Skip to main content

ވަޢުދު ފުއްދުން...



ވަޢުދު ފުއްދުން...
އެއްދުވަހަކު މުސްލިމުންގެ ދެވަނަ ޚަލީފާ، ﷲ ރުއްސުންލެއްވި ޢުމަރުލްފާރޫޤްގެ ޚަލީފާކަމުގެ ދަރުބާރުގައި، ޢަދުލާއި އިންޞާފުގެ ބާޒާރު ހިނގަމުން ދަނީއެވެ. މަތީ ދަރަޖައިގެ އަޞްޙާބުން ވަޑައިގެން ތިއްބެވިއެވެ. ތަފާތު މައްސަލަތައް ހުށެހެޅި ނިމެމުން ދެއެވެ.
ކުއްލިއަކަށް ދެ ޒުވާނަކު ވަރަށް މޫނު އަލި ޒުވާނަކު ހިފަހައްޓައިގެން ދަރުބާރަށް ގެނެސްފިއެވެ. އަދި އެ ދެމީހުން މައްސަލަ ހުށަހަޅަމުން ދެންނެވިއެވެ. " އޭ މުއުމިނުންގެ އަމީރެވެ! މިއަނިޔާވެރިޔާގެ ކިބައިން އަޅުގަޑުމެންނަށް އަޅުގަޑުމެންގެ ޙައްޤު ލިބިދެއްވާށެވެ. މީނާ އަޅުގަޑުމެންގެ މުސްކުޅި ބައްޕަ މަރާލައިފިއެވެ."
ﷲ ރުއްސުންލެއްވި ޢުމަރުލްފާރޫޤް އެ ޒުވާނާއާ ދިމާއަށް ބައްލަވާފައި ވިދާޅުވިއެވެ. "މިދެމީހުންގެ ދަޢުވާ އަޑުއަހައިފީމެވެ. ދެން ކަލޭ ބުނާށެވެ. ކަލޭގެ ޖަވާބަކީ ކޮބައި ހެއްޔެވެ؟"
އޭނާ ވަރަށް ސާފު ޢިބާރާތުން ހުރިހާ ވާހަކަތަކެއް ކިޔައި ދީފިއެވެ. އޭނާގެ ވާހަކައިގެ ޚުލާޞާއަކީ ތިޔަކަންތައް އަޅުގަނޑުގެ ކިބައިން ވެއްޖެއެވެ. އަދި އަޅުގަޑު ރުޅިއައިސްގެން ގޮސް ހިލައަކުން ޖެހުމުން އެ މުސްކުޅިޔާ މަރުވީއެވެ!"
ﷲ ރުއްސުންލެއްވި ޢުމަރުލްފާރޫޤް ވިދާޅުވިއެވެ. "ކަލޭގެ ކުށަށް އިޢުތިރާފު ވެއްޖެއެވެ. ވީމާ ޤިޞާޞް ހިފުން ލާޒިމުވީއެވެ. އަދި މުސްކުޅިޔާގެ ފުރާނައިގެ ބަދަލުގައި ކަލެއަށް ޖެހޭނީ ކަލޭގެ ފުރާނަ ދޭށެވެ."
ޒުވާނާ އިސްދަށަށް ޖަހާލާފައި ދެންނެވިއެވެ. " އިމާމާގެ ޙުކުމްފުޅާއި އިސްލާމީ ޝަރީޢަތުގެ ފަތުވާ ޤަބޫލު ކުރުމުގައި އަޅުގަޑުގެ އެއްވެސް ޢުޛުރެއްނެތެވެ. ނަމަވެސް ވާހަކައެއް ދަންނަވަން ވެފައި އެބައޮތެވެ."






