Skip to main content

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.


ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ.
ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.


އެމީހުންގެ މިމަސައްކަތް ނިމުމަކަށްއައީ ޖޯރޖް އަޑުއަހަމުންދިޔަ ރޭޑިއޯ ޗެނަލްއަކުން ޙައްޖުމަހުގެ ފުރަތަމަދުވަހަކީ ކޮބައިކަމާއި މިއަހަރުގެ ޢަރަފާތްދުވަހާއި ޢީދުދުވަހަކީ ކޮންދުވަހެއްކަން އިޢުލާން ކުރުމުންނެވެ. އާއިލާގެ ހުރިހާ މެމްބަރުންވެސް މިލިބުނު ޚަބަރަށްޓަކާ އުފާކޮށް، ތައްޔާރުވާންފެށިއެވެ. ޖޯރޖްވެސް އުޟްޙިޔާކަތިލުމަށްޓަކައި، އޭނާ ރައްކާކޮށްފައިވާ ލާރިކޮޅު ހިފައިގެން ބާޒާރަށް ދިޔައެވެ. އަދި ރޫފަރަނގަޅު ބަކަރިއެއް ގަނެގެން އައެވެ.
އުމުރުން ނުވައަހަރު ފުރުނުތާ މާގިނަދުވަހެއްނުވާ އެމީހުންގެ ހަގު އަންހެންދަރިފުޅު ބުނަމުން ދިޔައެވެ. ‘ބައްޕާ.. އަޟްޙާޢީދު ދުވަހަކީ ހާދައުފާވެރި ދުވަހެކެވެ. އެއީ އަޅުގަނޑުމެން އާހެދުންލައި، ޢާއިލާގެ ގޭގެއަށް ޒިޔާރަތްކޮށް ޢާއިލީ ގުޅުން ބަދަހިކުރާދުވަހެވެ. އަދި އުޟްޙިޔާ ކަތިލައި އަވަށްޓެރީންނަށް ހަދިޔާކޮށް، ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެދޭ ދުވަހެވެ. ބައްޕާ… މިޢީދުދުވަހުން ފެށިގެން އަޅުގަނޑު މޫނުވެސް ނިވާކުރާނަމެވެ. މިހާރު އަޅުގަނޑަކީވެސް ކުޑަކުއްޖެއް ނޫނެވެ.’ އެންމެ ހަގުދަރިފުޅުގެ މިވާހަކަތައް އަޑުއަހަމުން ދިޔައިރު ޢާއިލާގެ ހުރިހާމީހުންގެ މޫނުމަތިންވެސް އުފާވެރިކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ.
ޖޯރޖްގެ ފިރިހެން ދަރިފުޅު އައިސް ބުންޏެވެ. ‘ބައްޕާ… އުޟްޙިޔާ އާއި ބެހޭ މަޢުލޫމާތުތަށް ދީނީ ވެބްސައިޓުތަކާއި ބްލޮގްތަކުން އަޅުގަނޑު މިއައީ ބަލާފައެވެ. އެ ސައިޓުތަކުގައި އުޟްޙިޔާއެއްގެ ގޮތުގައި ކަތިލާއެތީގައި ހުންނަންވާ ޝަރުޠުތަކާއި އުޟްޙިޔާ ކަތިލާ މީހާގެ ކިބައިގައި ހުންނަވާ ޝަރުޠުތައްވެސް ބަޔާންކޮށްފައިވެއެވެ. އަދި އުޟްޙިޔާގެ އަދަބުތައްވެސް ބަޔާންކޮށްފައިވެއެވެ. އުޟްޙިޔާ ކަތިލުމަށްފަހު، ފަޤީރުންނާއި މިސްކީނުންނަށް 3/1 ޞަދަޤާތް ކުރުމަށާއި، 3/1 އަވަށްޓެރީންނަށް ހަދިޔާ ކުރުމަށާއި 3/1 އަޅުގަނޑުމެންގެ ބޭނުމަށް ބެހެއްޓުމަށް އެސައިޓުތަކުގައި އިރުޝާދު ދީފައިވެއެވެ.’
