ގެއިން ނިކުންނަ ހިނދު ކުރާ ޛިކްރު
) بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ وَلاَحَوْلَ وَلاَقُوَّةَ إِلاَّ بِاللهِ(
މާނައީ :ﷲގެ އިސްމުފުޅުގެ ބަރަކާތުން (ގެއިން ނިކުންނަމެވެ.) ﷲ އަށް މިއަޅާ ވަކީލުކޮށްފީމެވެ. އެއްވެސް ބާރެއް އަދި ފަންވަރެއް ވިޔަސް ﷲގެ ޙަޟްރަތުން މެނުވީ ނުވެއެވެ.
ގެއިން ނިކުންނަ ހިނދު މިޛިކްރު ކިޔާމީހާ، މާތްﷲ އެމީހަކު ރައްކާތެރި ކުރައްވާ، އޭނާ ކުރާކަމެއް ފަހިކޮށް ދެއްވުމުގެ އިތުރުން ޝައިޠާނާގެ ކިބައިން އޭނާ ސަލާމަތް ކުރައްވާނެތެވެ.
ގެއަށް ވަންނަހިނދު ކުރާ ޛިކްރު
)اللَّهُمَّ إِنىِّ أَسْأَلُكَ خَيْرَ الْمَوْلَجِ وَخَيْرَ الْمَخْرَجِ , بِسْمِ اللهِ وَلَجْنَا, وَ بِسْمِ اللهِ خَرَجْنَا, وَعَلَى اللهِ رَبَّنَا تَوَكَّلْنا (
މާނައީ: )ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އެންމެ ހެޔޮކަންބޮޑު ވަނުމާއި އެންމެހެޔޮކަންބޮޑު ނިކުތުން އެދި އިބަރަސްކަލާނގެ ޙަޟްރަތުގައި މިއަޅާ ދަންނަވަމެވެ. ﷲގެ އިސްމުފުޅުގެ ބަރަކާތުން އަޅަމެން ވަދެއްޖައީމުއެވެ. އަދި ﷲ ގެ އިސްމުފުޅުގެ ބަރަކާތުން އަޅަމެން ނިކުމެއްޖައީމުއެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އިބަރަސްކަލާނގެއަށް އަޅަމެން ވަކީލުކޮށްފީމެވެ(
ބޭރުންއައިސް ގެއަށް ވަންނަ ހިނދު މިޛިކްރު ކިޔައި ، ގޭގެ އަހުލުވެރިންނަށް السلام عليكم ورحمة الله މިފަދައިން ކިޔައި ސަލާމްކުރުން ހުއްޓެވެ.
ފާޚާނާއަށް ވަންނައިރު ކިޔާ ޛިކުރު
) بِسْمِ اللهِ اللَّهُمَّ إِنِّى أَعُوْذُبِكَ مِنَ الْخُبُثِ وَالْخَبَائِث(
މާނައީ: ﷲގެ އިސްމުފުޅުގެ ބަރަކާތުން (ވަންނަމެވެ.) ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ޝައިޠާނުންގެ ތެރެއިން އަންހެން ފިރިހެން ހުރިހާއެއްޗަކުން މިއަޅާ ރައްކާތެރި ކުރެއްވުމަށް އެދި އިބަރަސްކަލާނގެ ޙަޟްރަތުގައި ދަންނަވަމެވެ.
ހެދުންބާލާއިރު ކިޔާ ޛިކުރު
(بِسْمِ اللهِ الَّذِى لاَإلَهَ إلاَّ هُوَ)
މާނައީ: މާތްﷲގެ އިސްމުފުޅުން ފަށަމެވެ. އެއީ އެނޫން އެހެންއެއްވެސް އިލާހަކުނުވާ ޙައްޤު އިލާހެވެ.
ލޯގަނޑުން މޫނުބަލާއިރު ކިޔާ ޛިކުރު
( أللَّهُمَّ كَمَا حَسَّنْتَ خَلْقِى فَحَسِّن خُلُقِى )
މާނައީ: އޭއިލާހުވަންތަ ރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ ސިފަރީތިކޮށްދެއްވި ފަދައިން މިއަޅާގެ އަޚްލާޤުވެސް ރީތިކޮށްދެއްވާނދޭވެ!
