ޞުލްޙަ
ޙުދައިބިއްޔާ އަދި މާތްﷲ ރުއްސުން ލެއްވި ޖުންދަލްއާއި އަބޫ ބުޞެއިރުގެ ވާހަކަ
ހިޖުރައިން ހަވަނަ އަހަރު ސައްޔިދުލް
މުރުސަލީން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޢުމްރާ ކުރެއްވުމުގެ
ނިޔަތުގައި މައްކާއަށް ވަޑައިގަތުމަށް ދަތުރުފުޅު ފަށްޓަވައިފިއެވެ.
މިޚަބަރު
މައްކާގެ މުޝްރިކުންނަށް ލިބުނެވެ. މިޚަބަރަކީ އެމީހުންގެ ދެރަކަމާއި ނިކަމެތިކަން
މީހުންގެ ކުރިމަތީގައި ހާމަވެގެންދާނެ ކަމެކެވެ. އެހެން ކަމުން އެބައިމީހުން
މިކަން ގަދަ ބާރުން ކަމުގައި ވިޔަސް މަނާ ކުރުމަށް ޢަޒުމު ކަޑައަޅައި
ނިކުމެއްޖެއެވެ. މީގެސަބަބުން ޙުދައިބިއްޔާ އޭ ކިޔޭ ހިސާބުގައި އެކަލޭގެފާނަށް
މަޑުކޮށްލައްވަން ޖެހިވަޑައިގަތެވެ. އެކަލޭގެފާނުންގެ އަރިހުގައި ތިއްބެވީ
އެކަލޭގެފާނަށްޓަކައި ޤުރުބާން ވާން ތައްޔާރައް ތިއްބެވި މިތުރު އަޞްޙާބުންނެވެ.
އެކަލޭގެފާނަށްޓަކައި ފުރާނަ ދުއްވާލުމަކީ ފަޚުރެއް ކަމުގައި އެބޭކަލުން
ދެކެވަޑައިގަންނަވައެވެ. ކަން މިހާހިސާބަށް ދިއުމުން މިބޭކަލުންތައް ހަގުރާމަ
ކުރުމަށް ތައްޔާރުވެ ވަޑައިގެންފިއެވެ. އެކަމަކު މާތްޞާޙިބާ މައްކާގެ
އަހުލުވެރީންނާ ހަގުރާމަ ކުރެއްވުމަކަށް ރުހިވަޑައެއް ނުގެންނެވި އެވެ.
އެބައިމީހުންނާ ޞުލްޙަވެރި ވެވަޑައިގަތުމަށް އެދިވަޑައިގެންނެވިއެވެ. ހިތްވަރުގަދަ
އަބްޠާލުން ތަކެއްގެ ގޮތުގައި މިތުރު އަޞްޙާބުން ހަގުރާމައަށް ތައްޔާރު
ވެވަޑައިގެން ތިއްބާވެސް މައްކާގެ މުޝްރިކުން ޞުލްޙަޔަށް ޓަކައި ހުށަހެޅި،
މުސްލިމުންގެ ނިކަމެތިކަން ހާމަވާ ހުރިހާ ޝަރުޠު ތަކަކަށް އެއްބަސްވެ
ވަޑައިގަތެވެ. މިތުރު އަޞްޙާބުން މިކަމާ ވަރަށް ބޮޑަށް ނުރުހުން ތެރިވެ
ވަޑައިގަތެވެ. އެކަމަކުވެސް މާތްޞާޙިބާގެ ނިންމެވުމާ ދެކޮޅު ހެދޭކަށް ނެތެވެ.
