Skip to main content

އަމާންކަންމިހޯދާ ސަލާމަތް ވަމާހޭ....... ދުމާއި ދުންފަތާއި ދެން މުޅިންވަކިވަމާހޭ.....


2010
ވަނަ އަހަރު ތަސްދީގު ކުރެވުނު ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއާއި ހަވާލާދީ މިނިސްޓްރީ އޮފް ހެލްތުން 2012 އޮކްޓޯބަރ 08 ވަނަ ދުވަހު ‘ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަނޑައެޅުމުގެ ގަވާއިދު’ އާންމުކޮށްފައިވީނަމަވެސް އެ ގަވާއިދަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެންނެވެ. އެހެންކަމުން މިއަދުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރެވޭނީ މި ގަވާއިދު ކަނޑައަޅާތަންތަނުގައެވެ. ނުވަތަ ހުއްދަ އޮތް ތަންތަނުގައެވެ.


ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ޤާނޫނުގެ ދަށުން ސިނަމާތަކާއި ޖަލްސާކުރާ މާލަންތައް، މިސްކިތްތަކާއި، ސިއްހީ ޚިދުމަތްދޭ ތަންތަނާއި، ކުޑަކުދިން ބަލަހައްޓާ އަދި ތަރުބިއްޔަތުދޭ ތަންތަނާއި އެތަންތަނުގައި ހާމަކޮށް އޮންނަ ބިންތަކާއި، އެތަންތަނުގެ ގޯތިތެރޭގައި ހުންނަ ބިންތަކާއި، އެތަންތަނުގެ ގޯތިތެރޭގައި ހުންނަ އެންމެހައި އިމާރާތްތަކާއި، އެތަންތަނުގެ ގޯތްޗާއި، ގުޅުވައިގެން ވަދެ ނިކުމެވޭގޮތަށް ހުންނަ ޚިދުމަތްދޭތަންތަނާއި، ސަރުކާރުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތަކާއި، ކުޅިވަރުކުޅޭ އިމާރާތްތަކާއި، ކޯޓުތަކާއި، ދަނޑުތަކާއި، ސްޓޭޑިއަމްތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ.
މާލޭގައި ސިޓީ ކައުންސިލާއި  ސީ ސީ އެޗް ޑީ ސީ ގުޅިގެން ވަނީ ދުންފަތުގެ އިސްތިޢުމާލް ކުރެވޭ ތަންނަނާއި ނުކުރެވޭނެ ތަންތަން ފާހަގަ ކޮށްފައެވެ. ބުރުނީގައި މިފަދަ ތަންތަން ފާހަގަ ކުރެވިފައިނެތް ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި
ޒިޔާރަތް މިސްކިތް،ގަބުރުސްތާން(ސަހަރާ) އިރުވައިކޮޅު ކުޅިވަރުކުރޭ ސަރަހައްދު (އާ ދަނޑު) ދުނބުރިމާ ސްޓޯރު ފެން ޕުލަންޓް،  ސިއްހީމަރުކަޒު،އިޖުތިމާއީ މަރުކަޒު (ހަރުގެ) ފަންބޮނޑި މާޓް، ކައުންސިލް އިދާރާއާއި މެޖިސްޓުރޭޓް ކޯޓް، ހުކުރުމިސްކިތް، ޒުވާނުންގެމަރުކަޒާއި ކޮމިއުނިޓީ ފާމަސީ، ރައްޔިތުންގެ ތެޔޮފިހާރަ، ބަނދަރުގައި ފުރާލެފުމައް ވަކިތަނެއްހާއްސަކުރުމަށް ފަހުގަ އެތަނެއް (ފެރީތަކަށް ޙާއްސަ) މީހުން އުފުލާ/މުދާ އުފުލާ /މަސްދޯންޏެއް/ކަނޑުމަތީ ބާޒާރު، ފަދަ އުޅަނދެއް ބަނދަރުގައި އޮށްނަސަރަހައްދު،އިންޖީނުގެ،ނާޒްކެފޭ (ހުއްދަ ނުނަގާހާ ހިނދަކު)، ނަލަހިޔާގެ (ތިންމުގޯލި ކުޅޭސަރަހައްދު)،އާރުނޫރު ސްޓޯރު،ބައިލައިން،ޔުޓިލިޓީ އޮފީސް، ބީޗްލެސް ކެފޭ (ހުއްދަ ނުނަގާހާ ހިނދަކު)،ބޭސްޑު އިދާރާ،ބުރުނީ ސްކޫލާއި ބުރުނީ ޕްރީސްކޫލް ހިމެނޭ ސަރަހައްދު، ދޯނިއެހެލާ ސަރަހައްދު (ދޯންޏެއް އަރުވާ/ބާލާ ވަގުތު ތަކުގައި) ކުރީގެ ފުޓުބޯޅަ ދަނޑު،ޓީވީ ގެ، ތަޢުބާ މިސްކިތް، 2 ކުނިކޮށި މީގެއިތުރުން ރައްޔިތުން ވަކިކަމަކަށް ނުކުމެ ގިނަމީހުންތަކެއް އެއްވެ/ޖަލްސާއެއް ވާ ވަގުތުގައި މަނާކުރެވިފައނުވާ ތަނެއްނަމަވެސް އެތަނެއް މިސާލު ކައްކާބަދިގޭ ޖޯލިފަތި ސަރަހައްދު، މިތަންތަނަކީ ދުންފަތުގެ އިސްތިޢުމާލްކުރުން މަނާކުރެވިދާނެ ތަންތަނެވެ.
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ދުންފަތުގެ އިސްތިއުމާލުކުރުމަށްޓަކައި ހާއްސަކުރެވިފައިވާ ތަންތަނަށް މި ގަވާއިދުގެ ދަށުން ހުއްދަ ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެއަރކޮނޑިޝަން ކޮށްފައިނުވާ ހޮޓާ، ރެސްޓޯރަންޓު، ކެފޭ، އަދި މި ނޫންވެސް ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިއުމަލުކުރުމަށް ހާއްސަކުރެވިފައިވާ ތަންތަން ކަނޑައަޅައިދިނުމަށް ބޯޑުގެ މަޝްވަރާގެ މަތިން ހެލްތު މިނިސްޓްރީން ހުއްދައެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އެހެންކަމުން ޝަރުތު ފުރިހަމަވާ ތަންތަނަށް މަހަކު 1000ރ ގެ ފީއަކާއިއެކު އެ ހުއްދަ ދޭގޮތަށް ހަމަޖެހިފައިވެއެވެ.
ދުންފަތްކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަމަށް ކަނޑައަޅާފައިވާ އާންމުތަނެއްގައި ދުންފަތުގެ އިސްތިއުމާލުކޮށްފިނަމަ އެކަމެއްކުރާ މީހަކު 500ރ އިން ޖޫރިމަނާ ކުރެވެއެވެ. އެގޮތުން ޖޫރިމަނާ ކުރެވޭ ފަރާތްތައް ޖޫރިމަނާކުރެވޭއިރު ޖޫރިމަނާ ފައިސާ ދެއްކުމަށް ޗިޓުހަވާލުކުރުމަށްވެސް ހަމަޖެހިފައިވެއެއެވެ.
މި ގަވާއިދަށް މިއަދު އަމަލުކުރަން ފެށުމާއެކު ދެން ދުންފަތުގެ އިސްތިއުމާލުކުރެވޭނީ ހުއްދަ އޮތްތަނތަނުގައެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މިކަމަށް ސަމާލުވެ ތިބުން ބުއްދިވެރިއެވެ. އެހެންނޫންނަމަ ފައިސާގެ މަށްޗަށް ފައިސާ ބޭކާރުވީއެވެ.ސިއަހަތަށް ގެއްލުންވެ ޖީބައް ބޮޑު ގެއްލުމެކެވެ.


Comments

  1. ފެންޕޫލާންޓް މަނާ ވިއްޔާ ދިރާގާ ވަތަނިޔާ ވެސް މަނާކޮށްލަންފެނޭ

    ReplyDelete

Post a Comment

ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.