ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

07 February, 2014

ސިޙްރު ޖެހުމުގެ ކުރިން ރައްކާތެރިވާނީ ކިހިނެތް؟

ސިޙްރު ޖެހުމުގެ ކުރިން ރައްކާތެރިވާނީ ކިހިނެތް؟
ޤަޟާ ޤަދަރަށް އީމާންވާހާލު ބަލި ޖެހުމުގެ ކުރިން ބަލީން ރައްކާތެރިވުމަށް މަސައްކަތް ކުރާނީ ބުއްދިވެރީންނެވެއެހެންކަމުން ސިޙްރުވެސް ޖެހުމުގެ ކުރިން އެއިން ރައްކާތެރިވާން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅައި އައްޑަނައިގެ” ބޭނުންހިފައި ރައްވާތެރިވުމަކީ އެންމެ މޮޅުގޮތެވެ
ސިޙްރު ޖެހުމުން ފަރުވާކުރުމަށްވުރެ ސިޙްރުޖެހުމުގެ ކުރީން ރައްކާތެރިވުމަކީ މާފަސޭހަ ކަމެއްވެސްމެއެވެމިގޮތުން ސިޙްރުން ރައްކާތެރިވުމަށް އެޅޭނެ ބައެއް ފިޔަވަޅުތައް ބަޔާންކޮށްލުމުގެ ކުރީން ކިޔުންތެރީން ޢިބުރަތް ޙާސިލްކުރުމަށް ޝައިޚް ވަޙީދު ޢަބްދުއްސަލާމް ބާލީގެ ބަޔާންކޮށްފައިވާ ހަޤީޤީ ވާހަކައެއް ބަޔާންކޮށްލާނަމެވެ.އަދި މިވާހަކައަށްފަހު ޝައިޚް ލިޔުއްވާފައިވާ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވާނީ އަކުރުން އަކުރަށް ތަރުޖަމާ ކުރުމުގެ ބަދަލުގައި ޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީތަރުޖަމާ ކުރައްވާފައިވާ ޙިސްނުލް މުސްލިމްގެ ދިވެހި ތަރުޖަމާފަދަ ދިވެހި ދަންނަބޭކަލުން ކުރައްވާފައިވާ ބައެއް މަސައްކަތްތައް އަސްލަކަށް ބަލައިގެންނެވެއާދެ ފެށުމުގެ ކުރީން ވާހަކައެއް ބަޔާންކޮށްލުމުގެ ބޭނުމަކީ މުނިފޫލިފިލުވާލުމެއް ނޫނެވެނަމަވެސް ކުރިން ބަޔާންކުރެވުނު ފަދައިން އެއިގެން ޢިބުރަތެއް ޙާޞިލްކުރުމެވެޔޫސުފް ސޫރަތުގެ 111ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ.لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِأُولِي الْأَلْبَابِ މާނައީހަމަކަށަވަރުން، އެއުރެންގެ ވާހަކަތަކުގައި، ބުއްދީގެ أهل ވެރިންނަށް عبرة އެއް ވާކަން ކަށަވަރެވެ.
އެޒުވާނާގެ ރަށުގަ އާއި ރަށުން ބޭރުގައިވެސް މީސްތަކުންނަށް އިސްލާމްދީނަށް ދަޢުވަތުދީ އެދީނަށް ގޮވައިލާ ޒުވާނަކު އުޅުނެވެއޭނާގެ ދަރުސްތަކުގައި އާއްމު ގޮތެއްގައި ގޮވާލަނީ މާތްﷲ އަށް އެންމެ ފުރިހަމައަށް އަދި އެންމެ ސާފު ގޮތުގައި އެއްކައުވަންތަ ކުރުމަށެވެއަދި ސާފު އަޤީދާއެއްގެ ވެރި ބަޔަކަށް ވުމަށެވެމީގެ އިތުރުން ސިޙްރުވެރިން ގާތުން އެހީއާއި މަދަދަށް އެދުމަށް ނުދިޔުމަށާއި، ސިޙްރަކީ މާތް ރަސްކަލާނގެއާއި އެކަލާނގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް އުރެދުންކަމަށާއި އަދި ސިޙްރުވެރިޔާއަކީ އެކަލާނގެއަށް ދެކޮޅުވެރިކަން ދައްކައިގެން އުޅޭ، އެކަލާނގެއާއި ދެކޮޅަށް މަސައްކަތްކުރާ މީހެއްކަން މީސްތަކުންނަށް ބަޔާންކޮށްދެމުން ދިޔައެވެ.