އެބޭކަލުންނީ އެކަލޭގެ ފާނަށް ޓަކައި ފިދާ ވުމަށް ތައްޔާރަށް
ތިއްބެވިބޭކަލުންނެވެ. އިރުޝާދުފުޅަށް ބޯލަބައި ކިޔަމަން ގަތުން ފިޔަވައި އެހެން
ގޮތެއް ނެތެވެ. ސައްޔިދުނާ ޢުމަރުބިނިލް ޚައްޠާބު ފަދަ ބޭކަލުންނަށްވެސް
ޖެހިވަޑައިގަތީ ނުރުހުން ތެރިކަމާ އުދާސް ކަމުންހިތްޕުޅު ފުރިބާރުވެފައި
ވިކަމުގައި ވިޔަސް އިޠާޢަތާއެކު އިސްތަށި ފުޅު ތިރި ކުރައްވާށެވެ. މިދެންނެވުނު
ޞުލްހައިގެ އެއްބަސް ވުމުގެ ޝަރުޠު ތަކުގެ ތެރެއިން ޝަރުޠެއްގައި ވެއެވެ.
" މައްކާގެ އަހުލުވެރީން ގެތެރެއިން
މީހަކު އިސްލާމްދީން ޤަބޫލު ކޮށް މަދީނާއަށް ހިޖުރަކުރި ކަމުގައި ވިޔަސް އެމީހަކު
އަބުރާ މައްކާއަށް ފޮނުއްވަން ވާނެއެވެ. މަދީނާގެ އަހުލު ވެރީންގެތެރެއިން މީހަކު
ނުވަތަ ހިޖުރަ ކޮށްފައިވާ މައްކާގެ އަހުލުވެރީންގެ ތެރެއިން މީހަކު މުރުތައްދުވެ
މައްކާއަށް އެބުރި އައި ކަމުގައި ވިޔަސް އެމީހަކު އަނބުރާ މަދީނާއަށް ނުފޮނުއްވުން
ވެސް ހިމެނެއެވެ. އާދެ! މިޞުލްޙައިގެ އެއްބަސްވުން ލިޔެ އަދި ނުނިމެނީސް މާﷲ ރުއްސުންލެއްވި
އަބޫޖުންދަލް ގެ މައްސަލަ ކުރިމަތި ވެއްޖެއެވެ. މިކަލޭގެފާނަކީ އިސްލާމްދީން ޤަބޫލުފުޅު
ކުރެއްވުލުގެ ނަތީޖާއެއްގެ ގޮތުން މައްކާގެ މުޝްރިކުން ދަގަޑު ހިލި ހިލާ އިން
ހައްޔަރުކޮށް ބާއްވާފައި އެކި އެކި އަނިޔާތައް ކުރަމުން ގެންދެވި އަޞްޙާބު
ބޭކަލެކެވެ. އާދެ!
ހިލި ހިލާތަކާއެކު ވެއްޓެމުން ބިން މަތީގައި ފޮރޮޅެމުން މުސްލިމުންނާ ހަމަޔަށް
މިޙާލަތު ގައި ވެސް އާދެވިއްޖެ ނަމަ މި ވޭންތަކާ ދުއްތުރާލުން މިންޖު ވެދާނެ
ކަމުގެ ފޮނި އުންމީދުގައި ވަޑައިގެންފިއެވެ. މިޞުލްޙައިގެ އެއްބަސް ވުމުގައި
ވަކީލެއްގެ ބައި އަދާކުރެއްވި ﷲރުއްސުން ލެއްވި އަބޫޖުންދަލްގެ ބައްޕަ ސުހައިލު
އެވެ. މިބައްޕާފުޅު މައްކާ ފަތަޙު ކުރެއް ވުމާޖެހެންދެން ވެސް އިސްލާމްވެ
ވަޑައެއްނުގަންނަވައެވެ. އެކަލޭގެފާނުން އިސްލާމްވެ ވަޑައިގެންނެވީ މައްކާ ފަތަޙަ
ކުރެއްވި ދުވަހު ގައެވެ. އާދެ! މިބައްޕާފުޅު މިސުހެއިލު އޭނަގެ ދަރިފުޅު
އަބޫޖުންދަލްގެ ހަށިކޮޅުގައި ވަރަށް ބާރަށް ތެޅިއެވެ. އަދި އަނބުރާ ގެންދިއު މަށް
ބާރު އަޅާއި މަސައްކަތް ކުރިއެވެ. އުއްމަތުގެ މާތް ޞާޙިބާ ޙަދީޘު ފުޅު
ކުރެއްވިއެވެ. ޞުލްޙައިގެ އެއްބަސްވުން އަދި ނުނިމޭތީ އެއަށްޢަމަލު ކުރާކަށް
ނުޖެހޭނެއެވެ. އެކަމަކުވެސް އެބައިމީހުން ދޫނުކޮށް އެބަހުގައި ހިފައި ފިއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމް ވަރަށް ފުންއަސަރު ފުޅަކާ އެކު ޙަދީޘުުޅު ކުރެއްވިއެވެ. މީހަކު
ތިމެންކަލޭގެ ފާނުންގެ ފަރާތް ޕުޅަށް އައުމަށް އެދެނީއެވެ. އެކަމަކު އެބައިމީހުން
ދެކޮޅު ހަދަނީ އެވެ.
