Skip to main content

ﷲ އަށްޓަކައި ކަމެއް ދޫކޮށްލާ މީހާއަށް އޭގެ ބަދަލުގައި އެއައްވުރެ ހެޔޮ ގޮތެއް ﷲ ދެއްވާކަމުގެ މިސާލެއް

ﷲ އަށްޓަކައި ކަމެއް ދޫކޮށްލާ މީހާއަށް އޭގެ ބަދަލުގައި އެއައްވުރެ ހެޔޮ ގޮތެއް ﷲ ދެއްވާކަމުގެ މިސާލެއް
ﷲއަށްޓަކައި ކަމެއް ދޫކޮށްލާ މީހާއަށް އެއަށްވުރެ ހެޔޮގޮތެއް ﷲ ދެއްވާނޭކަމަށް މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ބަޔާންކުރައްވައި ދެއްވާފައެވެ. އެކަލޭގެފާނުގެ ބަސްފުޅަކީ ޙައްޤު ތެދު ބަސްފުޅެވެ. ﷲތަޢާލާވަނީ އެކަލޭގެފާނުގެ ބަސްފުޅުގެ ތެދުކަން ބަޔާންކުރައްވާފައެވެ. ސޫރަތުއްނަޖުމުގެ ކުރީކޮޅުގެ އާޔަތްތަކުގައި އެއިލާހު އަންގަވާފައިވަނީ، އެކަލޭގެފާނަކީ އަމިއްލަ އެދުންފުޅަކަށް ވާހަކަ ދައްކަވާ ބޭކަލެއް ނޫންކަމެވެ. އަދި އެކަލޭގެފާނުގެ ބަސްފުޅަކީ ﷲގެ ޙަޟްރަތުން އަންނަ ވަޙީގެ ބަސްފުޅުތަކެއްކަންވެސް ވަނީ ހާމަ ކުރައްވާފައެވެ.

ކޮންމެއަކަސް ﷲ އަށްޓަކައި ކަމެއް ދޫކޮށްލާ މީހާއަށް އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮ ގޮތެއް ﷲ ދެއްވާކަމުގެ މިސާލެއް ބައްލަވާލައްވަން ބޭނުންފުޅުނަމަ ކީރިތި ޤުރުއާނުގައިވާ ޔޫސުފް ޢަލައިހިއްސަލާމްގެ ވާހަކައަށް ބައްލަވާށެވެ. އޭގެ ފުރިހަމަ މިސާލެއް ފެނިގެން ދާނެއެވެ. އެކަލޭގެފާނަށް ފާޙިޝް ޢަމަލު ހިންގުމަށް ހުށަހެޅުނު ހިނދު އެކަމަށް ގޮވާލާ ހުރިހާ ކަމެއް ވަނީ ފަހިވެފައެވެ. އެކަލޭގެފާނު ފިޔަވައި އެހެން އެއްވެސް މީހަކަށް އެ ސަބަބުތައް ޖަމާވެ، އެއިން މިންޖު ވެފައި ނުވެއެވެ. އަދި ﷲ އިރާދަ ކުރައްވައިފި އަޅަކަށް މެނުވީ އެއީ ވަރަށްވެސް ދަތި އުނދަގޫ ކަމެކެވެ.
ޔޫސުފް ޢަލައިހިއްސަލާމްގެ ޙާލަތަށް ބަލާލަމާ ހިނގާށެވެ. އެކަލޭގެފާނަށް ޒިނޭއަށް ގޮވާލެވުނު ވަގުތު އެކަމަށް އަރައިގަނެވުމަށް މަގުފަހިވާނެ އެތައް ސަބަބެއް ފަހިވެފައި ވިއެވެ. އޭގެތެރެއިން ބައެއް ސަބަބުތަކަށް ބަލާލަމާ ހިނގާށެވެ.
·        ޔޫސުފް ޢަލައިހިއްސަލާމް އަކީ ޒުވާން ބޭފުޅެކެވެ.
·        ޔޫސުފް ޢަލައިހިއްސަލާމް އަކީ ކައިވެނި ނުކުރައްވައި ހުންނެވި ބޭކަލެކެވެ. އެކަލޭގެފާނުގެ ހަށިގަނޑުގެ އެދުންތައް ފުއްދާނޭ އަންބަކު ނެތެވެ.
·        ޔޫސުފް ޢަލައިހިއްސަލާމް އަކީ އެރަށުގައި ބީރައްޓެއްސެކެވެ.
·        ޔޫސުފް ޢަލައިހިއްސަލާމް އަކީ އަޅެކެވެ.
·        ޔޫސުފް ޢަލައިހިއްސަލާމް އަށް ޒިނޭގެ ދަޢުވަތު ދިން އަންހެން މީހާ އަކީ ރީތި އަންހެނެކެވެ.
·        ޔޫސުފް ޢަލައިހިއްސަލާމް އަށް ޒިނޭގެ ދަޢުވަތު ދިން އަންހެން މީހާ އަކީ ނަސަބާއި ޙަސަބުގެ ގޮތުން މަތީ މީހެކެވެ.
·        ޔޫސުފް ޢަލައިހިއްސަލާމްއަށް ޒިނޭގެ ދަޢުވަތު ދިން އަންހެން މީހާ އަކީ އެކަލޭގެފާނުގެ ސާހިބު ކަނބުލޭގެ އެވެ.
·        އެވަގުތު އެތަނުގައި އެކަން ދެކޭނެ އެއްވެސް މީހަކު ނެތްކަން.
·        ޒިނޭ ކުރުމަށް އެކަނބުލޭގެ އެކަލޭގެފާނަށްޓަކައި ތައްޔާރުވެގެން ވީކަން
·        އެ އަންހެނާ އެ ކޮޓަރިތަކުގެ ދޮރުތައް އެތެރެއިން ބަންދު ކޮށްފައިވުން
·        ޒިނޭކުރުމަށް ޔޫސުފް ޢަލައިހިއްސަލާމްއަށް ދަޢުވަތު ދިނީ އެކަނބުލޭގެ ކަމުގައި ވުން
·        ޒިނޭކުރުމަށް އެދުންބޮޑުވެ، އެކަމަށް އިންތިހާއަށް އެދިއެދި އެ ކަނބުލޭގެ ހުރުން.
·        ޒިނޭ ނުކޮށްފިނަމަ އަދަބުދީ، ޖަލަށްލައި ހަދާނެކަމުގެ ބިރު އެކަނބުލޭގެ ޔޫސުފް ޢަލައިހިއްސަލާމަށް ދެއްކިކަން.

