Skip to main content

ފިރިމީހާގެ ކިބައިން ރުހިގެންވާ އަންހެނަކަށް ހުރި ހެޔޮކަން


މާތްކަލާނގެ ރުއްސުންލެއްވި އުއްމު ސަލަމަތުގެ ކިބައިން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލުﷲ(ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެފާނުން ޙަދީޘްފުޅު ކުރެއްވިއެވެ. އަންހެނަކު މަރުވާއިރު އެކަނބުލޭގެ ފިރިއާގެ ކިބައިން ރުހިގެންވާނަމަ އެކަނބުލޭގެ އަކީ ސުވަރުގެ ވަންތަ މީހެކެވެ.


އަދިވެސް ޞަޙީޙު އިބްނު ޙިއްބާންގައި މާތްކަލާނގެ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. އަންހެނަކު ފަރްޟު ފަސްނަމާދުކޮށް އަދި ރަމަޟާންމަހު ރޯދަހިފައި އަދި އެކަނބުލޭގެ ފަރްޖު ހިލޭފިރިހެނުންގެ ކިބައިން ރައްކައުކޮށް އަދި ފިރިމީހާއަށް ކިޔަމަންތެރިވެއްޖެ ކޮންމެ އަންހެނަކު ސުވަރުގޭގެ ދޮރުތަކުގެ ތެރެއިން ހިތުހުރި ދޮރަކުން ވަންނަ ހުށިކަމެވެ. އަދިވެސް މާތްރަސްކަލާނގެ ރުއްސުންލެއްވި ޢާއިޝާ ޞިއްދީޤާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. އެއްދުވަހަކު ތިމަންކަމަނާ އިތުރު ރަސޫލުﷲ(ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެފާނުންގެ އަރިހުގައި ދަންނަވައިފީމެވެ. މީސްތަކުންގެ ތެރެއިން އަންހެނާގެ މައްޗަށް އެންމެ ޙައްޤުކަންބޮޑީ ކާކުތޯއެވެ؟ އެހިނދު އިތުރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. އެކަނބުލޭގެ ފިރިމީހާއެވެ. ދެން އޭގެ ފަހުގައި ތިމަންކަމަނާ ދަންނަވައިފީމެވެ. މީސްތަކުންކުރެން ފިރިހެނާގެ މައްޗަށް އެންމެ ޙައްޤުކަންބޮޑީ ކާކުތޯއެވެ. ޖަވާބުގައި ޙަދީޘްފުޅު ކުރެއްވިއެވެ. އެއީ އެމީހާގެ މަންމައެވެ.

ނޯޓް: މިއީ ދަރުމަ މަޖައްލާއިން ނަގާފައިވާ ލިޔުމެކެވެ.

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

ސިއްރު ސިއްރުން...!

ދޮންތީ އަކީ ވާހަކަ ލިއުމުގެ ފަންނަށް އަލަށް ނުކުންނަ ބުރުނީގެ ލޮބުވެތި ދަރިއެކްވެ. ﷲ ދޮންތިއަށް މިފަންނުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅުކުރަށްވާ ކިޔުންތެރިންގެ ހިތްތަކުން ޖާގަ ލިއްބައިދޭނެ ފަދަ އިބުރަތްތެރި މޮޅު ވާހަކަތަކެއް ސާޢީ ކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅު ކުރަށްވާށީ   

ބަރަކާތް ތެރި ރަމަޟާން މަހަށް މަރުޙަބާ

 ތިބާ ރަމަޟާން މަހައް ތައްޔާރުތޯ؟