Skip to main content

ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ ނަމޫނާއެއް




ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ ނަމޫނާއެއް

އެއްފަހަރަކު އުންމަތުގެ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަނގުރާމައަކުން ވަޑައިގަންނަވަނިކޮށް ދުވާލުގެ އަލިކަން ފަހަނަޅާ ރޭގަޑުގެ އަދިރިކަމަށް ވަދެވިއްޖެއެވެ.


އެހެންކަމުން އެކަލޭގެފާނުން ކޮންމެވެސް ތަނެއްގައި ޤިޔާމު ކުރައްވަން ނިންމަވައިފިއެވެ. އަދި ޙަދީޘުފުޅު ކުރެއްވިއެވެ. މިރޭގެ ރައްކާތެރިކަން ބަލަހައްޓަން ފާރަވެރިކަން ކޮށްދޭނީ ކާކުތޯއެވެ؟ މުހާޖިރިއްޔަބޭކަލަކާ އަންޞާރިއްޔަ ބޭކަލަކު (ޢައްމާރުބްނި ޔާސިރާ ޢުބާދަބްނި ބިޝްރާ މިދެބޭކަލުން ތިމެންމެންނީމުއޭ ދަންނަވައިފިއެވެ. މާތްނަބިއްޔާ ފަރުބަދައަކަށް އިޝާރާތްކުރައްވައި  ޙަދީޘުފުޅު ކުރެއަވިއެވެ. މިފަރުބަދަމަތީން ދުޝްމަނުންނަށް އާދެވިދާނެކަމަށް ލަފާކުރެވެއެވެ. ވީމާ އެފަރުބަދަމަތީގައި ތިއްބަވާށެވެ. އަމުރުފުޅަށް ކިޔަމަން ތެރިވުމާއެކު ދެބޭކަލިން އެފަރުބަދަމަށްޗަށް ވަޑައިގަތެވެ. އަންޞާރިއްޔަ ކަލޭގެފާނުން ދެންނެވިއެވެ. ދެބަޔަށް ވަގުތު ބަހާލާނީއެވެ. އެކަކު އަރާމު ކުރާނީއެވެ. އެނެކަކު ފާރަޔަށް ހުންނަވާނީއެވެ. ދެމީހުން އެއްކޮށް ފާރަޔަށް ތިބެއްޖެނަމަ ފަހަރުގައި ދެމީހުން އެއްފަހަރާ ނިދިވެސް ދާނެއެވެ. ދެދަންފަޅިޔަށް ބައިކޮށްގެން ތިއްބާ ނުރައްކަލެއް އިޙްސާސް ކުރެވިއްޖެނަމަ އަވަހަށް އަނެކަކު ވެސް ހޭލައްވާނީއެވެ.  މިގޮތަށް އެއްބަސްވެ ވަޑައިގެން ފުރަތަމަ ދަންފަޅީގައި އަންޞާރިއްޔަ ކަލޭގެފާނުން ފާރަޔަށް ހުންނަވައިގެން މުހާޖިރިއްޔަ ކަލޭގެފާނުން ނިދިކުރައްވައިފިއެވެ. އަންޞާރިއްޔަކަލޭގެފާނުން ނަމާދަށް ނިޔަށްގަނެ ނަމާދަށް ފައްޓަވައިފިއެވެ. ދުޝްމަނުންގެ ފަރާތުން މީހަކު އައިސްދުރުގައި ހުރެގެން ދުނިދަޑީގައި ތީރުއަޅުވައި އެކަލޭގެފާނާ ދިމާލަށް ތީރުޖައްސަވައިފިއެވެ. ތީރުއެރުމުންވެސް އެއްވެސް ޙަރަކާތެއްހިގިތަނެއް ނުފެނުމުން އަނެއްތީރުވަސް ޖަހައިފިއެވެ. ހަމައެގޮތަށް ތިންވަނަތީރުވެސް ޖެހީއެވެ. ކޮންމެފަހަރަކުވެސް ތީރުއެރުމުން ތީރުގައި ހިއްޕަވާ ލުއްކެއްޖައްސަވައި ތީރުއުފުރާ ލައްވައެވެ.