އެއީ ކޮންވާހަކައެއްތޯ ސުއާލު ވެވުމުން އޭނާ ދެންނެވިއެވެ. ބާލިޣު ނުވާ ކުޑަ ފިރިހެން ކޮއްކޮއެއް އަޅުގަޑުގެ ވެއެވެ. އެ ކޮއްކޮގެ ބައްޕަ މަރުވީއިރު މަރުވީ އެކުއްޖާ ބާލިޣުވުމުން އެކުއްޖާއަށް ދިނުމަށްޓަކައި ކޮންމެވެސް ވަރަކަސް ރަން އަޅުގަޑާއި ޙަވާލުކޮށްފައެވެ. އަޅުގަނޑު ވަނީ އެރަން، ބިމުގެ ކޮންމެވެސް ތަނެއްގައި ވަޅުލާފައެވެ. އަދި އެވަޅުލާފައި ވާ ތަނެއް އަޅުގަޑު ނޫން މީހަކަށް އެނގިގެން ނުވެއެވެ. އެރަން އެކުއްޖާއަށް ނުލިބިއްޖެއްޔާ ޤިޔާމަތްދުވަހުން އަޅުގަޑު އެއަށް ޒިއްމާވާން ޖެހޭނެއެވެ. ވީމާ އަޅުގަޑު އެދެނީ، ތިން ދުވަހަށް އަޅުގަޑަށް މުހުލަތު ދެއްވާ ޟަމާނަތުގެ މައްޗަށް އަޅުގަޑު ދޫކޮށްލެއްވުމެވެ."
ﷲ ރުއްސުންލެއްވި ޢުމަރުލްފާރޫޤް އިސްދަށަށް ޖައްސަވައިގެން އިންނަވާ މިކަމާމެދު ވިސްނަވާލެއްވުމަށްފަހު އިސްއުފުއްލަވާފައި ވިދާޅުވިއެވެ. "އެންމެ ރަގަޅެވެ. ތިންދުވަހަށްފަހު ޤިޞާޞްގެ ކަންތައް ފުރިހަމަކުރުމަށްޓަކައި ކަލޭ ޙާޟިރުވެދާނެކަމަށް ޖާމިނުވާނީ ކާކު ހެއްޔެވެ؟"
ﷲ ރުއްސުންލެއްވި ޢުމަރުލްފާރޫޤްގެ ވިދާޅު ބަސްފުޅަށް އެޒުވާނާ ހަތަރުފަރާތަށް ބަލާލިއެވެ. ޙާޟިރުވެގެން ތިބި މީހުންގެ މޫނަށް ނަޡަރު ހިންގާލުމަށްފަހު أبو ذر العفارى رضى الله عنه އާއި ދިމާއަށް އިޝާރާތްކޮއްފައި ދެންނެވިއެވެ. "މީނާ އަޅުގަޑުގެ މައްޗަށް ޖާމިނުވެލައްވާނެއެވެ."
ﷲ ރުއްސުންލެއްވި ޢުމަރުލްފާރޫޤް އެއްސެވިއެވެ. "އޭ أبو ذر އެވެ. ކަލޭގެފާނުން ޖާމިނުވެލައްވަންތޯއެވެ؟"
أبو ذر ވިދާޅުވިއެވެ. "އެއްވެސް ޝައްކެއްނެތި އަޅުގަޑު ޖާމިނުވަމެވެ. މިޒުވާނާ ތިންދުވަސް ފަހުން ޙާޟިރުވާނެއެވެ."



މި ޖާމިނުވެލެއްވި ޞަޙާބީއަކީ މަތީ ދަރަޖައިގެ ޞަޙާބީއެކެވެ. މިހެންކަމުން ﷲ ރުއްސުންލެއްވި ޢުމަރުލްފާރޫޤްވެސް ޤަބޫލު ކުރައްވައިފިއެވެ. ދަޢުވާ ކުރި ދެޒުވާނުންވެސް ރުހިއްޖެއެވެ. އަދި އެޒުވާނާ ދޫކޮށްލެވިއްޖެއެވެ.
