Skip to main content

މާބަނޑު ދުވަސްވަރު ރޭކުރުން.


މާބަނޑު ދުވަސްވރު ޖިންސީގުޅުން ހިންގިދާނެތަ؟
އާއެކެވެ. ބަލިވެއިނުން ޠަބީޢީކޮށް ބަލިވެއިންނަމަ ވިހަންވަންދެންވެސް ޖިންސީ ގުޅުން ހިންގުމަކީ މައްސަލައެއް ނޫނެވެ. ވުމާއެކު ޖިންސީ ގުޅުން ހިންގުމުގެ ކުރިން ޑޮކުޓަރަށް ދައްކައިގެން ބަލިވެއިނީ ޠަބީޢީކޮށްތޯ ބަލާށެވެ. ނުވަތަ ބަލިވެއިނުމުން ޖިންސީގުޅުން ހިންގުމަށް ހުރަސްއެޅޭފަދަ ކަމެއް ނެތްކަން ޔަގީންކުރާށެވެ. ރަހިމުގެ ކަރު ކުރުވުމާއި ފުޅާވުމާއި، ކުރިން ފަހަރެއްގައި ދުވަސް ނުފުރައި ވިހައިފައި ވުމާއި، ކުރިމަތި ފަރާތުން ފެން ނުވަތަ ލޭފެއިބުމާއި، މަސްއުފެދެންވާ ތަނުނޫން ތަނެއްގައި މަސް އުފެދިފައިވުމާއި އަދި ކުރިން ފަހަރެއްގައި ބައިގެން ގޮސްފައި ވުމަކީ މާބަނޑު ދުވަސްވަރު ޖިންސީގުޅުން ހިންގުން ރަނަގަޅުނޫން ބައެއް ހާލަތްތަކެވެ.
ނަމަވެސް މިއިން ކަމެއް ދިމާނުވާނަމ ނުވަތަ ޠަބީޢީކޮށް ބަލިވެއިންނަމަ ޖިންސީ ގުޅުން ހިންގުމަކީ ބަނޑުގައިވާ ދަރިފުޅަށް މިކަމުން އެއްވެސް ގެއްލުމެއް ވާނެކަމެއް ނޫނެވެ. އަދި ކިއެއްތަ ޖިންސީ ގުޅުން ހިންގާއިރު ފިރިމީހާ މަތީގައިއޮތަސް ދަރިފުޅަކަށް ގެއްލުމެއް ނުވާނެއެވެ. ރަހިމުގެ ކަރުގައި އުފެދިފައި އިންނަ ލޮދި އޮލަގަނޑަކުން ޖިންސީ ގުޅުމުގެ ޒަރީއާއިން އަރާ ބައެއް ބަލިތަކުން ނުވަތަ އިންފެކުޝަންތަކުން ދަރިފުޅު ހިމާޔަތްކޮށްދިނުމުގައި އެހީތެރިވެދޭނެއެވެ. ހަމައެފަދައިން ދަރިފުޅުގެ ވަށައިގެން ލެވިފައިވާ އެމްނިއޮޓިކު ދުލީގެ އެތެރޭގައި ހުންނަ އެމްނިއޮޓިކު ފެނުންނާއި ރަހިމުގެ ވަރުގަދަ މަސްތަކުންވެސް ދަރިފުޅު ހިމާޔަތް ކޮށްދޭނެއެވެ. ނަމަވެސް ޖިންސީގުޅުން ހިންގައި ނިމުމުން ދަރިފުޅުގެ ހަރަކާތްތައް އިތުރުވުމަކީ ވެދާނެ ކަމެކެވެ. މިހެންވަނީ ޖިންސީ ގުޅުން ހިންގުމުން މައިމީހާގެ ހިތުގެ ހިގުން އަވަސްވާތީއެވެ. ދަރިފުޅަށް ތަދުވާތީ ނުވަތަ ހިގަމުންދިޔަ ކަންތައް އެނގޭތީކީނޫނެވެ.
