Skip to main content

އަނބީންގެ މަސްއޫލިއްޔަތު


އަނބީންގެ މަސްއޫލިއްޔަތު





بســــم اللــه الرحـمــن الرحـــيم

الحمد لله الذي خلق الإنسان من طين. وجعل نسله من سلالة من ماء مهين. والصّلاة والسّلام على سيّدنا محمّد أشرف الأنبياء والمرسلين. وعلى آله وصحبه أجمعين. أمّا بعد!

ކުޑަވެސް ޝައްކެއްނެތެވެ. އަންހެނުންނަކީ އިންސާނީ ނަސްލު އުފެއްދުމަށްޓަކައިވާ ދަނޑުތަކެކެވެ. ޙަޤީޤަތުގައި މޮޅުގޮވާމުގެ  ބިންތައްވާ ޤައުމުތަކަކުން ނޫނީ ރަނގަޅު މޮޅު މޭވާ އާއި ގޮވާމުގެ ބާވަތްތައް ނެރެ ދައްކައެއް ނުލެވެއެވެ. އަދި ގޮވާންކުރުމަށް މޮޅު ބިން، ޢިމާރާތްތައް ހެދުމަށާއި، އިންޑަސްޓްރީތައް ޤާއިމު ކުރުމަށް ބޭނުން ކުރަން ވެއްޖެނަމަ ގޮވާންކުރުމުގެ ޞަލާޙިއްޔަތު އެބިންތަކުން ނެތިގެން ހިނގައިދާނެއެވެ. އެއިރަކުން އެބިންތަކަކުން މޮޅުމޭވާއާއި ގޮވާމުގެ ބާވަތްތަކެއް ނެރެއެއް ނުދެއްކޭނެއެވެ. އަޅުގަނޑުމެން މިނަޟަރުން ވިސްނާބަލާއިރު އިންސާނިއްޔަތުކަން ފުރިހަމަވެ، އަނބިވަންތަކަމާއި މައިވަންތަކަމުގެ މަސްއޫލިއްޔަތުތައް އެއިގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ ޞަލާޙިއްޔަތު ލިބިގެންވާ އަންހެނުންތަކެއް އުޅޭ ޤައުމަކުން ނޫނީ ފުރިހަމަ އިންސާނިއްޔަތުކަންވާ ދަރިންތަކެއް ނުއުފެދޭނެއެވެ.
އަނބިވަންތަކަމާއި، މައިވަންތަކަން މިއީ ކަނޑައެޅިގެން އަންހެންވަންތަކަމެވެ. ޤައުމެއްގައި ފުރިހަމަ އިންސާނުންތަކެއް އުފެއްދުމަށްޓަކައިވާ އަންހެނުންގެ ކިބައިގައި ހުންނަންޖެހޭ އަނބިވަންތަކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޞަލާޙިއްޔަތު ނައްތާލުން މިއީ އެ ޤައުމެއްގެ ހަލާކެވެ. މިހެނީ އަންބަކަށްވުމާއި، މަޔަކަށްވުން މިއީ އަންހެނުންގެ އަންހެންވަންތަކަމެވެ. ވީއިރު މިދެބައިގެ މަސްއޫލިއްޔަތުތައް އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމުގެ ޞަލާޙިއްޔަތާއި ޤާބިލިއްޔަތުކަން ލިބިގަތުން މިއީ، ޤައުމާއި ވަޠަނަށްޓަކައި، އަދި ހަމަ އެހެންމެ އަންހެނުންގެ ޙަޔާތަށްޓަކައިވެސް އަދާކުރެވެން އޮތް އެންމެ މުހިއްމު ވާޖިބެވެ. އަންހެނުންގެ ކުރިއެރުމަކީ ޙަޤީޤަތުގައި މިވާޖިބު އަދާކުރުމުގައި ފުރިހަމަކަން ލިބިގަތުމެވެ.
ދަންނަވަންތޯއެވެ! އަންހެނުންނަކީ ބޮޑު ބުރަތަކެއް އުފުލަންޖެހޭ ބައެކެވެ. ޠަބީޢީ ގޮތުން އުފުލަންޖެހިފައިވާ ބުރަތަކާއެކު ޒިވާޖީ ޙަޔާތަކަށްފެށުމުން އަނބިވަންތަކަމާއި، މައިވަންތަކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ބުރަ އުފުލަންޖެހެއެވެ. މިގޮތުން އެކަނބަލުން އުފުލަންޖެހިފައިވާ އަނބިވަންތަކަމުގެ މަސްއޫލިއްޔަތުތަކަށް ބަލާއިރު މައިގަނޑުގޮތެއްގައި އެ އެކުލެވިގެންވަނީ ދެކަމެއްގެ މައްޗަށެވެ.