މިޒުވާނާ ދިރިއުޅެމުން ދިޔަ އަވަށުގައި ސިޙްރުވެރިޔަކު އުޅުނެވެމިސިޙްރުވެރިޔާއަކީ ގިނަ މީހުން ދަންނަ މަޝްހޫރު ސިޙްރުވެރިއެކެވެމީހަކު ކައިވެންޏެއްކުރަން ބޭނުންވެއްޖެނަމަ މިސިޙްރުވެރިޔާގެ ގާތަށް ގޮސް ތިމަންނާ މިއުޅެނީ އެވެނި މިވެނި ދުވަހަކު ކައިވެނި ކުރަންވެގެންނޭ ކަލޭގެ އެދުމަކީ ކޮބާހޭ މިސިޙްރުވެރިޔާ ގާތު އަހައެވެސިޙްރުވެރިޔާ ކައިވެނިކުރަން ތައްޔާރުވާ ޒުވާނާގެ ކިބައިން ލާރިއަށް އެދެއެވެއަދި ކައިވެނިކުރަން ތައްޔާރުވާ ޒުވާނާ މިސިޙްރުވެރިޔާ ބުނި އަދަދަކަށް ފައިސާދެއެވެއެހެންނޫންނަމަ މިސިޙްރުވެރިޔާ ސިޙްރުއް ރަބްޠު (ބަންދުކުރާ ސިޙްރުހަދައިގެން މިޒުވާނުންނަށް އަދަބުދެއެވެ.ބަންދުކުރާ ސިޙްރު ހެދުމުގެ ސަބަބުން އަނބިމީހާއާއި ޖިމާޢު ނުވެވޭގޮތް ވެއެވެސިޙްރު ޖެހިގެން އަނބިމީހާއާއި ޖިމާޢު ނުވެވިއްޖެނަމަ އެސިޙްރު ބާޠިލް ކޮށްދިނުމަށް އެދި އަލުން ސިޙްރުވެރިޔާ ގާތު ކިޔުން ނޫން އިތުރު ގޮތެއް ނޯވެއެވެނަމަވެސް އޭރުން ކުރިން ކިޔި އަގުގެ ދެގުނަ ނަގައެވެ.
އަޅުވެރި ޒުވާނަކު ގެންދިޔައީ މިސްކިތްތަކުގައާއި، ސިއްރު ބައްދަލުވުންތަކުގައާއި އަދި އާއްމު ބައްދަލުވުންތަކުގައި މިސިޙްރުވެރިޔާގެ ނުބައި ނުލަފާ ވާހަކަ ދައްކާ އޭނާއި ދެކޮޅަށް މަސައްކަތްކުރަމުންނެވެމިޒުވާނާއަކީ އޭރު ކައިވެންޏެއް ނުކޮށް ހުރި ހުސްހަށިބައި ޒުވާނެކެވެއެހެންކަމުން އަވަށުގެ މީހުން އިންތިޒާރުކުރަމުން ދިޔައީ މިޒުވާނާގެ ކައިވެންޏަށެވެސިޙްރުވެރިޔާ މިޒުވާނާއަށް ދެނީ ކޮންކަހަލަ ރައްދެއްތޯ އާއި މިޒުވާނާއަށް ސިޙްރުވެރިޔާގެ ކިބައިން ސަލާމަތްވެވޭނެތޯ ބެލުމަށެވެ.
އެންމެފަހުން ޒުވާނާ ކައިވެނިކޮށްފިއެވެނަމަވެސް އޭނާ ފުރަތަމަ ރޭކުރުމުގެ ކުރިން އަހަރެންގެ ގާތަށް (ޝައިޚް ވަޙީދު ޢަބްދުއްސަލާމް ބާލީ ގާތަށްއައިސް މިވާހަކަ ކިޔައިދިނެވެ.
