Skip to main content

ހަތަރު އަނބިން


ހަތަރު އަނބިން

އެއްސަހަރެއްގައި ދިރި އުޅުނު ވަރަށް މުއްސަނދި ސާދާގަރެކެވެ. މުއްސަނދިކަމާއި މުދާވެރިކަމުގައި އަރާ ހުރި ބޭކަލެކެވެ. ސާދާގަރުގެ ހަތަރު އަނބިން ތިބެއެވެ. ހަތަރު އަނބިންގެ ތެރެއިން ސާދާގަރު އެންމެ ލޯބި ވަނީ ހަނގު އަނބި ދެކެއެވެ.
ހަނގު އަނބީގެ ހުރިހާ އެދުމެއް އޭނަ ހަމަ ދުލުން ބުނެލާ އިރަށް އޮންނަނީ ފުރިހަމަވެފައެވެ. އޭނަ ރީތިކުރުމަށާއި އެރީތިކަން ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސަތްކަތެއް ކޮށްދެއެވެ
އަދި އެ ސާދާގަރު އޭނަގެ  ތިންވަނަ އަނބި ދެކެވެސް ވަރަށް ލޯބިވެއެވެ. އެ އަނބި މީހާގެ ރީތި ކަމާ ހުރެ ފަޙުރު ވެރިވެއެވެ.އަދި އޭނާގެ މުއްސަނދި ރަޙްމަތް ތެރިންނަށް އެ އަނބި މީހާ އިޝްތިހާރު ކުރެއެވެ.އެހެނަސް އޭނަ ސާދާގަރު ދޫކޮށް ހިންގައިދާނެ ކަމުގެ ބިރުވެރިކަން ހިތުތެރޭގައި އެންބުރެއެވެ.
ހަނގު އަންބާއި ތިންވަނަ އަނބެކޭ އެއްފަދައިން ސާދާގަރު އޭނާގެ ދެވަނަ އަނބި މީހާ އަށް ވެސް ލޯތްބާއި ހިތްފަސޭހަކަން ހޯދާދެއެވެ. އޭނާގެ ވިސްނުން ތޫނު ކަމަށްޓަކައި ސާދާގަރު ބޮޑާވެއެވެ. އަދި ސާދާގަރުގެ ވިޔަފާރިވެރިކަމަށް ބުރައެއް އަންނަ ކޮންމެ ފަހަރަކު އެ އަނބިމީހާގެ ބޭނުން ހިފައެވެ.
އެހެނަސް ސާދާގަރުގެ ފުރަތަމަ އަންބަކީ މުސްކުޅިވެފައިވާ އަންހެނެކެވެ. ސިފަވެސް ރީއްޗެއް ނޫނެވެ.
ކޮންމެ ގޮތެއްވިޔަސް މިއަދު ސާދާގަރަށް ލިބިފައިވާ މުއްސަނދި ކަމާ  މުދާވެރިކަން ލިބިމުގައި ތަނބެއްގެ ގޮތުގައި އެތަށް ބުރަ މަސައްކަތެއް ކޮއްފައިވާ ހިތްވަރުގަދަ ކިޔަމަންތެރި އަންބެކެވެ. ނަމަވެސް ސާދާގަރަށް އެއީ ހުންނަ މީހެއްކަންވެސް ނޭގޭ ކަހަލައެވެ. އެގޭގައި ދިރިއުޅޭ އަޅު އަންހެނުންނަށް ވުރެވެސް ނިކަމެއްޗެވެ. އެހެނަސް އިންތިހާއަށް ސާދާގަރު ދެކެ ލޯބިވާ ކެތްތެރި ކަމުގެ ލާމަސީލު މިސާލެކެވެ.އެވޭންތަކާއި އަނިޔާތަކަށް ކެތްކުރެއެވެ. އެ ކެކުޅުންތަށް ކަރުނަޔާ އެކީ ފޫއްދާލައެވެ
