Skip to main content

Posts

ޝަރްޢީ ކޯޓުގައި ކައިވެންޏާއި ވަރި ރަޖިސްޓްރީ ކުރުމުގެ މުހިއްމުކަން

ކައިވެންޏަކީ،ވަރަށް މާތް އަދި އެހައިމެ މަތިވެރި މަޤުޞަދެއްގައި ކުރެވޭ ޢަޤުދެކެވެ. ކައިވެނި ކުރިކަން އެހެންމީހުންނަށް އެންގުމުގެ ގޮތުން ކައިވެނީގެ ވަލީމާ ބޭއްވުމަކީ ސުންނަތްކަން ގަދަވެގެންވާ ކަމެކެވެ. ކައިވެނި ޞައްޙަވާނީ ކައިވެނީގެ ރުކުންތަކާއި ޝަރުޠުތައް ފުރިހަމަ ވެގެންނެވެ. ކައިވެނީގެ ރުކުންތަކަކީ، ކައިވެނީގެ ޢަޤުދާއި ވަލީވެރިޔާގެ ވަލީއާއި، ޢަދުލުވެރި ދެހެކިންގެ ހެކިބަހާއި، ކައިވެނީގެ ރަނެވެ. މިނޫނަސް ކައިވެނި ކުރުމުގައި ބަލަން ޖެހޭ ކަންތައްތަކެއް ވެއެވެ. މިހާރަކަށް އައިސް ކޯޓުގައި ރަޖިސްކުރުމަކާ ނުލައި، ބައެއްމީހުން ގޭގޭގައި އަމިއްލައަށް ކައިވެނި ކުރަމުން އެބަދެއެވެ. ކައިވެނީގެ ޢަޤުދާއި ވަލީވެރިޔާގެ ވަލީއާއި ދެހެކިންނާއި ތިބެފައި، ރަންކިޔައިގެން ކައިވެނި ކުރުމުން، ޞައްޙަވާނޭ ކަމަށް، ބައެއް ފަރާތްތަކުން ފަތުވާ ދެމުން އެބަދެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް   ގެ ދުވަސްވަރުގައިވެސް ކޯޓުގައި ކައިވެނި ރަޖިސްކުރުމެއް ނޯވެއޭ ކިޔައިގެންނެވެ. މިއީ ޙަޤީޤަތުގައި ވަރަށްބޮޑު އޮޅުވާލުވާލުމެކެވެ. ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމް   ގެ ދުވަސްވަރު ނެތް ކިތަންމެކަމެއް ދައުލަތް ހ...

ލަވައާއި މިޔުޒިކްއަކީ ….

      ތިމާގެ ހަވާނަފްސާއި އެއްގޮތަށް، އެއްވެސް ދަލީލެއްގެ މައްޗަށް ބިނާނުކޮށް ދީނުގައި ހުއްދައް ކަމެއް ޙަރާމްކުރުން، ނުވަތަ ޙަރާމްކަމެއް ހުއްދައްކުރުން މިއީ އެއްވެސް މީހެއްގެ މައްޗަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَلاَ تَقُولُواْ لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَذَا حَلاَلٌ وَهَذَا حَرَامٌ لِّتَفْتَرُواْ عَلَى اللّهِ الْكَذِبَ ) ( النحل :116 ) މާނައީ: "މާތް ﷲއާއިމެދެ، ދޮގުތައް އުފައްދައިގެން ހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ސިފަކޮށްދައްކާ ދޮގުތަކާއިމެދެ، މިއީ ޙަލާލު އެއްޗެކޭ، މިއީ ޙަރާމްއެއްޗެއްކޭ،(ނުވަތަ ކަމެކޭ) މިހެން ކިޔައި ނުއުޅޫށެވެ! " ވީމާ ކަނޑައެޅިގެން ޤުރުއާނާ ޙަދީޘުން ޙަރާމް ކަމެއްކަން އެނގޭ ކަމެއްގައި ޙަލާލޭ ބުނާމީހަކު އެކަމަށް ޙުއްޖަތް ދައްކަން ޖެހޭނެއެވެ. ހަވާނަފުސަށް ތަބަޢަވެ މިވެނިކަމެއް ޙަލާލޭ އެވެނި ކަމެއް ޙަރާމޭ ބުނުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ސަބަބަކީ ކަންތައް ޙަލާލުކުރައްވާ، ޙަރާމް ކުރައްވާ ފަރާތަކީ ހަމައެކަނި އެއްކައުވަންތަ ﷲ އެވެ.     އެގޮތުން...

