e
*އެންމެ ހެއު ބަހަކީ
ހައްޤު ބަހަކީ ﷲ ގެ ބަސް ފުޅު ކީރިތި ވަޙީ
* އެންމެ ހެއު ރަނގަޅު އެންމެ މޮޅު ރީތި ނަމޫނާ އަކީ محمد rގެ ނަމޫނާ ގޮތް
* ހެއުބަސް ތެދު
ހައްޤުބަސް އިއްވައި އަންގަވައި ދިނުމާ ފެތުރުން
ނޯޓް: ذكر ގެ
މާނަ: تفسير އެވަނީ އާޔަތުގައި
އައިސްފައެވެ. އެބަހީ "ތިމަން ރަސްކަލާނގެ އާޔަތްތައް ކަލޭ ކައިރިއަށް
އައެވެ." މިއެވެ. މިއީ تفسير ގެ އެންމެ މަތީ
ދަރަޖައެވެ. އެއީ تفسير القران بالقران އެވެ.
އެބަހީ: قران ގެ تفسير , قران ންނެވެ.
މިއެވެ.
ހިތް ދަތި
ދިރިއުޅުމުގެ އަލާމާތްތައް ވަރަށް ގިނައެވެ. އެއީ ހައްޤަކާއި ނުލައި މީހުން
މެރުމާ، ގަދަބާރުން، ޖަންގަލީގެ ގަވާއިދައް ރައްތަކާ ބިންގަނޑުތައް ފޭރުން ފަދަ
ކަންތައްތަކެވެ. އަދި منكر ތަކާ
ފާހިޝްކަންތައް عام ކުރުމާއެކު އެއީ
ކުރިއެރުމާ ތަރައްގީ ކަމުގައި ކުލަ ޖައްސާ މީސްތަކުންނަށް އޮޅުވައި މީސްތަކުން
އިސްތިއުމާރު ކުރުމެވެ. ފަހެ މިހުރީ، ހިތްހަމަ ޖެހޭ ދިރި އުޅުމެއްތޯއެވެ.؟ އަދި
މިބުނި ހިތްދަތި ދިރިއުޅުން މިއީ ދުނިޔޭގެ މައްސަލައެވެ. އަދި قيامة ދުވަހު، ލޯކަނު
މީހަކަށް ބަދަލު ވުމަށް ފަހު جهنم ގެ
އަލިފާނާ، އަލިފާނުން އެންދުމުގެ ރަހަ
ކިހާ ނުރައްކާތޯއެވެ.؟ ވީމާ.!
މާތްވެގެންވާ مسلم ން ﷲ ގެ މިހިކްމަތްތެރި ވެގެންވާ وغظ ކީރިތި
قران ގައި އަންގަވާ
އިންޒާރުތަކާ މެދު ހުޝިޔާރުވާ ކަށް ނުވޭތޯއެވެ.؟ އަދި މިއީ މިފަދަ އަދި
މިއަށްވުރެވެސް ނުރައްކާ، އެތަކެއް އިންޒާރުގެ ތެރެއިން ތަކުރާރު ވަމުން އަންނަ
ވަރަށް ކުޑަ މިންވަރެކެވެ. تفصيعل ގެ
فرصت ކުޑައީއެވެ.
އަދިވެސް رحمان ވަންތަ
ރަސްކަލަނގެ ذكر ން މޫނު އަބުރައި،
އަޅާނުލައި ދިރިއުޅެމުންދާ މީހުންނަށް، އެކަލާނގެ ޝައިތާނުން ފާޅުކުރައްވާނެ
ކަމާއި، އެ ޝައިތާނުން އެއީ އެމީހުންގެ ގާތް އެންމެ ކައިރި މީހުން ކަމުގައި
ވާނެކަމާއި، މިގްރޫޕު (ރަހުމާނުގެ
ذكر ން މޫނު
އަބުރައިގެން ދިރިއުޅޭ މީހުންނާ، މި މީހުންގެ އެކުވެރި ޝައިތާނުންނާ) އެހެނިހެން
މީސްތަކުންގެ ތެދުމަގު ބަންދު ކުރާނެކަމާއި، އަދި މިގުރޫޕު ހީކޮށް ލަފާކުރަނީވެސް
ތެދުމަގުގައި މިތިބީ މި "މިކްސް"
ގުރޫޕް ކަމުގައެވެ. ފަހެ މިފަދަ وغظ ނަސޭހަތް ﷲ އެކަލާގެ އަޅުތަކުންނަށް އަންގަވައި ހޭލުންތެރިކަން
ދެއްވަން ވެގެން އެކަލާނގެ ކީރިތި ފޮތުގައި ބާވައި ލައްވައި، އަޅުތަކުންނަށް خبر ދެއްވަނީއެވެ. ވަޙީ
ކުރައްވަނީ؛ )وَمَنْ يَعْشُ عَنْ ذِكْرِ الرَّحْمَنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِين ( )وَإِنَّهُمْ لَيَصُدُّونَهُمْ عَنِ السَّبِيلِ وَيَحْسَبُونَ أَنَّهُمْ مُهْتَدُونَ( الزخرف 36 , 37. މާނަ:
رحمان ގެ ذكر ން މޫނު
އަބުރައި، އަޅާނުލައި ދިރިއުޅޭ މީހާ އާ
މެދު (ދަންނާށެވެ.) އަހަރެމެން (ތިމަން ރަސްކަލާނގެ) އޭނާއަށް ޝައިތާނެއް
ފާކުރައްވާށެވެ. (އެކުވެރި ގާތް މީހަކަށް ހަމަޖައްސާހުށީމެވެ.) ދެން އެމީހުން
އެބަހީ (ޒިކުރުން މޫނު އަބުރާ މީހުންނާ އެމީހުންގެ އެކުވެރި ޝައިތާނުން) މިބައި
މީހުން މީސްތަކުންގެ ތެދު ސީދާމަގު ބަންދު ކުރާނެއެވެ. އެއާއިއެކު ލަފާކޮށް
ހީކުރާނީވެސް އެމީހުންނީ ތެދުމަގުގައި ތިބި މީހުން
ކަމަށެވެ. މިއެވެ.
ނޯޓް: ذكر އޭ
އޮތް ބަސްފުޅުގެ ތެރޭގައި، ކުރީގެ އާޔަތުގައި تفسير އައިސްފައިވާ
ފަދައިން އެއީ ﷲ ގެ އާޔަތްތަކެވެ.
ކީރިތި قران އެވެ. އަދި މީގެ
އިތުރުން ﷲ ގެ شريعة އާ،
ﷲ ހަދާން ކުރުން ފަދަ ކަންކަން ހިމެނެއެވެ.
މިއެވެ.
ވީމާ.!
މާތްވެގެންވާ مسلم ން ވިސްނެވުން
ހުއްޓެވެ. ޝައިތާނު ފާޅުކުރުން ފަދަ، ތެދުމަގު ބަންދު ކުރުންފަދަ، ހައްޤާ ދެކޮޅު
ހެދުން ފަދަ، ހައްޤު ގޮތް ޤަބޫލް ކުރަން ދަތިވުންފަދަ، ހެއުބަސް އެހުމަށް އުދަގޫވެ
ދަތިވުންފަދަ، ތެދުމަގާ ހިދާޔަތަށް، އިންކާރު ކުރުންފަދަ، މައުނަވީ ވަބާއާ ބަލާ
މިއީ ނުރައްކާތެރި މުސީބާތެވެ. ނަފްސާނީ ބަލި ބައްޔެވެ.
