Skip to main content

ޝަރްޢީ ބައްޕައެއް ނުވާ ދަރިންގެ ޙުކުމް


ދުނިޔެމަތީގައި ކިތަންމެ ރަނގަޅަށް އުޅުނަސް، ޝަރްޢީ ބައްޕައެއްނުވާ ދަރީން ސުވަރުގެ ނުވަންނާނޭ ކަމުގައި ބައެއްމީހުން ބުނެއުޅެއެވެ. ހަމައެހެންމެ އެއިން ކުއްޖަކާ ކައިވެނި ކުރުން ޞައްޙަނުވާނެ ކަމުގައިވެސް ބުނެއުޅެއެވެ. އަދި ޤިޔާމަތްދުވަހު އެކުދިން ތިބޭނީ ސުވަރުގެއާއި ނަރަކައާއި ދެމެދުގައިވާ ފަރުބަދައެއްގެ މަތީގައޭވެސް ބުނާތީ އަޑުއިވެއެވެ. މިއީ ކިހާވަރެއްގެ ޙަޤީޤަތެއްތޯއެވެ.


އެންމެފުރަތަމަ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އިސްލާމްދީނުގައި އައިސްފައިވާ އެއްވެސްކަމެއް އެދީނުގެ އަޞްލަކާ ފުށުނާރާނެކަމެވެ. މިމައިގަނޑު އަޞްލަށް ބަލާއިރު، އެނގިގެން ދަނީ އެއްވެސްމީހަކު އެހެންމީހަކު ކުރިކުށެއްގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމެވެ. ކޮންމެ މީހަކަށްވެސް ޖަޒާ ލިބޭނީ އެމީހަކު ކުޅަޢަމަލަކަށެވެ. މިއުސޫލު ކަނޑައަޅުއްވަމުން ﷲ ވަޙީކުރައްވާފައިވެއެވެ. [وَلَا تَزِرُ‌ وَازِرَ‌ةٌ وِزْرَ‌ أُخْرَ‌ىٰ ۗ] -سورة الإسراء ﴿١٥﴾" މާނައީ: "އެއްވެސް މީހަކު އެހެންމީހެއްގެ ފާފައިގެ ޒިންމާ އުފުލަން ނުޖެހޭނެއެވެ."
މިމައްސަލާގައި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. "ނަހަލާލު ދަރިއަކުވެސް، އީމާންވެ ޞާލިޙު ޢަމަލުކޮށްފިނަމަ ވަންނާނީ ސުވަރުގެއަށެވެ. މިއާޚިލާފަށް އުޅެފިނަމަ، އޭނާއަށްވެސް އެހެން މީހުންނެކޭ އެއްފަދައިން އޭނާ ކުރާކަންތައްތަކުގެ ޖަޒާލިބޭނެއެވެ. ﷲ ޖަޒާ ދެއްވަނީ އަޅުތަކުންގެ ޢަމަލަށެވެ. އެބައިމީހުންގެ ނަސަބަކުންނޫނެވެ. ﷲގެ ޙަޟްރަތުގައި އެންމެ މާތްމީހަކީ އެބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ."
ޝަރްޢީ ބައްޕައެއްނެތް ދަރިން ވަންނާނީ ނަރަކައަށޭ ބުނާ ބައެއްމީހުން އަންނަނިވި ޙަދީޘް އެކަމުގެ ދަލީލެއް ކަމުގައި ދެކެއެވެ. އެއީ، كَعْبُ بْنَ عُجْرَةَ ގެއަރިހުން ވާރިދުވެފައިވާ ރިވާޔަތެކެވެ. އެރިވާޔަތުގައި އައިސްފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލައްމަ ޙަދީޘްކުރެއްވިއެވެ. " يَا كَعْبُ بْنَ عُجْرَةَ ، إِنَّهُ لا يَدْخُلُ الْجَنَّةَ لَحْمٌ نَبَتَ مِنْ سُحْتٍ، النَّارُ أَوْلَى بِهِ" ( رواه التر مزي وأحمد والدارمي واللفظ لأحمد) މާނައީ:"އޭ ކަޢުބު ބުނު ޢުޖުރާއެވެ! ޙަރާމް އެއްޗަކުން ޖަހާފައިވާ މަހެއް ސުވަރުގެއަށް ނުވަންނާނެއެވެ. އޭނާ ދިޔުން އެންމެ އައުލާވެގެންވަނީ ނަރަކައަށެވެ." މިބައިމީހުން ބުނާގޮތުގައި، ނަހަލާލު ދަރިއެއްނަމަ އޭނާގެ ގައިގައި ހުންނާނީ ޙަރާމް މަހެވެ. ނަމަވެސް މިޙަދީޘްގެ މާނައަކީ، ޙަރާމް އެއްޗިހިކައިގެން މަސްޖަހާފައިވާ ކޮންމެ މީހަކު ދިއުން އެންމެ އައުލާވެގެންވަނީ ނަރަކައަށެވެ.
ހަމައެހެންމެ ބައެއްމީހުން ދެކޭގޮތުގައި މިފަދަ ކުދިން ސުވަރުގެއަކަށްވެސް އަދި ނަރަކައަކަށްވެސް ނުވަންނާނެއެވެ. އެކުދިން ތިބޭނީ ސުވަރުގެއާއި ނަރަކައާއި ދެމެދުގައިވާ الأعْرَافُ ގެ އަހްލުވެރިންނަކީ އެބައެއްގެ ހެޔޮކަންތަކާއި ނުބައިކަންތައް އެއްވަރުވެފައިވާ މީހުންނެވެ. އެބައިމީހުންނަށް ސުވަރުގެ ނުވަދެވި ސުވަރުގެއާއި ނަރަކައާއި ދެމެދުގައި الأعْرَافُ ނަމަކަށްކިޔޭ ތަނެއްގައި ދުވަސްތަކެއް ވަންދެން ތިބޭނެއެވެ. އޭގެފަހުގައި ސުވަރުގެ ވަނުމަށް މިބައިމީހުންނަށްވެސް ﷲ އަންގަވާނެތެވެ. الأعْرَافُ ސޫރަތުގެ 49-46 މިއާޔަތުން މިކަން އެނގެއެވެ. 
 ލިޔުއްވީ: ޢަބްދުލް މަޖީދު ޢަބްދުލްބާރީ

މަސްދަރު : اسلام نور

Comments

  1. site ge admin ge contact email libeyne gotheh neith?

    ReplyDelete
  2. nooney libidhaane https://www.facebook.com/Buruniyazcom ah vadhaigen thi suvaal thakuraar kollavaa

    ReplyDelete

Post a Comment

ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.