Skip to main content

ކާވެންޏަށް ބާރުދޭށެވެ.


kaavenna-baaru-dheysheve
ކާވެނީގެ އަހަރީ ދުވަސްތައް ފާއިތުވަމުން ދިޔަދިޔަހެން، ކުރިން ތިބާއާއިމެދު ތިބާގެ ފިރިމީހާ ބަހައްޓާ ފަރުވާތެރިކަމާއި އަޅާލުމާއި ލޯބި، ގެއްލެމުންދާކަން ތިބާއަށް ފާހަގަކުރެވިދާނެއެވެ. މިކަންތައްތައް ހިތަށް އެރުމުން، ނުބައިކޮށްދިޔައީ ކޮންކޮން ކަންތައްތަކެއްތޯ ސުއާލުކުރުމުގެ ބަދަލުގައި، އަމިއްލަ ނަފުސާއިމެދު، އީޖާބީ ނަޒަރަކުން ބެލުން ރަނގަޅުވާނެއެވެ. ނުބައިކޮށްދިޔަ ކަންތައްތަކާއިމެދު ސުއާލުކުރުމުގެ ބަދަލުގައި، މިކަމާއިމެދު ކުރިއަށް އޮތް ތާގައި ކަންތައް ކުރާނީ ކިހިނެއްކަން ދެނެގަންނާށެވެ.
މިލިޔުމުގައި، ބަލާލެވިފައިއެވަނީ، ޒަވާޖީ ޙަޔާތް ކާމިޔާބުކަމާއިއެކު، ކުރިއަށް ގެންދިއުމުގައި އަނބިމީހާއަށް ސަމާލުަކަން ދެވިދާނެ ބައެއް ކަންކަމަށެވެ.

ކޮންމެ ކަމަކަށްވެސް، ރަނގަޅު އަސާސެއް ބޭނުންވާނެކަމާއިމެދު ފުރަތަމަ އެއްބަސްވަމާ ހިނގާށެވެ. މިގޮތުން ކާވެންޏެއްގެ ބިންގާގައި ލޯތްބާއި، އިތުބާރުކުރުމާއި، އަމާންކަމާއި، ބައިވެރިވުމަކީ، އިސްރޯލެއް އަދާކުރާ ކަންކަމެވެ.
ޒަވާޖީ ޙަޔާތުގެ ހުރިހާކަމެއްގައިވެސް، ލޯބި ހިމެނެންޖެހޭނެއެވެ. ތިބާގެ ބައިވެރިޔާއާއި، ތިބާގެ ގެޔާއި، ތިބާގެ ދަރިންނާއި، ތިބާގެ އާ ޢާއިލާގެ އެންމެންދެކެވެސް ލޯބިވާށެވެ. އުފާވެރި ޒަވާޖީ ޙަޔާތެއްގެ މާނައަކީ، ކޮންމެހެން ކާވެނީގެ ކުރިން ލޯބީގެ ވާހަކައެއްގައި އުޅެފައިވުމެއް ނޫނެވެ. އެފަދަ ލޯބީގެ ވާހަކައެއް ފާއިތުވެފައި ނުވިކަމުގައި ވިޔަސް، ހަމައެކަނި ތިބާގެ ފިރިމީހާއަށް އިތުބާރުކޮށް، އޭނާއަކީ ކާކުކަން ދެނެގަނެވޭނަމަ، މިފަދަ ޙަޔާތެއްގައި ކުރިއަށް ދިއުމަށް ފުދެއެވެ.
ދެމީހުންގެ ދެމެދުގައި ލޯބި އިތުރުވަމުންދިއުމަށް، ފުރުޞަތެއް ދޭށެވެ. ތިބާގެ ފިރިމީހާއަކީ، އެހާ ރޮމާންސީ މީހެއް ނޫންނަމަ، ނުވަތަ އޭނާއަށް އޭނާގެ ހިތުގައިވާ ޙަޤީޤީ ޝުޢޫރުތައް ފާޅުނުކުރެވޭނަމަ، އޭނާއަށް އެކަންތައް މަޑުމަޑުން ދަސްކޮށްދޭށެވެ. ތިބާ އުފާވަނީ ކޮންކޮން ކަންތައްތަކަކުންކަން އޭނާއަށް އެނގޭނެހެން އިޝާރާތްތައް ދެމުން ގެންދާށެވެ. އޭނާއަށް، އޭނާގެ ކިބައިން ތިބާ އެދޭ ކަންތައްތައް، ނަގައިގަތުމަށް ވަގުތުދޭށެވެ. އޭނާއަކީ އެހާ އަވަހަށް ދަސްވާ މީހެއް ނޫންނަމަ، ތިބާގެ ލޯބިން އުފައްދާ ޖައްވުގެ ސަބަބުން، އޭނާއަށް އެކަންތައްތައް ދަސްވުން ހަލުއިކޮށްދޭށެވެ.
ކުދިކުދި މައްސަލަތައް، ބޮޑުވަމުން ދިޔަ ނުދޭށެވެ. އަދި ކޮންމެ އުނދަގޫކަމެއްގެ ވެސް ފުރިހަމަ ޙައްލަކަށް ލޯބި ވާކަން ހަނދާން ނައްތާނުލާށެވެ. އަރާރުންތަކާއި، މައްސަލަތައް، ލޯބި ބީހިލުމަކުން، މާފުގެ ނޯޓަކުން، ކުޑަކުޑަ ހަދިޔާއަކުން، ނުވަތަ ސިޙުރުވެރި ޖުމުލަ '' އަހަރެން ކަލާދެކެ ވަރަށް ލޯބިވަމޭ'' ބުނެލުން ފަދަ ކަންކަމުން ޙައްލުކޮށްލާށެވެ.
ލޯތްބަށްފަހު ދެން އޮތީ އިތުބާރުކުރުމެވެ. ކޮންމެ ގުޅުމެއްގައިވެސް، އިތުބާރަކީ މުހިންމު ރުކުނެކެވެ. ތިބާގެ ފިރިމީހާއާށް އިތުބާރުކުރާށެވެ. އޭނާގެ ބަހަށާއި ޢަމަލުތަކަށެވެ. ޚާއްޞަކޮށް، ތިބާގެ ޢާއިލާގެ ލީޑަރުކަން އަދާކުރުމުގެ ޤާބިލުކަން އޭނާގެ ކިބައިގައިވާކަން ޤަބޫލުކުރާށެވެ. ފިރިމީހާއަށް އިތުބާރުކުރާކަމަށްވާނަމަ، އޭނާގެ ޙަރަކާތްތަކަށް ޖާގަ ދޭންޖެހޭނެއެވެ. އޭނާގެ ރަޙުމަތްތެރިންނާއި ބައްދަލުކޮށް އުޅުން، އެމީހުންނާއިއެކު ދަތުރުކުރުން، ރަޙުމަތްތެރިން ނުވަތަ ޢާއިލާގެ މީހުންނާއިއެކު ސައިބޯލުންފަދަ ކަންތައްތައް ކުރުމަށް ހުރަސް ނާޅާށެވެ. މިއިތުބާރަކީ ދެފަރާތުގެ ދެމެދުގައިވެސް ބަދަލުކުރެވޭ އިތުބާރަކަށް ހަނދާށެވެ. އެއީ ތިބާއަށްވެސް، ތިބާ އެކަނި، އަމިއްލައަށް ބައެއް ކަހަލަ ކަންތައްތައް ކުރަން ބޭނުންވާނެކަމަށްޓަކައެވެ.
ބައިވެރިޔާ، ތިބާއަށް އަމާންކަން ލިބިފައިވާކަމުގެ އިޙުސާސް ގެނެސްދޭ ހެއްޔެވެ؟ ޖަވާބަކީ އާނއެކޭ ކަމަށްވާނަމަ، ތިބާއަށް ދިމާވާ ކޮންމެ މައްސަލައެއްވެސް ޙައްލުކުރެވިދާނެއެވެ. އަމާންކަން ގެނެސްދިނުމުގެ މާނައަކީ، ހަމައެކަނި ނުރައްކަލުން ތިބާ ސަލާމަތްކޮށްދިނުމެއް ނޫނެވެ. ތިބާގެ މިހާރުގެ ދިރިއުޅުން ކުރިއަށްދާގޮތާއިމެދުވެސް، އަމާންކަން އިޙްސާސްވުމަކީ މުހިންމުކަމެކެވެ. ތިބާގެ ފިރިމީހާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަމާންކަން ހޯދާށެވެ. ތިބާގެ ކުރިމަގާއިމެދުގަޔާއި، ކުރިމަގުގައި ތިބާ ޙާޞިލުކުރަން އެދޭ ލަނޑުދަނޑިވެސް އަމާންކުރާށެވެ. ތިބާގެ ދަރިން ބޮޑުކޮށް ތަރުބިއްޔަތުކުރުމާއި، ލޯބި ޢާއިލާއެއްގައި ދިރިއުޅުން ކުރިއަށް ގެންދޭވޭނެކަމުގެ އަމާންކަންވެސް ލިބިގަންނާށެވެ.
