ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

02 February, 2012

މުސްލިމް އުޚްތުންނަށް އޮތް 50 ނަސޭޚަތްމުސްލިމް އުޚްތުންނަށް އޮތް 50 ނަސޭޚަތް
  

1. ބޭކާރު ވާހަކަ ދެއްކުމުން ދުރުހެލި ވާށެވެ.
 2. ވީހާވެސް ގިނައިން ޤުރުޢާން ކިޔެވޭ ތޯ ބަލާށެވެ
 3. އަޑު އިވޭ އެއްޗެއް މެނުވީ ހާމަ ނުކުރާށެވެ.
 4. ދެއްކުން ތެރިކަމުން ދުރުހެލި ވާށެވެ.
 5. އަށް ޒިކުރު ކުރުމުގައި ދެމި ހުންނާށެވެ.
 6. ވާހަކަ ދައްކާއިރު އެކަމަށް ބޮޑާވެ ފަޚުރު ވެރި ނުވާށެވެ.
 7. އަބަދުވެސް މަޑު މައިތިރިކަން އިޚްތިޔާރު ކުރާށެވެެ.
 8. މީސްތަކުން ވާހަކަ ދައްކާއިރު އެވާހަކަ މެދު ކަނޑާ ނުލާށެވެ.
 9. ވާހަކަ ދައްކާއިރު އެހެން މީހުންނަށް މަލާމާތް ކޮށް ފުރައްސާރަ ކޮށް ނުހަދާށެވެ.
 10. ގެ ކަލާމް ފުޅު އަޑު އިވޭ ހިނދު މަޑު މައިތިރިކަމާއި އެކު ކަނުލައި އަޑު އަހާށެވެ.
 11. ތިމާ ވާހަކައެއް ދެއްކުމުގެ ކުރިން އަބަދުވެސް އެ ބުނެވޭ އެއްޗަކާއި ދޭތެރޭ ވިސްނައި ފިކުރު ކޮށް ހަދާށެވެ.
 12. ހުރިހާ ވަގުތެއްގައިވެސް ތިމާގެ ދޫ ހެޔޮ ގޮތުގައި ބޭނުން ކުރުން މަތީ ދެމި ހުރެވޭ ތޯ ބަލާށެވެ.
 13. ދީނުގެ ޢިލްމު އުނގެނުމަކީ އަބަދުވެސް އިއްޒަތާއި ކަރާމާތް ލިބޭ ކަމެއް ކަމުގައި ދެކިގެން މަސައްކަތް ކުރާށެވެ.
 14. ދީނުގެ ޢިލްމު މީސްތަކުންނަށް އުނގަންނައި ދީ އަދި ތިމާޔަށް އެ ފަހުމް ވުމަށް މެނުވީ ނުއުނގެނޭށެވެ.
 15. ތިމާއަށް ވުރެ ޢިލްމީ ގޮތުން ދަށް މީހަކަށް މަލާމާތް ކޮށް ނަހަދާށެވެ.
 16. މިއުޒިކާއި ލަވަ އަޑު އެހުމުން ދުރުހެލި ވާށެވެ.
 17. ގަޔަށް ބާރު ތުނި ހެދުން ލުމުން ދުރުހެލިވާށެވެ.
 18. ފިރިހެނުން ލައި އުޅޭ ކަހަލަ ހެދުން ލުމުން ދުރުހެލި ވާށެވެ.
 19. ނުބައި މީހުންގެ މަޖްލިސް ތަކުގައި އިށީނދެ އިނިމުން ދުރުހެލި ވާށެވެ.
 20. ތިޔަކަނބަލުންގެ މަޖްލިސްތަކަކީ އަބަދުވެސް ﷲ އަށް ޒިކުރު ކުރާ މަޖްލިސް ތަކެއް ކަމުގައި ހެދޭ ތޯ ބަލާށެވެ.
 21. އެހެން މީހުންގެ ވާހަކަތަށް ދެއްކުމުން ދުރުހެލި ވާށެވެ.
