Skip to main content

އަންހެނުންގެ ދުވަހު، އެކަބަލުންގެ "ކަރާމާތް" ދެމެހެއްޓުމަށް ފަސްއެނބުރި ބަލައިލުން މުހިއްމު



އަންހެނުންގެ ދުވަހު، އެކަބަލުންގެ "ކަރާމާތް" ދެމެހެއްޓުމަށް ފަސްއެނބުރި ބަލައިލުން މުހިއްމު


ބައިނަލްއަޤްވާމީ އަންހެނުންގެ ގޮތުގައި ދުނިޔޭގައި ފާހަގަކުރާ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މާޗް މަހުގެ 8 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކަށް ވެފައިވަނީ އަންހެނުންނަށް ދިފައިވާ ހައްޤުތައް ހޯދައިދީ، އަންހެނުންނަކީ މުޖުތަމަޢުގައި ބާރުވެރި ގަދަރުވެރި ބަޔަކަށް ހެދުމެވެ.
އަންހެނުންނަށް އެންމެ ބޮޑު ކަރާމަތަކާއި، ޙައްޤުތަކެއް ލިބިދީފައިވާ ދީނަކީ އިސްލާމް ދީނެވެ. ދުނިޔޭގައި އެތައް ސަތޭކަ ދީނެއް އުފެދިފައިވާއިރު، އެދީންތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ރައްކާތެރިކަމާއި، މަތިވެރިކަމެއް އަންހެނުމަށް ދީފައިވާ ދީނަކީ ވެސް އިސްލާމް ދީނެވެ. އެހެންނަމަވެސް މިއީ ބައެއް ފަރާތްތަކަށް ތަޙައްމަލުކުރަން ތަންކޮޅެއްދަތި ވާހަކައަކަށް ވުން އެކަށީގެންވެއެވެ.

އިންސާނީ ހައްޤުތައް ހޯދުމަށްކަމަށް ދައުވާކުރައްވާ ބައެއް ބޭފުޅުންނަށް މި ހަޤީޤަތް ދެނެގަތުމަށް ތަންކޮޅެއް އުނދަގޫވެދާނެ އެވެ. ސަބަބަކަށްވަނީ އެ ބޭފުޅުންގެ ފިކުރާއި އަޤީދާގައި އެ ޙަޤީޤަތް ޤަބޫލުކުރެވޭ ވަރުގެ އީމާނެއް ނެތުމެވެ. އިންސާނީ ތާރީޚުގައި އަންހެނުށްނައް ލިބިދިން އަނިޔާއާއި އެކަބަލުންނަށް ދީފައިވާ މަޤާމު ނޭނގުން ވެސް މިއީ އޭގެ ސަބަބެކެވެ. އިންސާނީ ތާރީޚު ދުން އެންމެ ކަޅުއަނދިރި ދުވަސްތަކަކީ ޖާހިލިއްޔަ ޒަމާނެވެ. އެއީ އަންހެނުން ފިރިހެނުންގެ "ހަވަރު ތުންފުއްސަކަށް" ހެދި ދުވަސްވަރެވެ. އެއްވެސް އަގެއް ނެތް ޖިސްމުތަކެއްގެ ގޮތުގައި ވިއްކަމުންދިޔަ ދުވަސްވަރެވެ. އެހެންނަމަވެސް އެހުރިހާ ކަމެއް ބަދަލުކޮށްދިނީ އިންސާނީ ތާރީހު ދުން އެންމެ މާތް ދީން ފާޅުވުންނެވެ. އިސްލާމް ދީން ދުނިޔެއަށް ފާޅުވުން، ވެގެންދިއައީ އަންހެނުންގެ ހައްޤުތަކާއި، ކަރާމާތް އެކަބަލުންނަށް ހޯދާދިން އަސްލަށެވެ.

ދެންއޮތީ މިއަދުގެ ހާލަތަކާއި ހަޤީޤަތެވެ. އަޅުގަނޑުމެންގެ ޤައުމުގައި އެ ކަނބަލުންނަށް ދީފައިވާ ގަދަރާއި ކަރާމާތެވެ. މުސްލިމަކަށް ވީތީ އެ ކަނބަލުން ރައްކާކުރުމަށް ދޭންޖެހޭ އަހަންމިއްޔަތުކަމެވެ. މިއީ ގަނެވިއްކޭނެ އެއްޗެއް ނޫނެވެ. ކޮންމެ އިންސާނަކަށް ވެސް އަބުރާއި ޝަރަފު ﷲ ތަޢާލާވަނީ ދެއްވައިފައެވެ. ވިސްނުމާއި ފިކުރު ވަނީ ދެއްވައިފައެވެ. ބުއްދީގެ އަހުވެރިންކަމުގައި ލައްވައި އެންމެހާ ތަކެތީގެ މައްޗަށް ވަނީ މާތްކުރައްވައިފައެވެ. އެހެންނަމަވެސް އެ "އިން" ފަހަނައަޅައި އަމިލައަށް ދިއުމުން އެއީ މިންވަރު ފުޅެއް ވެސް ނޫނެވެ. އެއީ އިންސާނީ ހައްޤާއި ކަރާމާތް ގެއްލުމެއް ވެސް ނޫނެވެ. އެއީ އަމިއްލައަށް ތިމާއަށް ލިބިފައިވާ ހުދޫދުން ބޭރުވުމެވެ.