އެއްގޮތަކަށް ވެސް ޤަބޫލެއް ނުކުރިއެވެ.
އަބޫ ޖުންދަލް ރަޟިޔަﷲ ޢަންހު މުސްލިމުންނަށް ގޮވާލައްވާފައި ތިމެންކަލޭގެފާނުން
މިވަނީ އިސްލާންދީން ޤަބޫލުކޮށްފައެވެ. އަދި އެއިގެ ސަބަބުން ތަޙައްމުލް ކުރަން
އުދަގޫ މުޞީބާތް ތަކަށް ކެތްތެރިކަން ކުޑަވެފައެވެ. އެކަމަކުވެސް އެއްވެސް ކަހަލަ
އެހީ ތެރިކަމެއް ނެތި އަބުރާ ފޮނުވާލެވެނީއެވެ. އިތުރު މުޞީބަތާއި ދުއްތުރާލަށެވެ.
އެވަގުތު މުސްލިމުންގެ ހިތްތަކަށް ކުރިއަސަރު ހިތްތަކަށް ލިބިގެންދިޔަ ވޭންތައް
ޤަލަމަކުން ދުލަކުން ތަޢުބީރެއް ނުކުރެވޭނެ އެވެ. އެވަގުތު އެހިތްތަކުގެ ޙާލަތު
މޮޅަށް ދެނެވޮޑިގަން ނަވާނީ ހަމަ އެކަނި އެހިތްތަކުގެ ވެރި މާތް ﷲއެވެ. ކުރާނެ
އެއްވެސް ކަމެއްނެތެވެ. ރަޙުމަތުއްލިލް ޢާލަމީންގެ އަގުމާތްވި އިރުޝާދެވެ.
އެކަލޭގެފާނުން އަބޫޖުންދަލް އަށް ހިތްވަރު ދެއްވިއެވެ. ކެތްތެރިވެ ވަޑައިގަތުމަށް
ވަޞިއްޔަތް ކުރެއްވިއެވެ. އަދި ވަރަށް އަވަސް މުއްދަތެއް ގައި މާތްﷲ
އެކަލޭގެފާނަށްޓަކައި މަގުހުޅުއްވާ ދެއްވާނެ ކަމަށް ޙަދީޘު ފުޅު ކުރެއްވިއެވެ.
