Skip to main content

ސިއްރު ސިއްރުން


ސިއްރު ސިއްރުން

ދެވަނަބައި.
 03 ނޮވެމްބަރ2012 އާ ގުޅޭ ...

” ދަރިފުޅާ!!! ކޮންތާކުން ތިއައީ؟؟؟ ހާދަ ލަސްވެއްޖޭ ،،،ބައްޕަ ދެއްމެ ދަރިފުޅު ހޯދަންއުޅުނު..” ޝިޒްނާ ގޭ ދޮރާށިން އެތެރެއަށް އެޅި ފިޔަވަޅު ހުއްޓުނީ މަންމަ ފަހީމާގެ އަޑަށެވެ.
“މި…މިއައީ އަތިރިމައްޗަށް ގޮސްލާފަ….”ފައިޒާން އާއި ބައްދަލުކުރަން ދިޔަވާހަކަ މަންމަ ކައިރީގައި ބުނާކަށް ނުކެރުނެވެ. ފައިޒާންއޭ ކިޔާފައި ރަށުމީހުން ދައްކާ ވާހަކަތައް ގަބޫލު ނުކުރުމަށް ފައިޒާން ބުނެފައިވާތީ، އެވާހަކަތަކެއް ޝިޒްނާ ގަބޫލެއްނުކުރެއެވެ. މަންމަ އަށް އެކަހަލަ ވާހަކައެއް އަޑު އިވިފައި އޮވެއްޖިއްޔާ، މަންމަ ދެކޮޅުހަދާނެކަން އިނގޭތީ އެހެން ބުނަން ނުކެރުނީއެވެ.
” އޭ….!!! ކިހިނެއްވެފަ؟؟؟” ޝިޒްނާ ސިއްސައިގެން ދިޔައީ ފަހަތުން އައިސް ޔުމްނާ އޭނަގެ ކޮނޑުގައި ޖަހާލުމުންނެވެ. ” ހުމްމމ….ޔުމް ދޯ..؟؟؟ ޔުމް އަށް ގުޅަން އުޅެނިކޮށް ތިއައީވެސް…” ހިނގާބަ ކޮޓަރިއަށް..” ޔުމްނާގެ އަތުގައި ހިފާފައި ޝިޒްނާ ގެއާ ދިމާލަށް ހިނގައިގަތެވެ..
“ދަރިފުޅުމެން ހިނގާ ކާން…” ދެކުދިން ހިނގައިގަތުމުން ފަހީމާ ބުންޏެވެ.. “މި އަންނަނީ…5 މިނެޓް…” ޝިޒުނާ އަތް ތިލަ ދައްކާލާފައި ބުންޏެވެ.
“ޝިޒޫ މިއަދު ހާދަ އުފަލުން ހުރި ދުވަހެއް ހެން ހީވޭ….އަނެއްކާ…” ޔުމްނާ ގެވާހަކަ މެދުކަނޑާލާފައި ޝިޒްނާ ބުންޏެވެ. ” ތިވާހަކަ ބުނާށޭ މިއުޅެނީވެސް.”
“އަހަރެން ކިޔަވަންފޮނުވަން މަންމަމެން ނިންމައިފި” ޝިޒްނާ ޔުމްނާގެ ކޮނޑަށް އަތްވައްޓާލަމުން ބުންޏެވެ. “އޯ…ރިއަލީތަ؟؟؟ ސަޅި…އަހަރެން ހީކުރީ އަނެއްކާ ޒައިކް އާ ގުޅުނީކަމަށް..” ޔުމްނާ އެހެން ބުނުމުން ޝިޒްނާ އެނދުގައި އިށީންނަމުން ބުންޏެވެ. ” އަނގަ…އަހަރެން.. ޒައިކްއާ…. ނުވާނެ ތިކަމެއް…އިނގޭނު މަ އުޅެނީ ފައި އާ ރައްޓެހި ވެގެންކަން”
“މަށަށް ވެސް އިނގޭ ފައި އާ ރައްޓެހި ވެގެންކަން…އެކަމު ޝިޒޫއަށް ކިހިނެއް އެނގޭނީ ފައިއޭ ކިޔައިގެން ރަށުމީހުން ކިޔަނީ ތެދެއްނޫންކަމެއް..” ޔުމްނާ ވެސް ޝިޒްނާ ކައިރީ އިށީނެވެ.
” އަހަރެން ފައިއަށް ވަރަށް ޓްރަސްޓް ކުރަން…މީހުންދައްކާ ވާހަކައެއް ގަބޫލެއް ނުކުރަން… އަހަރެން ކައިރީ ބުނި އެއީ ދޮގެކޭ….. އޭނަގެ ބިޓެއް ނުހުރޭ…. އަހަރެން ކިޔަވާ ނިމުނީމަ މެރީ ކުރާނީއޭ… އެހިސާބުން ދެން މަންމަމެން ކައިރީގަވެސް ބުނާނަން..” ފައިޒާން އޭ ކިޔާގެން މީހުން ދައްކާ ވާހަކަތަކެއް އޭނާ ގަބޫލެއް ނުކުރެއެވެ.