މި ހުރިހާ ސަބަބުތަކެއް އެކުވެ، އެކަލޭގެފާނަށް ޒިނޭގެ ދަޢުވަތު ލިބުމުންވެސް، އެކަމަށް އިޖާބަ ނުދެއްވައި، ﷲ އަށްޓަކައި އެކަމުން ދުރުހެލިވެ ވަޑައިގެންނެވިއެވެ. އަދި އެ ފާޙިޝް ޢަމަލަށް އަރާވަޑައިނުގަންނަވައި ކެތްތެރިވެ ވަޑައިގެންނެވިއެވެ.
އޭގެ ސަބަބުން، ދެދުނިޔޭގެ ބާއްޖަވެރިކަމާއި އުފާވެރިކަން އެކަލޭގެފާނަށް ﷲ ތަޢާލާ ދެއްވިއެވެ. މިސްރުގެ ޖަލުން މިސްރުގެ ވެރިކަމަށް ވަޑައިގެންނެވިއެވެ. އަދި އަޅެއްގެ ގޮތުގައި އުޅުއްވި ޔޫސުފް ޢަލައިހިއްސަލާމް، ސާހިބަކަށް ވެވަޑައިގެންނެވިއެވެ.
ޔޫސުފް ޢަލައިހިއްސަލާމް އަށް ޒިނޭއަށް ދަޢުވަތު ދިން ކަނބުލޭގެ ފަހުން ބުނި ކަމަށް ރިވާޔަތްތަކުގައި ވާރިދުވެގެން ވެއެވެ.
ފާފައިގެ ސަބަބުން ވެރިން ނިކަމެތި ކުރައްވައި، ކިޔަމަންތެރިކަމުގެ ސަބަބުން އަޅުން ވެރިންކަމުގައި ލެއްވި އިލާހުގެ ހުސްޠާހިރުވަންތަ ކަމާއެވެ.
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ވިސްނާލާށެވެ. އަޅުގަނޑުމެންގެ ޙާލާއި މެދުގައެވެ. މަތީގައި ބަޔާންވެ އެދިޔައީ ޔޫސުފް ޢަލައިހިއްސަލާމް އަށް ޒިނޭއަށް ގޮވާލެވުނު ހިނދު އެކަމަށް މަގުފަހިވާގޮތަށް، ނުވަތަ އެކަން ކުރުމަށް މަގުފަހިވާ ގޮތަށް ހުރި ސަބަބު ތަކެވެ. މިއިން އެއްމެ ސަބަބެއްވެސް އަޅުގަނޑުމެންނަށް ކުރިމަތިވެއްޖެނަމަ އަޅުގަނޑުމެންގެ ޙާލަކީ ކޮބައިތޯއެވެ؟
ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރައްވާށެވެ. އެއިލާހަކީ ދުޢާ އެއްސެވުމުގައި ދީލަތިވަންތަ އިލާހެވެ. ހައްދަވާ ގެންގުޅުއްވާ އިލާހު! އިބައިލާހަކީ ލޯތަކުން ސިއްރުން ބަލާ ކަންތައް ދެނެވޮޑިގެންވާ އިލާހެވެ! އިބަ އިލާހަށް ވަންހަނާވެގެންވާ އެއްވެސް ކަމެއް އުޑުތަކާއި ބިންތަކުގައި ނުވެއެވެ. އިބައިލާހީ އެއްކައުވަންތަ އިލާހެވެ! ފާފަ ފުއްސަވާ ދެއްވާ ރަޙްމާން ވަންތަ އިލާހެވެ. ހައްދަވާ ގެންގުޅުއްވާ އިލާހު! ފާފަތަކަށް އަރައިގަނެވޭނެ ފަދަ ކަންކަމުން އަޅަމެން އެއްކިބާ ކުރައްވާނދޭވެ! އަދި އެފަދަ ފިތުނަތަކުން އަޅަމެން އިމްތިޙާން ނުކުރައްވާނދޭވެ. މިދުނިޔޭގައި ޞާލިޙު އަޅުންގެ ގޮތުގައި އުޅުމުގެ ތައުފީޤް އަޅަމެންނަށް ދެއްވާނދޭވެ. އަދި މުސްލިމުންގެ ގޮތުގައި މަރުވެ ދިޔުމުގެ ތައުފީޤު ދެއްވާނދޭވެ! އާމީން

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.