Skip to main content

Posts

އިމާމް މުސްލިމާއި އިމާމުލް ބުޚާރީ ރަޙިމަހުމަﷲ ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ޢުބައްޔު ބުން ކަޢުބު ރަޞިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. އެއްދުވަހެއްގައި މޫސާ ޢަލައިހިއްސަލާމް ،

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކައިވެނިފުޅުތަކާމެދު ދެކެވޭ ދޮގުވާހަކަ ތަކުގެ ޙަޤީޤަތަކީ ކޮބާ…؟

  އިސްލާމްދީން ފެށުނީއްސުރެ އަބަދުވެސް ދީނުގެ ޢަދުއްވުން އުޅެމުންދެއެވެ. އެކިދުވަސްވަރު އެކި ހިސާބު ތަކުގައެވެ. އިސްލާމްދީނުގެ ޤަދަރު ކުޑަކޮށް، ދީނާ މެދު މުސްލިމުންގެ ހިތުގައި ނުރުހުންތެރިކަން އުފެއްދުމަށް 18 ވަނަ ޤަރުނުގެ ކުރީކޮޅުގައި ކްރިސްޓިއަންދީނުގެ ލިޔުންތެރިން އާގޮތް ގޮތަށް މަސައްކަތް ކުރަން ފެއްޓިއެވެ.

ކަށު ނަމާދު

ކަށު ނަމާދު ކުރުމަކީ މައްޔިތާގެ މައްޗަށް ކުރެވޭ ދުޢާއެކެވެ. މިގޮތުން ގިނަ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ކަށު ނަމާދުގައި އޮންނަނީ ހަތަރު ތަކުބީރާއި އެއް ސަލާމެވެ. ދެސަލާމް ދިނުމީ ވެސް ބައެއް ދަންނަބޭކަލުންގެ އަރިހުގައި މުސްތަޙައްބު ވެގެންވާ ކަމެކެވެ.

ކޭތަ ނަމާދު

ކޭތަ ނަމާދަކީ ކޮބާ؟ ކޭތަ ނަމާދަކީ އިރު ކޭތަ ހިފުމުން ނުވަތަ ހަނދު ކޭތަ ހިފުމުން ކުރުމަށް އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ސުއްނަތް ނަމާދެކެވެ. މުއައްކަދު ސުއްނަތެއްގެ ގޮތުގައެވެ. މިގޮތުން އިރުކޭތަ ހިފުމުން ކުރާ ނަމާދަށް ކިޔަނީ އިރުކޭތަ ނަމާދެވެ. އަދި ހަނދުކޭތަ ހިފުމުން ކުރާ ނަމާދަށް ކިޔަނީ ހަނދުކޭތަ ނަމާދެވެ.  

ލޯބިވާ ދަރިފުޅާއެވެ!

ލޯބިވާ ދަރިފުޅާއެވެ! ކޮންމެ ދަރިޔަކީ، الله سبحانه وتعالى މައިންބަފައިންނާ ޙަވާލު ކުރައްވާފައިވާ އަމާނާތެކެވެ. ޤިޔާމަތް ދުވަހުން ދަރިންގެ ޙައްޤުތަކާމެދު މައިންބަފައިންނާ ސުއާލު ވެވޭނެއެވެ. ދަރީންގެ ތެރެއިން އަންހެން ދަރީންގެ މަސްއޫލިއްޔަތު ވަކީން ބޮޑެވެ.

