނަމާދެވެ.... ޖަމާޢަތުގައި އަހަރެން ނަމާދު ކުރާކަމުގައި ވަނީ ވަރަށް ޚާއްޞަ މުނާސަބަތު ތަކުގައެވެ. ހަމައެކަނި އެހެން މީހުންނަށް ދެއްކުމަށްޓަކައެވެ. އޭގެ ސަބަބަކަށްވީ އަހަރެންގެ ނުބައި އެކުވެރިންނެވެ. އަދި ޝައިޠާނާ އަބަދުމެ އަހަންނާއެކު ވިއެވެ.

ތިމާ މަރުވެ ފަސްގަނޑު ދަށަށް ދިޔުމުން ތިމާގެ ޤަބުރު ކޮނެ ނަގައި އެއްލާލެވުމަށް ތިމާ ރުހޭނެބާއެވެ.

ތިމާ މަރުވެ ފަސްގަނޑު ދަށަށް ދިޔުމުން ތިމާގެ ޤަބުރު ކޮނެ ނަގައި އެއްލާލެވުމަށް ތިމާ ރުހޭނެބާއެވެ؟ އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު     ދުނިޔޭގައި ތިބާއީ ގަހެއްގެ ހިޔަލުގައި އަރާމުކޮށްލުމަށް މަޑުކުރުމަށްފަހު އެތަން ދޫކޮށްދާ މީހެކޭ އެއްފަދަ މީހެކެވެ. ދުނިޔެއަކީ ތިބާގެ ދާއިމީ ގޮވައްޗެއްނޫނެވެ. އެތަނުން ތިމާ ކޮންމެ އެއްޗެއް ޙާޞިލުކުޅަޔަސް އެއެއްޗަކާއި ދާދި އަވަހަށް ވަކިވާން ޖެހިދާނެއެވެ. އަދި އެތަނުން ތިމާ ދަތި އުނދަގުލުން ބިންކޮޅެއް ޙާޞިލުކޮށް އެތަނުގައި ޢިމާރާތްކޮށްލުމުގެ ކުރީން ވަކިވާންޖެހިދާނެއެވެ. އަދި އެތަނުން ތިމާ އެތަށް ފައިސާއެއް ޚަރަދުކޮށް އެތައް އޮޅިއެއް ގިރާކުރުމަށްފަހު ރީތިނުފޫޒުގަދަ އަންބަކު ޙާޞިލުކުރުމަށްފަހު ރޭކުރުމުގެ ކުރީން އޭނާއާއިވެސް ވަކިވާން ޖެހިދާނެއެވެ. ދެން ތިބާއަށްފަހު އެއަންހެން މީހާ އެހެން މީހަކާ އިނދެގެން އުފަލުގައި ދިރިއުޅޭނެއެވެ.

އަންހެންކުށްޖެއްގެ ވާހަކަ

" އުމުރުން 23 އަހަރުވީއިރުވެސް އެންމެ ސަޖިދައެއްވެސް ނުޖަހައެވެ. ދުނިޔޭގައި ހެއްދެވިއްޔާ ހެއްދެވިހާ ފާޙިޝް ޢަމަލުތަކެއް ދިޔައީ ކުރަމުންނެވެ. ނަމަވެސް.......... އެއަންހެންކުއްޖާއަށް ކުރެވުނު ކުށުގެ އުޤޫބާތެއްގެ ގޮތުން ދަންޖައްސާ މަޅިގަނޑާދިމާލަށް ގެންދެވުނު އިރު މުޅިތަން ވަނީ މީސްތަކުންނާއިގެން ފުރިފައެވެ. އެ ފުރާނަ މިފަނާވަނިވި ދުނިޔެއާއި ވަކިވިހިނދު، ޢިލްމުވެރިންގެ ހެޔޮދުޢާތަކާއި، ދީންވެރި އަންހެނުންގެ އުދާސްތަކާއި ، އެތަކެއް މުސްލިމުންގެކެކުޅުންތަކާއި ރުއިމުން މުޅިހިސާބު ގުގުމަމުންދިޔައެވެ."

ސުވަރުގެ ބޭނުންނުވާނީ ފަހެ ކާކުތޯއެވެ ؟

ސުވަރުގެ ބޭނުންނުވާނީ ފަހެ ކާކުތޯއެވެ ؟ އައްޝައިޚް   އިބްރާހީމް ފަރީދު އަޙްމަދު އަހުރެން ވަނީ އެބައިމީހުންގެ ތެރެއިން ކަހަލައެވެ. އެބައިމީހުން އެބައިމީހުންގެ   ކައްވަޅުތަކުން އެއްވެސް ބިރަކާނުލައި ތެދުވެއެވެ. އެންމެ ބޮޑުބިރުގެ ހިތާމައެއް   އެބައިމީހުންނަކަށް ނުލިބޭހުއްޓެވެ. އަދި މަލާއިކަތް ބޭކަލުން ވިދާޅުވާނެއެވެ. މިއީ   ތިޔަބައިމީހުންނަށް ވަޢުދުކުރެވުނު ކަމުގައިވީ ދުވަހެވެ.