” ދެން އެނގިދާނެތާ…. އަހަރެންވެސް ވަރަށް އުފާވާނެ ޝިޒޫ އުފަލުގަ ހުރިއްޔާ…ޒައިކް ކަހަލަ ކުއްޖަކު އަހަރެން ކައިރީ ރައްޓެހިވާން އެހިނަމަ ވަގުތުން އެއްބަސްވާނަން..އެކަމަކު ކީއްކުރަނީދޯ….. އޭނަ އަދިވެސް ޝިޒޫއަށް އިންތިޒާރު ކުރަނީ….ޝިޒޫ ފައިއަށް އިންތިޒާރު ކުރަނީ…. ކިހިނެއްބާ ވާނީ؟؟؟ ” ޔުމްނާ ދެފަރާތައް ބޯ ހޫރާލިއެވެ.
” ދަރިފުޅާ….ދެން ހިނގަބަ ޔުމްނާ ގޮވައިގެން ކާން…ބައްޕަ އެބަ އިންނެވި ދަރިފުޅުގެ އިންތިޒަރުގަ…” ފަހީމާ  ކޮޓަރީ ދޮރު ހުޅުވާލާފައި އެހެންބުނުމުން ޝިޒްނާ އާއި ޔުމްނާ ފަހީމާގެ ފަހަތުން ކާގެއަށް ދިއުމަށް ހިނގައިގަތެވެ.
ކާ ގެއަށް ދިޔައިރު މޭޒުގެ އެއްކޮޅުގައި ބައްޕަ ޝާކިރު އަދި ވާތްފަރާތުން ޖެހިގެން އިން ގޮނޑިގައި ޝާހު އިނެވެ. ޝާހު އަކީ އެދެމަފިރިންގެ ހަގު ދަރިފުޅެވެ. ފަހީމާ ޝާހު ކައިރީ އިން ގޮޑިގައި އިށީނދެ ޝާހުއަށް ބަތް އަޅާދިނެވެ. ޝިޒްނާ އާއި ޔުމްނާ އައިސް މޭޒުގެ އަނެއްފަރާތުގައި އިށީނެވެ.
” ބައްޕަ ދަރިފުޅު ހޯދީ މާދަމާ ފުރާވަހަކަ ބުނަންވެގެން…ތައްޔާރުވެގެން ހުންނާތި..” ޝާކިރު ބަތް ކޮޅެއް އަނގަޔަށް ލިއެވެ.
” ދޮންތަ ދިޔައީމަ ކޮއްކޮ ވަރަށް ފޫހިވާނެ… ދެން ކޮއްކޮއާއެކު ކުޅެން ކުއްޖަކުވެސް ނުހުންނާނެ.” ޝާހު ޝިޒުނާއަށް  ޝަކުވާ ކޮށްލިއެވެ.
” ދޮންތަ ކިޔަވައިގެން މޮޅު ކުއްޖަކަށް ވެގެން އަންނާނަމޭ ކޮއްކޮ ކައިރިއަށް…ދޮންތަ ދިޔަސް ކޮއްކޮއަށް ގުޅާނަމޭ..” ޝިޒްނާ އެހެން ބުނުމުން ހިނިތުންވެލިޔަސް ޝާހު ހުރީ ވަރަށް ދެރަވެފައެވެ.
” މަންމަމެންނާ ދުރުގަ ހުއްޓަސް ދަރިފުޅު ބަސްއަހައިގެން ކިޔަވާތި…. ގޯސް ގޮތަކަށް ނޫޅޭތި.. މަންމަމެން ބޭނުމީ ދަރިފުޅު ކިޔަވައިގެން މޮޅުވެގެން އަންނަ ދުވަސްދެކެން..” ފަހީމާ ބުނެލިއެވެ.
ކައިނިމިގެން ޝިޒްނާ އާއި ޔުމްނާ ދިޔައީ ގޯތިތެރޭގައި ހުރި ބޮޑު އަނބުގަހުގެ ހިޔަލުގައި ހުރި ޖޯލިފައްޗަށެވެ. ” ޔުމް.. އަންނާނަން ދޯ އަހަރެން ފުރުވަން..؟؟” ޝިޒްނާ ޔުމްނާ ކައިރީ އަހާލިއެވެ.
” ޔަގީނެއްނު އަހަރެން އަންނާނެކަން…ޝިޒޫ ދިޔައީމަ އަހަރެން ވަރަށް ފޫހި ވާނެ…ކޮންމެ ދުވަހަކު ޖެހޭނެ ގުޅަން….ޝިޒޫ މަތިން ވަރަށް މިސްވާނެ…” ޔުމްނާ ބުނެލިއެވެ.
