Skip to main content

ރަނަށް ވުރެ އަގު ބޮޑެވެ.


ޢާއިޝާ އަކީ ސްކޫލްގައި އެހާ 'މަޝްހޫރު' ކުއްޖެއް ނޫނެވެ. އޭނާއަކީ ބަސްއަހާ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. ކުލާހުގެ ހުރިހާކުދިންނާއި މުދައްރިސުން އޭނާއަށް އިޙްތިރާމް ކުރެއެވެ. އެއީ ބަސްއަހާ ކުދިންދެކެ އެންމެންވެސް ލޯބިވާތީއެވެ.
ޢާއިޝާގެ ޢުމުރުން މިހާރު 12 އަހަރުވެއްޖެއެވެ.


 މިހާރަކަށް އައިސް ޢާއިޝާގެ މޫނުމަތިން މޮޅިވެރިކަމެއް ޢާއިޝާގެ މަންމައަށް ފާހަގަ ކުރެވެއެވެ. ހީވަނީ ކޮންމެވެސް ކަމަކާ މެދު ވިސްނާހެންނެވެ.
އެހެންވެ ޢާއިޝާގެ މަންމަ ނިންމެވީ މަޑުމަޑުން ޢާއިޝާއާ ވާހަކަ ދައްކާލާށެވެ.
"މަންމަގެ ދޫންޏާ! ކިހިނެތް ވީ؟" މަންމަ ސުވާލު ކުރެއްވިއެވެ.
"އެއްވެސް ކަމެއް ނުވޭ.... އަސްލު މިނަންގަތީ މާބޮޑު ކަމެއް ނުވޭ.... އަޅުގަނޑަށް ކުޑަކޮށް މޮޔަ ހީވަނީ ..." ޢާއިޝާ ބުންޏެވެ.
"އެއީ ކޮންކަމަކާމެދު؟" މަންމަ ސުވާލު ކުރެއްވިއެވެ.
" މަންމާ!.... އަޅުގަނޑުގެ ޢުމުރުގެ މުސްލިމު އަންހެން ކުދިން ބުރުގާއަޅަންޖެހޭކަން އަޅުގަނޑަށް އެނގޭ.... އެކަމަކު....." ޢާއިޝާ ކުޑަކޮށް މަޑުކޮށްލިއެވެ.
"އެކަމަކު،..... އަޅުގަނޑު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުމުން ހުރިހާ ކުދިން އަޅުގަނޑަށް މަލާމާތް ކުރަން ފަށާ.... ބައެއް ކުދިން އަޅުގަނޑާ ދިމާއަށް ކިޔަނީ ޝައިޚޭ... އަދި އެންމެ ގޯސް ކަމަކީ އެކުދިން އަޅުގަނޑާ ދިމާއަށް ކިޔަނީ ޓެރަރިސްޓެކޭ .... ބައްލަވާ އަޅުގަނޑު ޓެރަރިސްޓެކޭ...." ޢާއިޝާ އޭނާގެ ހިތުގައިވާ ޝުޢޫރުތައް މަންމަގެ ކުރިމަތީގައި ފާޅުކުރިއެވެ.
"ހމމމމމ...." ޢާއިޝާގެ ވާހަކަ ކުރިއަށް ގެންދިޔުމަށް އެދޭ ކަހަލަ ގޮތަކަށް މަންމަ ބުނުއްވިއެވެ.
"އަޅުގަނޑު ހަދަންވީގޮތެއް އަޅުގަނޑަކަށް ނޭނގޭ... އަޅުގަނޑު ހިތަށް އެރި ބޮލުގައި ތޮތްޕެއް ކަހަލަ އެއްޗެއް އަޅައިގެން ސްކޫލަށް ދާންވެސް... އަޅުގަނޑު ބޭނުމެއްނޫން އަޅުގަނޑުގެ ރަޙްމަތްތެރީން ގެއްލެން... އަޅުގަނޑު ބޭނުންވަނީ ﷲގެ ރުއްސެވުން ލިބުމާއެކު، އަޅުގަނޑުގެ ރަޙްމަތްތެރިންވެސް ތިބުމަށް..." ޢާއިޝާ ބުންޏެވެ.
