Skip to main content
އިމާމް މުސްލިމާއި އިމާމުލް ބުޚާރީ ރަޙިމަހުމަﷲ ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ޢުބައްޔު ބުން ކަޢުބު ރަޞިޔަﷲ ޢަންހު ރިވާކުރެއްވިއެވެ.
އެއްދުވަހެއްގައި މޫސާ ޢަލައިހިއްސަލާމް ،
ބަނީ އިސްރާއީލުންގެ ތެރޭގައި ޚުޠުބާއެއް ދިނުމަށް ތެދުވެ ވަޑައިގަތެވެ. އަދި އެކަލޭގެފާނާއި އެބައިމީހުން ސުވާލުކުރިއެވެ. މީސްތަކުންގެ ތެރެއިން އެންމެ ޢިލްމުވެރި މީހަކީ ކާކުތޯއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނެވެ. އެހެންނަމަވެސް ﷲ ތަޢާލާ އެކަލޭގެފާނަށް އެންގެވިއެވެ. އެހެނަކުންނޫނެވެ. ތިމަން އިލާހުގެ އަޅުތަކުންގެ ތެރެއިން ކަލޭގެފާނަށް ވުރެ ޢިލްމުވެރި އަޅަކު ދެ ކަނޑު ގުޅޭ ތަނުގައި ވެއެވެ. ކަލޭގެފާނު މަހެއް ހިފައި އެމަސް ވަށިގަނޑަކަށް ލައިގެން އެތަނަށް ދާށެވެ. ކަލޭގެފާނަށް އެމަސް ގެއްލޭނީ ، ކަލޭގެފާނު ދާންޖެހޭ ހިސާބަށް ދެވުނީމައެވެ. ދެން މޫސާ ޢަލައިހިއްސަލާމާއި ، އެކަލޭގެފާނާއި އެކުގައިވީ ޒުވާނާ ، ޔޫޝަޢު ބިން ނޫނު އާއި ދެބޭކަލުން ، މަހެއް ހިފައިގެން އެމަސް ވަށިގަނޑަށް ލައިގެން ދަތުރު ފައްޓައިފިއެވެ. ދެން އެދެބޭލަކުންނަށް ބޮޑު ހިލަގަނޑަކާއި ހިސާބަށް ދެވުމުން ، އެ ހިލަގަނޑުގައި ބޯ އަޅައިގެން އެ ދެބޭކަލުން އޮށޮއޮވެއްޖެއެވެ. އަދި އެދެބޭކަލުންނަށް ނޭންގި ވަށިގަނޑުގައި އޮތް މަސް ތެޅިގެންފައި ﷲގެ އިޒްނައާއި އެކު ކަނޑުގެ ތެރެއަށް ވެއްޓިއްޖެއެވެ
. ” فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَاتَّخَذَ سَبِيلَهُ فِيالْبَحْرِ‌ سَرَ‌بًا ﴿٦١﴾ ” سورة الكهف މާނަ: ” ފަހެ، އެ ދެކަނޑު ދެމެދު ގުޅުނު ހިސާބަށް އެ ދެބޭކަލުންނަށް ވާޞިލުވެވުނު ހިނދު، އެ ދެބޭކަލުންގެ މަހުގެ މަތިން އެ ދެބޭކަލުން ހަނދުމަނެތިއްޖެއެވެ. ފަހެ (އޭރު) އެ މަސް ހަނިހަނިމަގަކުން ލައިގެން ކަނޑުގެތެރެއަށް ހިނގައްޖެއެވެ. “ ދެން އެދެބޭކަލުން ތެދުވެގެން އެރޭގެ ބާކީބައިގައި ، ހިންގަވާފައި ވަޑައިގަންނަވަމުންގޮސް އަނެއް ދުވަހަށް އިރުއަރައިފިއެވެ. ” فَلَمَّا جَاوَزَا قَالَ لِفَتَاهُ آتِنَا غَدَاءَنَا لَقَدْ لَقِينَا مِن سَفَرِ‌نَاهَـٰذَا نَصَبًا ﴿٦٢﴾ ” سورة الكهف މާނަ : ” ފަހެ، އެ ދެބޭކަލުން (އެތަން) ފަހަނަޅައި ވަޑައިގެންނެވިހިނދު، އެކަލޭގެފާނާއި އެކުގައިވި ޒުވާނާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ ދުވާލުގެ ކެއުން ތިމަންމެންނަށް ގެނެސްދޭށެވެ! ހަމަކަށަވަރުން، ތިމަންމެންގެ މި ދަތުރުން