***********************************************
“މާދަމާ ފޯރ ގަ ފުރަނީ…ފައި އަންނައްޗޭ އަހަރެން ފުރާތަނަށް…” ޝިޒްނާ ވާހަކަ ދެއްކީ ފޯނުންނެވެ.
” ހުމްމމމ…ދެން ދާނަން..” ފަރުވާ ކުޑަ ގޮތަކަށް ފައިޒާން ބުންޏެވެ.
” އަހަންނަށް ގުޅައްޗޭ… ފައި މަތިން ވަރަށް މިސްވާނެ…. އަހަންނަށް އިންތިޒާރު ކުރާތި… އަހަރެން އަބަދުވެސް ފައިއަށް އިންތިޒާރު ކުރާނަން…” ޝިޒްނާ ކައިރީގައި އޮތް ބާލީހުގައި ބައްދާލިއެވެ.
” ޝިޒޫ ނުބުންޏަސް އިންތިޒާރުގަ ހުންނާނެކަން އިނގޭނު…ދެން ހިންގާ އަވަހަށް ނިދަން….ފަތިހު ޝިޒޫ ހޭލަންވެސް ޖެހޭނެއްނު….” ފައިޒާން ބޭނުންވަނީ ފޯނު ބާއްވާށެވެ.
” އޯކޭ…މާދަން ދިމާވާނެ ކަމަށް އުއްމީދު ކުރަން…ގުޑް ނައިޓް… ލަވްޔޫ….” ޝިޒްނާ ބުންޏެވެ.
” ގުޑް ނައިޓް… ލަވް ޔޫ ޓޫ…. ބާއި…” ފައިޒާން ފޯނު ކަނޑާލިއެވެ..
********************************************************
” ދަރިފުޅު ތައްޔާރުވެގެން މަންމަ މެންނާއެކު އާދޭ ބޯޓު ކައިރިއަށް،،،ބައްޕަ މިދަނީ އެދިމާލަށް…” ޝާކިރު ޝިޒްނާގެ ފޮށި ތަންމަތި ބަރޯއަކަށް ލައިގެން ނިކުންނަމުން ގޮވާލިއެވެ.
ޝިޒްނާ އަޞުރު ނަމާދު ކޮށްގެން ނިކުތްއިރު ޔުމްނާ އައިސް ހުއްޓެވެ. މަންމަމެންނާއެކު ފުރާންދާން ނިކުންނަމުން ފައިޒަން އަށް ގުޅާލިއެވެ. ދެފަހަރަކު ގުޅާލި އިރުވެސް ޖަވާބެއް ނުދެއެވެ. އެހެންވެ މެސެޖް އެއްކޮށްލިއެވެ. ” މިދަނީ ފުރަން…ކޮންތާކު….ޕްލީޒް އާދެބަ ފުރާތަނަށް…”
“ދަރިފުޅާ ރަނގަޅަށް އުޅޭތި” މަންމަ ޝިޒްނާ ބޮލުގައި ފިރުމާލާފައި ބުންޏެވެ. ޝިޒްނާ މަންމަ ގައިގަ ބައްދާލީއެވެ.  ” ކޮއްކޮ މަންމަގެ ބަސްއަހައިގެން އުޅެއްޗޭ…ދޮންތަ އަންނާނަން ވަރަށް އަވަހަށް…” ޝާހުގެ ކޮލުގައި ލޯބިން ހިފާލާފައި ބޮސްދިނެވެ..އަދި ޔުމްނާ އާއި ސަލާމް ކޮށްލިއެވެ..
ދޯންޏަށް އަރަމުންވެސް ފައިޒާން ފެނޭތޯ ބަލާލި ނަމަވެސް އޭނަ އެއް ނުފެނުނެވެ.. އޭގެ ބަދަލުގައި ފެނުނީ ޒައިކް އޭނާއަށް ހައި ޖަހާލި ތަނެވެ..ވީފޫހިން އަނެއްފަރާތަށް މޫނު އަނބުރާލާފައި ފައިޒާންއަށް މެސެޖް ކޮށްލިއެވެ.
” ފައި ކީއްވެތަ އަހަރެން ފުރުވަން ނައީ؟؟؟ ބުނީމެއްނު އަންނާނަމޭ…ވަރަށް ދެރަވެއްޖެ ފެނި ނުލީމަ…” ފައިޒާންގެ މޭމަތީގައި އޮވެ ރީނާ މެސެޖް ކިޔާލިއެވެ.

