Skip to main content

ތައުބާވެ ފާފަތަކުން ޠާހިރުވެގެންވާ ޙާލު ރަމަޟާންމަހާ ކުރިމަތިލާށެވެ!

ތައުބާވެ ފާފަތަކުން ޠާހިރުވެގެންވާ ޙާލު ރަމަޟާންމަހާ ކުރިމަތިލާށެވެ!





ރަމަޟާންމަހުގެ ޘަވާބާއި ދަރުމަޔަށް އެދޭމީހާ އެމަހާ ބައްދަލު ކުރާއިރު ކުރަން ޖެހޭ އެންމެ ފުރަތަމަ އެއް ކަމަކީ އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. {وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ} [النور: 31]  މާނައަކީ " އެންމެހާ މުއުމިނު އަޅުތަކުންނޭވެ. ތިޔަބައި މީހުން އެންމެން ﷲ ތަޢާލާގެ ޙަޟްރަތަށް ތައުބާ ވާށެވެ. އެއީ ތިޔަބައިމީހުން ކާމިޔާބު ލިބިގަތުމަށްޓަކައެވެ. "

ރަމަޟާންމަހަކީ ހުރިހާ ހެޔޮ ކަމަކާއިގެން މުއުމިނު އަޅުތަކުންނާ ބައްދަލު ކުރާ މަހަކަށް ވާއިރު މިމަހުގެ ބަރަކާތާ ޘަވާބަށް އެދޭމީހާ ކުށްފާފައިން ޠާހިރުވާން ޖެހޭނެއެވެ. މިގޮތުން މިމަސް އައުމުގެ ކުރިންނާއި މިމަހުގެ ދުވަސްތަކުގައި ގިނަގިނައިން ފާފަތަކަށް އިޢުތިރާފްވެ ތައުބާވާންޖެހޭނެއެވެ.
ތައުބާވުމަކީ ހިތް ޣާފިލްވެފައިވާ ޙާލު ތައުބާ ވެއްޖައީމޭ ދުލުން ބުނެލުމުން ފުދޭނެ ކަމެއް ނޫނެވެ. ތެދުވެރި ތައުބާއަކީ ތިމާއަށް އެނގި ހުރެ ކުރެވިފައިވާ ފާފަތަކާއި ނޭނގި ކުރެވިފައިވާނެ ފާފަތަކަށް ހިތުގެ އަޑިން އިޢުތިރާފްވެ، އެކަމާމެދު ހިތާމަކުރާ ހާލު ﷲ ތަޢާލާގެ ޙަޟްރަތުން އެފާފާތައް ފުއްސަވައިދެއްވުން އެދި ދުޢާ ކުރުމެވެ. އެހެންކަމުން ތިމާއަށް ކުރެވިފައިވާ ފާފަތަކާމެދު ރޮއި އެފާފަތައް ފުއްސެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި އާދޭސް ދަންނަވަން ޖެހޭނެއެވެ. ކީރިތިރަސޫލާ صلى الله عليه وسلم ގެ ޙަދީޘްބަސްފުޅެއްގައި ވެއެވެ. " لا يلج النار رجل بكى من خشية الله حتى يعود اللبن في الضرع " ‌ رواه الترمذي  މާނައަކީ " ﷲ ތަޢާލާދެކެ ބިރުން ރުއިމީހަކު، (ގެރީގެ) ވައްގަނޑަށް ކިރު ރުޖޫޢަ ވެއްޖައުމަށްދާންދެން ނަރަކައަށް ނުވަންނަ ހުއްޓެވެ. "
ކީރިތި ރަސޫލާ صلى الله عليه وسلم  އަކީ ހުރިހާ ކަމެއްގައިވެސް މުއުމިނުންނަށް ފުރިހަމަ ނަމޫނާއެކެވެ. މިގޮތުން އެކަލޭގެފާނަކީ، ﷲ ތަޢާލާއަށް ބިރުވެތި ވުމާއި ޚުޝޫޢަތްތެރިވުމުގެ ނަމޫނާއެކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވަނީ " ‏‏يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ  " މާނައަކީ " އޭ  އެންމެހާ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ތައުބާ ވާށެވެ. ފަހެ ތިމަންކަލޭގެފާނު ދުވާލަކު 100 ފަހަރު އެއިލާހަށް ތައުބާވަމެވެ. " މިއީ އެކަލޭގެފާނުގެ އިސްވެދިޔަ ފާފަތަކާއި އަންނަން ހުރި ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވާފައިވާ އިރުވެސް މެއެވެ. އެހެންކަމަށް ވާނަމަ އަހަރުމެން ފަދަ ތާއަބަދު ކުށްކުރެވޭ ބަޔަކު ތައުބާވާންވީ މިންވަރު ވަޒަންކޮށްލާށެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم  ޙަދީޘްކުރައްވާފައިވެއެވެ. ‏" ‏إِنَّ اللَّهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا " މާނައަކީ " ހުޅަގު ފަރާތުން އިރު އަރައްޖައުމަށް ދާންދެން، ދުވާލު ފާފަކުރާ މީހުންނަށް ތައުބާ ލެއްވުމަށް ﷲ ތަޢާލާ ރޭގަނޑު އަތްޕުޅު ފަތުރާލައްވައެވެ. ( އެބަހީ ތައުބާ ޤަބޫލު ކުރައްވައެވެ.) އަދި ރޭގަނޑު ފާފަކުރާ މީހުންނަށް ތައުބާ ލެއްވުމަށް ﷲ ތަޢާލާ ދުވާލު އަތްޕުޅު ފަތުރާލައްވައެވެ. "