އާދެ! މިޞުލްޙައިގެ އެއްބަސްވުން ނިމުނު
ފަހުން މިފަދަ ދެވަނަ ޞަޙާބީ އަބޫ ބުޞެއިރު ރަޟިޔަﷲ ޢަންހުގެ މައްސަލަ ކުރިމަތި
ވެގެން އައެވެ. އިސްލާމްވެވަޑައިގެން މަދީނާއަށް ވަޑައިގެންނެވީއެވެ. މައްކާގެ
މުޝްރިކުން އެކަލޭގެފާނުން އަބުރާ ގެންނެވުމަށް ދެމީހުންގެ މައްޗަށް އެކުލެވޭ
ވަފުދެއް މަދީނާއަށް ފޮނުއްވިއެވެ. އުންމަތުގެ މާތްޞާޙިބާ ދެފަރާތުގައި އެއްބަސްވެ
ނިމި ފައިވާ ޤަވާޢިދާއި އެއްގޮތް ވާގޮތުގެ މަތީން އަބޫ ބުޞެއިރު ވެސް އަބުރާ
ފޮނުއްވައި ފިއެވެ. އަބޫބުޞެއިރު ދެންނެވިއެވެ. އޭﷲގެ ރަސޫލާއެވެ! އަހުރެން މަދީނާއަށް
ހިޖުރަކޮށް އައީ އަހުރެން ވަނީ އިސްލާމްދީން ޤަބުލު ކޮށްފައެވެ. އަހުރެންނަކީ
މުސްލިމަކީމެވެ. ކަލޭގެފާނު އަހުރެން މުޝްރިކުންގެ އަނިޔާ ވެރިކަމުގެ ވަކިތަކުގެ
ދަށަށް ފޮނުއްވާ ލައްވަނީތޯއެވެ؟ އެކަލޭގެފާނު އޭނާއަށްވެސް ކެތްތެރިވެ
ވަޑައިގަތުމަށް ވަޞިއްޔަތް ކުރައްވައި ވަރަށް އަވަހަށް ﷲ މަގު ދައްކަވާނެ ކަމަށް
އެންގެވިއެވެ. އަބޫބުޞެއިރު އެދެމީހުން ނާއެކު އަބުރާ މައްކާއަށް ދިއުމަށް
ހިގައްޖެއެވެ. ދެންވެގެންދިޔައީ ކިހިނެއްތޯއެވެ؟
އާދެ! ތިން މީހުން ވަރަށް އެކުވެރި
މާޙައުލެއްގައި މައްކާއަށް ދިއުމުގެ މަގު ކަޑައްތުކުރަމުން ދިޔައެވެ. މިވަގުތު
ދެކޮޅުވެރިކަން އުފެދިފައި ވިކަމުގައި ވިޔަސް މިމީހުންނަކީ އެއްބަޑު އެއްބަފާ
ބައެއްހެން އިހަށް ދުވަހާ ޖެހެންދެން އުޅެމުން އައި ބައެކެވެ. ދެކެވުނު ވާހަކައެއްގައި
އަބޫބުޞެއިރު އެދެމީހުންގެ ތެރެއިން އެކެއްގެ ކަޑީގެ ތަޢުރީފު ކުރަން
ފައްޓަވައިފިއެވެ. ވަރައްމޮޅު ރީތި ކަޑިއެއްކަމުގައި ދެންނެވިއެވެ. ބޮޑާ ކަމުން
ސިފަ ލިބިފައިވާ ކޮންމެ މީހަކުވެސް އެމީހެއްގެ ތަޢުރީފު ކުރަން ފަށާއިރަށް ވައި
ހަންނާޅި އަކަށް ވައި އެޅުމުން ފުފޭ ބީދައިން ފުފި ގަންނާނެ އެވެ. މިގޮތުން
މީނާވެސް ވަރަށްގަޔާ ވެލާފަ ކަޑި އުރައިން ދަމާފަ އަމިއްލަޔަށްވެސް އެކަޑީގެ މޮޅު
ކަމުގެ ވާހަކަ ދައްކަން ފަށައިފިއެވެ. އަދި އެކަޑިން މޮޅު ތަޖުރިބާ ތައް ވެސް އޭނާ
ކޮށްފައި ވާކަމަށް ބުނަމުން ކަޑި އަބޫބުޞެއިރުގެ އަތަށް ދީފިއެވެ. އެވަގުތު
އަބޫބުޞެއިރު ވެސް އެމޮޅުކަޑިން ތަޖުރިބާއެއް ކޮށްފިއެވެ. އެއީ ކަޑީގެ ވެރިމީހާގެ
ބޯ ދުއްވާލީއެވެ. سبحان الله! ދެވަނަމީހާ އަށް މިމަންޒަރު ފެނުމުން އޭނަގެ
ފައިތިލަދަށުން ބިންގަޑު ދެމިގެން ދިޔަކަހަލަ އެވެ. ދެވަނަ ތަޖުރިބާ އަކަށް ވާނީ
އޭނާކަން ޔަޤީންވާން ފެށިއެވެ. އެހެން ކަމުން ސަލާމަތް ވުމަށް ދުއްވައިގަތެވެ.
