Skip to main content

ސިއްރު ސިއްރުން...!










ދޮންތީ އަކީ ވާހަކަ ލިއުމުގެ ފަންނަށް އަލަށް ނުކުންނަ ބުރުނީގެ ލޮބުވެތި ދަރިއެކްވެ. ﷲ ދޮންތިއަށް މިފަންނުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅުކުރަށްވާ ކިޔުންތެރިންގެ ހިތްތަކުން ޖާގަ ލިއްބައިދޭނެ ފަދަ އިބުރަތްތެރި މޮޅު ވާހަކަތަކެއް ސާޢީ ކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅު ކުރަށްވާށީ


  

ފުރަތަމަ ބައި 2012/11/04
ލިޔުނީ: ދޮންތި












ގޮނޑުދޮށަށް ބީހެމުންދާ ރާޅުތަކުގެ މިއުޒިކުން މުޅި މާހައުލުގެ ހިމޭންކަންވަނީ ގެއްލިފައެވެ. ހޭޅިފަށުގައި ހުރި ރުއްތަކުގެ ފަންތައް ވަޔާ ހެލިލާއިރު ހީވަނީ ރާޅުތަކުގެ މިއުޒިކާއެއްވަރަށް ނަށަމުންދާހެނެވެ. މުޅިސަރަހައްދަށް ފެތުރިފައިވާ ރީތި ހުދު ދޮންވެލިގަނޑުން ބުރުނީގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދެއެވެ. ދުވަހަކުވެސް ބަލާ ފޫހިނުވާނެފަދަ ގުދުރަތީ ރީތި މަންޒަރެކެވެ.
         ދޮންވެލިގަނޑުގެ މަތީގައި ދެފައި ވައްކޮށްލައިގެން އިށީނދެގެން އިނދެ، ވެލިގަނޑާ ކުޅެމުން ދިޔައިރު، ވައިރޯޅިއާހެދި ޝިޒްނާގެ ރަންކުލައިގެ އިސްތަށިގަނޑު އޭނާގެ ދޮންމޫނާއި ކަނދުރާގައި ބީހެމުން ދިޔައެވެ. ދެއަތުން ވެލިގަނޑާއި ކުޅެމުން ދިޔައިރު އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ މަންމައާއި ބައްޕަ މިއަދު އޭނާ ކައިރީގައި ދެއްކި ވާހަކައެވެ.
       ކިޔަވައިގެން މޮޅު ޓީޗަރަކަށްވުމަށް ކުޑައިރުންފެށިގެން ކުރަމުންއައި އުއްމީދުގައި ކުލަޖެހޭގޮތްވުމުން އޭނާ މިއަދު ހުރީ ވަރަށް އުފަލުންނެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ މަންމައާއި ބައްޕަ ބެލެހެއްޓުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެނެވެ. މިހިޔާލުތަކުގެ ތެރޭގައި ފީނަން ހުއްޓާ ފަހަތުން މީހަކު އައިސް އޭނާގެ މޫނުގައި އަތް އެޅިއެވެ.
         “ފައި” ލޯމަތީގައި އެޅިފައިވާ ފައިޒާންގެ އަތް ނަގަމުން ޝިޒްނާ ބުނެލިއެވެ. “ޝިޒޫ ހާދަމޮޅޭދޯ.؟؟؟” ފައިޒާން ޝިޒްނާ ކައިރީ ވެލިގަނޑުމަތީ އިށީންނަމުން ބުނެލިއެވެ... “އަހަންނަށް ދުވަހަކުވެސް ފައި އެއްނޯޅޭނެ….ތިތާގަ އިށީންނާނެކަމެއް ނެތް…” ފައިޒާން އިށީންނުމުން ޝިޒްނާ ތެދުވެ، ގައިގަ ހުރި ވެލިތައް ފޮޅަމުން، ރުޅި އަންނަ ކަމަށް ހެދުނެވެ. “މިހާރު މިތާ ފައިގެ އިންތިޒާރުގަ ހުރެހުރެ ވަރުބަލިވެއްޖެ..ނޫޅޭން ވާހަކަދައްކާކަށް…ރުޅި،،،” މިހެން ބުނެފައި ރާޅު ޖަހާ ހިސާބުން ދުއްވައިގަތެވެ. ” ޝިޒޫއަށް އަހަންނަށްވުރެ ބާރަކަށް ނުދުވެވޭނެޔޯ…. “މިހެން ބުނެފައި ފައިޒާންވެސް ތެދުވެ ޝިޒޫގެ ފަހަތުން ދުއްވައިގަތެވެ.