1.     ފިރިމީހާގެ ރުހުން ލިބިގަތުން
ޙަޤީޤަތުގައި ފިރިމީހާގެ ރުހުން ލިބިގަތުން މިއީ އަންހެނެއްގެ ޙަޔާތުގެ އެންމެ ބޮޑު ކާމިޔާބީއެވެ. އަދި އަންހެނެއްގެ އަންހެންވަންތަކަމުގެ އެންމެ އިސް މަޤްޞަދަކީ މިއީއެވެ. އަންހެނަކަށް އެ ކަނބުލޯގެ މި މަޤްޞަދު ކާމިޔާބުކޮށްގަތުމުގައި ވިސްނަންޖެހޭ އެތައް ގިނަ ކަންތައްތަކަކާއި، އުފުލަންޖެހޭ ވަރަށް ގިނަ ބުރަތަކެއް ވެއެވެ. މިޘާލަކަށް، ތިމާ ފެނުމުން ފިރިމީހާގެ ލޮލަށް ފިނިކަން ލިބޭނެހާ ގޮތްތައް ތަދުބީރު ކުރުން، އޭނާ ހިތްހަމަޖައްސައި އުފާކުރުވާފައި ބަހައްޓާނެ ގޮތްތަކާމެދު ވިސްނުން، ފިރިމީހާގެ ހަށިގަނޑަށް އަރާމު ދިނުމަށްޓަކައިތިމާގެ ހަށިގަނޑު އޭނާއާ ޙަވާލު ކުރާނެ ތަފާތު ގޮތްތައް ތަދުބީރުކޮށް ވިސްނުންފަދަ ކަންތައްތައް ހިމެނެއެވެ. މިއީ ޙަޤީޤަތުގައި ވަރަށް ބޮޑު ބުރައެކެވެ.

2.     ޚިދުމަތް ކުރުން
ދެމަފިރިވަންތަކަމުގެ ދިރިއުޅުމުގައި މިއީ ވަރަށްވެސް ބުރަބޮޑު މަސްއޫލިއްޔަތެކެވެ. މިހެން ކަމުން މި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ނޯކަރުންގެ އެހީ ހޯދައިދެވޭވަރު ވާނަމަ ފިރިމީހާ ނޯކަރުންގެ އެހީ އިންތިޒާމުކޮށް އަނބިމީހާއަށް ލުއިކޮށްދޭންޖެހެއެވެ. މިހެނީ މި މަސްއޫލިއްޔަތު އެކުލެވިގެންވަނީ ވަރަށްގިނަ ބައިތަކެއްގެ މައްޗަށެވެ.
       (ހ)  ގެއާއެކު ގޯތިތެރެ ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.
       (ށ)  އަންނައުނު ދޮވެ އިސްތިރިކޮށް ބެލެހެއްޓުން.
       (ނ)  ކައްކައި ކާންދީ ތަށިތެލި ސާފުކޮށް ގެންގުޅެ ބެލެހެއްޓުން.
       (ރ)  ގޭގެ ސާމާނު ވަކި ނިޡާމަކުން ތަރުތީބުކޮށް ބެލެހެއްޓުން.