އަމާންކަންކަމާއި ރައްކާތެރިކަން އިޙްސާސްނުކުރެވުމުގެ ސަބަބުން، ގިނަ ޢަދަދަކަށް ކާވެނިތައް ރޫޅެމުންދާކަން ހިތާމައާއިއެކު ފާހަގަކުރަންޖެހެއެވެ. ގިނަ މީހުންނަށް، އެމީހުންގެ ފިރިންނަކީ، އެކަށީގެންވާ ވަރަށް މަސްއޫލިއްޔަތު ނޫފުލާ ބައެއްކަން ފާހަގަވެ، އެމީހުންގެ ދިރިއުޅުމުގެ އަމާންކަމާއި ރައްކާތެރިކަން ގެއްލިފައިވާކަމުގެ އިޙްސާސްކުރެވެއެވެ.
ރައްކާތެރިކަން އިޙްސާސްވުމަކީ ކިހާ މުހިންމުކަމެއްކަން ދެނެގަނެ، މިކަން ފިރިމީހާއަށް ވިސްނައިދެވޭތޯ ބަލާށެވެ. މިކަމާއިބެހޭގޮތުން، ވާހަކަދައްކައި، ޚިޔާލުތައް ޙިއްޞާކޮށްލާށެވެ. އެކަމަކު، ޚިޔާލު ބަދަލުކުރުމުގައިވެސް، ފިރިމީހާއަށް، ތިބާ ތިޔަވަނީ އަބަދުވެސް އޭނާއާއިއެކުގައިކަން ފާޅުކޮށްދޭށެވެ. ހަނދާންކުރާށެވެ! ތިބާގެ ވުޖޫދާއި، ތިބާގެ ހިތްވަރަކީ، ފިރިމީހާއަށްވެސް ރައްކާތެރިކަމާއި އަމާންކަމުގެ އިޙްސާސް ގެނެސްދޭނެކަމެކެވެ.
ދެން މިއޮތީ އެންމެ ފަހު ޕޮއިންޓެވެ. ބައިވެރިވުމާއި ޙިއްޞާކުރުމުގެ ވާހަކައެވެ. ކާމިޔާބު ކޮންމެ ކާވެންޏެއްގެ ސިއްރުތަކުގެ ތެރޭގައި މިކަންތައް ހިމެނެއެވެ. ތިބާގެ ޚިޔާލުތަކާއި، އުންމީދުތަކާއި، ހުވަފެންތަކާއި، މަސްއޫލިއްޔަތުތައް ތިބާގެ ބައިވެރިޔާއާއިއެކު ޙިއްޞާކޮށްލާށެވެ. ބައެއް އަނބިންނަށް ހީވާގޮތުގައި، ގޭތެރޭގެ މަސައްކަތްތައް ކުރުވައިގެން، ފިރިން އެމީހުންގެ ކިބައިން '' ނަހަމަ'' ބޭނުންތައް ހިފައެވެ. ގޭތެރެ ސާފުކުރުމާއި، ކެއްކުމާއި، އެއްޗެހި ދޮވުމާއި، ދަރިން ބެލުންފަދަ ކަންކަމުގައި ތިބާ އުޅޭވަރަށް ތިބާގެ ފިރިމީހާއަށް ނޫޅެވުނަސް އެއީ ޒަވާޖީ ޙަޔާތުގައި ތިބާގެ ފިރިމީހާ ތިބާއާއި ބައިވެރިނުވަނީ ކަމުގައި ނުދެކޭށެވެ. އޭނާ ކުރާ އެހެން ކަންތައްތައް ހުރިކަން ހަނދާން ބަހައްޓާށެވެ.
މިފަދަ ކަންކަމަކީ، ތިބާގެ ޒަވާޖީ ޙަޔާތް އުފާވެރިކަންމަތީ ދެމެހެއްޓުމަށް އެޅޭނެ ބިނާކުރަނިވި ފިޔަވަޅުތަކެކެވެ. ތިބާގެ ކާވެނީގައި ކުރެވޭނެ ރަނގަޅު އިންވެސްޓްމަންޓެކެވެ.

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.