ލޯތްބަކީ އޭގެ ޒާތުގައި ބައްޔެއް ނުވަތަ
ބަލިމަޑުކަމެއްވެސް ނޫނެވެ. އަދި ކިއެއްތަ، އެއީ އަޅުގަނޑުމެން އިންސާނުންނަށް
ކުރިމަތިވާ ތަފާތު މައްސަލަތަކުގެ ހައްލެވެ. ތަހައްމަލުކުރާ ތަފާތު ދަތިތަކާއި
ތުރާތަކުގެ ޝިފާއެވެ.
އެހެންނަމަވެސް ދެވިހިފުމާއި އަދި ޝައުޤުވެރިކަން ހުދޫދުން ބޭރުވުމާއި ކަނޑައެޅިފައިވާ ޙައްދުތައް ފަހަނައަޅާ ދެވިއްޖެނަމަ ނުވަތަ ލޯބިވީ ފަރާތުގެ އަގެއް ނެތިއްޖެނަމަ އެ ލޯބި ވެގެން އެ ދިޔައީ ޙަޤީޤަތުގައި ވެސް ބައްޔަކަށެވެ. އެފަދަ ޙާލަތެއް މެދުވެރި ވެއްޖެނަމަ ލޯބި ވެގެން ދާނީ ކޮންމެހެން ވެސް އެއަށް ފަރުވާއެއް ބޭނުންވާ ބަލިމަޑު ކަމަކަށެވެ.
އެހެންނަމަވެސް ދެވިހިފުމާއި އަދި ޝައުޤުވެރިކަން ހުދޫދުން ބޭރުވުމާއި ކަނޑައެޅިފައިވާ ޙައްދުތައް ފަހަނައަޅާ ދެވިއްޖެނަމަ ނުވަތަ ލޯބިވީ ފަރާތުގެ އަގެއް ނެތިއްޖެނަމަ އެ ލޯބި ވެގެން އެ ދިޔައީ ޙަޤީޤަތުގައި ވެސް ބައްޔަކަށެވެ. އެފަދަ ޙާލަތެއް މެދުވެރި ވެއްޖެނަމަ ލޯބި ވެގެން ދާނީ ކޮންމެހެން ވެސް އެއަށް ފަރުވާއެއް ބޭނުންވާ ބަލިމަޑު ކަމަކަށެވެ.
މި ބިންމައްޗަށް މާތްﷲ ފޮނުއްވާފައިވާ ކޮންމެ
ބަލިމަޑުކަމަކާއެކު އޭގެ ޝިފާވެސް ލެއްވިއެވެ. ވީއިރު [ލޯބި] ކަމުގައިވިޔަސް މި
ނިޒާމުގެ ތެރެއިން އެކަހެރިވެގެން ނުދާނެކަން ކަށަވަރެވެ. ވީ އިރު ބަލި ޖެހުމުގެ
ކުރިން ބަލިން ރައްކާތެރި ވުމަކީ އެކެމަށް އޮތް އެންމެ ރަނގަޅު ޝިފާއެވެ. ނެތުމުގެ
ތެރެއިން އަޅުގަނޑުމެން މި ވުޖޫދަށް ގެންނެވި ކުޅަދުންވަންތަ މާތް ﷲ ސުބްޙާނަހޫ
ވަތަޢާލާ ވަނީ އެކަންވެސް ބަޔާންކޮށް ދެއްވާފައެވެ. ރައްކާތެރިކަމުގެ ގޮތުން
އަޅަންވީ އެންމެ ފުރަތަމަ ފިޔަވަޅަކީ ކޮބައިތޯއެވެ؟ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ
ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ." قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ
أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ إِنَّ اللَّهَ
خَبِيرٌ بِمَا يَصْنَعُونَ" (سورة النور:30( މާނައަކީ:- "މުއުމިނު ފިރިހެނުންނަށް، އެއުރެންގެ
ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް (އެބަހީ:ޖިންސީގުނަންތައް)
ރައްކާތެރި ކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި،
ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން، ﷲ އީ، އެއުރެން ކުރާކަންތައް މޮޅަށް
ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.)