ފައިޒާން ޝިޒްނާގެ ފަހަތުން ދުވަމުންގޮސް ޝިޒްނާގެ ގައިގައި ހިފަހައްޓާފައި އަނބުރާލިއެވެ. މުޅިމާހައުލުގައިވަނީ ޝިޒްނާގެ ހުނުމުގެ އަޑެވެ. ފައިޒާން ޝިޒްނާއާއި އެކު ވެލިގަނޑު މައްޗަށް ވެއްޓިގަތެވެ. ފައިޒާން އޮތީ ޝިޒްނާގެ ގައިމައްޗަށް ވާގޮތަށެވެ. ޝިޒްނާގެ ގަނޑުފެންކޮޅެއްފަދަ އަތުގެ އިނގިލިތަކާއި ފައިޒާންގެ ބާރުގަދަ އަތުގެ އިނގިލިތަކާއި  ނޭނގިނަމަވެސް ލާމެހެމުން ދިޔައެވެ.
ވައިރޯޅިއާއިއެކު ފައިޒާންގެ  ކޮށާލެވިފައިވާ ފަން އިސްތަށިގަނޑު އޭނާގެ މޫނަށް އުނދަގޫ ކުރަމުން ދިޔައެވެ. ފައިޒާންގެ ކަޅުކުލައިގެ ދެލޮލުން ބަލާލި ހާއްސަ ނަޒަރުން ޝިޒްނާގެ ހަށިގަނޑުގައި ހީވީ ކަރަންޓް ހިންގާލިހެންނެވެ. ސިކުންތު ކޮޅަކަށް ނަމަވެސް ފައިޒާންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ފައިޒާންގެ މިހާއްސަ ބަލާލުމުން ޝިޒްނާގެ ހިތުގެ ހުރިހާ ނާރުތަކަށް އަސަރު ކުރުވައިފިއެވެ. ޝިޒްނާއަށް ކެތްނުކުރެވިގެން ދެލޯމަރާލިއެވެ. ވައިރޯލިއާއި އެކު ޝިޒްނާގެ މޫނުގައި ބޮސްދެމުންދިޔަ އިސްތަށިކޮޅު ފައިޒާން އެއްފަރާތް ކޮށްލިއެވެ. އަދި ޝިޒްނާގެ ކޯތާފަތުގައި ބޮސްދިނެވެ. ފައިޒާންގެ ތުންފަތުގެ ބީހިލުމުން ޝިޒްނާއަށް ލޯހުޅުވާލެވުނެވެ.
މިފަހަރު ފައިޒާން ޝިޒްނާގެ ތުންފަތަށް ބަލާލީ ދަހިވެހި ނަޒަރަކުންނެވެ. އެބަލާލުމުގެ މާނަ ޝިޒްނާއަށް އެނގުނީ  ކަންނޭނގެއެވެ. ފައިޒާންގެ އެ އެދުމަށް ހިތުން ރުހުމުން މަރުހަބާކިޔެވެ. ހިމޭންކަމުގެ ކުޑަ ވަގުތު ކޮޅަކަށްފަހު، ދެއަތް ބޯދަށަށް ލާފައި ފައިޒާން ޝިޒްނާ ކައިރީ ވެލިގަނޑުމަތީގައި އޮށޯވެލިއެވެ.
"ފައި!!! އިނގޭތަ؟؟؟ އަހަރެން ކިޔަވަން މަންމަމެން އޯކޭ ވެއްޖެ..." ޝިޒްނާ ފައިޒާންގެ މޭމަތީގައި ބޯއަޅާލަމުން ބުންޏެވެ. " އެހެންތަ؟؟ އަހަރެން ވެސް ވަރަށް އުފާވެއްޖެ ޝިޒޫ ތިހާ އުފަލުން ހުރީމާ.." ފައިޒާން ޝިޒޫގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. "ދެން އެންމެ އަވަހަށް ފުރާ ދޯންޏަކުން ފުރަންޖެހޭނެ....ފައި މަތިން ވަރަށް ހަނދާންވާނެ.."
" އަހަރެންވެސް ވަރަށް ހަނދަންވާނެ" ފައިޒާން ޝިޒްނާގެ ކޮނޑުގައި ހިފާފައި ތެދުވަމުން ބުންޏެވެ. " ފައި އަހަންނަށް އިންތިޒާރު ކުރައްޗޭ...އަހަރެން ދޫކޮށްލާފަ ނުދައްޗޭ،،،އެހެން ވެއްޖެޔާ އަހަރެން މޮޔަވެދާނެ..." ޝިޒްނާ ފައިޒާންގެ މޫނުގައި ދެއަތުން ހިފާފައި ބުންޏެވެ. " ފައި އަހަރެން ދެކެ ކިހަވަރަކަށް ލޯބިވޭތަ؟؟؟ "