ޒުވާނާ ބުންޏެވެ. “ސިޙްރުވެރިޔާ އަހަރެންނަށް ގެއްލުންދޭނެކަމުގެ އިންޒާރުދީފައެވެމީހުން ބަލަނީ އަހަރުމެން ދެމީހުން ކުރެން މޮޅުވާނީ ކާކުތޯއެވެތިބާ މިކަމާއި މެދު ދެކެނީ ކިހިނެއް ހެއްޔެވެ؟ އަހަރެންނަށް ސިޙްރުން ރައްކާތެރިވާނެ މަގެއް ބުނެދީބަލާށެވެއަދި ހަނދާނުގައި ބަހައްޓާށެވެއެސިޙްރުވެރިޔާ އަށް ހެދޭނެ އެންމެ ވަރުގަދަ އެންމެ މޮޅު ސިޙްރު އަހަރެންނާއި ދެކޮޅަށް ހަދާނެއެވެއެހެނީ އަހަރެން ވާނީ އެތައް އެތައް ބައެއްގެ ކުރިމަތީގައި އެސިޙްރުވެރިޔާގެ ވާހަކަ ދައްކައި، ނިކަމެތިކޮށް އަގުވައްޓާލާފައެވެ.”
އަހަރެން ބުނީމެވެ. ” އާއެކެވެނަމަވެސް އެންމެ ޝަރުޠަކާއި އެކީގައެވެ. “
ޒުވާނާ ސުވާލުކުރިއެވެ. ” އެއީ ކޮންކަމެއް؟ 
އަހަރެން: “ސިޙްރުވެރިޔާ ގާތު ބުނޭ އަހަރެން މިއުޅެނީ އެވެނި މިވެނި ދުވަހަކު ކައިވެނިކުރާށޭއަދި ބުނޭ އަހަރެން ކަލެއަށް ގޮން ޖަހަމޭ، ކަލެއަށް ކުރެވެން ހުރި ކަމެއް ވެއްޖެއްޔާ ކުރާށޭއަދި ކަލެއަށް ކާމިޔާބު ނުވެއްޖެނަމަ ސިޙްރުވެރިންގެ ތެރެއިން ކަލޭ ބޭނުން ބަޔަކު ގެންނާށޭ، އަދި މި ގޮންޖެހުން އެންމެންނަށް އެނގޭނެހެން ބާއްވާށޭ.”
ޒުވާނާ ޖެހިލުން ވުމާއެކު: ” ތިކިޔޭ އެއްޗެއް އެނގޭތަ؟ 
އަހަރެން: “އާނއެނގޭކާމިޔާބު (ތައްޔާރުކުރެވިފައިވަނީ އީމާންވި މީހުންނަށް އަދި ގެއްލުމާއި ހަލާކު އޮތީ މުޖުރިމުންނަށް.”
އެންމެފަހުން ޒުވާނާ އެއްކަލަ ސިޙްރުވެރިޔާއަށް ޚަބަރު ފޮނުވިއެވެއަދި ސިޙްރުވެރިޔާއަށް ކުރެވެންހުރި ހުރިހާކަމެއް ކުރުމަށް ގޮންޖެހިއެވެއަދި ވަލީމާ އޮންނަ ދުވަސްވެސް އެންގިއެވެރަށުގެ މީހުން މިއުނދަގޫ ދުވަހަށް އިންތިޒާރު ކުރިއެވެ.