ހަމައެކަނި ފިރިހެނުންނަށް މި މުހިންމު
މެސެޖްދެއްވުމަށްފަހު ނިންމަވާލެއްވީއެއް ނޫނެވެ. ޖެހިގެން އޮތް އާޔަތުގައި މާތް ﷲ
ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ "وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ
مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ......" (سورة النور:31( މާނައަކީ:- "އަދި މުއުމިނު
އަންހެނުންނަށް އެ ކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ
ފަރުޖުތައް ރައްކާތެރި ކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!....." ދެ ޖިންސަށް
ވަކިން މި މުހިންމު އެންގެވުން އެންގެވުމުގެ ޙިކުމަތާމެދު ވިސްނާވަޑައިގެންނެވީމުތޯއެވެ؟
ލޮލުން ބަލައިލާ ބަލައިލުމަކީ މިފަދަ ކޮންމެ
ބައްޔެއްގެ ޝިކާރަޔަކަށް ތިމާ ހަދައިލާ ފުރަތަމަ ވަސީލަތެވެ. އެންމެ ފުރަތަމަ
ހަމައެކަނި އާދައިގެ ބަލައިލުމެކެވެ. އެއަށްފަހުގައި ހިނިތުންވެލުމެކެވެ.
އެއަށްފަހު ސަލާން ކޮށްލުމެކެވެ. ދެން ވާހަކަދައްކާލުމެކެވެ. އެކަހެރިވެތިބެ ވެވޭ
ބައްދަލުވެލުމެކެވެ. ދެން އެއަށްފަހު ފެށިގެންދަނީ މުޅިން އައު ބާބެކެވެ.
ހުޅުވިގެންދަނީ މުޅިން އެހެން ކަހަލަ ޞަފްޙާއެކެވެ. މީ ދުނިޔެ ދައްކަމުންދާ
ޙަޤީޤަތެވެ. ވީއިރު ބުއްދިވެރިންގެ ގޮތަކަށް ވާނީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ
އަންގަވާފައިވާ ގޮތަށް މި ބަލިމަޑުކަމުން ރައްކާތެރިވެ ތިބުމެވެ.
މާތްﷲ ސުބްޙާނަހޫ ވަތަޢާލާ މުއުމިނުންނަށް
އަމުރު ކުރައްވައި އަންގަވާފައިވަނީ އެބައިމިހުންގެ ބެލުންތައް ތިރި ކުރުމަށާއި،
އެބައިމީހުންގެ ފަރުޖުތައް ރައްކާތެރި ކުރުމަށެވެ. އެއީ އޭގެ ސަބަބުން، ކުރިންވެސް
ބަޔާންކުރި ފަދައިން ފާޙިޝް ޢަމަލުތަކުން ސަލާމަތްވުމަށެވެ. ކޮންމެއަކަސް މި
ބަލިމަޑުކަމަކީ މި ކަމާއިމެދު ނުވިސްނައި ތިބެއްޖެނަމަ އޭގެ ސަބަބުން ތިމާގެ
އަބުރަށާއި އަދި ތިމާގެ ޢާއިލާއަށް ހުތުރު ނަން ލިބިދާނެފަދަ ބަލިމަޑުކަމެކެވެ.
ބަލީގެ ސަބަބުން ކުރިމަތި ވެދާނެ ތޫފާނަކަށް ރައްކާތެރިވުންވެސް ބުއްދިވެރިއެވެ.
އެއިޑްސް ބައްޔާއި މި ނޫންވެސް މިފަދަ ނުރައްކާތެރި އެތައް ބަލިތަކެއް މިކަމުގެ
ސަބަބުން ފެތުރި އާންމުވަމުންދާކަމީ މި ކަމުގެ ނުރައްކާތެރިކަމާއި ނުބައިކަން
އެނގިގެންދާ ދުނިޔަވީ ހެކިތަކެވެ.
އަނެއްކޮޅުން ބަލާއިރު ތިމާއަށް ކުރިމަތި
ވުމަށް ނޭދޭ ކަމެއް އަނެކާއަށް ކުރިމަތިވާން އެދުމަކީ ހަމަޖެހޭ އުސޫލެއް ނޫނެވެ.
