Skip to main content

އަހަރެން އެދެނީ ޖަމާޢަތުގައި ނަމާދެއް ކުރުމަށެވެ






މީހެއްގެ ވާހަކައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާއަށް އާރާއި ބާރު ދެއްވިއެވެ. އެހެން ނަމަވެސް އޭނާ، އޭނާއަށް ބާރުދެއްވި ގަދަކީރިތިވަންތަ އިލާހު ހަނދުމަ ނައްތާލިއެވެ. ﷲ ގެ ޙަޟްރަތުން ގޮވާލެވޭ އަޑު އޭނާއަށް އިވެއެވެ. އެހެން ނަމަވެސް އެއަޑަށް އޭނާ ދިނީ ބީރު ކަންފަތެކެވެ. އޭނާ ތަބާވީ އޭނާގެ ހަވާ ނަފްސަށެވެ. ދުނިޔޭގެ ފަނާކުރަނިވި މުދާތަކެއް އެއްކުރުމުގައި އޭނާގެ ދިރިއުޅުން ފަނާ ކުރަމުން ގެންދިޔައެވެ. ޙަލާލުތޯ ޙަރާމްތޯ ނުބަލައެވެ. ލިބެންޏާ ވަރިހަމަ އުޞޫލުންނެވެ.


އޭނާ މަސައްކަތް ކުރަމުން ދިޔައީ ބާޒާރުމަތީގައި މުދާ އުފުލާ މީހެއްގެ ގޮތުގައެވެ. އެއް ދުވަހަކު އާދައިގެ މަތިން ބާޒާރުގެ ފިހާރައަކަށް މުދާ ހިފައިގެން ދިޔައެވެ. އަދި އެމުދާތައް ބޭލުމާއި، އޭގެ ހިސާބު ކިތާބު ނެގުމުގައި އުޅެނިކޮށް އެފިހާރައިގެ ފާރު ވެއްޓި، އޭގެ ދަށުގައި މި މީހާ ވެއްޖެއެވެ.
ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އަވަސް ފަރުވާ ދެވުނެވެ. އޭނާގެ ފުރާނަ ސަލާމަތްވިއެވެ. އެހެން ނަމަވެސް .... ފާރު ވެއްޓުނީ އޭނާގެ ބުރަކަށްޓަށް ކަމުން އޭނާގެ އޮހިބަދައަށް ލިބުނު ގެއްލުމުގެ ސަބަބުން ހިނގައި ބިނގައި އުޅުމުން މަޙްރޫމްވިއެވެ. އަދި އަމިއްލައަށް ފާޚާނާވެސް ނުކުރެވެއެވެ. އެއްވެސް ގޮތަކަށް ޙަރަކާތެއް ނުކުރެވެއެވެ. މެޝިންތަކުގެއެހީގައި ހަށިގަނޑުން ނަޖިސް ބޭރު ކުރުމަށް އެތައް އިރެއް ނަގައެވެ. އެކަމުގައިވެސް އެތައް ވޭނަކާއި ކެކުޅުމެއް އޭނާއަށް ލިބެއެވެ.
މިޙާލުގައި އޭނާ ވަނިކޮށް، ޒިޔާރަތްކޮށްލަން ދިޔަ މީހަކު ސުވާލު ކުރިއެވެ. "މިހާރު ތިބާގެ އެންމެ ބޮޑު އުއްމީދަކީ ކޮބާހެއްޔެވެ؟"
ޖަވާބުގައި އޭނާ ބުންޏެވެ. "އަހަރެން އެންމެ އެދެނީ ޖަމާޢަތުގައި ނަމާދު ކުރުމަށެވެ.........."
މިހާރު ހެއްޔެވެ؟ މީގެ ކުރިން ތިބާއަށް އޭގެ އަޑު އިވުނެވެ. އެ ނަމާދަށް ގޮވާލެވުނު އަޑު އިވުނެވެ. އެވަގުތު ތިބާވީ ފުރިހަމަ ޞިއްޙަތުގައެވެ. ހަށިގަނޑުގައި ބާރު ހުއްޓެވެ. އެހެންނަމަވެސް އެއަކަށް ތިބާ އިޖާބައެއް ނުދެމެވެ. ފަހެ މިއަދު އެއަޑަށް އިޖާބަ ދޭން ތިބާގެ ހިތްޖެއްސީ ކޮންކަމެއް ހެއްޔެވެ؟؟؟؟؟؟
* * * * * * * * * * * *
ލޮބުވެތި އަޚުންނޭވެ! ވިސްނާލާށެވެ. އަދި ތިމާއަކީ މި ވާހަކައިގައި މިވާ މީހާކަމުގައި ތަޞައްވުރު ކޮށްލާށެވެ.
ލޮބުވެތި އަޚުންނޭވެ! ﷲ ގެ ނިދާއަށް އިޖާބަދޭށެވެ. ﷲ އަށް ޙައްޤުގޮތުގައި ޝުކުރުވެރި ވާށެވެ. ދަންނާށެވެ! ތިބާއަށް ލިބިފައިވާ ޞިއްޙަތަކީ ﷲ ދެއްވި ނިޢުމަތެކެވެ. އެއަށް ޝުކުރުވެރި ވާށެވެ! (( لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ )) ތިޔަބައިމީހުން ޝުކުރުވެރިވާކަމުގައިވާނަމަ ތިމަން އިލާހު ތިޔަބައިމީހުންނަށް އިތުރު ކޮށްދެއްވާ ހުށީމެވެ. އަދި ތިޔަބައިމީހުން ކުފުރުވެރިވާކަމުގައި ވާނަމަ، ހަމަކަށަވަރުން ތިމަން އިލާހުގެ ޢަޛާބު ގަދަފަދަވެގެން ވެއެވެ.
މި ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ، މި ނިޢުމަތްތައް ދެއްވި އިލާހަށް ކިޔަމަންތެރިވުމުގައި މި ނިޢުމަތްތައް ބޭނުންކުރުމެވެ. ހުކުރުނަމާދާއި ފަރުޟު ފަސްނަމާދުގެ ޖަމާޢަތަށް ޙާޟިރު ވުމުގައެވެ. އަދި ގާތްތިމާގެ ކަމުގެ ގުޅުން ބަދަހި ކުރުމާއި، މައިންބަފައިންނަށް އިޙްސާންތެރިވުމާއި، މިފަދަ ހެޔޮ ކަންތަކުގައި އެ ނިޢުމަތްތައް ބޭނުން ކުރުމުގައެވެ.
ހައްދަވާ ގެންގުޅުއްވާ އިލާހު! އަޅަމެންނަކީ ފަރުޟު ފަސްނަމާދު މިސްކިތުގައި، ޖަމާޢަތުގައި ކުރާ ބަޔަކު ކަމުގައި ލައްވާށި! އަދި އަޅަމެންނަކީ އިބައިލާހު ދެއްވާފައިވާ ނިޢުމަތްތަކަށް ޙައްޤު ގޮތުގައި ޝުކުރުވެރިވާ ބަޔަކު ކަމުގައި ލައްވާށި! އަޅަމެންނާއި އަޅަމެންގެ މައިންބަފައިންނާއި އަނބީންނާއި ދަރީންނާއި ގާތްތިމާގެ މީހުންނާއި އެންމެހާ މުސްލިމުންނަށް ފާފަފުއްސަވައި އިބައިލާހުގެ ތަނަވަސް ރަޙުމަތުން ރަޙްމަތް ލައްވާށި! އާމީން
سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ * وَسَلامٌ عَلَى الْمُرْسَلِينَ * وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ



Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.