Skip to main content

ހެނދުނާއި ހަވީރުގެ ވިރުދު




މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނު ވިދާޅުވިއެވެ. رسول الله صّلى الله عليه وسّلم އަހަރުމެންނަށް ޤުރުއާނުން ސޫރަތް އުނގަންނާދެއްވާފަދައިން އެންމެހައި ކަންކަމުގައި އިސްތިޚާރާ ކުރަން އަހަރުމެންނަށް އުނގަންނައިދެއްވައެވެ. ހަދީޘް ފުޅު ކުރައްވައެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަމެއްކުރުމަށް ގަސްތުކޮށްފިނަމަ ފަރަުޟުނަމާދު ފިޔަވައި ދެރަކުޢަތް ނަމާދެއް ކުރައްވާށެވެ. ދެން ކިޔާށެވެ."

"إذا همّ أحدكم بالأمر فليركع ركعتين من غير الفريضة ، ثم يقول : اللهم إني أستخيرك بعلمك ، أستقدرك بقدرتك ، وأسألك من فضلك العظيم ، فإنك تقدر ولا أقدر ، وتعلم ولا أعلم ، وأنت علاّم الغيوب ، اللهم إن كنت تعلم أن هذا الأمر (ކުރަން އުޅޭކަމެއް ނަންގަންނާށެވެ. ނުަވަތަ އެކަން ހިތައް އަރުވާށެވެ) خير لي في ديني ومعاشي وعاقبة أمري – أو قال : في عاجل أمري وآجله – فاقدره لي ، وإن كنت تعلم أن هذا الأمر (ކުރަން އުޅޭކަމެއް ނަންގަންނާށެވެ. ނުަވަތަ އެކަން ހިތައް އަރުވާށެވެ) شرٌّ لي في ديني ومعاشي وعاقبة أمري –فاصرفه عني واصرفني عنه ، واقدُر لي الخير حيث كان ، ثم رَضِّني به"

"އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ، އިބަﷲގެ ޢިލްމުފުޅުގެ ޒަރިއްޔާއިން އިބަﷲގެ ޙަޟްރަތުން ހެޔޮކަންތަކަށް އެދެމެވެ. އަދި އިބަﷲގެ ކުޅަދުންވަންތަކަމުގެ ޒަރިއްޔާއިން އިބަﷲގެ ޙަޟްރަތުން ކުޅަދާނަކަން ދެއްވުމަށް އެދިދަންނަވަމެވެ. އަދި އިބަﷲގެ މާތް ދަރުމަވަންތަކަމުން ދެއްވުމަށް އެދި ދަންނަވަމެވެ. ފަހެ ހަމަކަށަވަރުން އިބަﷲ ހުރިހައި ކަމަކަށް ކުޅަދުން ވަންތައެވެ. އަދި މިއަޅާ ނުކުޅެދިގެންވަމެވެ. އަދި އިބަﷲ ހުރިހައި ކަމެއް ދެނެވޮޑިގެންވަމުއެވެ. އަދި މިއަޅާ ނުދަންނަމުއެވެ. އަދި އިބަﷲއީ ޣައިބުގައިވާ ހުރިހާކަމެއް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިކަމަކީ... މިއަޅާގެ ދީނާއި، މިއަޅާގެ ދިރިއުޅުމާއި، މިއަޅާގެ ކަންތަކުގެ ނަތީޖާގެގޮތުން މިއަޅާއަށް ހެޔޮކަމެއްކަމުގައި އިބަﷲ ދެނެވޮޑިގެންވަނީނަމަ ފަހެ އެކަންތައް މިއަޅާއަށް މިންވަރުކޮށްދެއްވާނދޭވެ! އަދި އެކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ! ދެން އެކަމުގައި މިއަޅާއަށް ބަރަކާތްލައްވާނދޭވެ! އަދި ހަމަކަށަވަރުން މިކަމަކީ.... މިއަޅާގެ ދީނާއި، މިއަޅާގެ ދިރިއުޅުމާއި، މިއަޅާގެ ކަންތަކުގެ ނަތީޖާގެގޮތުން މިއަޅާއަށް ނުބައިކަމެއްކަމުގައި އިބަﷲ ދެނެވޮޑިގެންވަނީނަމަ ފަހެ މިއަޅާގެ ކިބައިން އެކަންތައް ދުރުކޮށްދެއްވާނދޭވެ! އަދި ހެޔޮ ކަންތައް މިއަޅާއަށް މިންވަރުކޮށްދެއްވާނދޭވެ! އެއީ ކޮންމެތަނެއްގައި ވީނަމަވެސް މެއެވެ.އަދި އެކަމަށް މިއަޅާ ރުއްސަވާނދޭވެ!"

ޚާލިޤުވަންތަ ﷲގެ ޙަޟްރަތުން އިސްތިޚާރާ ކޮށް އަދި މުއުމިނު މަޚްލޫޤުންނާ މަސްވަރާކޮށް އޭނާގެ ކަންތައް ފުރިހަމަ ޔަޤީންކަމާއެކު ވިސްނައިގެން ކޮށްފިމީހާއަށް (އެކަމުގައި) އެއްވެސް ހިތާމައެއް ނުވެއެވެ. ހަމަކަށަވަރުން މާތްﷲ ވަޙީކުރެއްވިއެވެ.
"وَشَاوِرْ‌هُمْ فِي الْأَمْرِ‌ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّـهِ ۚ إِنَّ اللَّـهَ يُحِبُّ الْمُتَوَكِّلِينَ ﴿١٥٩﴾""އަދި ކަލޭގެފާނު އެބައިމީހުންނާ މަޝްވަރާކުރައްވާށެވެ. ފަހެ ކަލޭގެފާނު ކަމަކަށް ޢަޒުމުކުރައްވައިފިނަމަ ފަހެ ﷲއަށް ވަކީލު ކުރައްވާށެވެ

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.