އަހަރެން އެޒުވާނާއަށް ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތައް ބުނެ ދިނީމެވެމިކަންތައްތައް އަހަރެން ފަހުން ބަޔާންކޮށްލާނަމެވެޒުވާނާ އެންމެފަހުން ކައިވެނިކޮށް އަނބިމީހާއާއި އެކު ރޭވެސް ކުރިއެވެބުނެވިދިޔަ ސިޙްރުވެރިޔާ ނުވަތަ މިނޫން އެހެން އެއްވެސް މީހެއްގެ ސިޙްރެއް ނުވަތަ އުނދަގުލެއްވެސް ކުރިމަތިނުވެއެވެމިކަމާއި ރަށުގެ މީހުން ހައިރާންވެ އަންތަރީސްވިއެވެއެހެނީ މިހާދިސާ ވެގެން ދިޔައީ ޢަޤީދާއަށް ލިބިގެންދިޔަ ކާމިޔާބަކަށެވެއަދި ބާޠިލްގެ ކުރިމަތީގައި ރައްކާތެރި ކުރައްވާނެކަން އެނގި ޞައްޙަ ޢަޤީދާގައި ތިބި މީހުންގެ ފައިތިލަތައް ސާބިތުވެގެން ދިޔަ ދިޔުމަކަށެވެމިހާދިސާގެ ސަބަބުން ޒުވާނާގެ ޤަދަރު އޭނާގެ އާއިލާ އާއި އަވަށުގެ ތެރޭގައި އުތުރި އަރައިގެން ދިޔައެވެއަދި ސިޙްރުވެރިޔާގެ އަގު ވެއްޓުނެވެ.
ﷲ އަކުބަރުއެކަލާނގެއަށް ޙަމްދު ހުއްޓެވެއަދި އެކަލާނގެ ކިބަފުޅުން މެނުވީ ކާމިޔާބު ލިބުމެއް ނެތެވެ.
ތިރީގައި މިބަޔާންކޮށްލަނީ ރައްކާތެރިކަމުގެ 15 ފިޔަވަޅެވެ.
ފުރަތަމަ ފިޔަވަޅުހުސްބަނޑާއި ހުރެ އަޖުވާ ކަދުރު ކެއުން
ހެނދުނު ހުސްބަނޑާއި ހުރެ ހަތް ހިކި ކަދުރު ކާށެވެބޮޑަށް ރަނގަޅީ (މަދީނާގެއަޖުވާ ކަދުރު ކެއުމެވެއަޖުވާ ކަދުރު ނުލިބިއްޖެނަމަ އެހެން ވައްތަރެއްގެ ހަތް ކަދުރު ކާށެވެރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިން ދޭހަވާ ގޮތުގައި ހެނދުނު ހުސް ބަނޑާއި ހުރެ ހަތް އަޖުވާ ކަދުރު ކައިފި މީހަކަށް ވިހައެއްގެ އަސަރެއް ނުކުރާނެއެވެއަދި ސިޙްރެއްވެސް ނުޖެހޭނެއެވެ.
ދެވަނަ ފިޔަވަޅުވުޟޫ
ވުޟޫ ކޮށްގެން ހުރި މީހަކަށް އިންޝާﷲ ސިޙްރެއް ނުޖެހޭނެއެވެއެހެނީ އޭނާ ވާނީ ރަޙްމާނުވަންތަ ރަސްކަލާނގެ ފޮނުއްވާފައިވާ މަލާއިކަތަކު ހިމާޔަތްކޮށް ރައްކާތެރިކޮށްދީފައެވެއިބްނު އައްބާސްގެ ކިބައިން ރިވާވެގެންވާ ޙަދީޘަކުން ދޭހަވާގޮތުގައި ވުޟޫކޮށްގެން ނިދާ ކޮންމެ މީހަކާއިއެކުވެސް މަލާއިކަތަކު ވެއެވެ.
ތިންވަނަ ފިޔަވަޅުޖަމާޢަތުގައި ނަމާދު އަދާކުރުން
މުސްލިމަކު ޖަމާޢާތުގައި ނަމާދު އަދާކުރާނަމަ މާތްﷲ އޭނާ ޝައިޠާނާގެ ކިބައިން ސަލާމަތްކޮށްދެއްވަވައެވެއަދި ޖަމާޢަތުގެ ނަމާދު އަޅާނަމަ ޝައިޠާނާ އޭނާގެ މައްޗަށް ގަދަވެގަނެއެވެސިޙްރާއި އަދިވެސް އެހެނިހެން ތަކެތި ބޭނުންކޮށްގެން އެޝައިޠާނާ އޭނާއަށް ގެއްލުންދެއެވެއަބްދުއް ދާރާ ރިވާކުރައްވާފައިވާ ހަދީޘެއްގެ މާނައިން ދޭހަވާގޮތުގައި ތިން މީހަކު އަވަށެއްގައި ނުވަތަ ރަށެއްގައި ވެފައި އެމީހުން ޖަމާޢަތުގައި ނަމާދު ނުކުރާނަމަ ޝައިޠާނާ އެމީހުންގެ މައްޗަށް ގަދަވެނުގަންނަ އެއްވެސް މީހަކު ނުވެއެވެ.