މުޢުޖިޒާތް

މުޢުޖިޒާތް މުޢުޖިޒާތް ޢާންމުކޮށް ދެއްވަނީ އެބޭކަލެއްގެ ޤައުމެއް އެކަމަކުން މަޝްހޫރުވެފައިވާ ކަމަކުންނެވެ. މިކަމުގެ ބޭނުމަކީ މީސްތަކުންނަށް މާތްﷲގެ ކުޅަދުންވަންތަކަމާއި ގަދަފަދަވަންތަކަން ދެއްކެވުމެވެ. މިފަދަ މުޢުޖިޒާތްތަކުގެ ތެރޭގައި ޞާލިޙްގެފާނުގެ ޖަމަލާއި މޫސާގެފާނުގެ ޢަޞާކޮޅާއި ކަނޑު އެކަލޭގެފާނަށް ބައިކޮށްދެއްވުމާއި ޢީސާގެފާނު މާތްﷲގެ އިޒުނަފުޅާއެކު މަރުވެފައިވާމީހުން އަލުން ދިރުއްވުމާއި މާތްﷲގެ އިޒުނަފުޅާއެކު ބަލިމީހުން ފަސޭހަކޮށްދެއްވުން ހިމެނެއެވެ . ކަމެއް މުޢުޖިޒާތަކަށްވުމުގެ ޝަރުޠުތަކަކީ : 1. މީހުންނަށް އާދަވެފައިވާ ޤުދުރަތުގެ ޤާނޫނާއި ޚިލާފުވާންވާނެއެވެ. އަދި ޤުދުރަތީ ސަބަބުތަކާއި ޝަރަޙަތަކަށް ގޮންޖަހާލެވެންވާނެއެވެ . 2.   އެކަން ކުރިމަތިވާންވާނީ ކާފިރުންނަށްހުރި ގޮންޖެހުމެއްގެ ގޮތުގައެވެ. އެކަން ވާންޖެހޭނީ، ﷲ ފިޔަވާ އެހެންފަރާތަކުން އައިނަމަ، އެމީހުންނަށް ނުކުރެވޭފަދަ ކަމަކަށެވެ . 3.   އެފަދަ އެހެންއެއްޗެއް ނުވަތަ ކަމެއް އުފެއްދިގެން ނުވަތަ ކުރެވިގެން ނުވާނެއެވެ. އެފަދަ އެހެން އެއްޗެއް މީހަކަށް ހެދިއްޖެނަމަ ނުވަތަ ކުރެވިއްޖެނަމަ އެއެއްވެސް ޙާލެއްގައި...

ތަޢުބާ ނަމާދު ކުރަނީ ކިހިނެއް ކޮން ވަގުތެއްގައިތޯ

ﷲ ތަޢާލާގެ ރަޙްމަތްފުޅުން މިއުންމަތަށް ތައުބާގެ ދޮރު ވަނީހުޅުވިފައެވެ. އެއީ އިންސާނާ ނޭވާހޮޅިއަށް އެޅިއްޖެއުމަށް ދާންދެން ނުވަތަ ހުޅަނގުފަރާތުން އިރުއަރައްޖެއުމަށް ދާންދެނެވެ.

