Skip to main content

ރަމަޟާން މަހު، ދެ ފަހަރު ރޯދަ ހިފަން ބޭނުން ހެއްޔެވެ

ރަމަޟާން މަހު، ދެ ފަހަރު ރޯދަ ހިފަން ބޭނުން ހެއްޔެވެ؟؟؟


ރަމަޟާން މަހަކާ އަޅުގަނޑުމެން ކުރިމަތިލާއިރު، ސުވާލަކީ މި ރަމަޟާން މަހު ކޮންމެ ދުވަހަކު ދެ ރޯދައިގެ ސަވާބު ހޯދަން ބޭނުންތޯއެވެ. ޝައްކެއްނެތި އެނގޭ ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ، އެކަމަށް އެދޭ، ޘަވާބާއި ދަރުމައަށް ދަހިވެތިވާ މީހެކެވެ. އެހެން ކަމުން މިއީ ކުރެވިދާނެ ކަމެއްތޯ ބަލާލަމާ ހިނގާށެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މި އަގުމާތްވި އިރުޝާދަށް ވިސްނާލާއިރު މިއީ ކުރެވިދާނެ ކަމެއް ކަން އެނގެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވި ކަމަށް އަލްއިމާމް އަޙްމަދު ރިވާ ކުރެއްވި ޙަދީޡެއްގައި ވެއެވެ. من فطر صائما كان له مثل أجره، غير أنه لا ينقص من أجر الصائم شيء  (أخرجه أحمد) މާނައީ – ރޯދަ ވެރިއަކު ރޯދަ ވީއްލުވައިދީފި މީހާއަށް، ރޯދަ ވެރިޔާއަށް ލިބޭ ދަރުމައިން އެއްވެސް އެއްޗެއް އުނި ނުވެ، ރޯދަ ހިފި މީހާއަށް ލިބޭފަދަ ދަރުމަ ލިބޭ ހުއްޓެވެ.


ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިއީ އެއްވެސް ޙާލެއްގައި ގެއްލުވާލައިގެން ވާނޭ ފުރުޞަތެއް ނޫނެވެ. ރޯދަ މަހުގެ ކޮންމެ ދުވަހެއްގައި އަދި އެހެން ދުވަސް ތަކުގައިވެސް މިކަމުގެ ފުރުޞަތު މި ވަނީ ހުޅުވާލެވިފައެވެ. އެމީހަކަށް ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން މިފަދަ ހެޔޮ ކަންތައްތަކުގައި ކުރިއަރައި ދާންވީއެވެ. ވާދަކުރާ މީހުން ވާދަކުރަން އެންމެ އެކަށީގެން ވަނީ މިފަދަ ކަންތައްތަކުގައެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ރޯދަ ވީއްލުމެއް ތައްޔާރު ކުރުމަށްފަހު، ގާތް ތިމާގެ ބަޔަކަށް ދަޢުވަތު ދީގެން ގެނެސް އެބައިމީހުންގެ ރޯދަ ވީއްލުވިދާނެއެވެ. އޭގެ ސަބަބުން އެބައިމީހުންގެ ރޯދައިގެ ސަވާބުގެ މިންވަރު ރޯދަވީއްލުން ދޭ މީހާއަށް ލިބިގެން ދާނެއެވެ. އަދި މިކަމުގެ ސަބަބުން، ގާތްތިމާގެ ކަމުގެ ގުޅުން ބަދަހިވެގެން ދާނެއެވެ. އެ ގުޅުމަކީ އެ ގުޅުން ޤާއިމުކޮށް ބޭއްވުމަށް ﷲ އަމުރު ކުރައްވާފައިވާ ގުޅުމެކެވެ.
ރޯދަ ވީއްލުން ދިނުމުގައި، ގާތް ތިމާގެ މީހުންނާއި، އެކުވެރި ރަޙްމަތްތެރިންނާއި، ތިމާގެ އަވަށްޓެރިންނާއި ނިކަމެތިންނަށް އިސްކަން ދޭށެވެ. ތިބާގެ މައިންބަފައިންނާއި ވަކިން ދިރި އުޅޭނަމަ އެންމެ އިސްކަމެއް ދޭން ޖެހޭނީ އެ ދެމީހުންނަށެވެ. އެދެމީހުންނަކީ ތިބާއަށް ދުނިޔޭގައި އެންމެ ހެޔޮއެދޭ ދެމީހުންނެވެ. އެ ދެމީހުންނަށް ހެޔޮކޮށް ހިތުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން އަމުރު ކުރައްވާފައިވާ ކަމެކެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިފަދަ ރަމަޟާން މަހެއް އަޅުގަނޑުމެންގެ ޙަޔާތުގައި ދެން ބައްދަލުވާނެ ކަމުގެ ޔަޤީންކަމެއް ނެތެވެ. އެހެންކަމުން މި މަހުގެ ފައިދާ އޭގެ އެންމެ ހެޔޮ ގޮތުގައި ލިބިގަންނަމާ ހިނގާށެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ތައުފީޤް ދެއްވާށި! އާމީން.



Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

ސިއްރު ސިއްރުން...!

ދޮންތީ އަކީ ވާހަކަ ލިއުމުގެ ފަންނަށް އަލަށް ނުކުންނަ ބުރުނީގެ ލޮބުވެތި ދަރިއެކްވެ. ﷲ ދޮންތިއަށް މިފަންނުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅުކުރަށްވާ ކިޔުންތެރިންގެ ހިތްތަކުން ޖާގަ ލިއްބައިދޭނެ ފަދަ އިބުރަތްތެރި މޮޅު ވާހަކަތަކެއް ސާޢީ ކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅު ކުރަށްވާށީ   

ބަރަކާތް ތެރި ރަމަޟާން މަހަށް މަރުޙަބާ

 ތިބާ ރަމަޟާން މަހައް ތައްޔާރުތޯ؟