ތިމަންމެންނަށް ވަރަށްބޮޑު ވަރުބަލިކަމެއް ލިބިއްޖެއެވެ. “ މޫސާ ޢަލައިހިއްސަލާމްއަށް ﷲ ތަޢާލާ ، އަމުރުކުރެއްވި ހިސާބު ފަހަނައަޅައި ދެވުމުން ނޫނީ އެކަލޭގެފާނަށް ވަރުބަލިކަމެއް ނުލިބެއެވެ. ދެން މޫސާ ޢަލައިހިއްސަލާމަށް އެކަލޭގެފާނާއި އެކުގައިވީ ޒުވާނާ ބުންޏެވެ. ” …أَرَ‌أَيْتَ إِذْ أَوَيْنَا إِلَى الصَّخْرَ‌ةِ فَإِنِّي نَسِيتُالْحُوتَ وَمَا أَنسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَ‌هُ ۚ وَاتَّخَذَ سَبِيلَهُ فِي الْبَحْرِ‌ عَجَبًا﴿٦٣﴾ ” سورة الكهف މާނަ : ” އެ ޒުވާނާ ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟ (ދެކަނޑު ގުޅުނުތާ އޮތް) ބޮޑު ހިލައިގެމަތީގައި ތިމަންމެން މަޑުކޮށްލިހިނދު، ހަމަކަށަވަރުން، ތިމަން އެ މަހުގެމަތިން ހަނދާންނެތުނީއެވެ. އަދި އެ މަހުގެމަތިން ތިމަން ހަނދާންކުރުން ހަނދާންނެތިކޮށްލީ، ޝައިޠާނާ ފިޔަވައި އެހެން އެއްޗެއްނޫނެވެ. އަދި އެ މަސް ޢަޖާއިބެއްފަދަ ގޮތަކަށް ކަނޑުގެ ތެރެއިން އޭގެމަގު ހޯދައިގެން ހިނގައްޖެއެވެ.” އެކަންވީ އެ މަހަށް ސަލާމަތްވެެގެން ދެވުނު މަގެއްކަމުގައެވެ. އަދި އެދެބޭކަލުންނަށް ޢަޖާއިބު ކުރުވަނިކަމެއްކަމުގައެވެ. މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނާއި އެކުގައިވީ ޒުވާނާއަށް ބުންޏެވެ. ” قَالَ ذَٰلِكَ مَا كُنَّا نَبْغِ ۚفَارْ‌تَدَّا عَلَىٰ آثَارِ‌هِمَا قَصَصًا ﴿٦٤﴾” سورة الكهف މާނަ : ” އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން ދާން ބޭނުންވެގެން މިއުޅެނީ އެތަނެވެ. ދެން އެ ދެބޭކަލުން ވަޑައިގެންނެވި ފިޔަވަޅު ބައްލަވަމުން އެ ދެބޭކަލުން އެނބުރި ފަހަތަށް ވަޑައިގެންފިއެވެ. “ އެދެބޭކަލުން އެނބުރި ވަޑައިގެން ، އެ ހިލަގަނޑާ ހަމައަށް ވަޑައިގެންނެވި އިރު އެތަނުގައި، ހެދުމުން ފޮރުވިގެން ހުރި މީހަކު ހުއްޓެވެ. ދެން މޫސާ ޢަލައިހިއްސަލާމް ސަލާމް ދެއްނެވިއެވެ. އަދި ޚަޟިރު ގެފާނު ސަލާމް ރައްދު ކުރެއްވިއެވެ. މޫސާ ޢަލައިހިއްސަލާމް ދެންނެވިއެވެ. ތިމަންނައަކީ މޫސާ އެވެ. ޚަޟިރުގެފާނު ވިދާޅުވިއެވެ. ބަނީ އިސްރާއީލުންގެ ގާތައް ފޮނުއްވުނު މޫސާ ހެއްޔެވެ؟ މުސާ ޢަލައިހިއްސަލާމް ޖަވާބުގައި އާނ އެކޭ ވިދާޅުވިއެވެ. އަދި ދެންނެވިއެވެ. ތިމަން މި އައީ ކަލޭގެފާނުގެ ގާތައް ޢިލްމު އުނގެނޭށެވެ. “… هَلْأَتَّبِعُكَ عَلَىٰ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُ‌شْدًا ﴿٦٦﴾ ” سورة الكهف މާނަ : ” ކަލޭގެފާނަށް ދެއްވާފައިވާ ޢިލްމުން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާނެކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު ތަބަޢު ވަންތޯއެވެ؟” ޚަޟިރުގެފާނު ވިދާޅުވިއެވެ. އޭ މޫސާ އެވެ. ތިމަންކަލޭގެފާނަށް ، ﷲ ތަޢާލާ ދެއްވާފައި މިވާ ޢިލްމާއި ބެހޭގޮތުން ކަލޭގެފާނަށް އެނގިގެން ނުވެއެވެ. އަދި ކަލޭގެފާނަށް ދެއްވާފައިވާ ޢިލްމާއި ބެހޭގޮތުން ތިމަންކަލޭގެފާނަށް އެނގިގެން ނުވެއެވެ. މޫސާގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ކަލޭގެފާނާއި ޢިލްމު އުނގެނުމަށް ތަބަޢު ވަންތޯއެވެ؟ ” ޚަޟިރުގެފާނު ވިދާޅުވިއެވެ. ” … إنَّكَ لَنتَسْتَطِيعَ مَعِيَ صَبْرً‌ا ﴿٦٧﴾ وَكَيْفَ تَصْبِرُ‌ عَلَىٰ مَا لَمْ تُحِطْ بِهِ خُبْرً‌ا ﴿٦٨﴾قَالَ سَتَجِدُنِي إِن شَاءَ اللَّـهُ صَابِرً‌ا وَلَا أَعْصِي لَكَ أَمْرً‌ا ﴿٦٩﴾ ” سورةالكهف މާނަ : ” …. ހަމަކަށަވަރުން، ކަލޭގެފާނަކަށް ތިމަންކަލޭގެފާނާ އެކުގައި ކެތްކުރެއްވުމަކަށް ކުުޅަދާނަވެގެނެއް ނުވާނެތެވެ. ކަލޭގެފާނަށް އެކަމެއްގެ ޙަޤީޤަތް އެނގިވަޑައިނުގަންނަވާ ކަމެއްގެ މައްޗަށް ކަލޭގެފާނަށް ކެތްކުރެއްވޭނީ ފަހެ، ކޮންފަދައަކުންތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ އިރާދަކުރެއްވިއްޔާ، ތިމަންކަލޭގެފާނީ ކެތްތެރިޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އެއްވެސް އަމުރަކަށް ކަލޭގެފާނަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ. “ ދެން އެދެބޭކަލުން ހިންގަވާފައި ވަޑައިގަންނަވަމުންގޮސް ކަނޑުގެ އައްސޭރިއަށް ހިސާބައްދެވިއްޖެއެވެ. އެތަނުން ދިޔަ ނަވެއްގެ ބަޔަކާއި، އެދެބޭކަލުން އެ ނަވުގައި އުފުލައި ދިނުމަށް އެދި ވާހަކަ ދައްކައިފިއެވެ. ދެން އެނަވުގެ މީހުން އެއްވެސް އަގެއް ނުނަގައި އެދެބޭކަލުން އެރުވުމަށް އެއްބަސް ވެއްޖެއެވެ. ދެން އެދެބޭކަލުން އެނަވަށް އަރާވަޑައިގެންފިއެވެ. އަދި އެ ހިނދު ދޫންޏެއް ނަވުގެ ކައިރިއަށް އައިސް އޭތީގެ ތުން ކަނޑުގެ ތެރެއަށް ދެފަހަރަކު ކޮށްޕާލިއެވެ. ޚަޟިރުގެފާނު ވިދާޅުވިއެވެ. އޭ މޫސާ އެވެ. ތިމަންކަލޭގެފާނާއި ކަލޭގެފާނަށް ﷲ ތަޢާލާ ދެއްވާފައިވާ ޢިލްމުގެ ސަބަބުން ، މިދޫނީގެ ތުން ކަނޑަށް ކޮށްޕާލާފައި ނެގި އިރު ކަނޑުން އެއްޗެއް މަދުވިވަރާއި ގާތައްވެސް ﷲ ތަޢާލާގެ ޢިލްމުން މަދުނުވެއެވެ. ދެން އެކަލޭގެފާނު ކޯރާޑީއެއްނަގައި އެ ނަވުން ފިލައެއް ނައްޓާލައިފިއެވެ. ދެން މޫސާ ޢަލައިހިއްސަލާމް އެކަމާއި ކަންބޮޑުވެގެން ސުވާލު ކުރިއެވެ. ކަލޭގެފާނު ތިކުރީ ކީތްހެއްޔެވެ؟ އެމީހުން އެއްވެސް އަގަކާއި ނުލައި ތިމަންނަމެން އުފުލައިދިނުމުން ، ކަލޭގެފާނު ނަވަށް އަރައި، އެނަވުން ތަންގަނޑެއް ނައްޓާލައި ފޫދުއްވާލީއެވެ. “ …. قَالَ أَخَرَ‌قْتَهَا لِتُغْرِ‌قَ أَهْلَهَا لَقَدْجِئْتَ شَيْئًا إِمْرً‌ا ﴿٧١﴾ قَالَ أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرً‌ا ﴿٧٢﴾ قَالَلَا تُؤَاخِذْنِي بِمَا نَسِيتُ وَلَا تُرْ‌هِقْنِي مِنْ أَمْرِ‌ي عُسْرً‌ا ﴿٧٣﴾” سورة الكهفމާނަ : ” …މުސާގެފާނު ވިދާޅުވިއެވެ. އެ ނައު ތިޔަ ފޫދުއްވައިލެއްވީ އޭގެ އަހުލުވެރިން ޣަރަޤު ކޮށްލެއްވުމަށްތޯއެވެ؟ ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ބޮޑުވެގެންވާ ނުބައިކަމެކެވެ. އެބޭކަލަކު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނާއެކުގައި ކަލޭގެފާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ ތިމަންކަލޭގެފާނު ނުދަންނަވަންތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ހަނދުމަފުޅުނެތުން، ކަލޭގެފާނު ، ކަމަކަށް ނުހައްދަވާށެވެ! އަދި ތިމަންކަލޭގެފާނުގެ ކަންތަކަށް ދަތިކަމެއް، އުނދަގުލެއް ނުޖައްސަވާށެވެ! ”

ދެން އެ ދެބޭކަލުން ނަވުން ފައިބައިގެން ވަޑައިގަންނަވަނިކޮށް ކުޅެން އުޅުނު ކުޑަކުދިންތަކަކާއި ދިމާވެއްޖެއެވެ. ޚަޟިރުގެފާނު އެތަނުން ކުއްޖެއްގެ ބޮލުގައި ހިފައި އެކަލޭގެފާނުގެ އަތްޕުޅުން އެކުއްޖާ ޤަތުލުކޮށްލައިފިއެވެ. ދެން މޫސާގެފާނު އެކަމާއި މެދު ވިދާޅުވިއެވެ. ” …أَقَتَلْتَ نَفْسًا زَكِيَّةً بِغَيْرِ‌ نَفْسٍ لَّقَدْ جِئْتَ شَيْئًانُّكْرً‌ا ﴿٧٤﴾قَالَ أَلَمْ أَقُل لَّكَ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرً‌ا ﴿٧٥﴾ قَالَ إِنسَأَلْتُكَ عَن شَيْءٍ بَعْدَهَا فَلَا تُصَاحِبْنِي ۖ قَدْ بَلَغْتَ مِن لَّدُنِّي عُذْرً‌ا ﴿٧٦﴾فَانطَلَقَا حَتَّىٰ إِذَا أَتَيَا أَهْلَ قَرْ‌يَةٍ اسْتَطْعَمَا أَهْلَهَا فَأَبَوْا أَن يُضَيِّفُوهُمَا فَوَجَدَافِيهَا جِدَارً‌ا يُرِ‌يدُ أَن يَنقَضَّ فَأَقَامَهُ… ” سورة الكهف މާނަ : ” …. އެކަކުވެސް މަރާފައިނުވާ، ކުށެއްނެތް، ޠާހިރު ނަފްސެއް، ކަލޭގެފާނު ތިޔަ ޤަތުލު ކުރެއްވީތޯއެވެ؟ ހަމަކަށަވަރުން، ކަލޭގެފާނު ތިޔަކުރެއްވީ ވަރަށްބޮޑު ނުބައިކަމެކެވެ. އެބޭކަލަކު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނާ އެކުގައި ކަލޭގެފާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ، ތިމަންކަލޭގެފާނު ކަލޭގެފާނަކަށް ނުދަންނަވަންތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. މީގެފަހުން އެއްވެސް ކަމަކާމެދު، ކަލޭގެފާނާ ތިމަންކަލޭގެފާނު ސުވާލު ކުރައްވައިފިނަމަ، ކަލޭގެފާނާއެކު ތިމަންކަލޭގެފާނު ނުގެންދަވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ކިބައިން ކަލޭގެފާނަށް ޢުޒުރެއް ލިބިވަޑައިގެންފިއެވެ. ދެން އެެ ދެބޭކަލުން ކުރިޔަށް ހިންގަވައިވަޑައިގަންނަވަމުން، ރަށެއްގެ އަހުލުވެރިބަޔަކާ ހަމަޔަށް ވަޑައިގެންނެވުނުހިނދު، އެރަށުގެ މީހުންގެ ކިބައިން ކާއެތިކޮޅަކަށް އެ ދެބޭކަލުން އެދިވަޑައިގަތެވެ. ފަހެ، އެއުރެން އެބޭކަލުންނަށް މެހުމާންދާރީ އަދާކުރުމަށް އިންކާރުކުޅައޫއެވެ. ދެން އެރަށުން ވެއްޓެން ކައިރިވެފައިވާ ފާރެއް އެ ދެބޭކަލުން ދެކެވަޑައިގަތެވެ. ދެން އެބޭކަލަކު އެ ފާރު ތެދުކުރައްވައިފިއެވެ….” މުސާ ޢަލައިހިއްސަލާމް ޚަޟިރުގެފާނަށް ވިދާޅުވިއެވެ. މިރަށުގެ މީހުން ތިމަންނަމެންނަށް ކާއެތިކޮޅެއްވެސް ނުދިނެވެ. އަދި މެހުމާންދާރީ އަށް އެދުމުންވެސް އެމީހުން އެކަމަށްވެސް އިންކާރު ކުރިއެވެ. ނަމަވެސް ކަލޭގެފާނު ތިޔަ އެމީހުންނަށް އެ ފާރު ތެދުކޮށްދިނީއެވެ. “… قَالَ لَوْ شِئْتَ لَاتَّخَذْتَ عَلَيْهِ أَجْرً‌ا ﴿٧٧﴾ قَالَ هَـٰذَا فِرَ‌اقُبَيْنِي وَبَيْنِكَ ۚ سَأُنَبِّئُكَ بِتَأْوِيلِ مَا لَمْ تَسْتَطِع عَّلَيْهِ صَبْرً‌ا ﴿٧٨﴾ ” سورةالكهف މާނަ : ” (މޫސާގެފާނު) ވިދާޅުވިއެވެ. ކަލޭގެފާނު ބޭނުންފުޅުނަމަ، އެކަމަށް އުޖޫރައެއް ހިއްޕެވިދާނެއެވެ. އެބޭކަލަކު ވިދާޅުވިއެވެ. މިއީ ތިމަންކަލޭގެފާނާއި، ކަލޭގެފާނާ ދެމެދުގެ ވަކިވުމެވެ. ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތައްތަކުގެ ތަފްޞީރު ތިމަންކަލޭގެފާނު، ކަލޭގެފާނަށް ކިޔައިދެއްވާ ހުށީމެވެ.” ދެން ޚަޟިރުގެފާނު މޫސާގެފާނަށް އެކަންކަމުގެ ޚަބަރު ބަޔާންކޮށްދެއްވިއެވެ. ” أَمَّا السَّفِينَةُ فَكَانَتْلِمَسَاكِينَ يَعْمَلُونَ فِي الْبَحْرِ‌ فَأَرَ‌دتُّ أَنْ أَعِيبَهَا وَكَانَ وَرَ‌اءَهُم مَّلِكٌ يَأْخُذُ كُلَّسَفِينَةٍ غَصْبًا ﴿٧٩﴾ وَأَمَّا الْغُلَامُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَا أَن يُرْ‌هِقَهُمَاطُغْيَانًا وَكُفْرً‌ا ﴿٨٠﴾ فَأَرَ‌دْنَا أَن يُبْدِلَهُمَا رَ‌بُّهُمَا خَيْرً‌ا مِّنْهُ زَكَاةً وَأَقْرَ‌بَ رُ‌حْمًا﴿٨١﴾ وَأَمَّا الْجِدَارُ‌ فَكَانَ لِغُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنزٌ لَّهُمَاوَكَانَ أَبُوهُمَا صَالِحًا فَأَرَ‌ادَ رَ‌بُّكَ أَن يَبْلُغَا