ނަރަކައިގެ ބިރުވެރިކަމާއި ނާމާންކަމުން އަޅަމެން ސަލާމަތް ކުރައްވާށިއެވެ

ނަރަކައިގެ ބިރުވެރިކަމާއި ނާމާންކަމުން އަޅަމެން ސަލާމަތް ކުރައްވާށިއެވެ އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު     އޭ ޣާފިލްވެފައިވާ އަޚުންނާއި އުޚްތުންނެވެ! މިފަނާވެ ދަނިވި ދުނިޔޭގެ ދަޅަތަކަށް ހެއްލިފައިވާ މީހުންނޭވެ! ތިބާ ދޫކުރަން ތިޔައުޅޭ ތަނާމެދު އެވަރަށް ނުވިސްނަވާށެވެ! އޭގެ ބަދަލުގައި ތިބާ ދާން އުޅޭ ތަނާމެދު ވިސްނަވާށެވެ! އެހެނީ އެންމެން ނަރަކައިގެ ކައިރިން ގެންދެވޭނެކަމަށް ވަނީ ޚަބަރުކުރެވިފައެވެ.

މަރުވުމަށްފަހު

މަރުވުމަށްފަހު އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ދުނިޔެވީ ޙަޔާތުގައި އެކި މީހުން އެކި މަސައްކަތުގައި މަޝްޢޫލުވެ އުޅެއެވެ. އެފަދަ ކަންކަން ކުރުމުގައި ދެންވެދާނޭ ގޮތަކާއިމެދު އެމީހުން ނުހަނު ބޮޑަށް ވިސްނައެވެ. އެކަމުން ތިމާއަށް ލިބޭނީ ފައިދާތޯއެވެ؟ ނުވަތަ ގެއްލުންތޯއެވެ؟ އެއީ އެކަމުން އެމީހަކަށް އެންމެ ފައިދާހުރި ގޮތް ޚިޔާރުކޮށް، އެމީހަކަށް އެންމެ ގެއްލުން ހުރިމަގުން ރައްކާތެރިވެ ހުރުމަށްޓަކައެވެ. ޝައްކެއްނެތެވެ.

މަރުގެ ނަޞީޙަތް

މަރުގެ ނަޞީޙަތް އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ދިރޭ ކޮންމެ މަޚްލޫގެއް މަރާއި ކުރިމަތިލާންޖެހެއެވެ. އެކަމަކީ ނައިސް ނުދާނެ ކަމެކެވެ. އެކަމުން އެއްވެސް މީހަކު ސަލާމަތްވާނޭނަމަ ޚަލްޤުތަކުންކުރެ ﷲ ތަޢާލާ ހޮއްވަވައި ޚިޔާރުކުރެއްވާފައިވާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ސަލާމަތްވެ ވަޑައިގެންނެވީހެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. "އެތަނުގައިވާ ކޮންމެ އެއްޗަކީވެސް ފަނާވެދަނިވި އެއްޗެކެވެ. އަދި ދެމިހުންނަވާނީ ކަލޭގެފާނުގެ ރައްބުގެ ވަޖްހުފުޅެވެ. އެއީ މަތިވެރިވަންތަކަމާއި މާތްކަމުގެ ވެރި އިލާހެވެ." (އައްރަޙްމާން : 27)

މުސްލިމް އަންހެނާ

ތިބާ އަހަންނާ ދިމާލަށް ބަލާފައި ތިޔަ ހީކުރަނީ އަހަންނަކީ އަނިޔާ ލިބިފައިވާ މީހެއް ކަމަށް ހެއްޔެވެ ؟ ތިބާ އަހަރެންގެ ބޭރު ފުށަށް ބަލާފައި އަހަންނާމެދު ގޮތް ނިންމަނީ ހެއްޔެވެ ؟ އަހަރެން ފަޚުރުވެރިކަމާއިއެކު ލައިގެން ހުންނަ ފޭރާމަށް ބަލާފައި ތިބާ އަހަންނާމެދު ހަމްދަރުދީ ވަނީހެއްޔެވެ ؟ އެއީ ، އަހަރެންގެ ހަށިގަނޑު ނިވާކޮށްފައި ހުރި ގޮތުންހެއްޔެވެ ؟ ***

ސެޕްޓެމްބަރު 2008 ވީ އަންގާރަދުވަހުރޭ ޓީވީގެ "ސިޔާސަތު" ޕްރޮގްރާމްގައި އިސްލާމްދީނުގައި އަންހެން ބޭފުޅުންގެ ޙިޖާބާއި އަދި ޤިޞާޞާއިބެހޭގޮތުން ރައީސް ދެއްކި ވާހަކަ:

16 ސެޕްޓެމްބަރު 2008 ވީ އަންގާރަދުވަހުރޭ ޓީވީގެ "ސިޔާސަތު" ޕްރޮގްރާމްގައި އިސްލާމްދީނުގައި އަންހެން ބޭފުޅުންގެ ޙިޖާބާއި އަދި ޤިޞާޞާއިބެހޭގޮތުން ރައީސް ދެއްކި ވާހަކަ: -   ޝާކިރު: 2000 ވަނަ އަހަރުގެ ނޮވެމްބަރު 16 ގައި ނިކުން އައްޑުވަހުގެ އަދަދުގައި އަނބި ކަނބަލުން ބުރުގާ އެޅުއްވުމާބެހޭގޮތުން އެއީ ކޮންމެހެން ލާޒިމް ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި އަނބިކަނބަލުން އަމިއްލައަށް އަޅުއްވަން ބޭނުންވެއްޖެނަމަ އޭނަގެ އިޚްތިޔާރުގައި އޮތްކަމެއްކަމަށް މަނިކުފާނު ވަނީ ވިދާޅުވެފަ އިނގޭތޯ، މިހެން ވިދާޅުވެފައިވާއިރު ދީނީ ތަޢުލީމް ޚާޞިލްކުރައްވައިގެން ތިއްބެވި ބޭފުޅުން ވިދާޅުވާގޮތުގައި އަންހެނެއްގެ އަޢުރައަކީ ދެއަތްތިލައާއި މޫނު ފިޔަވައި އެހެން ހުރިހާ ތަނެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނެތްކަމަށް އެބޭފުޅުން ވިދާޅުވަނީ އަދި މިކަންތައް ޤުރުއާނުގެ ނައްޞުން ސާބިތުވާކަމަށް ވިދާޅުވަނީ، އެއީ ނޫރު ސޫރަތުގެ 31 ވަނަ އާޔަތުން، މިހާސާފުކަމެއް ކީއްވެގެންތޯ ލާޒިމްކަމެއްކަމަށް ދެކިވަޑައިނުގަންނަވަނީ.

ރަނަށް ވުރެ އަގު ބޮޑެވެ.

ޢާއިޝާ އަކީ ސްކޫލްގައި އެހާ   'މަޝްހޫރު'   ކުއްޖެއް ނޫނެވެ. އޭނާއަކީ ބަސްއަހާ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. ކުލާހުގެ ހުރިހާކުދިންނާއި މުދައްރިސުން އޭނާއަށް އިޙްތިރާމް ކުރެއެވެ. އެއީ ބަސްއަހާ ކުދިންދެކެ އެންމެންވެސް ލޯބިވާތީއެވެ. ޢާއިޝާގެ ޢުމުރުން މިހާރު 12 އަހަރުވެއްޖެއެވެ.

އާފަލަކާއި ތަޤްވާވެރި ޒުވާނާ

ހިޖުރައިން ފުރަތަމަ ގަރުނުގައި ވަރަށް ތަޤުވާވެރި ޒުވާނަކު އުޅުނެވެ. އެ ޒުވާނާގެ ކަމަކީ ޢިލްމު ހާސިލުކުރުމަށްޓަކައި ހުސްވެ ހުރެގެން ތަޢުލީމު ލިބިގަތުމެވެ. ނަމަވެސް ވަރަށް ފަޤީރު ޒުވާނެކެވެ. އެއްދުވަހެއްގައި ވަރަށް ބަނޑުހައިވެފައިވާ ހާލުގައި ޒުވާނާ ގެއިން ނުކުތެވެ. ކާލާނެ ހަމަ އެކައްޗެއް ވެސް އެ ޒުވާނާއަށް ލިބިގެންނެއް ނުވެއެވެ. މިހެން ހިނގާފައި ދަނިކޮށް ފެނުނީ އާފަލުން ބަރާކޮށްފައިވާ ގަސްތަކަކުން ނަލަހެދިފައިވާ ދަނޑުތަކެކެވެ. ވަކިހިސާބަކަށް ދެވުނު އިރުގައި މި ފެނުނީ އެތަނުން ދަނޑެއްގައި ހުރި ގަހަކުން މަގުމައްޗަށް ވާ ގޮތަށް ގޮފިގަނޑެއް ނުކުމެފައިވާ ތަނެވެ.

އިހުގެ ފަތްފުށްތަކުން

މި ފަޑިޔާރުގެއިން ރާއްޖޭގެ ރަށްރަށުގެ ނައިބު ކަން މީސްމީހުނަށް ދެއްވިފައިވަނީ އެމީސްމީހުންގެ އިއްޒަތަކަށް ނޫނެވެ. އެ މީސްމީހުން ނަށް ދެއްވެވިފައިވާ ފަތުގައި ހުރިމަގުން އެހީތެރިކަމާއެކު އިސްލާމު ދީނުގެ ކަންތައް ރަގަޅަށް ހިންގުމަށެވެ.