Skip to main content

މަރުގެ ނަޞީޙަތް


މަރުގެ ނަޞީޙަތް
އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު
ދިރޭ ކޮންމެ މަޚްލޫގެއް މަރާއި ކުރިމަތިލާންޖެހެއެވެ. އެކަމަކީ ނައިސް ނުދާނެ ކަމެކެވެ. އެކަމުން އެއްވެސް މީހަކު ސަލާމަތްވާނޭނަމަ ޚަލްޤުތަކުންކުރެ ﷲ ތަޢާލާ ހޮއްވަވައި ޚިޔާރުކުރެއްވާފައިވާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ސަލާމަތްވެ ވަޑައިގެންނެވީހެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. "އެތަނުގައިވާ ކޮންމެ އެއްޗަކީވެސް ފަނާވެދަނިވި އެއްޗެކެވެ. އަދި ދެމިހުންނަވާނީ ކަލޭގެފާނުގެ ރައްބުގެ ވަޖްހުފުޅެވެ. އެއީ މަތިވެރިވަންތަކަމާއި މާތްކަމުގެ ވެރި އިލާހެވެ." (އައްރަޙްމާން : 27)


މަރަކީ އިންސީންނާއި ފިންނީންނަށްވެސް އޮތް ކަމެކެވެ. ވީއިރު އުޅެވޭ ގޮތާމެދު ނިކަން ވިސްނަވާށެވެ! މަރު އައުމަށްޓަކައި ކަނޑައެޅިފައިވާ ވަގުތެއްވެއެވެ. އެވަގުތު އައިސް ޖެހުމުން ހިނދުކޮޅެއްވެސް ލަހެއް ނުކުރެވޭނެއެވެ. އަދި ހިނދުކޮޅެއްވެސް އަވަސްވެސް ނުވެސް ކުރެވޭނޭމެއެވެ. ﷲ ތަޢާލާ ވަނީ އަޅުތަކުންގެ އަޖަލުތައް ކަނޑައަޅުއްވާފައެވެ. އެކަންވަނީ ޤަލަމްކޮޅުން ލަވްޙުލް މަޙްފޫޡްގައި ލިޔެވިފައެވެ. އަދި މާތް މަލާއިކަތުން އިންސާނާ އޭނާގެ މަންމަގެ ބަނޑުގައި ވަނިކޮށްވެސް ވަނީ ލިޔުއްވާފައެވެ. ވުމާއެކު މަރުވެގެން ނުވަތަ ޤަތުލުވެގެން ނުވަތަ ޣަރަޤުވެގެން ނުވަތަ މަތިންދާބޯޓެއް ކާރެއްފަދަ އެއްޗަކުން ވެއްޓިގެން ނުވަތަ އަދައިގެން ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެންވެސް މަރުވެއްޖެ ކޮންމެ މީހަކީ ﷲ ތަޢާލާ އެމީހަކަށް ކަނޑައަޅުއްވައި މިންވަރުކުރެއްވި އަޖަލާއެކު މަރުވެއްޖެ މީހެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ. "ތިޔަބައިމީހުން ތިބި ކޮންމެތަނަކަށް މަރުއަންނާނެއެވެ. ތިޔަބައިމީހުން އުސް ކިއްލާތަކެއްގެ މަތީގައި ތިބިކަމަށްވިޔަސް މެއެވެ." (އައްނިސާއު : 77)
ޢަލީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ އަރިހަށް ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގެން ވިދާޅުވިއެވެ. އޭ މުޙައްމަދުގެފާނެވެ! ކަލޭގެފާނު ބޭނުންފުޅުވާ މިންވަރަކަށް ދިރިއުޅުއްވަވާށެވެ! ފަހެ ހަމަކަށަވަރުން ކަލޭގެފާނީ އަވަހާރަވާނޭ ބޭކަލަކީމުއެވެ. އަދި ކަލޭގެފާނު ބޭނުންފުޅުވާ މީހަކަށް ކަލޭގެފާނު ލޯބިވެވަޑައިގަންނަވާށެވެ! ފަހެ ހަމަކަށަވަރުން ކަލޭގެފާނީ އެމީހަކާ ވަކިވެވަޑައިގަންނަވާނޭ ބޭކަލަކީމުއެވެ. އަދި ކަލޭގެފާނު ބޭނުންފުޅުވާ މިންވަރަކަށް ޢަމަލުކުރައްވާށެވެ! ފަހެ ހަމަކަށަވަރުން ކަލޭގެފާނީ އެކަމަށް ޖަޒާ ލިބިވަޑައިގަންނަވާނޭ ބޭކަލަކީމުއެވެ. އަދި ހަމަކަށަވަރުން މުއުމިނާގެ ޝަރަފަކީ އޭނާގެ ރޭއަޅުކަންކަމުގައި ދެނެވަޑައިގަންނަވާށެވެ! އަދި އޭނާގެ ޢިއްޒަތަކީ އޭނާ މީސްތަކުންގެ ކިބައިން ފުދިގެން ހުރުން ކަމުގައިވެސް މެއެވެ." (ރަވާހުއްޠަބަރާނީ)
ނިންޖަކީ މަރުފަދަ އެއްޗެކެވެ. ސަބަބަކީ ނިދީގައި އަޅުތަކުންގެ ފުރާނަތައް ހިއްޕެވޭ ކަމެވެ. އަދި އެމީހެއްގެ ނިދީގައި އޭނާގެ ފުރާނަ ހިއްޕަވަން ޙައްޤުވަންތަ އިލާހު އެދިވޮޑިގެންފިނަމަ އެފުރާނައެއް ހިއްޕަވައެވެ. ހަމައެހެންމެ އެފުރާނަ ދެމެހެއްޓެވުމަށް އެއިލާހު އެދިވޮޑިގެންފިނަމަ އެއިލާހު ކަނޑައަޅުއްވާ އަޖަލަކާއި ހަމައަށް އެފުރާނަ ދެމެހެއްޓެވުމަށް ރައްދުކުރައްވައެވެ.
އިންސާނާއަށް މަރު އައިސް ޖެހިއްޖެނަމަ ދުނިޔެއަށް އެނބުރިދިއުމަށް އެދިއެދި ހުރެއެވެ. ކާފަރެއްކަމުގައިވާނަމަ އިސްލާމްވުމަށެވެ. އަދި މުސްލިމެއްކަމުގައިވާނަމަ ތަވްބާވުމަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. "އެބައިމީހުންކުރެ މީހެއްގެ ކައިރިއަށް މަރުއަތުވެއްޖެ ހިނދު އޭނާ ބުނާނެއެވެ. އަޅުގެ ރައްބެވެ! (ދުނިޔަވީ ޙަޔާތަށް) މިއަޅާ އަނބުރައި ގެންދަވާށެވެ! މިއަޅާ ދޫކުޅަ ދުނިޔޭގައި ހެޔޮ ޢަމަލެއްކުރުމުގެ އެދުމުގައެވެ. (އެހިނދު ބުނެވޭނެއެވެ.) ބުނެލާ ބަހަކީއެވެ. (އެބަހީ : ދެނެއް ދުވަހަކުވެސް ރުޖޫޢަކުރެއްވުމެއް ނެތެވެ.) ހަމަކަށަވަރުން އެއީ، އޭނާ ހަމައެކަނި (ދުލުން) ބުނެލާ ބަހަކީއެވެ. (އެބަހަކުން އެއްވެސް ފައިދާއެއް ނުކުރާނެތެވެ.) އަދި އެބައިމީހުންގެ ފަހަތުން، އެބައިމީހުން އަލުން ފޮނުއްވޭ ދުވަހަށް ދާންދެން (ދުނިޔެއާއި އާޚިރަތާ ދެމެދުގައިވާ) ބަރުޒަޚެއް (ހުރަހެއް) ވެއެވެ." (އަލްމުއުމިނޫން : 99-100)
