Skip to main content

ކަށު ނަމާދު


ކަށު ނަމާދު ކުރުމަކީ މައްޔިތާގެ މައްޗަށް ކުރެވޭ ދުޢާއެކެވެ. މިގޮތުން ގިނަ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ކަށު ނަމާދުގައި އޮންނަނީ ހަތަރު ތަކުބީރާއި އެއް ސަލާމެވެ. ދެސަލާމް ދިނުމީ ވެސް ބައެއް ދަންނަބޭކަލުންގެ އަރިހުގައި މުސްތަޙައްބު ވެގެންވާ ކަމެކެވެ.

މިގޮތަށް ކުރެވޭ ނަމާދުގައި މައްޔިތާ ޙާޟިރުގައި ނެތި އެމީހާގެ މައްޗަށް ކަށުނަމާދު ކުރުމަކީ ޣައިބަށް ކަށުނަމާދު ކުރުމެވެ. މިކަމަކީ ދީނުގެ ދަންނަބޭކަލުންގެ އަރިހުގައި ކޮންމެވެސް ވަރެއްގެ ޚިލާފެއް އުފެދިފައި އޮތް މައްސަލައެކެވެ. މިމައްސަލާގައި ދަންނަބޭކަލުންގެ އަރިހުގައި ތިން ރައުޔެއް އޮވެއެވެ.
ފުރަތަމަ ރައުޔަކީ ޣައިބަށް ކަށުނަމާދު ކުރުމަކީ ސުއްނަތެއް ކަމެވެ. ޙާފިޒު އިބްނު ޙަޖަރާއި އިމާމު ނަވަވީ ވިދާޅުވާ ގޮތުގައި ދީނުގެ އިހާއި ފަހުގެ ގިނަ ދަންނަބޭކަލުންގެ މަޛްހަބަކީ މިއީއެވެ. އަދި އިމާމު ޝާފިޢީއާއި އިމާމު އަޙްމަދުގެ މަޛްހަބަކީ ވެސް މިއީއެވެ. އިމާމް އަބޫޙަނީފާއާއި އިމާމު މާލިކު ވިދާޅުވަނީ ޣައިބަށް ކަށު ނަމާދު ކުރުމަކީ ސުއްނަތެއް ނޫން ކަމަށެވެ. އަދި އިމާމު އަޙްމަދުގެ އެހެން ބަސްފުޅެއްގައި ވަނީ، އެރަށެއްގައި މުސްލިމެއްގެ މައްޗަށް ކަށުނަމާދު ނުކުރެވޭ މީހެއްގެ މައްޗަށް އަނެއް ރަށެއްގައި ތިބި މުސްލިމުން ކަށުނަމާދު ކުރުމީ ފަރުޟު ކިފާޔަތެއް ކަމަށެވެ. އިމާމު އިބްނު ތައިމިޔާއާއި އިމާމު އިބްނު ޤައްޔިމުގެ ބަސްފުޅަކީ ވެސް މިއީއެވެ.
މިތިން ބަސްފުޅަށް ވެސް ދަލީލު ލިބެނީ އެންމެ ޙަދީޘަކުންނެވެ. އެއީ ޙަބްޝުކަރައިގެ ރަސްގެފާނު ނަޖާޝީ ހަބަޝާގައި އަވަހާރަވެގެން رَسُولُ اللَّهِ صَلَّى الله عَلَيْهِ وَسَلَّمَ އަޞްޙާބު ބެއިކަލުންނާއެކު ނަޖާޝީގެ މައްޗަށް ޣައިބަށް ކުރެއްވި ކަށުނަމާދެވެ. އިމާމު ބުޚާރީއާއި މުސްލިމާއި އެނޫންވެސް މުޙައްދިޘުން ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. قَدْ تُوُفِّيَ الْيَوْمَ رَجُلٌ صَالِحٌ مِنَ الْحَبَش މިއަދު ޙަބުޝުކަރައަށް ﷲގެ ޞާލިޙު އަޅަކު މަރުވެއްޖެއެވެ. فَقُومُوا فَصَلُّوا عَلَى أَخِيكُمْ فَصَلَّى عَلَيْهِ النَّبِيُّ صَلَّى اللَّه عَلَيْهِ وَسَلَّمَ وَصَحَابَتُهُ އެހެންކަމުން ތިޔަބައިމީހުންގެ އަޚާގެ މައްޗަށް ކަށުނަމާދު ކުރާށެވެ. މިހެންވިދާޅުވެ އިތުރު އެކަލޭގެފާނު އަޞްޙާބުބޭކަލުންނާއެކު ނަޖާޝީގެ މައްޗަށް ނަމާދުކުރެއްވިއެވެ. އަދިވެސް އިމާމު ތިރުމިޛީ ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. قَالَ لَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ أَخَاكُمْ النَّجَاشِيَّ قَدْ مَاتَ فَقُومُوا فَصَلُّوا عَلَيْهِ قَالَ فَقُمْنَا فَصَفَفْنَا كَمَا يُصَفُّ عَلَى الْمَيِّتِ وَصَلَّيْنَا عَلَيْهِ كَمَا يُصَلَّى عَلَى الْمَيِّتِ މާނައީ: އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ތިޔަބައިމީހުންގެ އަޚު ނަޖާޝީ އަވަހާރަވެއްޖެއެވެ. ވުމާއެކު އެމަނިކުފާނުގެ މައްޗަށް ނަމާދު ކުރާށެވެ. ދެން އަހަރެމެން ގޮސް ކަށުނަމާދަށް ސަފުތައް ހަދާފަދައިން ސަފުތައް ހަދައި، ޢާއްމު މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރާ ފަދައިން އެމަނިކުފާނުގެ މައްޗަށް ނަމާދުކުރީމެވެ.
އިމާމު އިބްނު ޙަޖަރު ފަތުޙުލްބާރީގައި ވިދާޅުވެފައި ވެއެވެ. މައްޔިތާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމުގެ މަޝްރޫޢިއްޔަތަކީ މިޙަދީޘުގެ އަލީގައި ޢިލްމުވެރިން ސާބިތުކުރަށްވާ ކަމެކެވެ. މިގޮތަށް ވިދާޅުވަނީ އިމާމު ޝާފިޢީއާއި އަޙްމަދާއި ސަލަފުގެ ގިނަ ޖުމްހޫރު ދަންނަބޭކަލުންނެވެ. އަދި އިމާމު އިބްނު ޙަޒްމު މިފަދައިން ވިދާޅުވެފައި ވެއެވެ. މިއީ އަޞްޙާބުބެއިކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު އިންކާރުކުރަށްވާފައި އޮތް މައްސަލައެއް ނޫނެވެ. އަދިވެސް އިބްނު ޙަޖަރު އިމާމު ޝާފިޢީގެ އަރިހުން ނަގުލުކުރައްވާފައި ވެއެވެ. ކަށުނަމާދު ކުރުމަކީ މައްޔިތާގެ އަށްޓަކައި ކުރެވޭ ދުޢާއެކެވެ. އެމީހާ ކަފުންކުރެވިފައި އޮންނައިރު އޭނާގެ މައްޗަށް ކަށުނަމާދުކޮށް ދުޢާކުރެވެއެވެ. އެހެންކަމަށްވާއިރު އޭނާ ދުރުގައި އޮތްއިރު ނުވަތަ ކަފުންކުރެވި ކުރިމަތީގައި ހުރި ކަށްވަޅުގައި ވަޅުލެވިފައި އޮންނައިރު އޭނާއަށް ދުޢާނުކުރެވޭންވީ ސަބަބެއް ނެތެވެ. އަދި ނަޖާޝީގެ މައްޗަށް رَسُولُ اللَّهِ صَلَّى الله عَلَيْهِ وَسَلَّمَ އާއި އެންމެހާ އަޞްޙާބުބެއިކަލުން ނަމާދުކުރައްވާފައިވާ ކަމީ މިގޮތަށް ދުޢާކުރުމީ ސުއްނަތެއްކަމުގެ ސާފު ހެއްކެކެވެ. އަދި ނަޖާޝީގެ މައްޗަށް އެހެންބަޔަކު ނަމާދު ކޮށްފައި ނުވާކަމުގެ ވާހަކައަކީ އެއްވެސް ހެއްކެއްނެތި ކުރެވޭ ހުސް ދަޢުވާތަކެކެވެ. މިހެނީ ނަޖާޝީފަދަ ނުފޫޒުގަދަ ރަސްކަލަކު ޤައުމެއްގައި އިސްލާމްވެ ވަޑައިގެން ހުންނަވާއިރު އޭނާނޫން ބަޔަކު އެތާގައި މުސްލިމުންގެ ގޮތުގައި ނެތްވާހަކައަކީ ޤަބޫލުކުރަން ދަތިވާހަކައެކެވެ. އެހެންކަމަށްވާނަމަ އެފަދަ ބަޔަކު ތިބޭނީ އޭނާގެ މައްޗަށް ފާޅުގައި ނޫންނަމަ ސިއްރުގައިވިއަސް ނަމާދުކޮށްފައެވެ.