އަދިވެސް
މިބާވަތުން މިއަށް ވުރެވެސް ނުރައްކާވެފައި، ސީރިޔަސްކަން
ބޮޑެތި ބަލީގެ خبر ތައް ބާވައި ލައްވާ اية ތައް ގިނައެވެ. އޭގެ
ތެރޭގައި ހިތްތަކުގައި އަބު ނުވަތަ ސިއްކަ ޖަހައި ބަންދު ކުރާ ވާހަކަ ޔާއި
އެއިރުން އާޔަތްތަކުގެ މާނަ ނުވިސް ނޭނެކަމާ، ދޭހަވެސް ނުކުރެވޭނެކަމާ، އަދި ކަންފަތްތަކާ،
އެހުމުގެ ބާރުތަކުގައި "ރީ" އަޅުވާނެކަމާ، އެއިރުން ދެންވާނެ ގޮތަކީ، هداية ގެ ތެދުމަގު
އެއްގޮތަކަށްވެސް قيول ނުކުރެވޭނެ
ކަމާއި، މިކަން ކަން ﷲ އެކަލާނގެ އަޅުތަކުންނަށް
އަންގަވައި އެކަލާނގެ ފޮތުގައި، ބާވައިލައްވާ، ހޭލުންތެރި ކަމުގެ خبر ތައް ދެއްވާ ފައިވާކަން
ފާހަގަ ކުރަނީއެވެ. ވަޙީ ކުރައްވަނީ؛ )وَمَنْ أَظْلَمُ مِمَّنْ ذُكِّرَ بِآيَاتِ رَبِّهِ فَأَعْرَضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَدَاهُ إِنَّا جَعَلْنَا عَلَى قُلُوبِهِمْ أَكِنَّةً أَنْ يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا وَإِنْ تَدْعُهُمْ إِلَى الْهُدَى فَلَنْ يَهْتَدُوا إِذًا أَبَدًا( الكهف
57 މާނަ: މީހާ ކުރި ފާފަތަކާ އުރެދުންތައް ހަދާން ނައްތާ
ފައިވުމާއެކު، رب ގެ އާޔަތްތައް
ހަދާންކޮށް ދިނުމުން، އެއިން މޫނު އަބުރާ، (އަޅާނުލާ) މީހަކަށް ވުރެން ވަކިން ބޮޑު
އަނިޔާ ވެރިއަކީ ފަހެ ކާކު ހެއްޔެވެ.؟ (ދަންނާށެވެ.) ހަމަކަށަވަރުން، އަހަރެމެން
(ތިމަންރަސްކަލާނގެ) އެމީހުންގެ ހިތް ތަކުގެ މަތީގައި (ކަޑަޖަހައި) ބަންދު
ކުރާހުށީމެވެ. އެއީ އެމީހުން އެވިސްނައި ފާނެތީއެވެ. (ދޭހަކޮށް ގަނެފާނެތީއެވެ.)
އަދި އެމީހުން ކަންފަތްތަކާ، އެހުން ތަކުގައި "ރީ"
އަޅުވާ ހުށީމެވެ. (ދެން ނިކަން) ކަލޭގެފާނު (r) އެމީހުން ނަށް
ތެދުމަގަށް ގޮވައި، هداية އަށް
دعوة ދީ ބަލާށޭ، ފަހެ
ހަމަ ހިލާ ދުވަހެއްގާވެސް އެމީހުންނަށް ތެދުމަގު ނުލިބޭނެއެވެ. (ތެދުމަގު
ހިފައިގެން ނުދެވޭނެއެވެ.) މިއެވެ.
އަދިވެސް
މިބާބުގެ އާޔަތެއް ލިޔެލަމެވެ. وحى ކުރައްވަނީ:
)وَمَنْ أَظْلَمُ مِمَّنْ ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَا إِنَّا مِنَ الْمُجْرِمِينَ مُنْتَقِمُونَ(
السجدة 22 މާނަ:
މީހާގެ رب ގެ އާޔަތް
ހަދާންކޮށް ދިނުމަށް ފަހު ދެން އެއާޔަތް ތަކުން މޫނު އަބުރާ (އަޅާނުލާ ނޭގޭ ކަމަށް
ހެދިގެންހުންނަ މީހާ) މީހާއަށް ވުރެން ވަކިން އަނިޔާ ވެރިކަން ބޮޑު ވާނީ ކާކު
ހެއްޔެވެ.؟ ހަމަކަށަވަރުން އަހަރެމެން (ތިމަން ރަސްކަލާނގެ) އެކުށްވެރި އަނިޔާވެރި
مجرم ންގެ ފުށުން
(ފަރާތުން) ބަލަދު ހިފާނެކަން ގައިމެވެ. العياذ بالله
ނޯޓް: މާތް ވެގެންވާ مسلم ން ހަދާން