ޢާއިޝާ މާބޮޑަށް ކަންބޮޑު ވެފައި ހުރީތީ މަންމަ ބުނުއްވިއެވެ. "ހިނގާ ހިނގާލަން ދަމާ..."
"ބަލާބަލަ!" މީހުންގިނަކަމުން ތޮއްޖެހިފައިވާ މަގަކުންދަމުން، މަންމަ ޢާއިޝާއަށް ދައްކާލިއެވެ. ޢާއިޝާ މަންމަ އިޝާރާތް ކުރެއްވި ފަރާތަށް ބަލާލިއިރު ފެނުނީ މީހަކު، ކަރާ ވިއްކާ ތަނެވެ. ކަރާ ގާޑިޔަލާ ތަންކޮޅެއް ކައިރިއަށް ޖެހިލާފައި މަންމަ ޢާއިޝާ ގާތު ބުނުއްވިއެވެ. "ހިނގާ މި ފަޅާފައި އޮތް ކަރާ ގަނެލަމާ..."
"ނޫން މަންމާ!! އެ ކަރާއަށް މެއްސާ އެއްޗެތި އެ ޖައްސަނީ.... ނުފަޅާ އޮތް ކަރައެއް ގަންނަމާ ހިންގަވާ!!!...." ޢާއިޝާ ބުނެލިއެވެ.
ޢާއިޝާ ދެއްކި ކަރާ ގަނެލައިގެން، މަންމައާއި ޢާއިޝާ ކުރިއަށް ދިޔައެވެ.
ކުޑަ ތަންކޮޅަކަށް ގޮސްފައި މަންމަ ސުވާލު ކުރެއްވިއެވެ. "މުތާއި އަލިމަސް ޖަހާފައިވާ ހާރެއް މަންމައަށް ގަނެވިދާނެ ނަމަ، އެކަހަލަ ހާރެއް ލިބޭނީ ކޮންތަނަކުން؟؟..."
"އަސްތާ! މަންމާ.... އެކަހަލަ ހާރު ވަރަށް އަގުބޮޑުވާނެ ނޫންތޯ؟ ނަމަވެސް މަންމަ އެކަހަލަ ހާރެއް ބައްލަވައިގަންނަވަން ބޭނުންވެލައްވާނަމަ ދަމާ ހިންގަވާ، ރަނާއި ޖަވާހިރު ވިއްކާ ފިހާރައަކަށް.." ޢާއިޝާ ޙައިރާންކަމާއެކު ޖަވާބު ދިނެވެ.
"އަހަރެމެން އެ ހާރު ގަންނަން އެހާގިނަ ރުފިޔާ ދޭން ޖެހެނީ ކީއްވެ؟" މަންމަ ސުވާލު ކުރެއްވިއެވެ.
"އެއީ އެ(ކަހަލަ ހާރެއް) ހޯދަން ވަރަށް އުނދަގޫ ވާނެތީ..." ޢާއިޝާ ޖަވާބު ދިނެވެ.
"ހާރުގައިވާ މުތް ހޯދުމަށް ކަނޑުގެ އަޑިއަށް އެތައް ދުވަހަކު ފީނަން ޖެހޭ، އަދި އެ ރަނާއި އަލިމަސް ހޯދުމަށް އެތައް ސަތޭކަ މީޓަރަކަށް ކޮންނަން ޖެހޭ... " ޢާއިޝާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
"އާނ ! ދޫނީ..." މަންމަ ބުނުއްވިއެވެ.
"އަހަރެމެންނަށް އެ، އެހާ ފަސޭހައިން ނުލިބޭ... އެހެންވެ އެ އެހާ އަގުބޮޑީ... ފަޅާފައިއޮތް ކަރާ ގަތުމަށް ދަރިފުޅު ދެކޮޅުހެދި... އޭގައި މީހުން އަތް ހާކާ، އަދި އެއަށް މެހިފަދަ ސޫފިތައް ޖައްސާފައިވާތީ.... ނުފަޅާއޮތް ކަރާ އަކީ އަގު ހުރި އެއްޗެއް ... ހަމަ އެގޮތަށް ޤުދުރަތުން އޭގެ ތެރޭގައިވާ ބައި ރައްކާތެރި ކުރެވިފައިވޭ..." މަންމަ ތަފްޞީލް ކޮށްދެއްވިއެވެ.