މުސްލިމު އަންހެނުންނަކީ "މަގުތަކުގެ ދުންމާތި" ތަނެއް ނޫނެވެ. އެ ކަނބަލުންނަކީ އެ ކަނބަލުންނަށް ލިބިފައިވާ ބަނިޔާދަންކަމާއެކު ގެތަކުގެ ތަރުބިއްޔަތު ބިނާކުރުމުގެ އަސްލެވެ. މުޖުތަމަޢު ހެޔޮލަފާ މުޖުތަމައަކަށް ހެދުމުގެ އާރުކާޓީންނެވެ. ޤައުމެއް ހަލާކުވެ، އެތަނެއްގެ މީހުންގެ ޢަމަލުތައް ހައްދުފަހަނަ އަޅައި ދިއުމުގައި ހަޤީޤަތުގައި ޒިންމާ އުފުލަންޖެހޭ އެއް ބަޔަކީ މަންމައިންނެވެ. ދަރިންނަށް ދިން ތަރުބިއްޔަތާއި ދައްކައިދިން ނަމޫނާގެ ސަބަބުންނެވެ. މައިންގެ ފަރާތުން ލިބިދޭ ތަރުބިއްޔަތު "ގޯސް'ވެއްޖެނަމަ، މުޅި ޖަމާއަތް ހަލާކުވެގެން ހިގައިދާނެއެވެ.

އެހެންކަމުން މިނިވަންކަމުގެ މާނައިގައި އަންހެނުނަށް ލިބިފައިވާ ޙައްޤުތަކާ، އިޙުތިރާމާއި، ޤަދަރު "ނީލަން" ކިޔައިގެން ނުވާނެއެވެ. މާތްވެގެންވާ އިސްލާމް ދީނުގައި އަންހެނުންނަށް ލިބިފައިވާ ޤަދަރާއި ޝަރަފު ހާމަވާ ވަރަށް ގިނަ ދަލީލުތައް އެބަހުއްޓެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ އަންހެނަކު ނަމަ އިސްމާލް ދީނުގައި އަބަދުވެސް އޭގެ "ހަށިފާރަވެރިއަކު" އައްޔަންކުރައްވާފައި ވުނެވެ. ބެލެހެއްޓުން ތެރިއަކު ހުރެއެވެ. އަބަދު ވެސް އެކަބަލުންގެ ހައްޤުގައި ފިރިހެނަކު ހުންނާނެއެވެ. ފުރަތަމަ ބައްޕައެވެ. ނޫންނަ ބޮޑުބޭބެއެވެ. ކާވެންޏައްފަހު ފިރިމީހާއެވެ. މިކަން އިތުރަށް ދަލީލުކޮށްދީފައިވަނީ ރަސޫލާ(ސއވ) ހަދީޘް ބަސްފުޅެކެވެ." އަންހެނަކު މަހުރަމަކާ އެކީ މެނުވީ ދަތުރު ނުކުރާށެވެ." (ބުހާރާއިއާއި މުސްލިމް).  މިފަދަ ބަސްފުޅުތަކުން އެކަބަލުންނަށް ދީފައިވާ ހިމާޔަތް ރަނގަޅަށް ތަޞައްވަރު ވެއެވެ.

ދެން އޮތީ މުޒާހަރާތަކާއި، އެއްވުންތަކުގައި އެ ކަނބަލުން ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލައެވެ. އެއީ މުސްލިމު އަންހެނުނަށް އޮތް ގޮތެއް ނޫނެވެ. ސަބަބަކަށް ވަނީ ދީނުގެ އެންމެ މުހިންމު އަޅުކަންކަމުގައިވާ ނަމާދު އަދާކުރުމުގައި ވެސް އެކަބަލުންނަށް ވަނީ ނިވައިކަމެވެ. ފޮރުވުމެވެ. ހެޔޮކަން ބޮޑުވެގެންވަނީ ގޭގައި އެކަނި ނަމާދުކުރުމެވެ. ޖަމާއަތެއްގައި ނަމާދުކުރި ނަމަ ވެސް ފިރިހެނުންނަށް ވުރެ ފަހަތުގައި ތިބުމަށް ރަސޫލާ(ސއވ) ވަނީ އިރުޝާދު ދެއްވައިފައެވެ. އަދި އެކަމުގެ ދަލީލު ވަނީ ކީރިތި ޤުރުއާންގައި ވެސް ގެނެސްދެއްވައިފައެވެ. "އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދިއެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައިއަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތައެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް،ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތައެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخت ންގެފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް،ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތައަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން(ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުންއެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ."(ސުރަތުއް ނޫރު 31)

އެހެންކަމުން އަންހެނުނަށްނަކީ ރައްކާތެރިވެގެންވާ ބަޔެކެވެ. އެކަބަލުންގެ މުޅި ހަށިގަނޑަކީ ނިވައިވެގެން ވާންޖެހޭނެ އެއްޗެކެވެ. އެހެންކަމުން  މަގުތަކަށް އާންމު އެއްވުންތަކުގައި ނުކުމެ އެ ކަނބަލުންނަށް ލިބިފައިވާ އިއްޒަތާ ކަރާމަތް ނަގައިލުމަކީ ހިތާމަކުރަންޖެހޭ ކަމެވެ. އެއީ އަޅުގަނޑުމެން ޤަބޫލުކޮށްގެން ތިބި ދީނާ ފުށުއަރާ ކަމެކެވެ. ހަޅޭއްލެވުމާއި، ޒުވާބުކުރުމާއި މީހުންނަށް އުނދަގޫވާފަދަ ގޮތްތަކަށް އެކަބަލުން އުޅުމަކީ ދީން ރުހޭކަމެއް ނޫނެވެ. އެއީ އާންމު އަހުލާޤީ މިންގަޑުން ވެސް "އައްޗި" ކަމެކެވެ.

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.