ހެދުންލާއިރު ކިޔާ ޛިކުރު
(ألْحَمْدُ ِللهِ الَّذِى كَسَانِى هَذَا وَرَزَقَنِيهِ مِن غَيرِ حَوْلٍ مِنِّى وَلاَ قُوَّةٍ)
މާނައީ: އެންމެހައި ޙަމްދުޘަނާހުރީ ކީރިތިވަންތަﷲއަށެވެ. އެކަލާނގެއީ މިއަޅާގެ އެއްވެސް ބާރެއް ފަންވަރެއްނެތީސް މިއަޅާއަށް މިހެދުން ދެއްވައި، މިހެދުން އެޅުމަށް މިއަޅާއަށް ތަނަވަސްކަންދެއްވި ރަސްކަލާނގެއެވެ.
ފާޚާނާއިން ނުކުންނަހިނދު ކިޔާ ޛިކުރު
(غُفْرَانَكَ الْحَمْدُ ِللهِ الَّذِى أَذْهَبَ عَنِّى الأَذَى وَعَافَانِى)
މާނައީ: މިއަޅާގެ ކުށްފާފަތައް ފުއްސެވުމަށްއެދި އިބަރަސްކަލާނގެ ޙަޟްރަތުގައި ދަންނަވަމެވެ. އެންމެހައި ޙަމްދާއި ޘަނާހުރީ ﷲއަށެވެ. އެކަލާނގެއީ މިއަޅާގެ ކިބައިން އުނދަގޫ ފިއްލަވައި ޢާފިޔަތުގެ ނިޢުމަތް މިއަޅާއަށް ދެއްވި ރަސްކަލާނގެއެވެ.
ކެއުމުގެ ކުރީގައި ކިޔާ ޛިކްރު
بِسْمِ اللّهِ الرَّحْمَنِ الرَّحِيمِ
މާނައީ: ރަޙްމާންވަންތަ ރަޙީމްވަންތަ ﷲގެ އިސްމުފުޅުގެ ބަރަކާތުން އަޅުކާންފަށަމެވެ.
ކާންފަށާއިރު މިޛިކްރު ކިޔުމަށް ހަނދާންނެތިއްޖެމީހާ، އެކަން ހަނދާންވުމުން بسم الله أوله وآخره ކިޔާހުށިކަމެވެ.
މާނައީ: (ކެއުމުގެ) ކުރީކޮޅުގައާއި ފަހުކޮޅުގައިވެސް ﷲގެ އިސްމުފުޅުގެ ބަރަކާތް އަޅު ލިބިގަންނަމެވެ.
ކައި އަވަދިވުމުން ކިޔާ ޛިކުރު
( أَلْحَمْدُ ِللهِ الَّذِى أَطْعَمْنَا وَسَقَانَا وَجَعَلْنَا مُسْلِمِيْنَ )
މާނައީ: {އެންމެހައި ޙަމްދު ޘަނާހުރީ ﷲއަށެވެ. އެކަލާނގެއީ އަޅަމެންނަށް ކާންދެއްވައި، އަދި އަޅަމެންނަށް ބޯންދެއްވި ރަސްކަލާނގެއެވެ. އަދި އަޅަމެން މުސްލިމުންކަމުގައި ލެއްވި ރަސްކަލާނގެއެވެ.
ކިބިހިއެޅޭހިނދު ކިޔާ ޛިކްރު
( أَلْحَمْدُ ِللهِ )
މާނައީ: އެންމެހައި ޙަމްދުޘަނާހުރީ ﷲއަށެވެ.
ކިބިހިއެޅިމީހާ ހަމްދުކުރިއަޑު އިވުމުން ޖަވާބުގައި ކިޔާ ޛިކުރު
(يَرْحَمُكَ اللهُ)
މާނައީ: މާތްﷲ ތިބާއަށް ރަޙްމަތް ލައްވާންދޭވެ!