ހަތަރުވަނަ ފިޔަވަޅުދަމު ނަމާދު ރޭއަޅުކަން )
ދަމުނަމާދު ކުރުމަކީ ސިޙްރުން ރައްކާތެރިވުމަށް އެދޭމީހާ ކުރުން ވަރަށްވެސް މުހިއްމުކަމެކެވެއެހެނީ ދަމުނަމާދު ކުރާކަމުގައި ވަނީނަމަ ޝައިޠާނާއަށް އެމީހެއްގެ މައްޗަށް ގަދަވެގަންނަން އުނދަގޫވެއެވެ.
ފަސްވަނަ ފިޔަވަޅުފާޚާނާއަށް ވަނުމުގެ ކުރިން ދުޢާ ކިޔުން
ކޮންމެ މުސްލިމަކުވެސް ފާޚާނާއަށް ވަނުމުގެ ކުރިން ޝައިޠާނާގެ ނުބައިކަމުން ރައްކާތެރިކުރެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި ދަންނަވަން ޖެހެއެވެރައްކާތެރި ނުވެ ފާހާނާއަށް ވަދެއްޖެނަމަ ޝައިޠާނާ އެކަމުގެ ފައިދާ ނަގައި ގެއްލުންދެއެވެފާހާނާ ފަދަ ހަޑިމުޑުދާރު ތަންތަނަކީ ޝައިޠާނުން ދިރިއުޅޭ ތަންތަނެވެ.
ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ތިރީގައިމިވާ ދުޢާ ފާޚާނާއަށް ވަދެވަޑައިގަތުމުގެ ކުރިން ވިދާޅުވާކަމަށް ވާރިދުވެފައިވެއެވެ.
اَلَّهُمَّ إِنِّيْ أَعُوْذُبِكَ مِنَ الْخُبُثِ وَالْخَبَاَئِثِ
ހަވަނަ ފިޔަވަޅުނަމާދުފެށުމުގެ ކުރިން މާތްﷲގެ ރައްކާތެރިކަމަށް އެދުން
اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ كَبِيرًا، وَالْحَمْدُ لِلَّهِ كَثِيرًا، وَالْحَمْدُ لِلَّهِ كَثِيرًا، وَالْحَمْدُ لِلَّهِ كَثِيرًا، وَ سُبْحَانَ اللَّهِ بُكْرَةً وَأَصِيْلَا(3 ފަހަރު)
ބޮޑުވެގެންވާ ބޮޑުވުމަކުން އެންމެ ބޮޑީ އެވެބޮޑުވެގެންވާ ބޮޑުވުމަކުން އެންމެ ބޮޑީ އެވެބޮޑުވެގެންވާ ބޮޑުވުމަކުން އެންމެ ބޮޑީ އެވެއަދި ގިނަވެގެންވާ ޙަމްދަކުން އެންމެހައި ޙަމްދެއް ލިބިވޮޑިގެންވަނީ އަށެވެއަދި ގިނަވެގެންވާ ޙަމްދަކުން އެންމެހައި ޙަމްދެއް ލިބިވޮޑިގެންވަނީ އަށެވެއަދި ގިނަވެގެންވާ ޙަމްދަކުން އެންމެހައި ޙަމްދެއް ލިބިވޮޑިގެންވަނީ އަށެވެއަދި ހެނދުނާއި ހަވީރު ގެ ހުސްޠާހިރުވަންތަކަން ބަޔާންކުރަމެވެ.” (ދެންކިޔާށެވެ.)