މަރަށް ޚާޟިރުވެއްޖެހިނދު އީމާންކަން ޤަބޫލެއް ނުކުރެވޭހުއްޓެވެ. އަދި (ޣަރްޣަރާ) މަރުގެ ނޭވާގެ އަޑު ކަރުތެރެއިން ނުކުންނަހިނދު ތަވްބާވެސް ޤަބޫލެއް ނުކުރެއްވޭހުއްޓެވެ. މިއާޔަތާމެދު ނިކަން ވިސްނަވާށެވެ! "ﷲ ތަޢާލާގެ މައްޗަށް ތަވްބާ ޤަބޫލުކުރެއްވުން ވާކަން ކަށަވަރީ ނުއެނގިތިބެ ފާފަކޮށް ދެން އެއާއި ކައިވެގެންވާ ވަގުތެއްގައި ތައުބާވާ މީހުންނަށެވެ. ފަހެ އެމީހުންނަކީ ﷲ ތަޢާލާ އެބައިމީހުންނަށް ތައުބާލައްވާނޭ މީހުންނެވެ. އަދި ﷲއީ މޮޅަށް ދެނެވޮޑިގެންވާ ޙިކްމަތްވަންތަ އިލާހު ކަމުގައި ވިއެވެ. އަދި ނުބައި ޢަމަލުތައް ކޮށްފައިވަނިކޮށް އެބައިމީހުންކުރެ މީހެއްގެ ކައިރިއަށް މަރު އަތުވެއްޖެހިނދު ހަމަކަށަވަރުން ތިމަން މިހާރު ތައުބާވެއްޖައީމޭ ބުނާމީހުންނާއި އެބައިމީހުންނީ ކާފިރުންކަމުގައިވާޙާލު މަރުވާ މީހުންނަށް ތަވްބާ ލެއްވުމެއް ނެތެވެ. އެބައިމީހުންނީ ތިމަން ﷲ އެބައިމީހުންނަށްޓަކައި ވޭންދެނިވި ޢަޛާބު ތައްޔާރުކުރެއްވި މީހުންނެވެ." (އައްނިސާއު : 17-18)
މަރުވުމުގެ ކުރީން ތަވްބާވެއްޖެ ކޮންމެ މީހަކީ ކައިރިވެގެންވާ ތަވްބާއަކުން ތަވްބާވެއްޖެ މީހެކެވެ. ނަމަވެސް ތަވްބާގެ ޝަރްޠަކީ އިހްލާޞްތެރިވުމާއި ތެދުވެރިވުމެވެ. އަދި ހިތާމައަކީ ބައެއް މީހުންނަށް މަރުގެ ޙާލަތުގައި ތަވްބާވުމުގެ ފުރުޞަތު ނުއޮންނަކަމެވެ. ވުމާއެކު އަޖަލު ހަމަވުމުގެ ކުރީން އަވަހަށް ތަވްބާވަމާ ހިންގަވާށެވެ! ޢަރަބި ޅެންވެރިއަކު ވިދާޅުވިއެވެ. "ތިބާގެ ނަފްސަށްޓަކައި އެދެވިގެންވާ ތަވްބާއެއް ތިބާ ވާހުށިކަމެވެ. މަރުވުމުގެ ކުރީންނެވެ. އަދި ދޫތައް ބަންދުވުމުގެ ކުރީންވެސް މެއެވެ."
މުއުމިން އަޅާގެ ކައިރިއަށް ރަޙްމާންވަންތަ ﷲގެ މަލާއިތުން އެއިލާހުގެ ޙަޟްރަތުން އުފާވެރިކަމާއިގެން ވަޑައިގަންނަވާހިނދު އޭނާގެ ކިބައިން އުފާވެރިކަމާއި ބާއްޖަވެރިކަމުގެ އަސަރުތައް ފެންނަން ހުންނާނެއެވެ. ނަމަވެސް ކާފިރު އަޅާގެ ކިބައިން ފެންނަން ހުންނާނީ ނުތަނަވަސްކަމާއި ހިތާމަވެރިކަމާއި ވަރުބަލިކަމެވެ. އެއާއިގުޅިގެން މުއުމިން އަޅާ އޭނާ މަރަށް ޙާޟިރުވާ ވަގުތު ﷲ ތަޢާލާއާއި ބައްދަލުވުމަށް އެދޭނެއެވެ. ނަމަވެސް ކާފިރު އަޅާ ﷲ ތަޢާލާއާއި ބައްދަލުވުމަކަށް ނުއެދޭނެއެވެ.
