Skip to main content

މަހުމޫދުބޭގެ ހަނދާނުގައި

 
     ގިސްލަމުން ހިތިކަރުނަ އާކުރާ މީ ޛިކުރާ އެކޭ
             ފިސްވެގެން ހިތް ކުދިވެދާ ފަދަ ދާއިމީ ހިތާމައެކޭ
ދެކިބަލާށޭ ބަލި އެނދުގައި ގިނަދުވަސް ތަކެއް ނުކޮށް
             ވަކި ވެގެން އަޅުގަނޑުމެނާ ދިއުމުން އުފަންވި އާހެކޭ
ގުޅި އަށާވީސް އެކެއް ދެހާސް އެގާރައިގެ ދަންވަރު
             ގުޅުވެނީ ހުކުރު ދުވަހަކާ އޭ ޛިކުރާ ވޭ ތާރީހެކޭ
ސައުވިސް ވަނަ ދުވަހޭ ޞަފަރު މަހުން ފުރަ އުއްތެރީ
             ސާދަ ސައްތަ ހިޖްރީ ސަނަތުން ވެގެން ތިރީސް ދޭކޭ
ލިޔެލަމޭ ކަރުނައިގެ އަކުރުން ވޭނުގާ ގިސްލާ ރޮމުން
             ލިޔެ ކޮޅުން ލާން ނެތް ވަރަށް އަދު ހިތް ކުރި ފުންޒަހަމޭ
އާދެ، އަޅުގަނޑު މެންގެ ލޮބުވެތި މަހުމޫދުބޭގެ ހަނދާނުގައި
             އާދެ މި ކުޑަކުޑަ ތަޢާރަފަކަށް ފުދޭނެ ޝުޢޫރެކޭ
ވަކި ކަމެއްގައި ވަކި ރޮނގެއްގައި ވަކި ތަފާތެއްވެސް ނުކޮށް
             ވަކި ވުމެއްނެތި އެންމެނާ ގުޅިގެން އުޅުއްވެވި ޝަހުސެކޭ
ބޭސްވެރިކަމުގެ ފަންނު މޮޅަށް ހޯއްދަވައި ގެން ހުންނަވާ
             ޙިލްމުހުރި އަޚްލާޤް މަތިވެރި ހާދަ ނިޔަނެތި ބޭބެ އެކޭ
 އާންމް އެކި އެކި ބަލިތަކާ އަދި އެފަދަ ގިނަ ގުނަ ކަންކަމަށް
             އާންމް ކޮށް އޭނާގެ ބޭނުން ބޮޑުވި ރުއްގަލު ބޭސްވެރިއެކޭ
އެކުވެރިންނާއި ރައްޓެހިނާއި އެކު ސަމާސާ ކުރެއްވެވުމީ
             އެކުވެވުމާ، އަދި ޙުލްގުގެ ހެޔޮކަމުގައި ގުނޭނެ ދަލީލެކޭ
ގޮސް ކިއުއްވަވާ ޛިކުރު، ޞަލަވާތް ،ފާތިހާ، މާލޫދުތައް
            ގޮސް އުވި ދިޔަ ނުދެއްވާން މަސައްކަތް ކުރެއްވި އިމާމެކޭ
އެންމެ ފަހު ނޭވާ ވުޖޫދަށް ދޫކުރެއްވެ ވުމާއެކީ
            އެންމެ ފުރަމެންދަމް އެކެއްޖެހި ވަގުތު ރޮއްވީ ހިތް ތަކޭ
ތާ އަބަދުމެ އެފުރާނައަށް ދެއްވުން މި އެދެނީ ޖަންނަތުން
            ހާއުފާ ވެރި ނިޢުމަތާއި އަދި ދާއިމީ ރަހުމަތް ތަކޭ

-         ނިޔާޒް -

             

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

ސިއްރު ސިއްރުން...!

ދޮންތީ އަކީ ވާހަކަ ލިއުމުގެ ފަންނަށް އަލަށް ނުކުންނަ ބުރުނީގެ ލޮބުވެތި ދަރިއެކްވެ. ﷲ ދޮންތިއަށް މިފަންނުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅުކުރަށްވާ ކިޔުންތެރިންގެ ހިތްތަކުން ޖާގަ ލިއްބައިދޭނެ ފަދަ އިބުރަތްތެރި މޮޅު ވާހަކަތަކެއް ސާޢީ ކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅު ކުރަށްވާށީ   

ބަރަކާތް ތެރި ރަމަޟާން މަހަށް މަރުޙަބާ

 ތިބާ ރަމަޟާން މަހައް ތައްޔާރުތޯ؟