ފަލްސަފާ

ފަލްސަފާވެރިން އެންމެ ގިނައިން އެއް ކަމެއްގައި ބަސްބުނެ ނަޒަރިއްޔާތައް އެކުލަވާލާފައިވަނީ ކޮން ކަމަކާ މެދުގައިތޯ ސުވާލުކޮށްފި ނަމަ، އޭގެ ޖަވާބަކަށްވާނީ އަންހެނުންނާ ބެހޭ ގޮތުންކަމުގައެވެ. ނުވަތަ އަންހެނުންނާއި ލޯތްބާ ބެހޭ ގޮތުންނެވެ. އޭގެ ތެރެއިން ބައެއް ނަޒަރިއްޔާތައް ޒަމާނާއި ހާލަތާއި ތަނުގެ ގޮތުން ހަގީގަތަކަށް ވަނީ އެކި މިންވަރަށެވެ. މިއީ ވެސް އޭގެ ތެރެއިން ބައެއް ނަޒަރިއްޔާތަކެވެ. މީގެ ތެރޭގައި ދިވެހި އަންހެނުންނަށް މުނާސަބު ވާހަކަތަކެއް ވެސް ހުރެދާނެއެވެ. އަންހެނުންނަކީ އަރަތެކެވެ. އެ އަރަތުގެ ތަޅުދަނޑިއަކީ އެންމެ ލަފްޒެކެވެ. އެއީ ލޯތްބެވެ. މާތް އަންހެނަކީ ޖަވާހިރުގެ ކަންޒެކެވެ. އެކަންޒުން ކޮންމެ ދުވަހަކު އައު ޖަވާހިރެއް ފެންނާނެއެވެ. ބުއްދިވެރި އަންހެނާ، ފިރިހެނާ އަށް ބުނާ ކޮންމެ ބަހެއްގައި ފޮނިކަން އެކުލަވައެވެ. އަދި ފިރިހެނާ އަންހެނާ އަށް ބުނާ ކޮންމެ ބަހެއްގައި ހިތިކަމެއްވާ ކަން ސާބިތުކޮށްދެއެވެ. އެންހެނާގެ ރީތިކަމަށްޓަކައި އޭނާއާ ކައިވެނިކުރުމަކީ، ގެއެއްގެ ބޭރުގައި ލާފައި ހުންނަ ކުލައިގެ ރީތިކަމުން އެ ގެ ގަތުން ފަދަ ކަމެކެވެ. މޮޔައަކާ ޖަދަލު ނުކުރާށ...

ކައިވެނި

ކައިވެނި ކައިވެންޔަކީ އަރާމާއި ހިތްހަމަޖެހުން ލިއްބައިދޭ ކަމެކެވެ. އެއީ ދުނިޔޭގެ އެންމެ މަތީ އުފާވެރި ކަމެވެ. އަދި މާތް ﷲ ގެ ގުދްރަތްތެރިކަމުގެ ދަލީލުތަކުގެ ތެރެއިންވާކަމެކެވެ.

ކީރިތި ގުރްއާނުން ޝިފާ ލިބިގަންނާށެވެ.

ކީރިތި ގުރްއާނުގައި ހިމެނިގެންވާ ޝިފާގެ އާޔަތްތަކަކީ އެއާޔަތެއްގައި "ޝިފާ" މިލަފްޡު އެކުލެވިގެންވާ އާޔަތްތަކެވެ. އެއާޔަތް ތަކަކީ: ތައުބާ ސޫރަތުގެ 14 ވަނަ އާޔަތް قَاتِلُوهُمْ يُعَذِّبْهُمُ اللّهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ... ޔޫނުސް ސޫރަތުގެ 57 ވަނަ އާޔަތް يَا أَيُّهَا النَّاسُ قَدْ جَاءتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ.. ނަޙްލު ސޫރަތުގެ 69 ވަނަ އާޔަތް ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلاً يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاء لِلنَّاسِ إِنَّ فِي ذَلِكَ لآيَةً لِّقَوْمٍ يَتَفَكَّرُونَ އަލް އިސްރާ ސޫރަތުގެ 82 ވަނަ އާޔަތް وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاء وَرَحْمَةٌ لِّلْمُؤْمِنِينَ وَلاَ يَزِيدُ الظَّالِمِينَ إَلاَّ خَسَارًا... އައްޝުޢަރާ ސޫރަތުގެ 80 ވަނަ އާޔަތް وَإِذَا مَرِضْتُ فَهُوَ يَشْفِينِ... ފުއްޞިލަތް ސޫރަތުގެ 44 ވަނަ އާޔަތް وَلَوْ جَعَلْنَاهُ قُ...

