Skip to main content

ތިބާއަށް ފަސްކަމެއް ފުރިހަމަކުރެވޭނަމަ ފާފަތަކަށް އަރައިގަންނާށެވެ


ﷲ ސުބްހާނަހޫ ވަތަޢާލާ ވަނީ އެކަލާނގެ އަންގަވާފައިވާ އެންގެވުންތަކަށް ކިޔަމަންތެރިކަން އަދާކޮށް ނަހީކުރައްވާފައިވާ ކަންތައްތަކަށް އަރައިނުގަތުމަށް އަންގަވާފައެވެ. އެހެންނަމަވެސް އިންސާނުންގެ ތެރެއިން އެތައްބަޔަކު ދަނީ އެ އެންގެވުންތަކަށް އަޅާލުމެއްނެތި ރެއާއި ދުވާލު އެތައްފަހަރަކު އެކަލާނގެ ނަހީކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަމުންނެވެ. އިންސާނުންނަކީ އެމީހުންގެ ޠަބީޢަތުގައި ފާފަތަކަށް އަރައިގަތުމުގެ ބާރެއްވާ ބައެކެވެ. އެހެންނަމަވެސް އެއީ ފާފަތަކަށް އަރައިގަތުމަށް އޮތް ބަހަނާއެއްކަމަށް ހަދައިގެންނުވާނެއެވެ.
 ދެން އުފެދޭސުވާލަކީ ފާފަތަކަށް އަރައިގަތުމުން ގެންލުންވާކަން އެނގޭއިރު އިންސާނުން ފާފަތަކަށް އަރައިގަތުމަށް ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އެއީ އިންސާނުންނަކީ ބަލިކަށި ބަޔަކަށްވާތީވެ، ނަފުސު ޢައްމާރާ އިންސާނާއަށް ކުރާ އަމުރުތަކަށް ކިޔަމަންވެ ﷲ ގެ އަމުރުފުޅަށް އުރެދެނީ ކަމުގައެވެ. އިންސާނުންނަކީ އުފެދުމުގައިވެސް ބަލިކަށި ބައެއްކަން ކީރިތި ޤުރްއާނުގައިވަނީ ބަޔާންކުރެވިގެންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَخُلِقَ الْإِنسَانُ ضَعِيفًا ﴿٢٨﴾سورة النساء؛ މާނައީ: "އަދި އިންސާނާޚަލްޤުކުރެވިފައިވަނީ(އެދުންތަކުގެ ކުރިމަތީގައި)ނިކަމެތިވެގެންވާ މީހެއްކަމުގައެވެ.ަ" ހަމައެފަދައިން ނުބައިކަންތައްތައް ކުރުމަށް އިންސާނާއަށް އަމުރުކުރާ ނަފުސުވެސް އިންސާނުންނަށް ނުބައިކަންތައްތަކަށް އަބަދުވެސް އަމުރުކުރާކަން ކީރިތި ޤުރުއާނުން ސާބިތުވެއެވެ. يوسف سورة ގެ 53 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "އަދި ތިމަންކަލޭގެފާނުގެ نفس ވެސް (ތުހުމަތުން) ބަރީއައެއް ނުކުރައްވަމެވެ. ހަމަކަށަވަރުން، نفس އަކީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ލައްވައިފިނަމަ، މެނުވީ، ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.