” އޭނަ ފައި ދެކެ ވަރަށް ލޯބިވޭދޯ..؟؟؟ ފައި ދެން އޭނައަށް ތިހެން ހަދާކަށް ނުވާނެއެއްނު…ބޭނުން ނުވަންޏާވެސް އޭނަކައިރީ ބުނެބަ..” ރީނާ ފޯނު ފައިޒާންއަށް ދެމުން ބުނެލިއެވެ.
” އޭނަ އަހަރެން ދެކެ ލޯބިވިޔަކަސް އަހަރެން  ލޯބި ނުވަންޏާ ކިހިނެއް އުޅޭނީ…؟؟ ރީ އަށް އިނގޭނު އަހަރެން އޭނައާއި ރައްޓެހިވީ ޖިޔާމެން ބުނި އެއްޗަކުންކަން… އެމީހުން ޝިޒޫ އަހަންނާ ރައްޓެހި ނުވާނޭ ބުނީމަ އަހަރެން ބޭނުންވީ އެކަން ވާކަން ދައްކާލަން… އެހެންނޫނަސް އިނގޭނު އަހަރެން ލޯބިވަނީ ރީ ދެކެކަން..” ފައިޒާން ރީނާގެ ގައިގައި ބައްދާލިއެވެ.
” އަނެއްކާ ފައި އަހަންނާ ރައްޓެހިވީވެސް އެކަހަލަ ގޮތަކަށްތަ..؟؟؟ ” ރީނާ އަހާލިއެވެ.  ރީނާ އަތުގެ އިނގިލިތަކުން ފައިޒާންގެ އިސްތަށިގަނޑާ ކުޅެމުން ދިޔައެވެ.
” ހޭއި…ދެން ރީ ދައްކާ ވާހަކަ ދޯ…ބަލާބަ އަހަންނަށް…” ފައިޒާން ރީނާގެ މޫނުގައި ހިފާ އޭނާގެ މޫނާ ކައިރި ކޮށްލިއެވެ. ” އަހަރެންގެ ދެލޮލުން ރީ އަކަށް ނުފެނޭތަ ލޯތްބެއް؟؟؟ ތީ އަހަރެން މިދުނިޔޭން އެންމެ ލޯބިވާ މީހަކީ….ދުވަހަކުވެސް ރީ ދޫކޮށެއް ނުލާނަން… ހެޕީތަ؟؟؟ ” ރީނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ދެއެވެ. ޝިޒުނާ އާއި ފައިޒާންގެ ގުޅުން ދިޔައީ ކުޑަވަމުންނެވެ. ކޮންމެ ފަހަރަކުވެސް އިސްވެ ގުޅަންޖެހެނީ ޝިޒްނާއެވެ. ފައިޒާން ފޯނަށް ޖަވާބުދެނީ މަދުފަހަރަކުއެވެ. ޖަވާބު ދޭ ފަހަރަކު ވެސް އުޅޭނީ އަވަހަށް ފޯނު ބާއްވަންވެގެންނެވެ.
2 އަހަރު ފަސް
     ” ދެން ކޮންއިރަކުންތަ ޝިޒޫ އަންނަނީ؟؟ މިހާރު ޝިޒޫ ދެކިލާހިތުން ހުރެވެނީ އެއްނޫން…” ޔުމްނާ ވާހަކަ ދެއްކީ ފޯނުންނެވެ.
     ” އަހަރެންވެސް މިހުރީ ޔުމްމެންނާ ބައްދަލުކޮށްލާހިތުން ކެތްމަދުވެފައި..ހީވަނީ ފްރައިޑޭގަ ދެވޭނެހެން..” ޝިޒްނާ ބުނެލިއެވެ.
” އޯގަދަ..އެހެންވިއްޔާ އީދަށް އާދެވޭނެދޯ…؟؟”
” ޔުމްނާ…” ގޭތެރެއިން ޔުމްނަގެ މަންމަ ގޮވާލިއަޑު އިވުނެވެ.
” އޭ ޝިޒޫ…މަންމަ އެބަގޮވާ…ފަހުން ގުޅާލާނަން އިނގޭ…ލަވްޔޫ…ޓޭކް ކެއަރ…ބާއި…” ޔުމްނާ ފައްޗަކަށް އަމުނާލިއެވެ.
“ޔާ،،، އޯކޭ…ބައި…” ޝިޒްނަ ފޯނުބޭއްވިއެވެ.
*    *    *    *    *    *