ކުރާށެވެ. ﷲ ގެ ބަސް ފުޅުއެއީ އެންމެ ސީދާ ތެދު
ބަހެވެ. އަދި އެއީ ސީދާ ނިޔާގެ ބަހެވެ. ވުމާއެކު ﷲ
ގެ ذكر ން މޫނު އަބުރައި
އަޅާ ނުލައި ނޭގޭ ކަމަށް ހަދައިގެން އުޅޭ މީހުންނަށް ދުނިޔެއާއި اخرة ގައި ދެއްވާނެ
ތަފާތު އުގޫބާތްގެ ތެރޭގައި ފުރަތަމައީ އެމީހުންގެ ހިތްތަކުގައި
"ފިޔަން" ޖަހައި، ހިތްތަކުގެ ތެރެއަށް އެއްވެސް ބަހެއް ތެދުމަގު هداية, މަތިވެރި އިރުޝާދުގެ
ތެރެއިން އެކަތިކޮޅުވެސް ނުވަންނާނޭ ގޮތުގެ މަތިން ބަންދު ކުރައްވާނެ ކަމުގެ
ރެކުމެއް ނުވާ އިންޒާރު ފާހަގަ ކުރަމެވެ. އެއީ މާނަ ވިޔަސް مقصد ކަމަށް ވިޔަސް،
ދޭހަކޮށް ވިސްނައިފާނެތީ، ވިސްނިޔަ ނުދޭން ވެގެންނެވެ. ކަންފަތް ތަކާއި އިވުން
ތަކުގައިވެސް "ރީ"
އަޅުވައި ބަންދު ކުރައްވާނެއެވެ. ކިތަންމެ ވަރަކަށް ތެދުމަގާ هداية އަށް ގޮވިއަސް
ހަމަހިލާ ތެދުމަގު ނުލިބޭނެކަމާ حق ނޭގޭނެ
ކަމުގެ خبر , صريح ކުރައްވަނީ
ތާކީދާއެކުގައެވެ. މިއެވެ.
ވީމާ.!
މިފަދަ އިންޒާރާމެދު عام ންނަށް
ވުރެ ބޮޑަށް ހުޝިޔާރު ވާންވީ عالم ންނެވެ.
މިހެނީ މިބޭކަލުންނީ ޓިވީ، ރޭޑިޔޯ އަދި ހުކުރު خطبه ގެ
ޒަރިއާއިން އިސްލާމް ކަމާބެހޭ ވާހަކަ قران އާ
ބެހޭ ވާހަކަ ރިލޭ ކުރައްވާ ބޭކަލުން ކަމުގައި ވާތީއެވެ.
އާދެ.!
މިބޭކަލުންގެ ވާހަކަ ތަކުގައި، އާދަމުގެފާނުން ފެށިގެން، محمد r
އާދެމެދުގައި ވާނަބިއްޔުންގެ ވާހަކަތަކާއި އެބޭކަލުންގެ قوم ތަކުގައި
ހިގައިފައިވާ ބައެއް حادثه ތަކަށް
ދަންދެން ބަޔާން ކުރައްވައެވެ. އަދި محمد r
ގެ ކުރީގައި عربى ން
އުޅެމުން އައި ގޮތްތަކާއި قرئش ވަންހައިގެ
އާދަކާދައާ ދެން މިހެން ގޮސް ގިނަވެގެންވާ ވާހަކަތަކެވެ. ނަމަވެސް ހިތާމަ އަކީ محمد r ފޮނުއްވެވުން ފަހުން، އިސްލާމް ދީނަށް
ވަނީ محمد رسول الله r ގެންނެވި
ކަންތައްތައް ކަމަށް ވުމާއި އެކު މިހިސާބުން އަސަރެއް ފާޅުނުކުރާތީއެވެ. މީގެ
އިތުރުން މިބައި މީހުން قبول ކުރާގޮތުގައި
شريعة ގައި އިސްލާމް
ކަމަކީވެސް محمد r الله ގެ
حضرة ން ގެނައި ކަމަކަށް عمل ކުރުމާ، މަނާ ކުރި
ކަމަކުން، ދުރުވުން ކަމުގައި ވާއިރު ނަމާދު ކުރެއްވީ ކިހިނެތް ކަމެއް ކާވެނި ވަރި
ވިޔަފާރި މަސައްކަތް ކުރާ މީހުންނަށް اجور,
ދެން މިހެންގޮސް ބައިވަރެވެ. އަދި حكم ކުރައްވާ ގޮތް ފަދަ
މީގެ އެއްވެސް އަސަރެއް ފާޅު ނުވާތީ އަނެއްކާ, اية ގައި
އަންގަވާ އިންޒާރުގެ އަސަރު ބާވައޭ، ހީވަނީއެވެ. މިހެނީ، ފަހު އާޔަތުގެ އިންޒާރު
އޮތީ ބަދަލު ހިއްޕެވުމެވެ. ކޮންގޮތަކަށް ކަމެއް ވެސް ނޭގެއެވެ.
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