ވަރަށް ގިނަ ޒުވާނުން ތިމާގެ ބައިވެރިޔާއަށް ނުވަތަ އަނބިމީހާއަށް ސިއްރުން އެހެން
ޖިންސުއްލަތީފުންނާއެކު ގުޅުން ބާއްވައެވެ. ނޭދެވޭ ގޮތުގައެވެ. ނަމަވެސް ތިމާގެ
ބައިވެރިޔާ އެހެންމީހަކާއެކު ހަމައެފަދަ ގުޅުމެއް ހިންގިކަމުގެ ކުޑަކުޑަ
އިޝާރަތެއް ވިޔަސް ވަގުތުން އޭނާއާ ގުޅުން ކަނޑާލައެވެ. ދެއަކުރުގެ މަޝްހޫރު
"ވަރި" ލަފުޒު ބޭނުންކުރެއެވެ. ތިލަފަތް ހަމަހަމަތޯއެވެ؟
އަޅުގަނޑުމެންނަށް ބަހުގެ ތަފާތު
އަދަބިއްޔާތުތަކުން ލޯބީގެ ގިނަ ވާހަކަތަކެއް ފެންނަން އެބަހުއްޓެވެ. ޝީރީނާއި
ފަރުޙާދެވެ. ދޮންހިޔަލާއި އަލިފުޅެވެ. ލައިލާ އާއި މަޖުނޫނެވެ. އަދި ރޯމިޔޯ އާއި
ޖޫލިއަޓް ފަދަ އެތަކެއް ވާހަކަ ތަކެކެވެ. ނަމަވެސް މިއިން ކޮންމެ
ވާހަކައެއްގައިވެސް ބަޔާންކޮށްފައިއެވަނީ ޙާޞިލުވުމެއް ނުވާ، އުދާހާއި
ނުތަނަވަސްކަން އެކުލެވިގެންވާ ލޯތްބެއްގެ ވާހަކައެވެ. ޙަޤީޤީ ލޯތްބަކީ އެއީ
ކަމުގައި ގަބޫލުފުޅު ކުރެއްވޭނަމަ، އެއީ ތިޔަ ބޭފުޅާއަށް ކުރެއްވުނު ވަރަށް ބޮޑު
ކުށްހީފުޅެކެވެ. މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ޙަޤީޤީ ލޯބި އަޅުގަނޑުމެންނަށް
ހުއްދަ ކުރައްވާފައެވެ. އަދި އަޅުގަނޑުމެންގެ މާތް ޞާޙިބާ ވަނީ އެކަން
އަޅުގަނޑުމެންނަށް ބަޔާންކޮށް ދެއްވާފައެވެ. އެއީ ކައިވެންޏެވެ. ކައިވެނީގެ މާތް
ގުޅުމެވެ. އެ ގުޅުމުގެ ސަބަބުން އުފެދޭ ލޯތްބެވެ.
ދަންނަވަމެވެ. ދުރުގައިހުރުމަކީ ކިތަންމެ
ވޭންހުރި ކަމެއް ކަމުގައިވިޔަސް ބައެއްފަހަރު އެއީ ކޮންމެހެންވެސް ކުރަންޖެހޭނެ
ކަމެކެވެ. އެހެނީ ﷲ އަށްޓަކައި ތިމާ ކަމެއް ކުރާނަމަ އޭގެ ބަދަލު އެއަށްވުރެ
މާފުރިހަމައަށް ﷲ ދެއްވާނެކަން ކަށަވަރެވެ. މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ
ކުރައްވާފައިވަނީ " وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ
وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ" (سورة البقرة : 45) މާނައަކީ:- "އަދި ކެތްތެރިކަމާއި
ނަމާދުން ތިޔަބައިމީހުން ވާގި ހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް
މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތިއުނދަގޫކަމެކެވެ.)"
އަނެކުންނާމެދު ކަންބޮޑުވުމާއި
އަޅައިލުމާއި ކުލުނުން ފުރިފައިވާ ހިތެއް ވެގެންދާނީ ޔަގީނުންވެސް ލޯބިން
ފުރިފައިވާ ހިތަކަށެވެ. ލޯބީގެ އަޅަކަށް ނޫނެވެ. ހުސްވެފައިވާ ހިތަކީ، ކުރިމަތިން
ފެނިގެއްލިދާ އަވާމެންދުރުތަކާހެދި ނުތަނަވަސްކަން ބަރުދާސްތުކުރާ ހިތެކެވެ.
އާދޭހެވެ. ލޭފަވެތި ޖަޒުބާތަކީ ފިޠުރީ މުހުތާދެކެވެ. ނަމަވެސް ޙިކުމަތާއެކުގައެވެ.
ޙައްޤު ގޮތުގައެވެ. ތަޤްވާގެ މަތިވެރި ފޭރާމުން ޒީނަތްތެރިވެގެންވާ ހާލުގައެވެ.
އެހެންކަމުން ލޯބީގެ ބަލިމަޑުކަމުން ސަލާމަތްވެ ހުރެ ކައިވެނީގެ ޢިއްފަތްތެރިކަން
ހޯދާ ބަޔަކަށް ވުމުގެ ބޭނުންތެރިކަން ބޮޑެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.
މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ
ކުރައްވާފައިވަނީ "مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى
وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ
أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ" (سورة النحل : 97) މާނައަކީ:- "މުއުމިނަކު ކަމުގައިވާ
ޙާލު، ފިރިހެނުންގެ ތެރެއިން ވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް، ޞާލިޙު
ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު،
ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި
ހަމަކަށަަވަރުން، އެއުރެން ޢަމަލު ކޮށް އުޅުނު އެންމެ ހެޔޮތުގެ ދަރުމައިން،
އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާ ހުށީމެވެ."
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