މިހާރު މިއީ ތިންވަނަ ދުވަހެވެ. ﷲ ރުއްސުންލެއްވި ޢުމަރުލްފާރޫޤްގެ ދަރުބާރު ޤާއިމްވެއްޖެއެވެ. މަތީ ދަރަޖައިގެ އަޞްޙާބުން ޖަމާވެއްޖެއެވެ. އެއްކަލަ ދެޒުވާނުންވެސް އަތުވެއްޖެއެވެ. އަދި ﷲ ރުއްސުންލެއްވި أبو ذر ވެސް ވަޑައިގެންފިއެވެ. އަދި ކަނޑައެޅިފައިވާ ވަގުތަށް ކުށްވެރިޔާ ޙާޟިރުވުމުގެ އިންތިޡާރު ކުރެވެން ފަށައިފިއެވެ. މިހާރު ވަގުތު ފާއިތުވަމުން ދަނީއެވެ. އަދިވެސް ޚަބަރެއްނުވެއެވެ. ﷲ ރުއްސުންލެއްވި أبو ذر އާމެދު އަޞްޙާބު ބޭކަލުންގެ މެދުގައިވަނީ ކަންބޮޑުވާގޮތް ވެފައެވެ. ދެޒުވާނުން ކުރިއަށް ޖެހިލާފައި ދަންނަވައިފިއެވެ. "އޭ އަބޫޒައްރުއެވެ. އަޅުގަޑުމެންގެ ކުށްވެރިޔާ ކޮބައިތޯއެވެ؟"
ﷲ ރުއްސުންލެއްވި أبو ذر ފުރިހަމަ ޔަޤީންކަމާއި އިސްތިޤްލާލާއި އެކު ދެންނެވިއެވެ. "ތިންވަނަ ދުވަހުގެ ކަނޑައެޅިފައިވާ ވަގުތަށް އޭނާ ޙާޟިރު ނުވެ، ވަގުތު ފާއިތުވެއްޖެނަމަ ﷲ ގަންދީ ބުނަމެވެ. އަޅުގަޑު އަޅުގަޑުގެ ޟަމާނަތު ފުރިހަމައަށް އަދާކުރާނަމެވެ."
ފާރޫޤީ ޢަދާލަތަށްވެސް ޖޯޝް އަތުވެއްޖެއެވެ. ﷲ ރުއްސުންލެއްވި ޢުމަރުލްފާރޫޤް ހަމަޖެހިލައްވައިގެން އިށީދެވަޑައިގެންފިއެވެ. އަދި ވިދާޅުވިއެވެ. "އޭނާ ނައަތުވެއްޖެއްޔާ أبو ذر އާއި މެދުގައި ޝަރީޢަތް އެދޭގޮތަށް ކަންތައްކުރެވޭނެއެވެ."
މިއަޑު އިވުމާއެކު އަޞްޙާބުންގެ މެދުގައި ކަންބޮޑުވާގޮތް ވެއްޖެއެވެ. ބައެއް ބޭކަލުންގެ ލޯ ފެންކަޅި ވެއްޖެއެވެ. އަދި ބައެއް ބޭކަލުންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަން ފަށައިފިއެވެ. މަޖުބޫރު ވެގެން މީސްތަކުން ދަޢުވާކުރާ ދެމީހުންގެ ކައިރިން މަރުގެ ދިޔަ ޤަބޫލުކުރުމަށް ބުނަން ފަށައިފިއެވެ. އެ ދެމީހުން އެގޮތް ޤަބޫލު ކުރުމުން އިންކާރުކޮށްފިއެވެ. އަދި އެމީހުން ބޭނުމީ މަރަށް މަރުހިފަން ކަމަށެވެ.

ކޮންމެއަކަސް މީސްތަކުން ކަންބޮޑުވެ ޙައިރާންކަމުގެ ތެރޭގައި ތިއްބާ ކުއްލިއަކަށް ކުށްވެރިޔާ ދައްކާލައިފިއެވެ. އޭނާވަނީ ދަލުން ފޯވެ ނޭވާ ހާސްވެފައެވެ. އޭނާ އައިސް ﷲ ރުއްސުންލެއްވި ޢުމަރުލްފާރޫޤްގެ ކުރިފުޅުމައްޗަށް ހުއްޓި އަދަބުވެރިކަމާއެކު ސަލާމް ގޮވާލާފައި ދެންނެވިއެވެ. "އަޅުގަނޑު މިއައީ އެކުއްޖާ، އޭނާގެ މައިފުށުގެ ބޮޑުބޭބެއާއި ޙަވާލުކޮށްފައެވެ. އަދި އޭނާގެ މުދާތައްވެސް އޭނާއާއި ޙަވާލުކޮށްފީމެވެ. މިހާރު ދެން، އަމީރުލްމުއުމިނީން، ﷲއާއި ރަސޫލާ(ޞައްލަﷲ ޢަލައިހި ވަސައްލަމަ)ގެ ޙުކުމް އަޅުގަނޑުގެ މައްޗަށް ތަންފީޛު ކުރައްވާށެވެ."