أَعُوذُ بِالله مِنَ الشَّيْطَانِمِنْ نَفْخِهِ وَنَفْثِهِ وَ هَمْزِهِ
ޝައިޠާނާ އަނގައިން ފުމުމުންނާއި (ޔަޢުނީ އޭނާގެ ކިބުރުވެރިކަމުންނާއި)، އޭނާގެ ކުޅުޖެހުމުންނާއި (ޔަޢުނީ އޭނާގެ ސިޙުރުވެރިކަމުންނާއި)، އޭނާ ކޮށްޓުމުން (ޔަޢުނީ އޭނާގެ ވަސްވާހުންރައްކައުތެރިކޮށްދެއްވުމަށް އެދި ގެ ޙަޟްރަތަށް ދަންނަވަމެވެ.”
ހަތްވަނަ ފިޔަވަޅުކައިވެނީގެ ވަގުތުގައި އަނބިމީހާ ސިޙްރުން ރައްކާތެރިކުރުން
ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. “إِذَا تَزَوَّجَ أَحَدُكُمْ اِمْرَأَةً أَوْ اِشْتَرَى خَادِمًا , [ فَلْيَأْخُذْ بِنَاصِيَتِهَا ] [ وَلْيُسَمِّ اللهَ عَزَّ وَ جَلَّ ] [ وَلْيَدْعُ بِالْبَرَكَةِ ], وَلْيَقُلْاللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ [وَإِذَا اشْتَرَى بَعِيرًا فَلْيَأْخُذْ بِذِرْوَةِ سَنَامِهِ وَلْيَقُلْ مِثْلَ ذَلِكَ]أخرجه البخاري في أفعال العباد)މާނައީ: “ތިޔަބައިމީހުން ކުރެ މީހަކު ކައިވެންޏެއް ކޮށްފިނަމަ، ނުވަތަ އަޅު އަންހެނަކު ގަނެފިނަމަ، ފަހެ، އެއަންހެނާގެ ނިތްކުރީގަ ހިފައި، ބިސްމިﷲ ކިޔައި، ބަރަކާތްލެއްވުން އެދި ދުޢާކުރާށެވެއަދި ކިޔާށެވެاللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ.އަދި އޭނާ ޖަމަލެއް ގަތްނަމަ، އޭގެ ގޮންގަނޑުގެ ކޮޅުގައި ހިފަހައްޓައިގެންހުރެވެސް ހަމައެފަދައިން ކިޔާށެވެ.“
އައްވަނަ ފިޔަވަޅުކައިވެނި ކުރުމަށްފަހު ދެމަފިރީން އެކީގައި ދެރަކުއަތް ނަމާދެއް ކުރުން
ޝަޤީޤު އަރިހުން ރިވާވެގެންވެއެވެ. “އަބޫ ޙަރީޒް ކިޔާ ބޭކަލެއް ވަޑައިގެން ވިދާޅުވިއެވެހަމަކަށަވަރުން ތިމަން ބިކުރުވެރި، ޒުވާން ޖާރިޔާއަކާއި ކައިވެނިކޮށްފީމެވެނަމަވެސް ތިމަން ބިރުހީވަނީ ތިމަންނާޔަށް އޭނާ ނަފްރަތުކޮށްފާނެތީއެވެދެން ޢަބްދުﷲ ބުން މަސްޢޫދު ވިދާޅުވިއެވެހިތްހަމަޖެހުން އަންންހުށީ ﷲ ގެ ހަޟްރަތުންކަން ކަށަވަރެވެއަދި ރުޅިވެރިކަން އަންނަހުށީ ޝައިޠާނާގެ ފަރާތުންނެވެމާތް ﷲ ތިޔަބައިމީހުންނަށް ޙަލާލުކޮށްދެއްވި ކަންތަކަށް ނަފްރަތުކުރުވަން އެޝައިޠާނާ ބޭނުންވާނެއެވެފަހެ، އެއަންހެނާ ތިބާގެ ކައިރިޔަށް އަންނަ ހިނދު، ތިބާގެ ފަހަތުގައި ދެ ރަކްޢަތް ނަމާދެއްކުރަން އޭނާއަށް އަމުރުކުރައްވާށެވެ.”
ޢަބްދުﷲ ބުނު މަސްޢޫދުގެ އަރިހުން ވާރިދުވެގެންވާ އެހެން ރިވާޔަތެއްގައި އިތުރަށް އައިސްފައިވެއެވެތިބާ މިހެން ކިޔާށެވެاللَّهُمَّ بَارِكْ لِي فِي أَهْلِي، وَبَارِكْ لَهُمْ فِيَّ، اللَّهُمَّ اجْمَعَ بَيْنَنَا مَا جَمَعْتَ بِخَيْرٍ، وَفَرِّقْ بَيْنَنَا إِذَا فَرَّقْتَ إِلَى خَيْرٍ
ނުވަވަނަ ފިޔަވަޅުޖިމާޢުވާހިނދު ދުޢާކިޔުން
ޢަބްދުﷲ ބުން ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގައި ރަސޫލާ صلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ(لَوْ أَنَّ أَحَدَهُمْ إِذَا أَرَادَ أَنْ يَأْتِيَ أَهْلَهُ قَالَ بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا)މާނައީ: “ތިޔަބައިމީހުންކުރެ މީހަކު އެމީހެއްގެ އަނބިމީހާ އާއި ޖިމާޢުވާން ވެއްޖެ ހިނދު ކިޔާށެވެ. “بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا“.މާނައީ: “ގެ މަތިވެރި އިސްމުފުޅުގެ ބަރަކާތުން (މިކަންކުރަމެވެ.) އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ!ޝައިޠާނާގެ ކިބައިން އަޅަމެން ދުރުކުރައްވާނދޭވެއަދި އިބަﷲ އަޅަމެންނަށް ދެއްވާ ދަރިންގެ ކިބައިން ޝައިޠާނާ ދުރުކުރައްވާނދޭވެ! “ދެން ޙަދީޘްކުރެއްވިއެވެ(فَإِنَّهُ إِنْ يُقَدَّرْ بَيْنَهُمَا وَلَدٌ فِي ذَلِكَ لَمْ يَضُرَّهُ شَيْطَانٌ أَبَدًا)މާނައީ: “ފަހެ އެދެމީހުންގެ ދެމެދުން ދަރިއަކު އުފަންވުމަށް މިންވަރުފުޅު ވެއްޖެނަމަ، އެކުއްޖާއާއި ދުވަހަކުވެސް ޝައިޠާނަކު ގާތްނުވާހުއްޓެވެ.”
ދިހަވަނަ ފިޔަވަޅުނިދުމުގެ ކުރީން އާޔަތުލް ކުރުސި ކިޔުން
ނިދަން ތަންމައްޗަށް އަރައި އާޔަތުލް ކުރްސީ ކިޔަވާފިނަމަ ﷲ އެމީހަކު ރައްކާތެރި ކޮށްދެއްވާނެއެވެއަދި ހެނދުނު ވުމާއި ހަމައަށް ޝައިޠާނަކު ކައިރިއެއް ނުވާނެއެވެ.
އެގާރަވަނަ ފިޔަވަޅު:
ފަތިސްނަމާދައްފަހު لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌމިޛިކުރު ސަތޭކަފަހަރު ކުރާށެވެ.