” ފަހީމާ… ޝިޒްނާ ބުނި މިރޭ ފުރާ ވާހަކަ.. ކޮންމެހެން ހަދާފަވެސް އޭނަ އަންނަ ތަނަށް ދާންޖެހޭނެ…މިރޭ ފުރިއްޔާ މާދަމާ ހެނދުނަށް އާދެވޭނެ…ޝާހު ކައިރީގަވެސް ބުނާތި ދޮންތަ އަންނަ ވާހަކަ..” ޝާކިރު ފަހު ބަތްސުވާ އަނގަޔަށް ލިއެވެ.  “އާ ބުނާނަން…އޭނަ ވަރަށް އުފާވާނެ ދޮންތަ އަންނަވާހަކަ ބުނެފިއްޔާ…ނޭގެ މިރޭ ނިދާނެކަމެއްވެސް.. “
*    *    *    *    *    *
ދެއަހަރު ދުވަސްވީއިރުވެސް  ރަށަށް މާބޮޑު ބަދަލެއް އައިސްފައި ނުވާކަށް ޝިޒްނާއަށް ފާހަގަ ކުރެވުނެވެ. ދޯނިން ފައިބަމުން ޝިޒްނާ ރަށުގެ މަލަމައްޗަށް ނަޒަރު ހިންގާލިއެވެ.
“ވާއު….ހާދަ ރީއްޗޭ… ހީވަނީ ކުޑަވަރެއްގެ ޕަރީއެއް ބިމަށް ތިރިކޮށްލިހެން..އަޅެމަށަށް ލިބޭނެނަމަދޯ؟؟؟” ދޯނިން ފައިބައިގެން އައި ޝިޒްނާ ފެނިފައި ޒައިކް ބުނެލިއެވެ.
“ދެން ތިވަރަށް ލޯބިވަންޏާ އޭނަ ކުރިމައްޗަށް ގޮސްފައި ބުނެބަލަ އަހަރެންގެ ހަޔާތުގެ ނަވުގައި އަހަންނާއެކުގައި ދަތުރުކޮށްދޭންވީ ނޫންހޭ.. މިހާރު އެއްކަލަ ފައިޒާންވެސް އުޅެނީ އެހެން ކުއްޖަކާ ރައްޓެހި ވެގެންނެއްނު..މަށަށް ހީވޭ މިފަހަރު ތިކަން ވެދާނެހެން..” އިމްރާން ޒައިކްގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.
” ކިހިނެއްތަ މަންމަގެ ދަރިފުޅާ؟؟ ” ފަހީމާ ޝިޒްނާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ” ހަމަ ރަނގަޅު..މަންމަމެން ފެނުނީމަ ވަރަށް އުފާވެއްޖެ..” ޝިޒްނާ ބުނެލިއެވެ.
” ދޮންތަގެ ކޮއްކޮ މިހާރު ބަލާބަ ބޮޑުކަން…ދޮންތައާއި އެއްވަރުވެއްޖެ..” ޝިޒްނާ ޝާހުގެ ކޮލުގައި ހިފަލިއެވެ. ” މިހާރު ހީވޭ ޝިޒޫ ތަންކޮޅެއް ފަލަވެއްޖެހެން… ވަރަށް ލޯބި..” ޔުމްނާ ބުނެލިއެވެ.. ” ދެން ޔުމް ދައްކާ ވާހަކަ…އަބަދު އެއްގޮތަކަށް ނުހުންނާނެއެއްނު..”  ޝިޒްނާ ޔުމްނާ އާއި ސަލާމް ކޮށް ލިއެވެ.
” އަހަ…ޒައިކް ވެސް އެބައިންދޯ…ކިހިނެއްތަ؟؟ ” ޝިޒްނާ ޒައިކްއާއި ސަލާމްކުރަން އަތްދިއްކޮށްލިއެވެ. ” ހޫމް…ކީއްތަވީ…؟؟ އަހަރެން ނުވޭތަ ޝިޒޫ ރިސީވް ކުރަން އައިސްގެން..؟؟” ޝިޒްނާގެ އަތުގައި ހިފާލަމުން ޒައިކް އަހާލިއެވެ.
“އޭއި…ކިހިނެއްވެފަ؟؟؟ ތިހެން ބަލަންހުއްޓަ އެއޮއްދިޔައީ ޝިޒޫ..” އިމްރާން ޒައިކްގެ ކޮނޑުގައި ހިފާ ތަޅުވައި ގަތެވެ. ޒައިކްގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް އައެވެ.