ގެއަށް އައިސް މަންމައާއި ޢާއިޝާ ވަނީ ބަދިގެއަށެވެ. ހަވީރު ސައިބޯން ވެގެންނެވެ. ސައި މޭޒުދޮށުގައި އިށީނދެ ޢާއިޝާ ބުންޏެވެ. "މަންމާ! މަންމަ ބުނުއްވި އެއްޗެއް އަޅުގަނޑަށް ވިސްނިއްޖެ..."
"އަޅުގަނޑާއި ދިމާއަށް ކުރެވޭ މަލާމާތްތަކާހުރެ، ﷲ އާއި އަޅުގަނޑާއި ދެމެދުވާ ގުޅުން ހީނަރު ކުރުމަށް އަޅުގަނޑަށް ވިސްނުނީ ގޯސްކޮށް... އަޅުގަނޑު ވާނީ އެ މަލާމާތްތަކަށް ބީރުކަންފަތެއް ދޭން.... އަދި އަޅުގަނޑު އީމާންވާ ﷲ އަށާއި އެއިލާހުގެ އަމުރުތަކަށް ތަބާވާން..." ޢާއިޝާ ވާހަކަ ކުރިއަށް ގެންދިޔައެވެ.
"އެ މަލާމާތާއި ފުރައްސާރަ އަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކުރައްވާ އިމްތިޙާނެއް... ދަރިފުޅުގެ އީމާންކަން ހުރިވަރެއް ބެއްލެވުމަށް.... ﷲ ގެ ރަސޫލުންނާއި ނަބިއްޔުންނަށްވެސް މަލާމާތާއި ފުރައްސާރައާ ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވި... އެހެންނަމަވެސް އެއިން އެއްވެސް ބޭކަލަކު އެބޭކަލެއްގެ ޒިންމާ އަދާކުރެއްވުމަށް ފަސްޖެހިވަޑައެއް ނުގަންނަވާ... އަދި ﷲގެ އަމުރު ފުޅުތަކާ ޚިލާފުވެ ވަޑައެއްވެސް ނުގަންނަވާ" މަންމަ ޢާއިޝާ އަށް ކިޔައި ދެއްވިއެވެ.
"ރަނާއި ރިއްސަށް ވުރެ، ޞާލިޙު އަންހެނާ އަކީ އަގުބޮޑު މީހެއްކަން، އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ބަޔާން ކޮށްދެއްވާފައި... ދަރިފުޅު ސްކޫލްގައި އެންމެން އިޙްތިރާމްކުރާ ކުއްޖަކަށްވީ ދަރިފުޅުގެ ބޮލުގެ އިސްތަށިގަނޑުގެ ސަބަބުންނެއް ނޫން... އެހެންނަމަވެސް އެއީ ދަރިފުޅުގެ ރިވެތި އަޚްލާޤުގެ ސަބަބުން.. " މަންމަގެ ވާހަކަ ކުރިއަށް ގެންދެވިއެވެ.
ކީރިތި ޤުރުއާނުގައި ﷲ ވަޙީ ކުރައްވާފައިވޭ (وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا)  މިބަސްފުޅުގެ މުރާދަކީ؛ ﷲއަށް ބިރުވެތިވާ މީހާއަށް، އޭނާއަށް ދިމާވާ ދަތި އުނދަގޫތަކުން ނުކުންނާނޭ މަގެއް ﷲ ލައްވާނެކަމެވެ."
ޢާއިޝާ ވަރަށް ސަމާލުކަމާއެކު މަންމަގެ ވާހަކަ އަޑު އަހަމުން ގެންދިޔައެވެ. "ކޮބާ މަންމައަށް ވީ ހަދިޔާ؟؟؟" މަންމަ ހިނިތުންވެލައްވާފައި ބުނުއްވިއެވެ.
ޢާއިޝާ މަންމައަށް ދޭ ހަދިޔާއެއްގެ ގޮތުގައި، މަންމަގެ ގައިގައި ބާރަށް ބައްދާލިއެވެ.
*****
ނޯޓް: މިއީ ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާތަކުގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.