އެންމެފަހުން، އެމީހުން އެދުވަހެއްގެ އިންތިޒާރުގައިތިބި އަޟްޙާ ޢީދުދުވަސް ޖެހިއްޖެއެވެ. ޖޯރޖް ބާޒާރުން ގަނެގެންއައި ބަކަރި ކަތިލުމުން، ކުދީންގެ މަންމައާއި ކުދީންތައް އެއެއްޗިހި ތިންބަޔަށް ބެހިއެވެ. ޖޯރޖް ފާޚާނާއަށްވަދެ ފެންވަރާ ތައްޔާރުވެގެން ނިކުމެ، ޢާއިލާގެ ހުރިހާ އެންމެންނަށްވެސް، ފައްޅިއަށް ދިއުމަށްޓަކާ ތައްޔާރުވުމަށް ބުންޏެވެ.
ފައްޅި!!!!!!!!!!!! އާއެކެވެ. ތިބޭފުޅުން އިތުރުސުވާލެއް ކުރެއްވުމުގެކުރީން އަޅުގަނޑު މިދެނީ ޖަވާބެވެ. ޖޯރޖް އަކީ ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ރިސާލަތު ތެދުކުރާ މުސްލިމެއް ނޫނެވެ. އެހެނެއްކަމަކު އޭނައާއި، އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންނަކީވެސް ޢީސާ ޢަލައިހިއްސަލާމަކީ ﷲގެ ދަރިކަލެއް ކަމަށް ބުނަމުންދާ ނަޞާރާ ދީނުގެ ބައެކެވެ. މިހެން ބުނުމުން ތިބޭފުޅުން ހައިރާންވާނެކަން އަޅުގަނޑަށް އެނގެއެވެ. އަދި އަޅުގަނޑުގެ މިވާހަކަ ތެދުކުރަން ދަތިވާނެކަންވެސް އެނގެއެވެ. ކީއްވެތޯއެވެ؟ ކާފިރަކު މިފަދަ ގޮތަކަށް ޢަމަލުކުރިވާހަކަ އަޅުގަނޑު ބުނުމުންނެވެ. ކާފިރަކު މުސްލިމުންގެ ޢީދެއް ފާހަގަކުރި ވާހަކަ ބުނުމުންނެވެ.
ނަމަވެސް މުސްލިމު މުޖުތަމަޢުތަކުގައި ޢަބްދުﷲއާއި، ޢަބްދުރަޙްމާނާއި، ޚަދީޖާއާއި ޢާއިޝާ، ކާފިރުންގެ ޢީދުތައް ފާހަގަކުރަމުންދާއިރު ތިބޭފުޅުން ހައިރާނެއް ނުވެއެވެ. ‘ވެލެންޓައިންސްޑޭ’ އާއި ‘ބާރތުޑޭ’ އާއި ‘ނިއުޔާރ’ އާއި ކާފިރުންގެ އެހެނިހެން ޢީދުތައް މުސްލިމުން ފާހަގަކުރަމުންދާއިރު ތިބޭފުޅުން ހައިރާނެއް ނުވެއެވެ. ނަޞާރާއިންގެ އެންމެބޮޑު އެއް ޢީދު ކަމުގައިވާ ‘ކްރިސްމަސް’  މުސްލިމު މުޖުތަމަޢުތަކުގައި ފާހަގަ ކުރަމުންދާއިރު ތިބޭފުޅުން ހައިރާނެއް ނުވެއެވެ. ﷲ ތަޢާލާ އަޅުގަނޑުމެން އެންމެނަށްވެސް ހިދާޔަތު ދައްކަވާށިއެވެ!
ކާފިރުންގެ ޢީދުތައް ފާހަނގަ ކުރުމަކީ މުސްލިމުންގެ މައްޗަށް ޙަރާމްކަމެއްކަމުގައި، އިބްނުލް ޤައްޔިމް ރަޙިމަހުﷲ ‘އަޙްކާމު އަހްލިއްޒިމާ’ ގައި ޢިލްމުވެރިންގެ އިއްތިފާޤު ނަގުލުކުރައްވައި ވިދާޅުވެފަވެއެވެ

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.