أَشُدَّهُمَا وَيَسْتَخْرِ‌جَا كَنزَهُمَا رَ‌حْمَةًمِّن رَّ‌بِّكَ ۚ وَمَا فَعَلْتُهُ عَنْ أَمْرِ‌ي ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرً‌ا﴿٨٢﴾ ” سورة الكهف މާނަ : ” ނަވާއި މެދު ދަންނާށެވެ! ފަހެ، އެ ނަވަކީ ކަނޑުގައި މަސައްކަތްކޮށްއުޅޭ މިސްކީން ބަޔެއްގެ ނަވެކެވެ. ފަހެ، ތިމަންކަލޭގެފާނު އެ ނައު ހަލާކުކޮށްލެއްވުމަށް ގަސްދުކުރެއްވީ ސަލާމަތުންވާ ކޮންމެ ނަވެއް ފޭރިގަނެގެން އަތުލާ ރަސްކަލަކު އެމީހުންގެ ފަހަތުގައިވާތީއެވެ. އަދި އެ ފިރިހެންކުއްޖާއާމެދު ދަންނާށެވެ! ފަހެ، އޭނާގެ މައިންބަފައިންވީ ހެޔޮލަފާ މުއުމިނުން ކަމުގައެވެ. ފަހެ، އެ ދެމީހުން އުރެދި ކާފިރުވާ ދަރަޖައަށް އެދެމީހުންނަށް އެ ކުއްޖާ އުނދަގޫކޮށް، އަނިޔާދީފާނެކަމަށް ތިމަންކަލޭގެފާނު ބިރުގަތީއެވެ. ފަހެ، ތިމަންކަލޭގެފާނު އެދިވަޑައިގަތީ، އެ ދެމީހުންގެ ވެރިރަސްކަލާނގެ، އެކުއްޖާއަށްވުރެ ހެޔޮވެގެންވާ ޞާލިޙު، އަދި އޯގާތެރިކަންބޮޑު ކުއްޖަކު އޭނާގެ ބަދަލުގައި އެދެމީހުންނަށް ދެއްވުމަށެވެ. އަދި ފާރާމެދު ދަންނާށެވެ! ފަހެ، އެރަށުގައިވާ ޔަތީމު ދެކުދިންނަށް ލިބިގެންވާ ފާރެއްކަމުގައި އެ ފާރުވިއެވެ. އަދި އެ ފާރުގެ ދަށުގައި، އެދެކުދިންނަށް ޚަޒާނާއެއް ވިއެވެ. އަދި އެ ދެކުދިންގެ ބައްޕާއަކީ، ޞާލިޙު މީހެއް ކަމުގައިވެސްވިއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވީ، އެ ދެކުދިން ބޮޑުވެ، ފުރާފުރިހަމަވުމުން، އެ ދެކުދިންގެ ޚަޒާނާ، އެ ދެކުދިން ނެރުމަށެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އޮތް ރަޙްމަތެއްގެ ގޮތުންނެވެ. އަދި ތިމަންކަލޭގެފާނު އެކަންތައްކުރެއްވީ، ތިމަންކަލޭގެފާނުގެ އަމިއްލަ ރައުޔު އަކަށް ނޫނެވެ. މިއީ ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތަކުގެ ތަފްޞީރެވެ. “
މިހާދިޘާއިން އަޅުގަނޑުމެންނަށް ލިބިދޭ އެންމެ ބޮޑު ފިލާވަޅަކީ ، ދުނިޔޭގައި ދިމާވާ ތަފާތު މުޞީބާތްތަކަށް ކެއްތެރިވުމުގެ މުހިއްމު ކަމެވެ. އަޅުގަނޑުމެންނަށް އެނގިފައި ނެއްކަމުގައިވިޔަސް ، ﷲ ތަޢާލާ ކޮންމެ ކަމެއްވެސް މެދުވެރި ކުރައްވަނީ އަޅުތަކުންނަށް އޭގައި އެންމެ މަޞްލަޙަތު ހުރި ގޮތައް ކަމަށް ޤަބޫލުކުރަން ޖެހެއެވެ. ހިތް ނުރުހޭ ކަންކަން ދުނިޔޭގައި ދިމާވާނެކަމާއި ، އެފަދަ ކޮންމެ ކަމެއްގެ ފަހަތުގައުވެސް ފޮރުވިފައިވާ އެއަށްވުރެ މާ ހެޔޮ ، ރަނގަޅު ގޮތެއްވާނެކަން ހާމަވެގެން ހިނގައްޖެއެވެ.

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.