ހަމައެހެންމެ ޞާލިޙް އަޅާ އޭނާ އުފުލާ މީހުންނަށް ކަށްވަޅަށް އަވަހަށް ގެންދިޔުމަށް އެދިގޮވާނެއެވެ. ނިޢްމަތްތަކަށް ޝަޢުޤުވެރިވާލެއް ބޮޑުކަމުންނެވެ. ނަމަވެސް ނުލަފާ އަޅާ އޭނާ އެގެންދެވޭ ތަނެއްގެ ނުބައިކަމުން ހަލާކަށް އެދި ގޮވާނެއެވެ. އިންސާނާ ނޫން އެހެން ފަރާތްތަކަށް މިއަޑު އިވޭނެކަމަށް ވެއެވެ. އެއީ އިންސާނާއަށް އެއަޑު އިވިއްޖެނަމަ މަރުވެދާނެތީއެވެ.
މަރަށް ޙާޟިރުވެއްޖެހިނދު ޝައިޠާނާ، އޭނާގެ ކިބައިން ސަލާމަތްވެގެން ދިޔަނުދިނުމަށްޓަކައި އެއިންސާނާގެ މައްޗަށް ބަލަބަލައި ހުންނާނެއެވެ. ޢިލްމުގެ އަހުލުރެރިން ބަޔާންކުރައްވާ ގޮތުގައި ޝައިޠާނާ އިންސާނާގެ ކައިރިއަށް މިނުތަނަސް ވަގުތުގައި އަންނާނީ އޭނާގެ ބައްޕަ މަންމަ ނުވަތަ އެނޫންވެސް އޭނާއަށް ނަޞީޙަތްތެރިވާ މީހެއްގެ ގޮތުގައެވެ. ދެން އޭނާއަށް ޔަހޫދީ ދީނަށް ނުވަތަ ނަޞާރާ ދީނަށް ނުވަތަ އިސްލާމް ދީނާއި ޚިލާފު އެކިއެކި އުޞޫލުތަކަށް ތަބާވުމަށް ގޮވާލާނެއެވެ. އެހިނދު ﷲ ތަޢާލާ އަބާއްޖަވެރިކަން ހުރިމީހަކު އެއާއި އެއްގޮތަށް ބަދަލުކުރައްވަވާނެއެވެ.
ބޭރުފުށަށް އިސްލާމްކަން ފާޅުކޮށްގެން އެއަށް ޢަމަލުކުރާ ބައެއް މީހުންނަށް ނުބައި ނިމުން އަންނަތަން ފެނެއެވެ. އެބައިމީހުންކުރެ މަރަށް ޙާޟިރުވެފައިވާ ބައެއް މީހުންގެ ކިބައިން އެކަން ފެނިފައިވެއެވެ. ބައެއް ޞާލިޙް ސަލަފުން ވިދާޅުވެއެވެ. ނުބައި ނިމުން އައުމުގެ ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި ޢަޤީދާ ފަސާދަވުން ހިމެނިގެންވެއެވެ. ހަމައެހެންމެ ފާފަތައްމަތީގައި ދެމިހުރުމާއި، ސީދާމަގުން އެއްކިބާވުމާއި، އީމާންކަން ބަލިކަށިވުންވެސް ހިމެނިގެންވެއެވެ. މިގޮތުން ނުބައި ނިމުން އައުމުގެ ދެގޮތެއްވެއެވެ. އެއިން އެއްގޮތް އަނެއް ގޮތަށްވުރެ މާބޮޑެވެ. އޭގެތެރެއިން އެންމެ ބޮޑުގޮތަކީ މަރުގެ ސަކަރާތް (ޢަލާމާތްތައް) ފާޅުވެގެން އަންނަހިނދު ނުވަތަ އޭގެ ބިރުވެރިކަން ބޮޑުވާހިނދު ހިތުގެ ތެރެއަށް ޝައްކުތައް ވެރިވެގަތުމެވެ. ނުވަތަ އީމާންކަންމަތީ ހުރުމަށް އިންކާރުކުރުމެވެ. އަނެއްގޮތަކީ މަރުވާހިނދު އޭނާގެ ހިތުގެތެރެއަށް ދުނިޔޭގެ ކަންތައްތަކުން ކަމެއް ނުވަތަ އެތަނުގެ އެދުންތަކުން އެދުމެއް ގަދަވެގަތުމެވެ.