ދުވެއައިގޮތަށް އައީ މަދީނާއަށެވެ. އަދި މާތްޞާޙިބާގެ އަރިޔަހަށް އައިސް އޭނާގެ
އެކުވެރިޔާ މަރުވި ވާހަކައާއި ދެވަނަ ނަމްބަރަކީ އޭނާކަން ޔަޤީންވާތީ ދުވެފާ
އައީކަމަށް ދެންނެވިއެވެ. އިރުކޮޅެއް ފަހުން އަބޫބުޞެއިރު ވެސް ވަޑައިގެންފިއެވެ.
އަދިމާތް ޞާޙިބާގެ އަރިހުގައި ދެންނެވިއެވެ. ކަލޭގެފާނު ކަލޭގެފާނުގެ ވަޢުދު ފުޅު
ފުރިހަމަ ކުރައްވައިފިއެވެ. އަޅުގަޑު އަބުރާ މައްކާއަށް ފޮނުއްވައިފިއެވެ.
އަޅުގަޑު ޒިންމާ ވާންޖެހޭ ބާވަތުގެ އެއްވެސް ޢަހުދެއް އަޅުގަޑާއި އެބައި މީހުންނާ
ދޭތެރެއަކު ނޯއްނާނެއެވެ. އަޅުގަޑު ކުރިކަމެއް ކޮށްފައި ވާނީ އެބައިމީހުން
އަޅުގަޑު އަޅުގަޑުގެ ދީނުން ދުރުކުރުމަށް ކަމަރުތޯޅު މަސައްކަތް ކުރާތީއެވެ. މާތްޞާޙިބާ
ޙަދީޘުފުޅު ކުރެއްވިއެވެ.
ހަގުރާމައިގެ ހުޅު ރޯވާން އުޅެނީއެވެ.
މިކަން ހުއްޓުވާނެ އެހީތެރިޔަކު ވެއްޖެ ނަމަ ކިހާރަގަޅު ތޯއެވެ؟ އެހެން
އެކަލޭގެފާނުން ޙަދީޘުފުޅު ކުރެއްވުމުން އަނެއްކާވެސް ތިމެންނަ ބަލައި މީހަކު
އަތުވެއްޖެއްޔާ މާތްޞާޙިބާ ތިމެންނަ ފޮނުއްވާނެކަން މާތްޞާޙިބާގެ ބަސްފުޅުން
އެގިވަޑައިގެންފިއެވެ. އެހެންކަމުން
އަބޫބުޞެއިރު މަދީނާއިން ނިކުމެ ވަޑައިގެން ކަޑުގެ އައްސޭރިފަށުގެ ހިސާބަކަށް
ހިގައްޖެއެވެ. ކޮންމެއަކަސް މިޙާދިޘާގެ ޚަބަރު މައްކާގެ އަހުލު ވެރީންނަށް
ލިބިއްޖެއެވެ. ފުރަތަމަ ބަޔާން ކުރެވުނު އަބޫޖުންދަލް އަށް މިޚަބަރު ލިބި
ވަޑައިގަތުމުން އެކަލޭގެފާނުވެސް މައްކާއިން ފިއްލަވާ ވަޑައިގެން އަބޫބުޞެއިރާއި
ގުޅި ވަޑައިގެންފިއެވެ. އޭގެފަހުން މައްކާއިން އިސްލާމްވެ ވަޑައިގަން ނަވާ ކޮންމެ
ބޭފުޅަކު ވެސް އިސްލާމްވެ ވަޑައިގެން ފިއްލަވާވަޑައިގެން އެބޭކަލުންނާ އެކުވެ
ވަޑައިގަންނަވައެވެ. ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ފުދޭވަރުގެ ކުޑަ ޖަމާޢަތެއް
އުފެދިއްޖެއެވެ. އެސަރަހައްދަކީ ގަސްގަހާގެހި ވަރަށް މަދު، ސަޙަރާ ވައްތަރުގެ
ތަނެކެވެ. ބަގީޗާއެއް ވެސް ނެތް ތަނެކެވެ. އެހެންކަމުން ކައިބޮއި އުޅުންވެސް
ވަރަށް އުދަގުލެވެ. އުޅުއްވަން ޖެހިވަޑައިގެންފައި ވަނީ ވަރަށްވެސް ނިކަމެތި