ކިބިހިއެޅުނުމީހާ މީގެ ޖަވާބުގައި ކިޔާ ޛިކުރު
(يَهْدِيْكُمُ اللهُ وَيُصْلِحُ بَالَكُمْ)
މާނައީ: މާތްﷲ ތިޔަބައި މީހުންނަށް ތެދުމަގު ދައްކަވާނދޭވެ! އަދި އެކަލާނގެ ތިޔަބައި މީހުންގެ ޞިއްޙަތު ސަލާމަތުން ލަހައްޓަވާންދޭވެ!
ނިދުމުގެ ކުރީގެ ޛިކްރު
(بِاسْمِكَ أللَّهُمَّ أَمُوْتُ وَأَحْيَا، بِاسْمِكَ رَبِّىْ وَضَعْتُ جَنْبِى، وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا، وَإِنْ أَرْسَلْتَهَا فَاحْفِظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِيْنَ)
މާނައީ: ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ ނިދަނީ އަދި ނިދިން ހޭލައި ދިރިއުޅެނީ އިބަރަސްކަލާނގެ އިސްމުފުޅުގެ ބަރަކާތުންނެވެ. މިއަޅާ ހެއްދެވި ރަސްކަލާކޮ! އިބަރަސްކަލާނގެ އިސްމުފުޅުން މިއަޅާ ހަށިގަޑު ބާއްވަމެވެ. އަދި އެހަށިގަޑު އުފުއްލަމެވެ. މިއަޅާގެ ފުރާނަ ގެންދަވައިފިނަމަ އެފުރާނައަށް އޯގާތެރިވެ ވޮޑިގަންނަވާނދޭވެ! އެ ފުރާނަ ދުނިޔޭގައި އުޅެން ފޮނުއްވައިފިނަމަ އިބަރަސްކަލާނގެ ޞާލިޙުއަޅުން ރައްކައުތެރިކުރައްވާފަދައިން އެފުރާނަ ރައްކައުތެރިކުރައްވާނދޭވެ!
ނިދިން ތެދުވާހިނދުގެ ޛިކްރު
(الْحَمْدُ لِله الَّذِي أَحْيَانَا بَعْدَمَا أَمَاتَنَا وَإِلَيْهِ النُّشُور)
މާނައީ: އެންމެހައި ޙަމްދާއި ޘަނާ ހުރީ މާތްﷲއަށެވެ. އެކަލާނގެއީ، އަޅަމެންނަށް ނިދުމުގެ އަރާމުގެ ނިޢުމަތް ދެއްވުމަށްފަހު، ހޭލައި ދިރިއުޅުމުގެ ހެޔޮތައުފީޤު ދެއްވި ރަސްކަލާނގެއެވެ. އަދި ދިރުއްވުމާއި މަޙްޝަރު ކުރެއްވުންވަނީ ހަމައެކަނި އެކަލާނގެ ޙަޟްރަތަށެވެ.
އަދި ނިދިން ހޭލާ ވަގުތު އަންނަނިވި ޛިކުރު ކިޔާ މީހެއްގެ ކިތަންމެ ގިނަ ފާފަ ހުރިކަމުގައިވިޔަސް ފުއްސަވާ ދެއްވާނެކަމަށް މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ އަރިހުން ބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘްއެއްގައި ވެއެވެ.