އަބޫދާއޫދުގެ ޝަރަޙަ ޢައުނުލްމަޢުބޫދުގެ މުޞައްނިފު ލިއުއްވާފައި ވެއެވެ. رَسُولُ اللَّهِ صَلَّى الله عَلَيْهِ وَسَلَّمَގެ އަރިހުން ކަށު ނަމާދު ކުރުމުގެ ތިން ގޮތެއް ސާބިތުވެފައި ވެއެވެ. އެތިން ގޮތުގެ ތެރެއިން އަސްލު ގޮތަކީ މައްޔިތާ ކަފުންކޮށްފައި ކުރިމަތީގައި ބާއްވައިގެންތިބެ އޭނާއަށްޓަކައި ދުޢާކުރުމެވެ. މިއީ ޢާއްމުކޮށް ސާބިތުވާން އޮންނަ ގޮތެވެ. ދެވަނަ ގޮތަކީ މީހާ ވަޅުލެވުމަށް ފަހު އޭނާގެ މައްޗަށް ނަމާދު ނުކޮށްހުރި މީހަކު ނަމަ މަހާނަކައިރިއަށް ގޮސް ނަމާދު ކުރުމެވެ. މިގޮތަށް ވެސް رَسُولُ اللَّهِ صَلَّى الله عَلَيْهِ وَسَلَّمَ ކިތަންމެ ބަޔެއްގެ މައްޗަށް ނަމާދުކުރައްވާފައި ވެއެވެ. ތިންވަނަ ގޮތަކީ އެމީހާ ކުރިމަތީގައި ނެތި އަދި މަހާނަ ކައިރިއަށް ނުދެވި ދުރުގައި ނުވަތަ އެހެން ރަށެއްގައި އޮތްވައި އެމީހާގެ މައްޗަށް ނަމާދު ކުރުމެވެ. މިކަން ސާބިތުވަނީ އެތަކެއް ޞައްޙަ ޙަދީޘަކުން، ނަޖާޝީގެ މައްޗަށް އިތުރު އެކަލޭގެފާނު ކުރެއްވި ނަމާދުންނާއި އަޞްޙާބުބެއިކަލުންގެ ޢަމަލުފުޅުންނެވެ. މީގެ އިތުރުން މުޢާވިޔާ އިބްނުލްމުޒްނީގެ މައްޗަށް ވެސް ކީރިތި ރަސޫލާވަނީ ޣައިބަށް ނަމާދު ކުރައްވާފައެވެ. މިރިވާޔަތުގެ ސަނަދު ޟަޢީފު ކަމުގައި ވިޔަސް ޙާފިޒު އިބްނު ޙަޖަރު ވިދާޅުވަނީ ގިނަ މަގުތައް އެއްކޮށްލުމުން އެސަނަދު ގަދަވާކަމަށެވެ. ހަމައެހެންމެ އެނޫން މުރްސަލް ރިވާޔަތްތަކުން ޒައިދު އިބްނު ޙާރިޘާއާއި ޖަޢުފަރު އިބްނު އަބީޠާލިބް ގެމައްޗަށް ވެސް ކީރިތި ރަސޫލާ ޣައިބަށް ކަށުނަމާދު ކުރައްވާފައިވާ ކަމަށް ރިވާވެގެން ވެއެވެ. މިޙަދީޘުތަކާމެދު އިތުރު ތަފްޞީލު އިބްނު ޙަޖަރު އަލްޚުލާޞާއާއި އަލްމީޒާނާއި އަލްއިޞާބާ މިފޮތްތަކުގައި ލިއުއްވާފައި ވެއެވެ. އަދިވެސް ޢައުނުލްމަޢުބޫދުގެ މުޞައްނިފު ވިދާޅުވެފައި ވެއެވެ. މިބަޔާންވެދިޔަ ރިވާޔަތްތަކާމެދު މުޙައްދިޘުންގެ އަރިހުގައި ތަފާތު ރައުޔު އޮތްކަމުގައި ވިއަސް ނަޖާޝީގެ ހަދީޘުން އެޙަދީޘުތަކަށް ގަދަކަންލިބި ޙުއްޖަތް ގަދަވާކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.