ދުވާލަކު ސަތޭކަފަހަރު މިޛިކުރުކޮށްފިމީހާ ދަންނައެވެއޭނާ ދިހަ އަޅުން މިނިވަންކުރި ފަދައެވެއަދި އޭނާއަށް ސަތޭކަ ހެޔޮކަން ލިޔުއްވޭނެއެވެއަދި އޭނާގެ ކިބައިން ސަތޭކަ ފާފަ ފުއްސެވޭނެއެވެއަދި އެދުވަހު ހަވީރުވަންދެން ޝައިޠާނާގެ ކިބައިން އޭނާ ރައްކާތެރިކުރެވޭނެއެވެއަދި އޭނާއަށްވުރެ ގިނައިން މިޛިކުރުކުރިމީހަކު މެނުވީ އޭނާއަށްވުރެ މާތްޢަމަލެއްކޮށްގެންހުރި ހަމައެކަކު ނުހުންނާނެއެވެ.رواه البخاري ومسلم
ބާރަވަނަ ފިޔަވަޅުމިސްކިތަށް ވަންނަމުން ކިޔާ ދުޢާ
أَعُوذُ بِاللَّهِ الْعَظِيمِ، وَبِوَجْهِهِ الْكَرِيمِ، وَسُلْطَانِهِ الْقَدِيمِ، مِنَ الشَّيْطَانِ الرَّجِيمِ بِسْمِ اللَّهِ، وَالسَّلَامُ عَلَى رَسُولِ الله، اللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ
މިއަޅާ މަތިވެރި މާތްގެ ޙަޟްރަތުން އަދި އެކަލާނގެ މާތް ވަޖުހަފުޅާއި، އެކަލާނގެ އިސްވެވޮޑިގެންވާ ބާރު މެދުވެރިކޮށް ރަޙްމަތުން ދުރުކުރެވިފައިވާ ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދެމެވެގެ އިސްމުފުޅުގެ ބަރަކާތުން ވަންނަމެވެއަދި ގެ ރަސޫލާގެ މައްޗަށް ޞަލަވާތާއި ސަލާމް ހުއްޓެވެއޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮއިބަ ގެ ރަޙުމަތުގެ ދޮރުކޮޅުތައް މިއަޅާއަށްޓަކައި ހުޅުވައި ދެއްވާނދޭވެ.”
ތޭރަވަނަ ފިޔަވަޅު
ތިރީގައި މިވާ ދުޢާ ހެނދުނާއި ހަވީރު ތިންފަހަރު ކިޔާށެވެ.
بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ، وَلا فِي السَّمَاءِ، وَهُوَ السَّمِيعُ الْعَلِيم
މާނައީގެ އިސްމުފުޅުގެ ބަރަކާތުން (ރައްކާތެރިކަން ލިބިގަންނަމެވެ.) އެކަލާނގެ އިސްމުފުޅުގެ ބަރަކާތާއިއެކު ބިމާއި އުޑުން އެއްވެސް އެއްޗެއް ގެއްލުމެއް ނުދޭނެއެވެއަދި އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގަންނަވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
ހެނދުނާއި ހަވީރު ތިންފަހަރު މިޛިކުރުކޮށްފި މީހާއަށް އެއްވެސް އެއްޗެއް ގެއްލުމެއް ނުދޭނެއެވެ.
ސާދަވަނަ ފިޔަވަޅުގެއިން ނުކުތުމުގެ ކުރިން ދުޢާކިޔުން
بِسْمِ اللَّهِ، تَوَكَّلْتُ عَلَى الله وَ لَا حَوْلَ وَلَا قُوَّةَ إِلَّا بِالله
ގެ އިސްމުފުޅުގެ ބަރަކާތުން ނިކުންނަމެވެއަހުރެންގެ އެންމެހާ ކަންތައްތައް އާ ޙަވާލުކޮށްފީމެވެއަދި އެއްވެސް ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް އަދި ނުބައިކަމުން ސަލާމަތްވުމުގެ ބާރެއްވެސް ގެ ޙަޟުރަތުން މެނުވީ ނުވެއެވެ.”
ފަނަރަވަނަ ފިޔަވަޅު:
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
މިފަދައިން ހަވީރު ތިންފަހަރު ކިޔާށެވެ.
މާނައީމާތްގެ ފުރިހަމަވެގެންވާ ކަލިމަފުޅުތައް މެދުވެރިކޮށް އެކަލާނގެ ހެއްދެވި އެންމެހައި މަޚްލޫޤުންގެ ނުބައިކަމުން މިއަޅާ (އެކަލާނގެ ޙަޟްރަތުންރައްކާތެރިކަމަށް އެދެމެވެ.
ހަވީރުވާހިނދު ތިންފަހަރު މިޛިކުރުކޮށްފި މީހާ ދަންނައެވެއެރޭ އެއްވެސް ވިހަސޫތްޕެއްގެ ގެއްލުމެއް އޭނައަކަށް ނުވާނެއެވެأخرجه أحمد و النسائي في عمل اليم و الليلة و ابن السنّي و صحيح الباني
މަސްދަރު http://maithiri.com/?p=43657 

No comments:

Post a Comment

ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