އިޔައްފަހު ރުކޫޢުކުރައްވާ ސަޖިދަވެސް ކުރެއްވުމަށްފަހު ނަމާދު ފުރިހަމަ ކުރެއްވިއެވެ. ނަމާދުފުރިހަމަ ކުރެއްވުމަށް ފަހު ބައިވެރިޔާއަށް ގޮވާލެއްވިއެވެ. އެވަދުތު ދުޝްމަން މީހާއަށް އެކަކަށްވުރެގިނަމީހުން ފެނުމުން އެތާގައި ތިބީކިތައްމީހުންކަމާމެދު ޝައްކު އުފެދިގެން ދުވެ ފިލައިފިއެވެ. މުހާޖުކަލޭގެފާނުން ތެދުވެ ވަޑައިގެން ބެއްލެވި އިރުއަންޞާރިއްޔަ ކަލޭގެފާނުންގެ އަށިކޮޅުން ތިންތަނަކުން ލޭ ފައިބަމުންދެއެވެ. އެކަލޭގެފާނުން ދެންނެވިއެވެ. ސުބްޙާނައްﷲއެވެ! ކަލޭގެފާނުން އެއްމެ ފުރަތަމަވެސް އަހެރެން ހޭނުލެއްވީ ކީއްވެގެންތޯއެވެ؟ އަންޞާރިއްޔަކަލޭގެފާނުން ދެންނެވިއެވެ. އަހެރެން ނަމާދުގައި ކަހުފިސޫފަށައިގެން ކިޔަވމުންދިޔައީއެވެ. އެސޫރަތްނިންމާފަނޫނީ ރުކޫޢުކުރުމަކަށް ހިތްނޭދުނީއެވެ. އެކަމަކު މިގޮތަށް ތީރުއަރައި އަހުރެން މަރުވެއްޖެއްޔާ މާތް ނަބިއްޔާ ޙަވާލުކުރެއްވި ޒިންމާ ފުރިހަމަ ނުވެ ދުޝްމަނުންގެ އަނިޔާވެރިކަން އެބޭކަލުންނަށް ފޯރަފާނެ ކަމުގެ ޚިޔާލު އައުމުން ކުއްލިޔަކަށް އައުމުން ކުރުކޮށްލީއެވެ. އެހެންނޫންނަމަ ސޫރަތް ނުނިންމާ މަރުވެގެން ދިޔަކަމުގައިވިޔަސް ރުކޫޢު ނުކުރާހުށީމެވެ. (ބައިޙަޤީ، އަބޫދާވޫދު)
           އާދެ! މިއީ މުސްލިމުންގެ ނަމާދެވެ. މިތުރުޞަޙާބީންގެ ނަމާދެވެ. ތީރުމައްޗަށް ތީރުއަރަމުން ދާއިރުވެސް ނަމާދުގެ ފޮނިމީރުކަމާ ޝައުޤުވެރިކަމުގެ ބޮޑުކަމުން އެކަމުންލިބެމުންދާ ވޭނެއް އުދަގުލެއް އިޙްސާނެއް ނުކުރެއްވެއެވެ. އެފޮނިމީރުކަމަކަށް އެއްވެސް ތަޣައްޔަރުކަމެއް ނާދެއެވެ. އަޅުގަޑުމެންގެ ނަމާދަށް ވިސްނާލަމާތޯއެވެ. ނަމާދުގެ ޙާލަތުގައި އަޅުގަޑުމެން ކުރެ މީހެއްގެ ހަށިގަޑުގައި މަދިރިއެއް ހަފައިފިނަމަ އަޅުގަޑުމެން މިތިބީ ނަމާދުގައި ކަމެއް ނުވަތަ ނޫންކަމެއްވެސް އަޅުގަޑުމެނަކަށް ނޭގެއެވެ. ޚިޔާލުންވެސް ކެހިގެންދަނީއެވެ. އެބޭކަލުންގެ ނަމާދާ އަޅުގަޑުމެންގެ ނަމާދާ އަޅާކީދާނެތޯއެވެ؟ އަޅުގަޑުމެން މިކުރާނަމާދުތަކަކީ ކިވާވަރެއްގެ އޮށްޓަރެއް ހުރިނަމާދަކަށް ވާނެތޯއެވެ؟



Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.