އިމާމު ޝައުކާނީ ނައިލުލްއައުޠާރް ގައި ވިދާޅުވެފައި ވެއެވެ. ޣައިބަށް ކަށުނަމާދުކުރުމަށް އިންކާރު ކުރަށްވާ ޢިލްމުވެރިންގެ ކިބައިގައި އެބޭކަލުން އެކަމަށް އުޒުރުވެރިވުން ނޫން އިތުރު މާބޮޑު ޙުއްޖަތެއް ނެތެވެ. އަދިވެސް ޢައުނުލްމަޢުބޫދުގައި މިފަދައިން ލިއުއްވާފައި ވެއެވެ. އިމާމު ޚައްޠާބީ ވިދާޅުވާގޮތުގައި ދީނުގެ ބައެއް ޢިލްމުވެރިންގެ އަރިހުގައި ޣައިބަށް ކަށުނަމާދު ކުރުމަކީ މަކުރޫހަ ކަމެކެވެ. އެބޭކަލުން ދެކެވަޑައިގަންނަވަނީ މިއީ ކީރިތި ރަސޫލާއަށް ޚާއްޞަ ކަމެއް ކަމަށެވެ. އެއީ އެއިރު އެކަލޭފާނަށް ނަޖާޝީ ފެނިވަޑައިގަންނަވާތީއެވެ. ދެން އަލްޚައްޠާބީ ވިދާޅުވިއެވެ. މިއީ މިބޭކަލުން ކުރަށްވާ ބާޠިލް ތައުވީލެކެވެ. އެހެނީ رَسُولُ اللَّهِ صَلَّى الله عَلَيْهِ وَسَلَّمَގެ އަރިހުން ޝަރުޢީ ކަމެއް އެންމެ ފަހަރަކު ސާބިތުވި ކަމުގައި ވިއަސް އެކަން އަހަރެމެންގެ މައްޗަށް ޝަރުޢުކުރެވުނީއެވެ. އެއަށް ތަބާވެ އެއަށް ޢަމަލުކުރުމީ އަހަރެމެންނަށް އޮތް އެންމެ މޮޅު ނަމޫނާއެވެ. އަދި މިކަން އެކަލޭގެފާނަށް ޚާއްޞަކަމެކޭ ބުނާމީހަކަށް ޖެހޭނީ އެކަމުގެ ދަލީލު ދައްކާށެވެ. رَسُولُ اللَّهِ صَلَّى الله عَلَيْهِ وَسَلَّمَ ކަނޑައެޅިގެން މީސްތަކުންނާއިގެން ނަމާދުކުރާ މައިދާނަށް ވަޑައިގެން އެމީހުންނާއިއެކު އެކަލޭގެފާނު ނަމާދު ކުރެއްވިކަމީ، މިކަމަކީ ޝަރުޢުކުރެވިގެންވާ ކަމެއްކަމަށް ސާފުވެ ބަޔާންވާންއޮތް ހެއްކެކެވެ. އެހެންކަމުން މިއާއިދިކޮޅަށް ކުރެވޭ ތައުވީލުތަކަކީ ބާޠިލް ތައުވީލުތައްކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ.
އަދިވެސް ޢައުނުލްމަޢުބޫދުގެ މުޞައްނިފު ވިދާޅުވެފައި ވެއެވެ. ޣައިބަށް ކަށުނަމާދު ކުރުމަކީ ސުއްނަތެއް ކަމުގައި ވިއަސް އެރަށެއްގައި މީހެއްގެ މައްޗަށް ޙާޟިރުގައި ބަޔަކުމީހުން ކަށުނަމާދު ކުރުމަށްފަހު ދެން އެރަށުގައި އެމީހުން އެމީހާގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުމީ އޮންނަ ކަމެއް ނޫނެވެ. އަދި މިއީ އެއްވެސް ދަންނަބޭކަލަކު ވިދާޅުވާ ކަމެއްވެސް ނޫނެވެ.
އެހެންކަމުން ޚުލާޞާއަކީ ދީނުގެ ބައެއް ޢިލްމުވެރިން ޚިލާފުވެ ވަޑައިގަތްކަމުގައި ވިއަސް މައްޔިތާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމީ އެންމެ ރަނގަޅު ކަމެކެވެ. ގިނަ ދަންނަބޭކަލުންގެ ރައުޔަކީ މިއީއެވެ.

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.