Skip to main content

އެކަން ތިބާގެ މަންމައަށް ތިބާ ރުހޭނެ ހެއްޔެވެ؟



އެކަން ތިބާގެ މަންމައަށް ތިބާ ރުހޭނެ ހެއްޔެވެ؟
أبو أمامة  ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.: ހަމަ ކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިއަހަށް ޒުވާނަކު އައެވެ. އަދި ދެންނެވި އެވެ. "އޭ ﷲ ގެ ރަސޫލާއެވެ. އަހުރެންނަށް ޒިނޭ ކުރުމަށް ހުއްދަ ދެއްވާށެވެ."

ދެން އަޞްޙާބު ބޭކަލުން އޭނާއާ ދިމާއަށް ތެދުވެ ވަޑައިގެންނެވުމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. " އޭނާ ދޫކޮށްލާށެވެ!"
ދެން އެ ޒުވާނާ ކައިރި ކުރައްވައި ފިއެވެ.
ދެން ޙަދީޘް ކުރެއްވިއެވެ. " ކަލޭގެ މަންމައަށް އެކަން ލޯބި ކުރަން ހެއްޔެވެ؟" (އެބަހީ؛ މީހަކު ކަލޭގެ މަންމައާ ޒިނޭ ކުރުމަށް ކަލޭ ރުހޭނަން ހެއްޔެވެ؟)
ޒުވާނާ ބުންޏެވެ." ނޫނެކެވެ. ﷲ ގަންދީ ބުނަމެވެ. ކަލޭގެފާނަށް ފިދާއަކަށް އެއިލާހު އަހުރެން ލެއްވިއެވެ."
ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. " މީސްތަކުން ވެސް އެމީހުންގެ މައިންނަށް އެކަމަށް (އެބަހީ؛ ޒިނޭއަށް) ލޯތްބެއް ނުކުރެއެވެ. ކަލޭގެ އަންހެން ދަރިއަށް ކަލޭ އެކަމަށް ލޯބި ކުރަން ހެއްޔެވެ؟ (އެބަހީ؛ މީހަކު ކަލޭގެ އަންހެން ދަރިއާ ޒިނޭ ކުރުމަށް ކަލޭ ރުހޭނަން ހެއްޔެވެ؟)
ޒުވާނާ ބުންޏެވެ." ނޫނެކެވެ. ﷲ ގަންދީ ބުނަމެވެ. ކަލޭގެފާނަށް ފިދާއަކަށް އެއިލާހު އަހުރެން ލެއްވިއެވެ."
ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. " މީސްތަކުން ވެސް އެމީހުންގެ އަންހެން ދަރިންނަށް އެކަމަށް (އެބަހީ؛ ޒިނޭއަށް) ލޯތްބެއް ނުކުރެއެވެ. ކަލޭގެ އުޚްތަށް ކަލޭ އެކަމަށް ލޯބި ކުރަން ހެއްޔެވެ؟ (އެބަހީ؛ މީހަކު ކަލޭގެ އުޚްތާ ޒިނޭ ކުރުމަށް ކަލޭ ރުހޭނަން ހެއްޔެވެ؟)
ޒުވާނާ ބުންޏެވެ." ނޫނެކެވެ. ﷲ ގަންދީ ބުނަމެވެ. ކަލޭގެފާނަށް ފިދާއަކަށް އެއިލާހު އަހުރެން ލެއްވިއެވެ."




             ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. " މީސްތަކުން ވެސް އެމީހުންގެ އަންހެން ދަރިންނަށް އެކަމަށް (އެބަހީ؛ ޒިނޭއަށް) ލޯތްބެއް ނުކުރެއެވެ. ކަލޭގެ ބަފާފުށުގެ ބޮޑުދައިތައަށް ކަލޭ އެކަމަށް ލޯބި ކުރަން ހެއްޔެވެ؟ (އެބަހީ؛ މީހަކު ކަލޭގެ ބަފާފުށުގެ ބޮޑުދައިތައާ ޒިނޭ ކުރުމަށް ކަލޭ ރުހޭނަން ހެއްޔެވެ؟)
ޒުވާނާ ބުންޏެވެ." ނޫނެކެވެ. ﷲ ގަންދީ ބުނަމެވެ. ކަލޭގެފާނަށް ފިދާއަކަށް އެއިލާހު އަހުރެން ލެއްވިއެވެ."
ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. " މީސްތަކުން ވެސް އެމީހުންގެ އަންހެން ދަރިންނަށް އެކަމަށް (އެބަހީ؛ ޒިނޭއަށް) ލޯތްބެއް ނުކުރެއެވެ. ކަލޭގެ މައިފުށުގެ ބޮޑުދައިތައަށް ކަލޭ އެކަމަށް ލޯބި ކުރަން ހެއްޔެވެ؟ (އެބަހީ؛ މީހަކު ކަލޭގެ މައިފުށުގެ ބޮޑުދައިތައާ ޒިނޭ ކުރުމަށް ކަލޭ ރުހޭނަން ހެއްޔެވެ؟)
ޒުވާނާ ބުންޏެވެ." ނޫނެކެވެ. ﷲ ގަންދީ ބުނަމެވެ. ކަލޭގެފާނަށް ފިދާއަކަށް އެއިލާހު އަހުރެން ލެއްވިއެވެ."
ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަތްޕުޅު އެޒުވާނާގެ ބޮލުގައި އަޅުއްވައި ދުޢާކުރެއްވިއެވެ. "އޭ ﷲ! އޭނަގެ ފާފަތައް ފުއްސަވައި، އޭނަގެ ހިތް ޠާހިރު ކުރައްވައި، އޭނާގެ ލަދުވެތި ގުނަވަން ރައްކާތެރި ކުރައްވާނދޭވެ!"
އޭގެ ފަހުގައި މި ޒުވާނާ އެފަދަ ކަމަކަށް ކުރިމަތިލާ މީހަކު ކަމުގައެއް ނުވެއެވެ.

·         މިއީ އިމާމް އަޙުމަދު ، ޞައްޙަ ސަނަދުން ބަޔާން ކުރައްވާފައިވާ ޙަދީޘެކެވެ. (السلسلة الصحيحة މިފޮތް ބައްލަވާށެވެ. 1/370 )

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.