Skip to main content

ރިހަފޮޅި

ބޭނުންވާ ތަކެތި
2 ގަނޑު ވަލޯމަސް ( ކުދިކޮށް ކޮށާފައި)
2 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)
2 ސައިސަމުސާ ލޮނުމެދު ( ގާނާފައިހުރި )
4 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު
1 ދަޅު ޓޮމާޓޯ ޕޭސްޓް
2 ސައިސަމުސާ ޗިސްކޮށްފައިހުރި އިނގުރު
3 ހިކަނދިފަތް
2 /1 ސައިސަމުސާ ރީނދޫ
3 އިންޗި ރާނބާފަތް( 2 /1 އިންޗިއަށް ބުރިކޮށްފައިހުރި)
ލޮނުކޮޅެއް
3 ޖޯޑު ފުށް
2 ބިސް
2 /1 ޖޯޑު ކާށި ބޯކިރު
ކުޑަލޮނުކޮޅެއް


ތައްޔާރުކުރާނެ ގޮތް
ކިރާއި ފެން ބިސް އަދި ކުޑަކުޑަ ލޮނުކޮޅެއް އެއްކޮށްފައި ފުށްގަނދު އޮލަކޮށް ގިރާލާށެވެ. ( ސަމުސަލުން ތަވާޔަށް އަޅާލެވޭވަރަށް) ދެން އެހެން ތެއްޔެއް އުނދުންމައްޗަށް އުދާލާފައި ކުޑަތެޔޮ ފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ ކޮޅާއި ހިކަނދިފަތް މިރުސް އަދި ރާނބާފަތް އެއްކޮށް އަޅާލުމަށްފަހު ފިޔާކޮޅު މޯޅިވީމާ މަސްގަނޑަށް ބޭނުންވާހުރިހާބާވަތްތައް އެއްކޮށް އަޅާލާފައި ރޯފިލުމުން އުނދުންމަތިން ބާލާށެވެ. އެއަށްފަހު ތަވާއުނދުންމައްޗަށް އުދާލާފައި ހޫނުވީމާ ކުޑަ ތެޔޮ ފޮދެއް ތަވާގައި ހާކާފައި ތުނިކޮށް ކުދިކޮށް ފޮޅި އަޅާށެވެ. އެއްފަރާތް ފިހެވުނީމާ މަސްކޮޅެއް އަޅާފައި އޮޅާލާށެވެ. ފުށާއި މަސްހުސްވަންދެން ފޮޅިފިހެފައި މަސްލާފައި އޮޅަމުން ދާށެވެ.

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

ސިއްރު ސިއްރުން...!

ދޮންތީ އަކީ ވާހަކަ ލިއުމުގެ ފަންނަށް އަލަށް ނުކުންނަ ބުރުނީގެ ލޮބުވެތި ދަރިއެކްވެ. ﷲ ދޮންތިއަށް މިފަންނުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅުކުރަށްވާ ކިޔުންތެރިންގެ ހިތްތަކުން ޖާގަ ލިއްބައިދޭނެ ފަދަ އިބުރަތްތެރި މޮޅު ވާހަކަތަކެއް ސާޢީ ކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅު ކުރަށްވާށީ   

ބަރަކާތް ތެރި ރަމަޟާން މަހަށް މަރުޙަބާ

 ތިބާ ރަމަޟާން މަހައް ތައްޔާރުތޯ؟