(لاَإِلَه إِلاَّاللهُ وَحْدَهُ لاَشَرِيْكَ لَهُ , لَهُ المُلْكُ وَلَهُ الْحَمْدُ , وَهُوَ عَلَى كُلِّ شَىءٍ قَدِيْرٌ، سُبْحَانَ اللهِ، وَالْحَمْدُ ِللهِ، وَلاَإِلَهَ إِلاَّ اللهُ وَاللهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ الْعَلِيِّ العَظِيْمِ. رَبِّ اغْفِرْلِى)
މާނައީ: ﷲމެނުވީ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އެކަލާނގެއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެއްވެސްގޮތަކުން އެކަލާނގެ އަކަށް ބައިވެރިޔަކުނުވެއެވެ. ހުރިހައި ތަކެއްޗެއް މިލްކުވެވޮޑިގެންވަނީ އެކަލާނގެ ޙަޟްރަތަށެވެ. އަދި އެންމެހައި ޙަމްދު ޘަނާ ޙައްޤުވެގެން ވަނީވެސް އެކަލާނގެ ޙަޟްރަތަށެވެ. އެކަލާނގެއީ، ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ﷲގެ ހުސްތާޙިރުވަންތަ ކަމާއެވެ. ﷲއަށް ރިވެތި ތާރޫފާޢު ޘަނާ ލިބިވޮޑިގެންވެއެވެ. ﷲ ފިޔަވާ އެހެން އިލާހަކު ނުވެއެވެ. ﷲއީ އެންމެ މަތިވެރި ރަސްކަލާނގެއެވެ. މަތިވެރި ގަދަ ކީރިތިވަންތަ ﷲފިޔަވާ އެހެން ފަރާތަކުން އެއްވެސް އާރެއް ބާރެއް ނުވެއެވެ. ހައްދަވާ ބޮޑުކުރެއްވި މިއަޅާގެ ވެރި ރަސްކަލާކޮ! މިއަޅާއަށް ފާފަ ފުއްސަވާނދޭވެ!
ނިދީގައި ސިއްސައިގެންގޮސް ހޭލެވުމުން ކިޔާ ޛިކުރު
(أَعُوْذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ , وَمِنْ هَمَزَاتِ الشَّيَاطِيْنِ وَأَنْ يَحْضُرُوْنِ )
މާނައީ: އެކަލާނގެ ކޯފާވެވޮޑިގަތުމުންނާއި، އެކަލާނގެ ޢުޤޫބާތުންނާއި، އެކަލާނގެ އަޅުތަކުންގެ ނުބައިކަމުންނާއި، ޝައިޠާނުންގެ ވަސްވާސްތަކުންނާއި، އެޝައިޠާނުން މިއަޅާގެ ގާތަށް އައުމުންނާއި މިކަންކަމުން މިއަޅާ ސަލާމަތް ކޮށްދެއްވައި ރައްކާތެރިކޮށް ދެއްވުންއެދި ދަންނަވަނީ، ﷲގެ ފުރިހަމަވެގެންވާ ކަލިމަފުޅުތަކުގެ ބަރަކާތުންނެވެ.
ނިދަންއުޅެ ނުނިދުނީމާ ކިޔާ ޛިކުރު
(اللَّهُمَّ غَارَتِ النُّجُوْمُ، وَهَدَأَتِ الْعُيُونُ، وَأَنْتَ حَيٌّ قَيُّوْمٌ، لاَتَأْخُذُكَ سِنَةٌ وَلاَ نَومٌ، يَاحَيُّ يَاقَيُّوْمُ! أَهْدِئ لَيْلِى وَأَنِمْ عَيْنِى)
މާނައީ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ތަރިތައް އޮއްސިއްޖެއެވެ! އަދި ލޯތައް ހަމަހިމޭންވެއްޖެއެވެ. (އެބަހީ: ނިދައިފިއެވެ.) އަދި އިބަރަސްކަލާނގެއީ ދިރިދެމިވޮޑިގެން، އަމިއްލަ ޛާތުފުޅާއިގެން ޤާއިމުވެވޮޑިގެންވާ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ ޙަޟްރަތަށް ނިދިޖެހުމެއް ނުވަތަ ނިދުމެއްވިޔަސް ކުޑަތަންވެސްނުވެއެވެ. އޭ ދިރިދެމިވޮޑިގެންވާ ރަސްކަލާކޮ! މިއަޅާގެ ރޭގަނޑަގެ ވަގުތުހިތްހަމަޖެހޭ ހަމަހިމޭންވަގުތެއް ކަމުގައި ލައްވާނދޭވެ! އަދި މިއަޅާގެ ލޮލަށް ނިދި އަންނަގޮތް މެދުވެރިކުރައްވާނދޭވެ!