މާބަނޑު ދުވަސްވަރު ޖިންސީ ގުޅުން ހިންގުމުން ޖިންސީ ލައްޒަތު ލިބޭނެތަ؟
ބައެއް އަންހެނުންނަށް ޖިންސީ ލައްޒަތު ލިބޭވަރު އިތުރުވެސް ވެއެވެ. ނަމަވެސް އަނެއްބައި އަންހެނުންނަށް މިހެން ނުވެދާނެއެވެ. އަދި ކިއެއްތަ އުދަގޫވެސް ވެދާނެއެވެ. ބަލިވެއިނުމުން ދަށްބަނޑާއި އުބަގަނޑު އަދި ކުރިމަތިފަރާތުގައި ލޭހިގާ މިންވަރު ވަރަށް ބޮޑުތަން އިތުރުވެގެން ދެއެވެ. މިހެން ވުމުގެ ސަބަބުން ޖިންސީ ގުނަވަންތައް ކުރިން ހުރިވަރަށް ވުރެ ބޮޑުވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ބައެއް އަންހެނުންނަށް މިދުވަސްވަރު ޖިންސީ ގުޅުން ހިންގާ އިރު ޖިންސީ އަރާމު ނުވަތަ ލައްޒަތު އިތުރުވެއެވެ. ނަމަވެސް އަނެއްބައި އަންހެނުންނަށް މިގޮތަށް ޖިންސީ ގުނަވަންތައް ބޮޑުވުމުން ބަރުހެލިކަމުގެ އިހުސާސް ބޮޑުވެ އުދަގޫވެއެވެ. އަދި ޖިންސީ ގުލުން ހިންގައި ނިމުމުން ވަރުބަލިވެ ފުރިފައިހުންނަހެން ހީވާގޮތް ވެއެވެ. އަދި ބައެއް އަންހެނުން މާބނަޑު ދުވަސްވަރު ޖިންސީ ގުޅުން ހިންގާއިރު އަދި ޖިންސީ ގުޅުން ހިންގައި ނިމުމަށްފަހުވެސް ބަނޑުގައި ރިއްސާގޮތްވެސް މެދުވެރިވެއެވެ. އަދި ބަލިވެއިނުމުން އުރަމަތި ބޮޑުވެ ރިއްސުން ގިނަވާތީ ޖިންސީ ގުޅުން ހިންގާއިރު އުރަމަތީގައި ހިފައި ހެދުމުން އުރަމައްޗަށްވާ ތަދުބޮޑު ވުމަކީވެސް ބައެއް އަންހެނުންނަށް ދިމާވާ ކަމެކެވެ.
ބަލިވެއިނުމުން ކުރިމަތިފަރާތުގައި އުފެދޭ ތެތްކަން އިތުރުވެއެވެ. މިއީވެސް ބައެއް އަންހެނުންނަށް ޖިންސީގުޅުން ހިންގާއިރު އިތުރަށް އަރާމުވާ އެއްކަމެކެވެ. ނަމަވެސް ބައެއް އަންހެނުންނަށް މިކަމުންވެސް އުދަގޫވެދާނެއެވެ. ޖިންސީ ގުޅުން ހިންގުމަށްފަހު މާކުރު މުއްދަތެއްގައި ކުރިމަތިފަރާތުން ފައިބާ ދިޔާއެއްޗިއްސަށް ނުވަތަ ތެތްކަމަށް ބަދަލު އަންނަ ނަމަ ޑޮކުޓަރަށް ދައްކާށެވެ. ހާއްސަކޮށް ކުރިން ފައިބާވަރަށް ވުރެ ގިނައިން ފެއިބުމާއި ކުލަ ރީދޫކުލަޔަކަށް ބަދަލުވާނަމަ އަދި ވަސް ނުބައިވާނަމަ ޑޮކުޓަރަށް ދައްކާށެވެ. ފަހަރުގައި މިއީ ޖިންސީ ގުޅުން ހިންގުމުން ކުރިމަތި ފަރާތައް ނުވަތަ ކުޑަކަމުދާ ނިޒާމަށް ޖެހުނު ބައްޔެއް ނުވަތަ އިންފެކުޝަނެއްގެ އަލާމާތަކަށް ވެދާނެއެވެ. ނުވަތަ ފެންދުލި ފަޅައިގެން ދިއުމުގެ ނަތީޖާ ކަމުގައިވެސް ވެދާނެއެވެ. ފެންދުލި ފަޅައިގެންދާ ކޮންމެ ފަހަރަކު ރާސްލާފައި ފެންތަކެއް ނުފައިބާނެއެވެ. އާއްމުގޮތެއްގައި ފެންދުލި ފަޅައިގެން ދިއުމުން ފެންފައިބާނީ ފެން ލީކުވާ ކަހަލަ ގޮތަކަށެވެ.
