Skip to main content

އަންހެން ކުދިން ޚިތާނުކުރުމަކީ ދީނީކަމެއްތޯއެވެ



الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. أما بعد
‘އަންހެން ކުދިން ޚިތާނުކުރުމަކީ ދީނީކަމެއްތޯއެވެެ؟’ މި މައުޟޫއަށް، ދާދިފަހުން އަޅުގަނޑު ލިޔުނު އާރޓިކަލްގައި މަސައްކަތްކޮށްފައިވާނީ، ޙަދީޘްތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި، އަންހެންކުދިން ޚިތާނުކުރުމަކީ ދީނުގައި އައިސްފައިވާ ކަމެއްކަން ޘާބިތުކޮށްދޭށެވެ. ފަހަރެއްގައިވެސް އެއީ ދީނީގޮތުން ވާޖިބެއްތޯ ނުވަތަ ސުންނަތެއްތޯ ބަޔާންކުރާކަށް ނޫނެވެ. ލިޔުމުގެ ޚުލާޞާގައި އަޅުގަނޑު ލިޔެފައިވާ ޢިބާރާތްތަކުން އެކަން ދޭހަވާނޭކަމަށް އުއްމީދުކުރަމެވެ.
އެލިޔުމުގެ މައުޟޫޢުގެ ގޮތުން، ބައެއް ޢިބާރާތްތައް ވަރަށް ތިލަކުރަންޖެހުމާއެކުވެސް، އަޅުގަނޑު ބަލާފައިވާނީ ކިރިޔާވެސް ތިލަނުކޮށް ފުއްދާލެވޭނެތަނެއްވާނަމަ، އެވަރުން ފުއްދާލެވޭތޯއެވެ. ނަމަވެސް ފޭސްބުކްގެ ބައެއް ގުރޫޕްތަކުގައި އެއަށް ލިންކުދެވި، ބައެއް އަޚުންނާއި އުޚުތުން އެއަށް ކޮށްފައިވާ ކޮމެންޓްތަކަށް ބަލާލުމުން، އަދިވެސް ތިލަކުރަންޖެހޭ ޢިބާރާތްތަކެއް ހުރިކަމަށް އަޅުގަނޑަށް ޤަބޫލުކުރެވުނެވެ. އަދި އެއަޚުންނާއި އުޚްތުންގެ މަޤުޞަދަކީ، ބައެއް މީހުން ކަންތައް ކުރާހެން ދީނުގެ ޙުކުމްތަކާއި ދެކޮޅުހެދުންނޫންކަމާއި، ޙައްޤުގޮތް ހޯދުންކަން އަޅުގަނޑަށް ޤަބޫލުކުރެވޭތީ، އެތަންތަން އިތުރަށް ތިލަކޮށްލެވޭތޯ ބަލާނަމެވެ. މިކަމުގައި ބޭނުންކުރެވޭނެ ބައެއް ޢިބާރާތްތަކަކީ މަޖުބޫރުވެގެން ބޭނުންކުރާ ޢިބާރާތްތަކެއްކަމަށްވާތީ، އެންމެހާއި އަޚުންނާއި އުޚްތުންގެ ކިބައިން، ތަހައްމުލުކޮށްދެއްވުމަށް އެދެމެވެ. އަދި މިކަމުގައި އެންމެ އެދެވޭ ބަސްތައް ބޭނުންކުރުމުގެ ތައުފީޤުދެއްވުން އެދި، ﷲ ސުބުހާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދަންނަވަމެވެ.
އާދެ، ދީނުގައި އައިސްފައިވާކަމެކޭ ބުނުމަށްޓަކައި، އެ ލިޔުމުގައި އަޅުގަނޑު ބޭނުންކޮށްފައިވާނީ މަޝްރޫއޫކުރެވިފައިވާ އަދި ޝަރުޢުކުރެވިފައިވާ މި ދެ ޢިބާރާތެވެ. މަޝްރޫޢުކުރެވިފައިވާ ނުވަތަ ޝަރުޢުކުރެވިފައިވާއޭ ބުނެވޭ ބަހުގެ މުރާދަކީ އެއީ ދީނުގައި އައިސްފައިވާ ކަމެކެވެ.