ދުވަސްތަކެއްފަހުން ސަދާގަރު ބަލިވެއްޖެއެވެ. ދުވަހެއް ދުވަހަކަށް ބަލިހާލު ބޮޑުވުމުގެ ސަބަބުން ދެން މާ ގިނަ ދުވަހަކު ދުނިޔޭގައި ނުހުނާނޭކަމުގެ އިހުސާސް ސާދާގަރަށް ވާން ފެށިއެވެ. އަދި އެމުއްސަނދި ދިރިއުޅުމާ ދޭތެރޭ ވިސްނާލުމަށްފަހު ހިތާހިތުން ބުނެލިއެވެ. މިހާރު އަހަރެން ގާތުގައި އަހަރެންގެ ހަތަރު އަނބިން ތިއްބަސް އަހަރެން ނިމިގެން ދާނީ އެކަންޏެވެ. ކިހާ އެކަނިވެރި ވާނެހެއްޔެވެ. ހަމަ ވަގުތުން ހަތަރުވަނަ އަނބި ހަޒިރުކުރުވިއެވެ. އަދި ބުންޏެވެ. ކަމަނާ ތީ އަހަރެން އެންމެ ލޯބިވާ  ރާނީއެވެ. ހުރިހާ އުފަލެއް ދިނީމެވެ. ހުރިހާ އަރާމާ ލައްޒަތެއް ހޯދާ ދިނީމެވެ. އަހަރެން ނިމިގެންދާ ވަގުތު އަހަންނާ އެކީ އަހަރެންގެ ބައިވެރިއެއްގެ ގޮތުގައި ދާން އަންނާށެވެ. “ތިކަމެއްނުވާނެ” ހަރުއަޑުން މިހެން ބުނުމަށްފަހު އެއަނބި މީހަ ހިނގައްޖެއެވެ. ސާދާގަރާ ދުރަށެވެ. އެ ޖަވާބުން ސާދާގަރުގެ ހިތް ކުދި ކުދިވި ކަހަލައެވެ. ކަރުނައިން ދެލޯ ފުރުނެވެ
ދެރަވެފައިވާ ސާދާގަރު ތިންވަނަ އަނބި ހާޒިރު ކުރުވިއެވެ. އަދި ހަތަރުވަނަ އަންބާވެސް މުހާތަބް ކޮށް ބުނި ޖުމްލަ ތަކުރާރު ކުރިއެވެ. ތިންވަނަ އަނބީގެ ޖަވާބަކީވެސް ނޫނެކެވެ.  މި ގަނޑުވަރުގެ ދިރިއުޅުން ވަރަށްވެސް ހިތް ފަސޭހަ ވެފައި އަރާމެވެ. އެހެނަސް އަހަރެން ތިބާމަރުވުމުން ގަސްތުކުރަނީ ދެވަނަ ކައިވެންޏެއް ކުރާށެވެ
ހިތާމައިން މޮޅިވެފައިވާ ސާދާގަރު ދެވަނަ އަނބި ހާޒިރުކޮށް ހަމަ އެޖުމްލަ އަނެއްކާވެސް ތަކުރާރުކުރުމަށްފަހު ބުންޏެވެ. ކަމަނާއެވެ. އަހަރެންގެ މުދާވެރިކަމަށް ކުޑަވެސް ބުރަ އެއް އަންނަ ކޮންމެ ފަހަރަކު އެކަން ހައްލުކޮށް އަހަންނާ އެހިވަނީ ކަމަނާއެވެ. މިފަހަރު އަހަރެންގެ އެކަނިވެރިކަން ފިލުވުމުގައި އަހަންނާ އެހީވާށެވެ. އިސްޖަހާލުމަށްފަހު ދެވަނަ އަނބި އެކަމަށް އެހީއެއް ފޯރުކޮށް ނުދެވޭނެ ކަމުގައި ބުނެ ކޮއްދެވެން އޮތް ހާވެސް ކަމަކީ ގަބުރުސްތަނާ ހަމަޔަށް ގެންގޮސް ދިނުން ކަމުގައި ބުންޏެވެ.ވިހަގަދަ ތީރެއްހެން އެ ބަސްތަށް ސާދާގަރުގެ މުޅިހަށިގަނޑަށް ހެރުނު ކަހަލައެވެ