މާބަނޑު ދުވަސްވަރު ޖިންސީ ގުޅުން ހިންގާހިތް ނުވުމަކީ ޠަބީޢީ ކަމެއްތަ؟
މިއީ ބައެއް މާބަނޑު މީހުންނަށް ދިމާވާ ޠަބީޢީ ކަމެކެވެ. މިހެންވަނީ ބަލިވެ އިނުމުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކުގެ ސަބަބުންނެވެ. ނަމަވެސް ވަރަށް ގިނަ އަންހެނުން ބަލިވެ އިނުމުން ޖިންސީ ގުޅުން ހިންގާހިތް އިތުރުވެގެންދެއެވެ. ޖންސީ ގުޅުން ހިންގާ ހިތް ނުވަނީ ގިނަފަހަރު ބަލިވެއިނުމުން އިހުސާސް ކުރެވޭ ވަރުބަލިކަމުގެ ސަބަބުންނާއި މޭނުބައިކޮށް ހޮޑުލަވާތީ ލޯބިކުރަން ދަތިވާތީއެވެ. ހާއްސަކޮށް ބަނޑަށް ފުރަތަމަ 3 މަހުގައެވެ. ބަލިވެއިނުމުން ޖިންސީ ގުޅުން ހިންގާހިތް ނުވާ ވަރަށް ގިނަ މާބަނޑު މީހުން ފުރަތަމަ ތިންމަސް ނިމުމަށްފަހު ޖިންސީގުޅުން ހިންގާހިތްބޮޑުވެގެންދެއެވެ. ނަމަވެސް އަނެއްކާވެސް ފަހު ތިންމަހު ޖިންސީ ގުޅުން ހިންގުމާއި ދުރުވާގޮތް ވެއެވެ. އެއީ ވަރުބަލިވުމާއި ވިހެއުމުގެ އިހުސާސްތަކާއި ބޮޑުވެފުއްޕައިފައިވާ ބަނޑުގެ ސަބަބުން އުދަގޫކަން އިހުސާސް ކުރެވޭތީއެވެ.
ބަލިވެއިނުމުން ޖިންސީ ގުޅުން ހިންގުމުގައި ފިރިމީހާއަށް ބަދަލުތަކެއް އަތުވެދާނެތަ؟
ގިނަފިރިންނަށް އަނބިމީހާ ބަލިވެއިނުމުން ޖިންސީ ގުޅުން ހިންގުމުގައި އެއްވެސް ބަދަލެއް ނާއްނާނެއެވެ. ނަމަވެސް އަނެއްބައި ފިރިންނަށް ވަރަށް ބޮޑަށް ބަދަލު އާދެއެވެ. އާއްމުގޮތެއްގައި މިކަން ބިނާވެގެންވަނީ މާބަނޑުމީހާގެ ސިއްހީ ހާލަތަށާއި ބަނޑުގައިވާ ދަރިފުޅުގެ ސިއްހީ ހާލަތުގެ މައްޗަށެވެ. މީގެ އިތުރުން ބައެއް ފިރިންނަށް ޖންސީ ގުޅުން ހިންގުމުން ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ވެދާނެ ކަމަށް އިހުސާސް ކުރެވޭތީވެސް ޖިންސީ ގުޅުން ހިނގުމާއި ދުރުވެއެވެ. ހަމައެފަދައިން ބައެއް ފިރިންނަށް އަނބިމީހާގެ ބަނޑުގައި ކުޑަދަރިފުޅު ވަނިކޮށް ޖިންސީ ގުޅުން ހިންގުމަކީ ގަބޫލު ކުރަން ދަތި ކަމަކަށްވެސް ވެއެވެ

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.