މީހަކު ދަޢުވަތެއްދީފިނަމަ ކައިނިމޭހިނދު ކިޔާ ޛިކުރު
(أَفْطَرَ عِنْدَكُمْ الصَّائِمُونَ وَأَكَلَ طَعَامَكُمُ الأَبْرَارُ ، وَصَلَّتْ عَلَيْكُمُ المَلاَئِكَةُ)
މާނައީ: ތިޔަބައިމީހުންގެ ގެއިން ރޯދަވެރީން ރޯދަވީއްލަވާށިއެވެ. އަދި ތިޔަބައިމީހުންގެ ކާއެއްޗެތި ޞާލިޙު އަޅުތަކުން ކެއުމަށް މެދުވެރިކުރައްވަވާށިއެވެ! އަދި މަލާއިކަތްބޭކަލުން ތިޔަބައިމީހުންގެ މައްޗަށް ރަޙްމަތްލެއްވުން އެދި ދުޢާކުރައްވާށިއެވެ.
ދަތުރަށް އަރާހިނދު ކުރާ ޛިކުރު
(سُبْحَانَ الَّذِى سَخَّرَلَنَا هَذَا وَمَا كُنَّالَهُ مُقْرِنِيْنَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُون)
މާނައީ: އަޅަމެންނަށް އެއަށްކުޅަދާނަކަން ލިބިގެންނުވާޙާލު އަޅަމެންނަށްޓަކައި މިކިޔަމަން ކޮށްދެއްވި ރަސްކަލާނގެ ހުސްޠާހިރުވަންތަ ކަމާއެވެ! އަދި ހަމަކަށަވަރުން އަޅަމެން އެނބުރި ރުޖޫޢަވާހުށީ އަޅަމެންގެ ވެރިރަސްކަލާނގެ ހަޟްރަތަށެވެ.
ދަތުރަކު ފުރަންދާމީހާއަށް އަލްވަދާޢު ކިޔުމަށް ކިޔާ ޛިކުރު
(أَسْتَوْدِعُ اللهَ دِيْنَكَ وَأَمَانَتَكَ وَخَوَاتِيْمَ عَمَلِكَ)
މާނައީ: ތިބާގެ ދީނާއި އަނބިދަރީންނާއި މުދަލާއި ތިބާގެ ޢަމަލުގެ ނިމުން ރައްކައުތެރިކުރެއްވުމަށް އެދި ހުސްޠާހިރުވަންތަ ﷲއަށް ދުޢާކުރަމެވެ.
ދަތުރުކުރަމުންދާއިރު ތަނަކަށްމަޑުކުރާހިނދު ކިޔާ ޛިކުރު
(أَعُوْذُ بِكَلِمَاتِ اللهِ التَّامَّاتِ مِن شَرِّمَا خَلَقَ)
މާނައީ: ﷲގެ ފުރިހަމަކަލިމަފުޅުތަކުގެ ބަރަކާތުން، ނުބައި ކަންތަކުންނާއި ތަކެތީން ރައްކައުތެރި ކުރެއްވުމަށް އެދި އެކަލާނގެއަށް ދުޢާކުރަމެވެ.ކަނޑުގައި ދުއްވާ އެއްޗަކަށް އަރާހިނދުކިޔާ ޛިކުރު
ކަނޑުގައި ދުއްވާ އެއްޗަކަށް އަރާހިނދުކިޔާ ޛިކުރު
(بِسْمِ ٱللَّهِ مَجْرَاهَا وَمُرْسَاهَا إِنَّ رَبِّى لَغَفُورٌ رَّحِيمٌ)
މާނައީ: މީގެ ދުވުމާއި މަޑުޖެހުންވަނީ މާތްﷲގެ އިސްމުފުޅުގެ ބަރަކާތުންނެވެ. ހަމަކަށަވަރުން، އަޅުގެވެރި ރަސްކަލާނގެއީ އެންމެ ބޮޑަށް ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ.ނުރައްކާތެރި ބަލިޙާލެއްގައިވާ މީހަކު ފެނިއްޖެނަމަ ކިޔާ ޛިކުރު
ނުރައްކާތެރި ބަލިޙާލެއްގައިވާ މީހަކު ފެނިއްޖެނަމަ ކިޔާ ޛިކުރު
(الْحَمْدُللهِ الَّذِى عَافَانِى مِمَّا ابْتَلاَكَ بِهِ وَفَضَّلنِى عَلَى كَثِيْرٍ مِمَّنْ خَلَقَ تَفْضِيْلاً)
މާނައީ: އެންމެހައި ޙަމްދާ ޘަނާހުރީ ﷲއަށެވެ. އެކަލާނގެއީ ތިބާއަށް ޖެހިފައިވާ އިމްތިޙާނު ކުރެއްވުމުގެ ބަލިން މިއަޅާ ސަލާމަތްކުރައްވައި ޢާފިޔަތުގެ ނިޢުމަތް މިއަޅާއަށް ދެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން ގިނަތަކެތީގެ މައްޗަށް މިއަޅާމާތްކުރައްވައި މިއަޅާގެ މައްޗަށް ފަޟްލުވަންތަ ވޮޑިގެންވެއެވެ.
