Skip to main content

ﷲގެ ހަޟްރަތުން ބިލެއް އައިހެއްޔެވެ؟


ހޮސްޕިޓަލުގައި ބާއްވާފައި އޮތް ހަތްދިހަ ވަރަކަށް އަހަރުގެ ދޮށީ އުމުރުގެ ބޭބެއެކެވެ. މިބޭބޭއަށް ކުޑަކަމުނުދެވޭތީ ޑޮކްޓަރު އެންގީ އޮޕަރޭޝަން ކުރަން ޖެހޭނެކަމަށެވެ. ބޭބެ އެއޮޕަރޭޝަން ކުރަން ޤަބޫލްވެއްޖެއެވެ. އަދި އޮޕަރޭޝަންކޮށް ނިމި ބޭބެ ހޭއަރި ވަގުތު ބޭބެއަށް ވަރަށް ތަދު އިސްސާސްކުރެވެން ފަށައިފިއެވެ.

އިރުކޮޅެއްއްނުވެ ޑޮކްޓަރު މިބޭބެއަށް ފަރުވާކުރުމަށް ޚަރަދުވި ބިލް ހިފައިގެން އަތުވެއްޖެއެވެ. ބޭބެ އެބިލަށް ބަލާލާފައި ރޯންފެށިއެވެ. މިތަން ފެނުމުން ޑޮކްޓަރު ބުންޏެވެ. "ތިވަރު އަގުބޮޑިއްޔާ އަހަރެން ބޭބެއަށް ލާރިދެއްކުމަށް އެހެން ގޮތެއް ވިސްނަފާނަން."
"
އަހަރެން މި ރޮނީ މި ބިލްދެއްކޭވަރަށް އަހަރެންގެ އަތުގައި ފައިސާ ނެތީމައެއް ނޫނެވެ. އަހަރެން މި ރޮނީ އަހަރެންގެ އުމުރުން ހަތްދިހަ އަހަރު ވަންދެން އަހަރެނަށް ކުޑަކަމުދެވޭ ގޮތް މެދުވެރި ކުރެއްވި ﷲ އަހަރެންނަކަށް އެއްވެސް ބިލެއް، އަދި އުޖޫރައެއް ދައްކާކަށް ނުޖައްސައެވެ." އެ މުސްކުޅި ބޭބެ ޖަވާބު ދިނެވެ.
ﷲ
ގެ ދީލަތިވަންތަކަމާއިއެވެ. އަހަރެމެންނަށް ދެއްވާފައިވާ ނިއުމަތް ތަކުގެ ގިނަކަމާއިއެވެ. އަހަރެމެންނަކީ އެކަލާނގެ ދެއްވާފައިވާ ނިޢުމަތް ތަކުގެ އަގުވަޒަންކޮށް ގިނަގިނައިން ޝުކުރު ވެރިވާބަޔަކު ކަމުގައި އަޅަމެން ލައްވާށިއެވެ.
"
وَإِنْ تَعُدُّوا نِعْمَتَ اللَّهِ لا تُحْصُوهَا إِنَّ الأِنْسَانَ لَظَلُومٌ كَفَّارٌ" (ابراهيم: 34)
"
ތިޔަބައިމީހުން ﷲގެ ނިޢުމަތްއައް ގުނާ އަދަދު ކުރާނަމަ، ތިޔަބައިމީހުންނަކަށް އެނިޢުމަތްތައް ގުނާ އަދަދު ނުކުރެވޭ ހުއްޓެވެ. ހަމަކަށަވަރުން އިންސާނާއީ، އަނިޔާވެރިވުން ބޮޑު، ނިޢުމަތްތަކަށް ކުފުރުވެރިވާ، އުރެދުން ބޮޑު މީހެކެވެ." (ސޫރަތު އިބްރާހީމް:  

34)
ނޯޓު: މި ވާހަކަޔަކީ އަސް ލުހިނގާފައިވާ ކަމެއްނޫނެވެ ނަމަވެސް އިބުރަތެއް ޙާސިލްވާނޭ ފަދަގޮތަކަށް ގެނެވޭތޯ ބެލީއެވެ،

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

ސިއްރު ސިއްރުން...!

ދޮންތީ އަކީ ވާހަކަ ލިއުމުގެ ފަންނަށް އަލަށް ނުކުންނަ ބުރުނީގެ ލޮބުވެތި ދަރިއެކްވެ. ﷲ ދޮންތިއަށް މިފަންނުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅުކުރަށްވާ ކިޔުންތެރިންގެ ހިތްތަކުން ޖާގަ ލިއްބައިދޭނެ ފަދަ އިބުރަތްތެރި މޮޅު ވާހަކަތަކެއް ސާޢީ ކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅު ކުރަށްވާށީ   

ބަރަކާތް ތެރި ރަމަޟާން މަހަށް މަރުޙަބާ

 ތިބާ ރަމަޟާން މަހައް ތައްޔާރުތޯ؟