ތައުބާވުމަށް ދުވަހަކުވެސް ލަހެއް ނުވެއެވެ. އެހެނީ ހުޅަނގުން އިރުއަރައިފުމަށްދަން ތައުބާގެ ދޮރު ﷲ ތަޢާލާވަނީ މުއުމިނުންނަށް ހުޅުއްވާފައެވެ. ނަމަވެސް މަރުއައިސް ތިމާގެންދާނީ ކޮން އިރަކުންކަމެއް ނޭނގެއެވެ. އެހެންކަމުން ފާފައެއް ކުރެވުމާއެކު ތައުބާވުމަށް އަވަސް ވެގަންނަން ޖެހެއެވެ. ﷲ ތަޢާލާ ވަޙީކުރައްވަނީ " كَتَبَ رَبُّكُمْ عَلَى نَفْسِهِ الرَّحْمَةَ أَنَّهُ مَن عَمِلَ مِنكُمْ سُوءاً بِجَهَالَةٍ  ثُمَّ تَابَ مِن بَعْدِهِ وَأَصْلَحَ فَأَنَّهُ غَفُورٌ رَّحِيمٌ " الأنعام 53  މާނައަކީ " ތިޔަބައިމީހުން ހައްދަވާ ބޮޑުކުރެއްވި އިލާހު، އެއިލާހުގެ ރަސްކަންފުޅަށް ރަޙްމަތް ލާޒިމްކުރެއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ނޭނގުމާއެކު ނުބައިކަމެއް ކޮށްފިމީހާ، އޭގެފަހުން ތައުބާވެ އިޞްލާޙް ވެއްޖެނަމަ، ފަހެ ހަމަކަށަވަރުން އެއިލާހީ ފާފަފުއްސަވާ ރަޙްމަތްވަންތަ އިލާހެވެ.
އަދި ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވާ މީހަކަށްވެސް އެއިލާހު ތައުބާގެ ދޮރު ބަންދުނުކުރައްވައެވެ. އެއިލާހުގެ ވަޙީބަސްފުޅުގައިވެއެވެ. " قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيم "  الزمر 53- މާނައަކީ " ވިދާޅުވާށެވެ. އޭ ތިމާމެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފަކޮށް އިސްރާފްކޮށްފައިވާ ތިމަންއިލާހުގެ އަޅުންނޭވެ. ﷲ ގެ ރަޙްމަތާމެދު އުއްމީދު ކަނޑާނުލާށެވެ. ހަމަކަށަވަރުން ﷲ އަޅުތަކުންގެ ހުރިހާ ފާފަތައް ފުއްސަވައިދެއްވައެވެ. ހަމަކަށަވަރުން އެއިލާހީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ތައުބާ ވުމުން ﷲ ތަޢާލާ އެމީހަކު ދެކެ ލޯބިވެވޮޑިގަންނަވައި އެމީހެއްގެ ފާފަތައް ހެޔޮ ކަންތައްތަކަށް ބަދަލު ކުރައްވައެވެ. އޭނާގެ ނުބައި ޢަމަލުތައް ހެޔޮ ޢަމަލުތަކަށް ބަދަލުކޮށްދެއްވައި އޭނާއަށް ތެދުމަގަށް މަގު ދައްކަވައެވެ. އަދި ހަނދާންނައްތާނުލާށެވެ. ރަމަޟާންމަހުގެ މެދު ދިހައަކީ ފާފަފުއްސެވުމުގެ ދިހައެކެވެ. އަދި ފަހު ދިހައަކީ ނަރަކައިން މުއްތިކުރެއްވުމުގެ ދިހައެކެވެ. ވީމާ އެދުވަސްތަކާ ކުރިމަތިލުމުގެ ކުރިން މިހާރުއްސުރެ ކުރެވިފައިވާ ފާފަތަކުން ޠާހިރުވެ ތެދުވެރި ތައުބާއަކުން ތައުބާވާށެވެ.



Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.