 އެއްދުވަހަކު ފާފަތަކަށް އަރައިގަތުމުގައި ހައްދުފަހަނައަޅާފައިވާ މީހަކު އިބްރާހިމް ބުނު އަދުހަމުގެ އަރިހަށް ގޮސް ދެންނެވިއެވެ. އޭޝައިޚްއެވެ! އަޅުގަނޑުގެ ނަފުސު އަޅުގަނޑަށް ފާފަކުރުމަށް ގޮވައި، ހިތއްވަރުދީ ހަދަނީއެވެ. އެކަމުން ސަލާމަތް ވުމަށްޓަކައި އަޅުގަނޑުު ކުރަންވީ ކޮންކަމެއްތޯ ވިދާޅުވެދެއްވަފާނަންތޯއެވެ؟ އެހިނދު އިބްރާހިމް ބުނު އަދުހަމު ވިދާޅުވިއެވެ. ތިބާގެ ނަފުސު ތިބާއަށް ފާފަތަކަށް އަރައިގަތުމަށް އަމުރުކޮށް ހިތްވަރުދިނުމުގެ ކުރިން ތިބާހެއްދެވި ފަރާތުން އެފަދަ ކަންތައްތަކަށް އަރައިނުގަތުމަށް ތިބާއަށް އަމުރުކުރެއްވިކަން އެނގޭހެއްޔެވެ؟ އެކަން އެނގޭނަމަ ނަފުސު ގޮވާ ގޮވުމަށް އިޖާބަނުދޭށެވެ! އަދި އެކަމަށް އިންކާރު ކުރާށެވެ! އަދި ފަސްކަމެއް ފުރިހަމަ ކުރެވޭނެނަމަ ތިބާ ﷲ ގެ އެންގެވުންތަކަށް ނުކިޔަމަންތެރިވެ ތިބާގެ ނަފުސު ގޮވާލާ ކަންތައްކޮށް ފާފަތަކަށް އަރައިގަންނާށެވެ! އެމީހާދެންނެވިއެވެ. އެއީ ކޮންކަންތައްތަކެއްތޯއެވެ؟ އިބްރާހިމް ބުނު އަދުހަމު ވިދާޅުވިއެވެ. ތިބާ ﷲ އަށް އުރެދި ފާފަތަކަށް އަރައިގަންނަނަމަ ﷲ ބައްލަވައިވޮޑިގެންނުވާ ތަނެއްގައި ހުރެގެން ފާފަކުރާށެވެ. އެމީހާ ދެންނެވިއެވެ. ސުބްޙާނަﷲ އެވެ. ﷲ އީ އުޑުގައި ވިޔަސް އަދި ބިމުގައިވިޔަސް އެކަލާނގެއަށް އެއްވެސް ކަމެއް ވަންހަނާވެގެން ނުވާ ރައްކަލާނގެއެވެ. ތިކަންކުރާނީ ކިހިނެއްހެއްޔެވެ؟ އިބްރާހިމް ބުނު އަދުހަމު ވިދާޅުވިއެވެ. ﷲ ބައްލަވާ ވޮޑިގަންނަވާއިރު ފާފަކުރަން ތިބާ ލަދެއް ނުގަނޭހެއްޔެވެ؟ ދެން އެމީހާ ދެންނެވިއެވެ.
 ދެން ކޮންކަމެއް ހެއްޔެވެ؟ އިބްރާހިމް ބުނު އަދުހަމު ވިދާޅުވިއެވެ. ތިބާ ފާފަ ކުރާއިރު ﷲގެ ބިންމަތީގައި ނޫން އެހެން ތަނެއްގައި ހުރެގެން ފާފަކުރާށެވެ! އެމީހާދެންނެވިއެވެ. ސުބްޙާނަﷲ އެވެ. ތިކަންވާނީ ކިހިނެއްހެއްޔެވެ؟ ﷲ ގެ ބިންމަތިން އަޅުގަނޑުދާނީ ކޮންތާކަށްހެއްޔެވެ؟ ދުނިޔެއާއި ދުނިޔޭގެވާހައި ތަކެއްޗެއް މިލްކުވެވޮޑިގެން ވަނީ ﷲ އަށެވެ. އަނެއްކާވެސް އެމީހާދަންނަވައިފިއެވެ. ދެންކޮންކަމެއްތޯއެވެ؟އިބްރާހިމް ބުނު އަދުހަމު ވިދާޅުވިއެވެ. ތިބާ ފާފަތަކަށް އަރައިގަންނަ ނަމަ ﷲ ދެއްވާ ރިޒުޤު ކެއުންހުއްޓާލާށެވެ! އެމީހާދެންނެވިއެވެ. އަޅުގަނޑު ކެއުން ހުއްޓާލާފިނަމަ ވާނީ މަރެއް ނޫންތޯއެވެ؟ ދެން ކޮންކަމެއްތޯއެވެ؟ އިބްރާހިމް ބުނު އަދުހަމު ވިދާޅުވިއެވެ. ތިބާ ފާފަތައް ކުރުމުގައި ދެމިހުއްޓައި މަރުވެއްޖެނަމަ ތިބާ ނަރަކަޔަށް ވެއްދެވުމަށް މަލާއިކަތް ބޭކަލުން ވަޑައިގަތުމުން އެބޭކަލުންނަށް ނުކިޔަމަންތެރިވެ އެބޭކަލުންގެ އަރިހުގައި ނުދާށެވެ! އެމީހާ ދެންމެވިއެވެ. ތިޔައީ ކިހިނެއްވާނެ ކަމެއްތޯއެވެ؟ ދެން ކޮންކަމެއްތޯއެވެ؟ އިބްރާހިމް ބުނު އަދުހަމު ވިދާޅުވިއެވެ. ތިބާ ދުނިޔެމަތީގައި ކުރިކަންތައްތަކުގެ ފޮތް ކިޔުމަށް އެންގެވޭ ހިނދު އެކަމަށް އިންކާރުކޮށް އެފޮތުގައިވާ ކަންތައްތަކަކީ ތިބާ ނުކުރާކަންތައްތައް ކަމުގައި ބުނާށެވެ! އެމީހާދެންނެވިއެވެ ތިކަމެއް ނުވާނެއެވެ. ދެކޮނޑުގައިވާ ދެމަލާއިކަތުން ވާނީ އެކަންތައް ލިއުއްވާފައެވެ. އަދި އެކަންތައް ކުރި ގުނަންތައް އެކަންތައް ކުރިކަމަށް ހެކިވާނެއެވެ. އިބްރާހިމް ބުނު އަދުހަމު ވިދާޅުވިއެވެ. ކަންއޮތްގޮތަކީ މިއީއެވެ. ފާފަކުރުން އަވަހަށް ހުއްޓާލާށެވެ!.
 ...........................................................
 ޢަބްދުﷲ ޖަމީލު
 (ހިދާޔަތުގެ އަލި- އަދަދު24 )

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.