ކުއްލިއަކަށް ކުރަކި ވެފައިވާ ބަލިކަށި އަޑެއް އަހަރެން މަނިކުފާނާ އެކީ މަނިކުފާނުގެ ބައިވެރިޔަކަށް ވެގެން ހިނގައިދާނަމޭ ބުންޏެވެ. ކޮންމެ ތަނަކަށް ކޮންމެ ހާލެއްގައި އުޅެންޖެހުނަސް ދާނަމޭ އެއަޑުގެ ވެރިޔާ ބުންޏެވެ. ހައިރާން ކަމާއެކު ސާދާގަރު އަޑު އަންނަ ދިމާލަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ފެނުނީ ހިކި އަނަރޫފަ ވެފައިވަ އަންހެނެކެވެ. އާނއެކެވެ. އެއީ ސާދާގަރުގެ ފުރަތަމަ އަނބިމީހާއެވެ. ލަދުގަނެފައިވާ ސާދާގަރު ބޭއިޚްތިޔާރުގައި އިސްޖަހާލުމަށްފަހު ބުންޏެވެ. އަހަންނަށް ތިބާއާމެދު ރަނގަޅަށް ކަންތައް ކުރެވުނު ނަމައެވެ
ހަޤީޤަތުގައި އަހަރެމެން ކޮންމެ މިހެއްގެވެސް ހަޔާތުގައި ހަތަރު އަނބިން ތިބެއެވެ
ހަނގު އަންބަކީ އަހަރެމެންގެ ހަށިގަނޑެވެ. އެރީތި ކުރަން ކިތަންމެ މަސަކަތެއް ކުރިޔަސް އަހަރުމެން ނެތިގެންދާ ދުވަހަކުން އެރީތިކަން ހިނގައިދެއެވެ
ތިންވަނަ އަންބަކި މުދާވެރިކަމެވެ. އަހަރެމެން ދުނިޔެއިން ދާ ވަގުތުން ފެށިގެން އެ އެހެން މީހެއްގެ މިލްކަކަށް ވެދެއެވެ
ދެވަނަ އަންބަކީ އާއިލާއާއި ރަހުމަތްތެރިންނެވެ. އަހަރެމެން ދުނިޔޭގައި އުޅޭއިރު ދިމާވާ ކޮންމެ އުނދަގުލެއްގައި އެހީތެރިކަން ފޯރުކޮށްދެއެވެ. އެހެނަސް އެއްމެ ފަހު ވަގުތު އެއްމެ ދުރަށްވެސް އެމީހުންނަށް ދެވެން އޮންނަނީ ގަބުރުސްތާނާ ހަމައަށެވެ
ފުރަތަމަ އަންބަކީ އަހަރެމެންގެ ފުރާނައެވެ.ދުނިޔެވީ ހަޔާތުގައި ހަނދާން ނައްތާލެވެއެވެ
އެހެނަސް ތިބާއަށް އެނގޭ ހެއްޔެވެ؟
ތިބާގެ ފުރާނައަކީ ތިބާދާ ކޮންމެ ތަނަކަށް ތިބާޔާ އެކީ ދަތުރުކުރާ ބައިވެރިއެކެވެ. އެހެން ކަމުން ވަގުތު ފާއިތުވުމުގެ ކުރިން އެއަށް ކާންދީ ބަލަހައްޓަމާ ހިންގަވާށެވެ. މަރުގެ ތަންމަތީގައި އެކަން ކުރަން އުޅުނަސް ނުވާނޭކަން ކަށަވަރެވެ

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.