ބަލިމީހާއަށް ޒިޔާރަތްކުރާހިނދު ކިޔާ ޛިކުރު
(أَسْأَلَ اللهُ الْعَظِيْمَ رَبَّ العَرْشِ العَظِيْمِ أَنْ يَشْفِيَكَ) سَبَعَ مرات
މާނައީ: މަތިވެރި ޢަރްޝްގެވެރި މާތްﷲގެ ޙަޟްރަތްގައި ތިބާޔަށް ޝިފާދެއްވުން އެދި ދުޢާ ދަންނަވަމެވެ. (07 ފަހަރު)ރުޅިއަންނަ ހިނދު ކިޔާ ޛިކުރު
ރުޅިއަންނަ ހިނދު ކިޔާ ޛިކުރު
(أَعُوْذُ بِاللَّهِ مِنَ الشَيْطاَنِ الرَّجِيْمِ)
މާނައީ: ރަޙްމަތުން ދުރުކުރެވިގެންވާ ޝައިޠާނާގެ ނުބައިކަމުން މިއަޅާ މާތްﷲގެ ރައްކާތެރިކަން ލިބިގަންނަމެވެ.
ހިތާމައެއް ދިމާވުމުން ކިޔާ ޛިކުރު
(إِنَّا ِللهِ وَإِناَّ إِلَيْهِ رَاجِعُوْنَ اللَّهُمَّ أْجُرْنِى فِى مُصِيْبَتِى وَأخْلُفْ لِى خَيْرًا مِنْهَا)
މާނައީ: އަޅަމެން މިލްކުވެގެންވަނީ މާތްﷲއަށެވެ. އަދި އަޅަމެން އެނބުރިދާހުށީވެސް އެކަލާނގެ ޙަޟްރަތަށެވެ. އޭއިލާހުވަންތަ ރަސްކަލާކޮ! މިއަޅާއަށް ކުރިމަތިވެފައިވާ މުޞީބާތަށް މިއަޅާއަށް ދަރުމަދެއްވާނެދޭވެ! އަދި މީގެ ބަދަލުގައި މިއަށްވުރެ ހެޔޮކަމެއް މިންވަރު ކުރައްވާނދޭވެ!
އުނދަގުލެއްޖެހިފައިވާ މީހާ ކިޔާ ޛިކުރު
(اللَّهُمَّ لاَسَهْلَ إِلاَّمَا جَعَلْتَهُ سَهْلاَ وَأَنْتَ تَجْعَلُ الْحُزْنَ إِذَا شِئْتَ سَهْلاً)
މާނައީ: އޭ އިލާހުވަންތަ ރަސްކަލާކޮ! އިބަރަސްކަލާނގެ ފަސޭހަކޮށްދެއްވި ކަމެއްމެނުވީ ފަސޭހްކަމެއް ނުވެއެވެ. އިބަރަސްކަލާނގެ އެދިވޮޑިގެންފިނަމަ އުނދަގޫކަމެއް ލުއިފަސޭހަ ކަމަކަށް ބަދަލުކޮށްދެއްވަމުއެވެ.
ޤަބުރުސްތާނަށް ޒިޔާރަތްކުރާހިނދު ކިޔާ ޛިކުރު
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