ދުޢާއާއި ތަސްބީޙު

ގެއިން ނިކުންނަ ހިނދު ކުރާ ޛިކްރު ) بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ وَلاَحَوْلَ وَلاَقُوَّةَ إِلاَّ بِاللهِ ( މާނައީ :ﷲގެ އިސްމުފުޅުގެ ބަރަކާތުން (ގެއިން ނިކުންނަމެވެ.) ﷲ އަށް މިއަޅާ ވަކީލުކޮށްފީމެވެ. އެއްވެސް ބާރެއް އަދި ފަންވަރެއް ވިޔަސް ﷲގެ ޙަޟްރަތުން މެނުވީ ނުވެއެވެ . ގެއިން ނިކުންނަ ހިނދު މިޛިކްރު ކިޔާމީހާ، މާތްﷲ އެމީހަކު ރައްކާތެރި ކުރައްވާ، އޭނާ ކުރާކަމެއް ފަހިކޮށް ދެއްވުމުގެ އިތުރުން ޝައިޠާނާގެ ކިބައިން އޭނާ ސަލާމަތް ކުރައްވާނެތެވެ . ގެއަށް ވަންނަހިނދު ކުރާ ޛިކްރު ) اللَّهُمَّ إِنىِّ أَسْأَلُكَ خَيْرَ الْمَوْلَجِ وَخَيْرَ الْمَخْرَجِ , بِسْمِ اللهِ وَلَجْنَا , وَ بِسْمِ اللهِ خَرَجْنَا , وَعَلَى اللهِ رَبَّنَا تَوَكَّلْنا ( މާނައީ: )ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އެންމެ ހެޔޮކަންބޮޑު ވަނުމާއި އެންމެހެޔޮކަންބޮޑު ނިކުތުން އެދި އިބަރަސްކަލާނގެ ޙަޟްރަތުގައި މިއަޅާ ދަންނަވަމެވެ. ﷲގެ އިސްމުފުޅުގެ ބަރަކާތުން އަޅަމެން ވަދެއްޖައީމުއެވެ. އަދި ﷲ ގެ އިސްމުފުޅުގެ ބަރަކާތުން އަޅަމެން ނިކުމެއްޖައީމުއެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އިބަރަސްކަލާނގެއަށް އަޅަ...

ނަމާދުކުރާ މީހާ ކުރިމަތީގައި ސުތުރާ ބެހެއްޓުން

ނަމާދު ކުރާ އިރު ކުރިމަތީގައި ސުތުރާއެއްގެ ގޮތުގައި އެއްޗެއް ބެހެއްޓުމަކީ ސުންނަތް ވެގެންވާ ކަމެކެވެ ސުތުރާއަކީ ނަމާދު ކުރަން ހުންނަ މީހާގެ ކުރިމަތިން މީހަކު ނުވަތަ އެއްޗެއް ހުރަސް ކުރިޔަ ނުދިނުމަށްޓަކައި ކުރިމަތީގައ ބެހެއްޓޭ ހުރަހެކެވެ .

ކިނބިހިއެޅުން

ކިނބިހިއެޅުން ކިނބިއްސެއް ފެށެނީ ނޭފަތުގެ ތެތް ފަށަލާގައި ބީރައްޓެހި އެއްޗެއް ޖެހުންފަދަކަމެއް ދިމާވެ އެފަށަލަ ހިރުވަން ފެށުމުންނެވެ. ހިރަފުސް ނުވަތަ ކެމިކަލެއް ނުވަތަ ޖަރާސީމެއް ނުވަތަ އަމިއްލައަށް ނޭފަތް ހިރުވުމުގެ ސަބަބުންވެސް އެފަށަލަ ހިރުވަފާނެއެވެ .

ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތް ކަނ

1. ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތް ކަން           ކިޔަމަންތެރިކަން އަދާކުރުމަށް އެންމެ އެދެވިގެންވާ ދުވަސްތަކުގެ ތެރޭގައި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް ހިމެނިގެންވެއެވެ.

މައުމޫމުން ސޫރަތުލްފާތިޙާ ކިޔަވަން ޖެހޭނެތޯ؟

އިމާމު މީހާ އާއި އެކަނިހުރެ ނަމާދުކުރާ މީހާ ގެ ޙައްގުގައި ސޫރަތުލްފާތިޙާ ކިޔެވުމަކީ ނަމާދުގެ ރުކުނެކެވެ. މިކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނެތެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ( لا صَلاة لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ ) މާނައަކީ: “ފާތިޙަތުލް ކިތާބި (ސޫރަތުލްފާތިޙާ) ނުކިޔަވާ މީހަކަށް ނަމާދެއް ނުވެއެވެ”.