Skip to main content

ޙިކުމަތްތެރި ޚަލީފާ



ޙިކުމަތްތެރި ޚަލީފާ

ﷲ ރުއްސުން ލެއްވި ޢުމަރު ބުނު ޢަބްދުލް ޢަޒީޒަކީ އެކަލޭގެފާނުގެ ޙިކުމަތްތެރިކަމާއި ޢަދުވެރިކަމާއި އޯގާވެރިކަމުގައި މަޝްހޫރު ބޭކަލެކެވެ.

އެއްދުވަހަކު އެކަލޭގެފާނުގެ ދަރިކަލުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. " އޭ ބައްޕާއެވެ! ބައެއް ކަންކަމުގައި މާ ބޮޑަށް ދޫ ދެއްވަނީ ކީއްވެ ތޯއެވެ؟ ﷲ ގަންދީ ބުނަމެވެ! އަޅުގަނޑު ބައްޕަގެ މަޤާމުގައި ހުރިނަމަ ޙައްޤުގައި އެއްވެސް މީހަކަށް ބިރެއް ނުގަންނާނަމެވެ."
ޚަލީފާ ވިދާޅުވިއެވެ. " އޭ ދަރިކަލުންނޭވެ! އަވަސް އަރައި ނުގަންނާށެވެ! ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ރާ އެއީ ގެއްލުން ހުރި އެއްޗެއްކަން ދެފަހަރު ބަޔާން ކުރެއްވިއެވެ. އެއަށްފަހު ޙަރާމް ކުރެއްވީ ތިންވަނަ މަރުޙަލާގައެވެ. އޭ ދަރިކަލުންނޭވެ! މީސްތަކުންނަށް ޙައްޤަކީ ބުރައެއްޗެއްކަމަށް ވިސްނި، ޙައްޤަށް ނަފުރަތްތެރި ވެދާނެ ކަމަށް އަހުރެން ބިރުގަންނަމެވެ. ( އެބަހީ؛ އެއްފަހަރާ މަނާ ކުރުމުން އެކަން މީސްތަކުންނަށް ބޮޑުވެ، އެމީސްތަކުން އެކަން ޤަބޫލު ނުކޮށްފާނެ ކަމަށް އަހުރެން ބިރުވެތިވަމެވެ.) އަދި އޭގެ ސަބަބުން ބޮޑުވެގެންވާ ފިތުނައެއް އުފެދިދާނެއެވެ."
ދެން ދަރިކަލުން، އޭނާގެ ބައްޕަގެ ހަރުދަނާ ސިޔާސަތު ފެނިވަޑައިގެން، އޭނާގެ ޚިޔާލު ދޫކޮށްލެއްވިއެވެ. ދަންނާށެވެ! އެއީ އެ ދަރިކަލުން ބާރުގެ ގޮތުން ނިކަމެތި ވުމުގެ ސަބަބަކުންނެއް ނޫނެވެ. އެހެނެއްކަމަކު އެއީ ދީން ރަނގަޅަށް ފަހުމު ވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

ސިއްރު ސިއްރުން...!

ދޮންތީ އަކީ ވާހަކަ ލިއުމުގެ ފަންނަށް އަލަށް ނުކުންނަ ބުރުނީގެ ލޮބުވެތި ދަރިއެކްވެ. ﷲ ދޮންތިއަށް މިފަންނުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅުކުރަށްވާ ކިޔުންތެރިންގެ ހިތްތަކުން ޖާގަ ލިއްބައިދޭނެ ފަދަ އިބުރަތްތެރި މޮޅު ވާހަކަތަކެއް ސާޢީ ކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅު ކުރަށްވާށީ   

ބަރަކާތް ތެރި ރަމަޟާން މަހަށް މަރުޙަބާ

 ތިބާ ރަމަޟާން މަހައް ތައްޔާރުތޯ؟