ބިކަޙާލުގައެވެ. އެހެނަސް މައްކާގެ މުޝްރިކުންގެ ފަރާތުން ލިބެމުންދާ ވޭންދެނިވި
ޢަޒާބަށްވުރެ ރަގަޅެވެ. މިކަމުގެ ސަބަބުން މައްކާގެ މުޝްރިކުންގެ ކެއުމާއި ބުއިން
ހުއްޓޭ ހިސާބަށް ކަންތައް ހިގައްޖެއެވެ. ޝާމުކަރައިން އަންނަ މައްކާގެ
ޤާފިލާތަކާއި މުޤާބަލާކޮށް ހަގުރާމަކޮށް އެތިކޮޅު އަތުލައި ގަންނަނީ އެވެ. މިކަމާ
މުޝްރިކުން ވަރަށްބޮޑަށް ކަންބޮޑު ވެއްޖެއެވެ. ކުރާނެކަމެއް ނޭގިގެން އެއްމެ
ފަހުން މަދީނާއަށް މައްކާގެ އަހުލުވެރީންގެ ފަރާތުން ޚާއްޞަ މަންދޫބަކު ފޮނުއް
ވައިފިއެވެ.
ރަސޫލުﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމް ގެ އަރިހުގައި ނިކަމެތި ކަމާ އެކު އިޙްސާން ތެރި ކަމަށް
އެދޭޙާލު އެއްބަޑު އެއްބަފާ ވަންތަ ކަމުގެ ޙައްޤު ގައި އެބައިމީހުން އެކަލޭގެފާނުންގެ އަރިއަހަށް
ގެންނެވުމަށް އެދި ހުށަހަޅައި ފިއެވެ. އެދި ޞުލްޙައިގެ އެއްބަސް ވުމުގައި ވާ
މިމާއްދާ މިގޮތަށް ބަދަލު ކުރެއްވުމަށް ވެސް ހުށަހަޅައިފިއެވެ.
އެބައިމީހުންގެ ވިޔަފާރި ޤާފިލާ ތަކަށް މަގު
އަމާން ވެގެން ދާނީ އެއިރުން ކަމަށް ވެސް ދެންނެވިއެވެ. އެވަގުތު މާތްޞާޙިބާ ފަތް
ކޮޅެއް ލިއުއްވަވާ އެފަތް ކޮޅު އެބޭކަލުންގެ އަރިއަހަށް ފޮނުއްވައިފިއެވެ.
މާތްޞާހިބާގެ މިފަތްކޮޅު އެބޭކަލުންނަށް ލިބި ވަޑައި ގަތްއިރު އަބޫބުޞެއިރު ވަނީ
މަރުގެ ތުންފަތް މަތީގައެވެ. މާތްޞާހިބާގެ ފަތްކޮޅު އަތް ޕުޅުގައި ވަނިކޮށް ދެމިއޮތުމުގެ
ޢާލަމަށް ދަތުރު ކުރައްވައި ފިއެވެ. إنّا لِلّهِ وَإِنَّا إِلَيْهِ رَاجِعُوْنَ.
އިންސާނާ ޙައްޤު ދީންމަތީގައި ތެދުވެރިކަމާ
އެކު ޘާބިތު ކަންމަތީ ދެމިގެން ވާހާ ހިދަކު ކިތައްމެބޮޑު ބާރެއް ކަމުގައި ވިޔަސް
އެމީހަކު ގުޑައެއް ނުލެވޭ ނެއެވެ. އިސްލާމުންނަށް އެހީތެރިވެ މަދަދު ދެއްވުމަށް
ﷲސުބްޙާނަހޫ ވަތަޢާލާ ވަނީ ވަޢުދު ކުރައްވާފައެވެ. ޝަރުޠަކީ ޙަޤީޤީ އިސްލާމަކަށް
ވާނަމައެވެ. ތެދުވެރި މުއުމިނަކަށް ވުމެވެ.وَكَانَ حَقًّا عَلَيْنَا نَصْرُالْمُؤْمِنِيْ
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