" އަހަރެން ވަރަށް ލޯބިވޭ ޝިޒޫ ދެކެ...ވަރަށް ބޭނުން އަހަރެންގެ މީހަކަށް ހަދަން.." މޭޒުމަތީގައި އޮތް ފޯނު އަނބުރާލަމުން ޒައިކް ވާހަކަ ދެއްކިއެވެ. " އެކަމު ޝިޒޫ އުޅެނީ ހައްވައްތަގެ ފައިޒާން އާއި ރައްޓެހިވެގެންނެއްނު؟؟ މަށަކަށް ހިޔެއްނުވޭ އޭނަ ޒައިކް އާ ރައްޓެހިވާނެހެން.." އިމްރާން ކޮފީތަށި ނަގަމުން ބުންޏެވެ.
"ހޫމްމްމ.....މަށަށްވެސް އިނގޭ ތިކަން،،،އެފައިޒާން އަކީ އެހާ ރަނގަޅު ކުއްޖެއްހެން ހިޔެއް ނުވޭ...އަޑު އެހިން ޝިޒޫއާއި ރައްޓެހި ވިއިރުވެސް އޭނަގެ ބިޓެއް ހުރެޔޯ ކިޔާއަޑު...އޭނަ އުޅެނީ ޝިޒޫއަށް ވެސް އޮޅުވާލައިގެން...އަހަރެން ބޭނުން ޝިޒޫ އޭނަގެ ކިބައިން ސަލާމަތް ކުރަން،،،" ޒައިކް ބުންޏެވެ.
"ދެން އޯކޭ...މިހާރު ގަޑި ޖެހެނީ...ހިނގާ އޮފީހާއި ދިމާލަށް ދެވޭތޯ ބަލަން..އަހަރެންވެސް އެދެނީ  ޒައިކްއަށް ޝިޒޫ ލިބުން...." އަތުކުރީގައި އޮތް ރަންކަމަރުލީ ގަޑިއަށް ބަލާލާފައި އިމްރާން ބުނެލިއެވެ. އެއާއެކު ދެއެކުވެރިން ހޮސްޕިޓަލް އާއި ދިމާލަށް މިޝްރާބު ޖެހިއެވެ.
23 އަހަރުގެ ޒައިކްއަކީ މިރަށު ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދާ ހީވަގި ޑޮކްޓަރެކެވެ. މީހުންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ޒުވާނެކެވެ. ޒުވާން އަންހެންކުދިންގެ ހިތްތަކުގައި ރަސްކަން ކުރަމުންދާ ޕްރިންސްއެކެވެ. ހެޔޮވަރުގެ އިސްކޮޅެކެވެ. ފިރިހެންވަންތަ ހިނގުމެކެވެ. ކަނޑު ނޫކުލައިގެ ކަޅީއެއް ލިބިފައިވާ ދެލޮލުގެ ވަށައިގެން ވަނީ ދިގު އެސްފިޔަތަކެކެވެ. މީހަކާ ބައްދަލު ވެއްޖެނަމަ މޫނުމަތިން ހިނިތުންވުން ގެއްލިގެންނެއް ނުދެއެވެ.ހިނިތުންވާއިރު ކޮލުގައި އުފެދޭ އަޑިކޮޅުން އޭނާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ.
" ދަރިފުޅާ!!! ކޮންތާކުން ތިއައީ؟؟؟ ހާދަ ލަސްވެއްޖޭ މިހާރު،،،ބައްޕަ ދެއްމެ ދަރިފުޅު ހޯދަންއުޅުނު.." ޝިޒްނާ ގޭ ދޮރާށިން އެތެރެއަށް އެޅި ފިޔަވަޅު ހުއްޓުނީ މަންމަ ފަހީމާގެ އަޑަށެވެ.
-ނުނިމޭ-









Comments

  1. ފެށުން ފުރހަމަ ވާހަކަ ނިމެންދެންގެނަސްދިނުން އެދެން

    ReplyDelete
    Replies
    1. ތެންކިޔު ވަރަށް ބޮޑަށް....ވާހަކަ ނިމެންދެން ގެނެސްދޭނަން އިންޝާ ﷲ

      Delete
  2. އުއްމީދު ކުރަން ނިމެންދެން ދޮންތީ ފޮނުވާ ދޭނެކަމަށް

    ReplyDelete
  3. އާމީން އަޅުގަނދުގެ ދުވާ އަކީވެސް ދޮންތީއަށް ކާމިޔާބް އަދި ގިނަވާހަކަތަކެއް ޝާޢީ ކޮށްދެއްވުން އަދި ބުނެލަންބޭނުނ ވާހަކަ ތަންކޮޅެއްކުރޭ މި ޙިޔާލް ޖަހައިދޭނެކަމށް އުއްމީދުކުރަން

    ReplyDelete

Post a Comment

ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.