ދެން އަޅުގަނޑުމެން ނިކަން މައިވަންތަކަމުގެ މަސްއޫލިއްޔަތުތަކަށް ބަލާލަމާ ހިންގަވާށެވެ. މިބައިގައި މައިގަނޑުގޮތެއްގައި ވަނީ އެންމެ ކަމެކެވެ. އެއީ ދަރީން ތަރުބިއްޔަތުކޮށް ބެލެހެއްޓުމެވެ. މިއީވެސް ވަރަށް ބުރަބޮޑު މަސްއޫލިއްޔަތެކެވެ. މި މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ބައިތަކަށް ކޮންމެހެން ޚިޔާލު ބަހައްޓަން ޖެހެއެވެ.
         (ހ)  ދަރީގެ ޞިއްޙަތާމެދު ޚިޔާލު ބެހެއްޓުން.
         (ށ)  އިސްލާމްދީނުގެ ޢަޤީދާތައް ކުއްޖާގެ ހިތުގައި ހަރުލެއްވުމަށް ޚިޔާލު ބެހެއްޓުން.
         (ނ)  ކުއްޖާއަށް ސާފުތާހިރުކަން ދަސްކޮށްދިނުމަށް ޚިޔާލު ބެހެއްޓުން.
         (ރ)  ރީތި އަދަބާއި އަޚްލާޤް ދަސްކޮށްދިނުމަށް ޚިޔާލު ބެހެއްޓުން.
         (ބ)  އިސްލާމީ ޘަޤާފަތަށް ކުއްޖާ ހޭނުވުމަށް ޚިޔާލު ބެހެއްޓުން.
         (ޅ)  ﷲއާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ލޯބި ކުއްޖާގެ ހިތަށް ވެއްދުމަށް ޚިޔާލު ބެހެއްޓުން.
         (ކ)   ޤުރުއާނުގެ ލޯބި ކުއްޖާގެ ހިތަށް ވެއްދުމަށް ޚިޔާލު ބެހެއްޓުން.
         (އ)  ދީނީ ރޫޙު ކުއްޖާގެ ހިތުގައި އުފެއްދުމަށް ޚިޔާލު ބެހެއްޓުން.
         (ވ)  އިންސާނިއްޔަތުގެ އެންމެހާ ޝުޢޫރުތަކެއް ކުއްޖާގެ ހިތުގައި ގަދަ ކުރުމަށް ޚިޔާލު ބެހެއްޓުން.

ދަންނަވަންތޯއެވެ. ދަރިޔާގެ އެންމެ ފުރަތަމަ މަދްރަސާއަކީ މައިމީހާއެވެ. މިހެންކަމުން މައިވަންތަކަމުގެ ލޯބި ދަރިޔަށް ދިނުމުގެ އިތުރަށް ކުއްޖާ ތަރުބިއްޔަތުކޮށް ގެންގުޅެ ބެލެހެއްޓުމުގައި އިސްވެ ބަޔާންވެ ދިޔަކަންތައްތަކާމެދު މަންމަ ވަކީން ސަމާލުކަން ދޭންޖެހެއެވެ. މަންމަގެ މި މަސްއޫލިއްޔަތު އަދާކުރުމުގައި ބައްޕަވާނީ އެހީތެރިއަކަށެވެ.

ޠަބަޢީ ބުރަތަކާއެކު އަންހެނުން އުފުލަންޖެހިފައިވާ މި ބުރަތަކުގެ އިތުރަށް އެކަނބަލުންނަށް އެހެން ބުރައެއް ޖެއްސުން އެއީ ކަނޑައެޅިގެން އެކަނބަލުންގެ މައްޗަށް ވެވޭ އަނިޔާއަކަށް ނޫނީ ނުވެ ނުދާނެއެވެ. އަދި ވަކީން އެކަނބަލުންގެ މި މަސްއޫލިއްޔަތުތަކުން އެއްކިބާކޮށް ދުރުކޮށްލުމީ ކަނޑައެޅިގެން މުޅި އިންސާނިއްޔަތަށް ވެވޭ އަނިޔާއެކެވެ. އަދި އެއިރުން އިލާހީ ޚިލްޤަތު ބަދަލުކޮށްލުމަށް މަސައްކަތްވެވެނީއެވެ. އިލާހީ ޤާނޫނު އުވާލެވެނީ އެވެ. ނަތީޖާއަކަށް ވާނީ ފިތުނަ ފަސާދަތައް އުފެދުމެވެ. މިއަދު މުޅި ދުނިޔެ ދެކެމުން ދަނީ މި ހިތި ނަތީޖާއެވެ. ޒިވާޖީ ޙަޔާތުގެ ބާއްޖަވެރިކަން ގެއްލިގޮސް ދެމަފިރިވަންތަކަމުގެ ޙަޔާތް ބަރުބާދުވަނީއެވެ. ޢާއިލާތަކުގެ ހަރުދަނާކަން ގެއްލިދަނީއެވެ. މުޢާޝަރާތައް ފާސިދުވަނީއެވެ. މުޖްތަމަޢުގެ ހަމަޖެހުމާއި ހިމޭންކަން ނެތިދަނީއެވެ. އިންސާނިއްޔަތުގެ ޝުޢޫރުތައް ނެތިގޮސް ޟަމީރުތައް މަރުވަނީއެވެ.

الله سبحانه وتعالى ، އިސްލާމީ ދިވެހި އުއްމަތް، މިބާވަތުގެ އެންމެހާ ނުރައްކާތަކުން ސަލާމަތް ކުރައްވައި ރައްކާތެރި ކުރައްވާށިއެވެ! އާމީން.


Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.