 އެހިނދު ﷲ ރުއްސުންލެއްވި أبو ذر ވިދާޅުވިއެވެ. "އޭ މުއުމިނުތަކުންގެ އަމީރެވެ! ﷲ ގަންދީ ބުނަމެވެ. މިއީ ކާކުކަން އަޅުގަޑު ނުދަންނަމެވެ. މީނާ އުޅެނީ ކޮންތަނެއްގައިކަންވެސް އަޅުގަޑު ނުދަންނަމެވެ. އަދި ހަމަ އެދުވަހުގެ ކުރިން އޭނާގެ ސޫރަވެސް އަޅުގަޑު ނުދެކެމެވެ. ނަމަވެސް އެހެން އެންމެން ފިޔަވައި އޭނާ، އޭނާގެ ޖާމިނަކަށް އަޅުގަޑު ހެދުމުން، އެއާއި އިންކާރު ކުރުންވީ މުރުއްވަތްތެރިކަމާއި ޚިލާފް ކަމެއް ކަމުގައެވެ. އަދި އޭނާއަކީ ވަޢުދާއި ޚިލާފް ނުވާނޭ މީހަކު ކަން އަޅުގަޑަށް ޔަޤީންވެއްޖެއެވެ. އެހެންކަމުން އަޅުގަޑު ޖާމިނުވީއެވެ."
އޭނާ ކުއްލިއަކަށް އައިސް ޙާޟިރުވުމުން އެތާގައި ތިބި އެންމެންނަށް ވެސް އާދަޔާއި ޚިލާފު ހިތްހަމަޖެހުމަކާއި ފޯރިއެއްލިބުނެވެ. ދަޢުވާކުރި ދެޒުވާނުންވެސް ޖޯޝާއެކު ދެންނެވިއެވެ. " އޭ މުއުމިންތަކުންގެ އަމީރެވެ! އަޅުގަޑުމެން، އަޅުގަޑުމެންގެ ބައްޕަގެ ލޭ މަޢާފްކޮށްފީމެވެ."
ހަތަރު ފަރާތުން އުފާވެރިކަމުގެ އަޑުތައް އިވުނެވެ. ﷲ ރުއްސުންލެއްވި ޢުމަރުލްފާރޫޤް މޫނުފުޅު އަލިކުރައްވަމުން ވިދާޅުވިއެވެ. "އަހަރެން ކަލޭމެންގެ ބައްޕަގެ މަރުގެ ދިޔަ ބައިތުލްމާލުން އަދާކުރާނަމެވެ. އޭރުން ކަލޭމެންނަށް ތިޔަ ޚުލްޤު ހެޔޮ ކަމާއެކު ފައިދާވެސް ލިބުނީއެވެ."
އެދެމީހުން ދެންނެވިއެވެ. "އަޅުގަޑުމެންގެ ޙައްޤު މަޢާފްކުރީ ހަމައެކަނި ﷲގެ ރުހިވޮޑިގަތުން އެދިގެންނެވެ. ވީމާ މިހާރު ދެން އަޅުގަޑުމެންނަކަށް އޭގެ ބަދަލުގައި އެއްވެސް އެއްޗެއް ހިފުމުގެ ޙައްޤެއް ނުވެއެވެ."
މިހާތަނަށް މި ޢިބްރަތުން ފުރިގެންވާ ވާހަކަ ނިމުނީއެވެ. ޢިބްރަތް ލިބިގަތް މީހަކަށް ފައިދާ ހުއްޓެވެ.

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.