” އޭ ޝީޒޫ…މިހާރު ފައި އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެންތަ؟؟ ޔުމްނާ އާއި ޝިޒްނާ ހިނގަމުން ދިޔައީ ތަންކޮޅެއް ފަހަތުންނެވެ.
“ނޭނގެ އަހަންނަކަށް…ވެދާނެ ތިހެންވެސް…އަހަންނަށް އެނގޭ އެއްޗަކީ ފައި މިހާރު ވަރަށް ޗޭންޖުވެއްޖެކަން…ރަނގަޅަށް ބުނަނީނަމަ މިހާރު އަހަރުން ދެމީހުން ދޭތެރޭ  އެއްވެސް ގުޅުމެއް ނެތް…” ޝިޒްނާ ދެރަވެލާފައި ބުންޏެވެ.
” ޝިޒޫ ހިނގާބަ މިތަނުން ފެންފުޅިއެއް ނަގަން…ވަރަށް ކަރުހިއްކާ އެބަ..” ކައިރީގައި ހުރި ފިހާރައަށް އިޝާރާތް ކޮށްލަމުން ޔުމްނާ ބުންޏެވެ.
” މަންމަމެން ދޭ.. އަހަރެމެން މިދަނީ..” ޝިޒްނާ އޭނާގެ މަންމަ ކައިރީ އެހެންބުނެފައި ޔުމްނާ އާއި އެކު ފިހާރައަށް ވަނެވެ. ފެންފުޅި ޔުމްނާ އަތަށް ދީފައި ބާކީ ލާރި ބޭގަށްލަމުން ޝިޒްނާ ނިކުންނަށް ހިނގައިގަތެވެ.
” ސޮރީ….” ޝިޒްނާ ނުބަލައި ނިކުންނަނިކޮށް ދޮރުންވަދެގެންއައި މީހެއްގެ ގައިގައި ޖެހުނެވެ..
” އިޓްސް އޯކޭ…” އެމީހާގެ އަޑަށް ޝިޒްނާ ސިހިފައި ބަލާލިއިރު ކުރިމަތީ ހުރީ ފައިޒާންއެވެ. “އޯހހހ ޝިޒޫދޯ.؟؟؟ ކޮން އިރަކު އައީ..؟؟؟ މީއަހަރެންގެ ގާރލް ފްރެންޑް ރީނާ..” ފައިޒާން  ރީނާ އޭނާ އާއި ގާތްކޮށްލަމުން ބުނެލިއެވެ. (ނުނިމޭ)
 Oagaaveethee Hey 
Karunain Badhal Hoadheynee
Mee Dhuniyeygaa Badhal Dhey Goiy Hey
Kiyaa Dheynee Keekey
Angaidhee Hiyy Hoadhey Hey
Mee Dhuniyeygaa Badhal Dhey Goiy Hey

Veyney Miee Barubaadhuvaa
Roe Roe Mi Hiyy Roolhi Dhaahaa Veyey
Dheefaa Mi Gellun Fahun Roaneyey
Noolheyshe Hallan Thiee Aadha Ey
Jaanaa Hithaa Dhin Loabivaa
Neydhey Vafaa Dhen Mi Thaqdheeru Hey
Mee Dhuniyeygaa Badhal Dhey Goiy Hey

Insaafakee Olhuvaalumey
Noonee Mi Loabin Vi Majubooru Hey
Miveynee Udhaahaa Libeythee Shazaa
Othee Maruge Dhaaney Handhaaney Vane
Libumey Nethee Buneveyneyey
Vee Goiy Engeythee Badhal Vaane Hey

Comments

  1. haadha dhuvaheh vanee kobaa tha aneh bai liun theriyaa maru V tha

    ReplyDelete

Post a Comment

ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.