ސުލައިމާނު ބިން ޢަބްދުލްމަލިކު މަދީނާއަށް ވަޑައިގެން ގިނަ ޢަދަދެއްގެ ޞަޙާބީންނާއި ބައްދަލުވެވަޑައިގަތް ބޭކަލަކު ހޯއްދެވިއިރު އެބޭކަލަކީ އަބޫ ޙާޒިމް ކަމުގައިވިއެވެ. އެހިނދު ސުލައިމާނު ބިން ޢަބްދުލްމަލިކް ވިދާޅުވިކަމުގައިވިއެވެ. އޭ އަބޫ ޙާޒިމްއެވެ. އަހުރެމެން މަރުވުމަށް ނުރުހެނީ ކީތްވެތޯއެވެ؟ އެހިނދު އަބޫ ޙާޒިމް ވިދާޅުވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ދުނިޔެ ޢިމާރާތްކޮށް އާޚިރަތް ޚަރާބު ކުޅައީމުއެވެ. އެހެންވެ ޢިމާރާތްކުރެވިފައިވާ ތަނުން ޚަރާބުވެފައިވާ ތަނަށް ނުކުންނަން ނުރުހެނީއެވެ. އެހިނދު ސުލައިމާން ބިން ޢަބްދުލްމަލިކު ވިދާޅުވިއެވެ. ތިޔައީ ތެދެކެވެ.
ހެޔޮލަފާ ބޭކަލުން އެބޭކަލުންގެ އަމިއްލަ ނަފްސުތަކަށް މަރުގެ ނަސޭޙަތް ލިބިގަނެއެވެ. އަދި މީސްތަކުންނަށް އެކަމަށް ނަސޭޙަތް ދެއްވާމެއެވެ. ޢަލީ ބިން އަބީ ޠާލިބް ވިދާޅުވެފައިވަނީ މިފަދައިންނެވެ. "ދުނިޔެ ފުރަގަހަށް ދަތުރުކޮށްފިއެވެ. އަދި އާޚިރަތް ކުރިޔަށް ދަތުރުކޮށްފިއެވެ. އަދި އެއިން ކޮންމެތަނަކަށްވެސް ދަރީންތަކެއްވެއެވެ. ފަހެ، ތިޔަބައިމީހުން އާޚިރަތުގެ ދަރީންކަމުގައިވާށެވެ! އަދި ދުނިޔޭގެ ދަރީން ކަމުގައި ނުވާށެވެ! އެހެނީ މިއަދުއޮތީ ޢަމަލުކުރުމެވެ. އަދި ޙިސާބު ބެއްލެވުމެއްނެތެވެ. ނަމަވެސް މާދަމާ އޮތީ ޙިސާބުބެއްލެވުމެވެ. އަދި ޢަމަލުކުރުމެއްނެތެވެ."
އަދި އިބްނުޢުމަރު ވިދާޅުވާކަމުގައިވިއެވެ. "ހަވީރުވަންދެން ތިބާ ދުނިޔޭގައި ހުރެއްޖެނަމަ، ފަހެ ހެނދުނު ވަންދެން ދުނިޔޭގައި ހުރެވިދާނެކަމަށް (ބަލައި) އިންތިޒާރު ނުކުރާށެވެ! އަދި ތިބާ ބަލިވެދާނެކަމަށްޓަކައި ތިބާގެ ޞިއްޙަތުގެ ވަގުތު ހެޔޮގޮތުގައި ހިފާށެވެ! އަދި ތިބާ މަރުވެދާނެކަމަށްޓަކައި ތިބާގެ ޙަޔާތުގެ ވަގުތު ހެޔޮގޮތުގައި ހިފާށެވެ!"
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަހުރެންގެ ނަޞީޙަތަކީވެސް އެއީއެވެ. އޭގައި ހިފަހައްޓާށެވެ! އަދި ސަލާމަތްކަން ހޯއްދަވާށެވެ! އަޅަމެންގެ ރައްބެވެ! އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވައި، އަޅަމެންގެ ނިމުން ހެޔޮކޮށްދެއްވާށިއެވެ. އަދި ޚުދުމުޚްތާރު އަނިޔާވެރީންގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވައި، މަރުވުމުގެ ފިތުނަވެރިކަމާއި އަޅަމެން ދުރުހެލިކުރައްވައިފާނދޭވެ! އަދި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭ ބަޔަކުކަމުގައިވެސް އަޅަމެން ލައްވާށިއެވެ.
                           އާމީން.

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.