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން؟

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން؟ بسم الله الرحمن الرحيم إن الحمد لله نحمده ونستعينه ونستغفره ونعوذ بالله من شرور أنفسنا ومن سيئات أعمالنا، من يهده الله فلا مضل له ومن يضلل فلا هادي له. وأشهد أن لا إله إلاّ الله وأن محمد رسول الله, وصلىّ الله وسلّم على نبيِّنا محمّد وعلى آله وصحبه وسلّم. الله سبحانه وتعالى ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވައި އަންގަވާފައި ވެއެވެ : " وَلَنْ تَرْضَى عَنْكَ الْيَهُودُ وَلا النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَى وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ مَا لَكَ مِنَ اللَّهِ مِنْ وَلِيٍّ وَلا نَصِيرٍ " ( البقرة :120 ) މިއާޔަތުގެ މާނައަކީ: "އަދި ހަމަކަށަވަރުން ޔަހޫދީންނާއި ނަޞާރާއިންވެސް، އެއުރެންގެ މިއްލަތަށް (އެބަހީ އެއުރެންގެ ދީނަށް) ކަލޭގެފާނު ތަބާވެއްޖައުމަށް ދާންދެން ދުވަހަކުވެސް ކަލޭގެފާނަކަށް ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތެދުމަގަކީ ހަމައެކަނި الله سبحانه وتعالى ގެ މަގެވެ. އަދި ކަލޭގެފާނަ...

ދަރިން ލިބުމަށް އެދި ކުރެވޭ ދުޢާ

މި ބިންމަތީގައި އިންސާނުންގެ ދަރިފަސްކޮޅު ދެމި އޮތުމުގެ ސަބަބެއް ކަމުގައި މާތް ﷲ ލައްވާފައި ވަނީ، ކައިވެނި ކޮށްގެން ކުދިން ލިބުމެވެ. އަދި ކުދިން ލިބުމަކީ ދުނިޔޭގައި އިންސާނަކަށް ލިބޭ ގިނަ ގުނަ ނިޢްމަތްތަކުގެ ތެރެއިން ވަރަށް ވެސް ބޮޑު ނިޢްމަތެއް ކަން ކަށަވަރެވެ. ނަމަވެސް ކޮންމެ މީހަކީ މި ނިޢްމަތް ލިބޭ މީހެއް ނޫނެވެ. ބައެއް މީހުންނަށް ވަރަށް ފަސޭހައިން ކުއްޖަކު ލިބޭ އިރު، އަނެއް ބަޔަކަށް ގިނަ ދުވަސްތަކަކު އިންތިޒާރު ކުރުމަށް ފަހު ލިބޭތަން ވެސް އާދެއެވެ. އަދި އަނެއް ބަޔަކު މި ނިޢްމަތުން އެއްކޮށް މަޙްރޫމް ވެއެވެ . ކޮންމެ އަކަސް، ކުއްޖަކު ލިބުން ލަސް ވުމުން އަހަރެމެންނަށް ކުރެވޭނެ ކަމަކީ ބައްޔެއް އުޅޭތޯ ބަލައި ފަރުވާ ހޯދުމެވެ. ނެތް ނަމަ ދުޢާ ކުރުމެވެ . އިންސާނަކު ކަމަކަށް އެދި ދަންނަވަން ހުރީ ހަމަ އެންމެ ފަރާތެކެވެ. އެއީ މާތް ﷲ އެވެ. އެ ކަލާނގެ ފިޔަވާ، މީހަކަށް ދަރިން ރިޒުޤު ކުރައްވާނެ އެއްވެސް ފަރާތެއް ނުވެއެވެ. ވީމާ މުސްލިމަކަށް ލިބިފައިވާ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ ކުރުން ކަމަށް ވަނީ ވެފައެވެ . ބޭނުން ވާ ކަންތައްތައް ފުއްދަވައި ދެއްވުން އެދި ކޮންމެ ވަގުތަކުވެސް މާތް ...