ދެން އެއަށްފަހު، އަޅުގަނޑު ލިޔެފައިވާނީ ޞަޙީހު މުސްލިމުގައި ވާރިދުވެފައިވާ ޙަދީޘެކެވެ. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِذَا جَلَسَ بَيْنَ شُعَبِهَا الأَرْبَعِ وَمَسَّ الْخِتَانُ الْخِتَانَ فَقَدْ وَجَبَ الْغُسْلُ (رواه مسلم)  ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރއްވިއެވެ. “އަނބިމީހާއާއެކު އެއްދާންކޮށް، ޚިތާނާއި(ލަދުވެތިގުނަވަނާއި) ޚިތާނު(ލަދުވެތިގުނަވަން) ޖެހިއްޖެނަމަ(ޖިމާޢުވެއްޖެނަމަ) ހިނައިގައިގަތުން ވާޖިބުވެއްޖެއެވެ.” މި ޙަދީޘުގައި ދެމަފިރިންގެ ލަދުވެތިގުނަވަނަށްވެސް ޚިތާނޭ ޙަދީޘްކުރައްވާފައި އޮތުމުން، އަންހެންމީހާ ޚިތާނުކުރުމަކީވެސް މަޝްރޫޢުކަމެއްކަން އެނގިގެންދެއެވެ.
-    ޞައްޙަ ޙަދީޘެއް މިކަމުގައި ވާރިދުވެފައިނެތޭ ވިދާޅުވާ ބޭފުޅުން މިޙަދީޘަށް ބެއްލެވުން ހުއްޓެވެ!
- ހިނައިގަތުން ވާޖިބުވާނީ ކޮންޙާލަތެއްގައިކަމާމެދު މުހާޖިރުންނާއި އަންޞާރުންގެ ބޭކަލުންތަކެއްގެ މެދުގައި ޚިޔާލު ތަފާތުވުމުން، އެބޭކަލުން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހަށް ވަޑައިގެން ސުވާލުދެންނެވިއެވެ. އެހިނދު އެކަމަނާ އެކަން ބަޔާންކުރެއްވުމަށްޓަކައި މިޙަދީޘް ގެންނެވިއެވެ. “އަނބިމީހާއާއެކު އެއްދާންކޮށް، ޚިތާނާއި ޚިތާނު ޖެހިއްޖެނަމަ ހިނައިގަތުން ވާޖިބުވާނެއެވެ.” ޚިތާނާއި ޚިތާނު ޖެހުމުގެ މުރާދަކީ ޖިމާޢުވުމެވެ. އެއަށްވުރެ ތިލަ ޢިބާރާތަކުން ބުނާނަމަ، އޭގެ މުރާދަކީ ފިރިހެން މީހާގެ ޒަކަރު، އަންހެން މީހާގެ ފަރުޖުގެތެރެއަށް ވަނުމެވެ. މިފަދައިން ކަންތައް ވެއްޖެނަމަ، މަނި ބޭރުނުވިޔަސް ހިނައިގަތުން ވާޖިބުވާނެކަމަށް މި ޙަދީޘުގެ ޢަލީގައި ޢިލްމުވެރިން ވިދާޅުވެއެވެ.
- ދެން އެއަށްފަހު އަންހެނުން ޚިތާނުކުރުމަކީ ދީނުގައި އޮތްކަމެއްކަމަށް، މި ޙަދީޘުން ޢިލްމުވެރިން ދަލީލު ނަންގަވަނީ ލަދުވެތި ގުނަވަނަށް ޚިތާނޭ އެކަލޭގެފާނު ޙަދީޘްކުރައްވާފައިވުމުންނެވެ. ލަދުވެތި ގުނަވަނަށް ޢަރަބިބަހުން ކިޔަނީ، ‘ޚިތާނު’ އެއް ނޫނެވެ. ނަމަވެސް ލަދުވެތި ގުނަވަން ޚިތާނުކުރެވިފައިވާތީ، އެގުނަވަނަށް ޚީތާނޭ އެކަލޭގެފާނު ޙަދީޘްކުރެއްވީއެވެ. މިސާލަކަށް ބައެއް ފާފަތަކުގެ ކައްފާރާއެއްގެ ގޮތުގައި، ކަނދުރާއެއް މިނިވަންކުރުމަށް، ޤުރުއާނުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. އޭގެ މުރާދަކީ އަޅަކު މިނިވަން ކުރުމެވެ. އިންސާނުންނަށް ޢަރަބިބަހުން ކިޔަނީ، ‘ރަޤަބާ (ކަނދުރާ)’ އެއް ނޫނެވެ. އެކަމަކު ކަނދުރާއަކީ އިންސާނުންގެ ހަށިގަނޑުގެ އެއްބައި ކަމަށްވާތީ، އެބައިގެ ނަމުން އިންސާނުންނަށް އިޝާރާތް ކުރެވުނީއެވެ. މިއީ ޢަރަބި ބަހުގެ ބަލާޣާތްތެރިކަމު ތެރެއިން ހިމެނޭ ކަމެކެވެ. ހަމައެގޮތަށް ލަދުވެތިގުނަވަން ޚިތާނުކުރެވިފައިވާތި އެގުނަވަނަށް އިޝާރާތްކޮށް ޚިތާނޭ ޙަދީޘްކުރެއްވީއެވެ. އެހެންކަމުން އަންހެނުން ޚިތާނު ކުރުމަކީ ވާޖިބެއްކަން ނުވަތަ ސުންނަތެއްކަން މިޙަދީޘުން ސާފުނުވިކަމުގައިވިޔަސް، އަންހެނުންވެސް ޚިތާނުކުރުން އެއީ ދީނުގައި އޮންނަކަމެއްކަން، މި ޙަދީޘުން އެނގިގެންދާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
ދެންއެއަށްފަހު އަޅުގަނޑު ލިޔެފައިވާނީ އަލްބާނީ ރަޙިމަހުﷲފަދަ، ޙަދީޘް ޢިލްމުވެރިންތަކެއް ޞައްޙަކަމަށް ވިދާޅުވެފައިވާ، އަބޫ ދާވޫދް ރަޙިމަހުﷲ އެކަލޭގެފާނުގެ ސުނަނުގައި ރިވާކުރައްވާފައިވާ ޙަދީޘެކެވެ. عَنْ أُمِّ عَطِيَّةَ الْأَنْصَارِيَّةِ أَنَّ امْرَأَةً كَانَتْ تَخْتِنُ بِالْمَدِينَةِ فَقَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لا تُنْهِكِي ، فَإِنَّ ذَلِكَ أَحْظَى لِلْمَرْأَةِ ، وَأَحَبُّ إِلَى الْبَعْلِ  (صححه الألباني في صحيح أبي داود) އުއްމު ޢަޠިއްޔާ އަލްއަންޞާރިއްޔާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ޚިތާނުކޮށްދޭ އަންހެނެއް މަދީނާގައި އުޅުއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އޭނާއަށް ޙަދީޘްކުރެއްވިއެވެ. (ޚިތާނު ކުރާއިރު) މާ ބޮޑަށް ނުކަޑާށެވެ. ފަހެ ހަމަކަށަވަރުން އެއީ އަންހެންމީހާއަށް އެންމެ ފައިދާބޮޑު، އެންމެ އަރާމު ގޮތެވެ. އަދި ފިރިމީހާވެސް އެންމެ ލޯބިވާނޭ ގޮތެވެ.”
-  މިޙަދީޘުގެ މާނަ ބަޔާންކުރި އިރު، ‘(ޚިތާނު ކުރާއިރު) މާ ބޮޑަށް ނުކަޑާށޭ’ ލިޔުނީމަ ބައެއް އަޚުންނަށް އޮޅުންއަރާގޮތް ދިމާވިކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. މިތާގެ މުރާދަކީ ލަތުވެތި ގުނަވަން ކަނޑާވާހަކައެއް ނޫނެވެ. ނަމަވެސް، ކަނޑަން އަންގަވާފައިވާ ހަންކޮޅުން، އެމިންވަރު އެކަނި ކެނޑުމުގެ ބަދަލުގައި މާ ބޮޑަށް ކެނޑުމުގެ ސަބަބުން އަންހެން މީހާގެ ޝަހުވަތްތެރިކަން ދައްވާތީ، އެގޮތަށް އެހާ ބޮޑަށް ނުކަޑާވާހަކައެވެ. އަދި އެ މާބޮޑުވެއްޖެނަމަ އަންހެން މީހާގެ ޝަހުވަތްތެރިކަން ހައްދުން ނެއްޓިދާނެތީ އަމުރުވެވިގެންވަނީ ކުޑަތަންކޮޅެއް އެހަންކޮޅުން ކަނޑާށެވެ.
މި ޙަދީޘްތަކުންވެސް އެނގިގެންދަނީ އިސްލާމްދީނުގައި އައިސްފައިވާ ޙުކުމްތަކުގެ ފުރިހަމަކަމެވެ. ﷲގެ ދީނުގައި އައިސްފައިވާ އެއްވެސްކަމެއް އެއީ އިންސާނުންނަށް ކުޑަނަމަވެސް ގެއްލުމެއް ލިބޭނެ ކަމަކަށް ނުވާނެއެވެ. މިކަން އަޅުގަނޑުމެން މުސްލިމުން ހިތުގެ އަޑިން ޤަބޫލުކުރަން ޖެހެއެވެ.


މަސްދަރު ދިއިސްލާމް

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.