 22. އެއްވެސް މީހަކަށް މަޖްލިސް އެއްގައި ކަމަކަށް މަނާ ނުކުރާށެވެ.
 23. ތިޔަ ކަނބަލުން އުޅޭ ގެ ތަކުގައި ކުޑަ ވަރެއްގެ ފޮތް ލައިބްރަރީ އެއް ގާއިމް ކުރާށެވެ.
 24. ފާޚިޝް ކަންތަކަށް މަގު ފަހިވާ ފިލްމު ތަކާއި މެގަޒިން އާއި ނޫސް ޕޭޕާރ ތަކާއި އެނޫންވެސް އެއްޗެހި ތަށް ތިޔަ ކަނބަލުން އުޅޭ ތަންތަނަށް ވެއްދުން މަނާ ކުރާށެވެ.
 25. ލޮބުވެތި ސަހާބިއްޔާތުންގެ ސިޔަރަތު އަބަދުވެސް މުތާލިއާ ކުރުން މަތީގައި ދެމި ހުރެވޭ ތޯ ބަލާށެވެ.
 26. އަބަދުވެސް ޢިލްމީ އާ ފޮތްތަށް މުތާލިއާ ކުރަން ލިބޭތޯ ބަލާށެވެ.
 27. އަބަދުވެސް ދީނީ ފޮތް ކިޔުމަށް އާދަ ކުރެވޭތޯ ބަލާށެވެ.
 28. ބޭނުން ހިފޭ ކަމެއްގައި މެނުވީ ގެއިން ބޭރަށް ނުގޮސް ވޭތޯ ބަލާށެވެ.
 29. ގެއިން ބޭރަށް ނުކުންނަ އިރު މީރުވަސް ދުވާ އަތަރު ، ސެންޓު ފަދަ އެއްޗެހި ބޭނުން ކުރުމުން ސަލާމަތްވެ ހުރެ ވޭތޯ ބަލާށެވެ.
 30. މަގު މަތީގައި އުޅޭއިރު ބެލުންތަށް ތިރި ކުރެވޭ ތޯ ބަލާށެވެ.
 31. އެއްވެސް ނުބައި ކަމަކީ ރަގަޅު ކަމެއް ކަމުގައި ނުދެކޭށެވެ.
 32. ބޭކާރު ގޮތުގައި ބޭރު ތެރޭގައި ހިނގުމަކީ ރީތި ސިފައެއް ކަމުގައި ނުދެ ކޭށެވެ.
 33. ބޭކާރު އެއްޗެހި ގަތުމުން ދުރުހެލި ވާށެވެ.
 34. ކަމަކަށް އެދޭނަމަ އަބަދުވެސް ﷲ އަށް މަދަދަށް އެދޭށެވެ.
 35. ހުރިހާ ވަގުތެއްގައިވެސް ﷲ އަށް ކުށްތަންވޭ ތޯ ބަލާށެވެ.
 36. ދީންވެރި މީހުންނާއި ގުޅުން ބަދަހި ކުރާށެވެ.
 37. ތިމާއަަށް ލިބިފައިވާ ވަގުތުގެ ފައިދާ އެންމެ ހެޔޮ ގޮތުގައި ލިބިގަނެވޭ ތޯ ގަދަ އަޅައި މަސައްކަތް ކުރެވޭ ތޯ ބަލާށެވެ. 38. ގާތް ތިމާގެ ކަމުގެ ގުޅުން ކަނޑާ ނުލާށެވެ. އެއީ މީހާގެ އުމުރުގައި ބަރަކާތް އިތުރުވެ ، ރިޒުގު ތަނަވަސް ވާކަމެކެވެ. 39. ތިމާއަށް ކުރެވިފައިވާ ފާފަތަކުގެ މައްޗަށް ބޮޑާވެ ކިބުރު ވެރި ނުވާށެވެ.
 40. ތިމާގެ ހިތުގައި އެހެން މީހުންނަށް ރަހުމާއި ، ހަމްދަރުދީ އުފައްދާށެވެ.
 41. ތިޔަ ކަނބަލުންގެ އިއްޒަތާއި ޤަދަރު ވެއްޔާއި މޮޑެލުމަށްޓަކައި ލާދީނީ މީހުން ޖަހާ ދަންތުރަ ތަކުން ސަލާމަތް ކަން ހޯދާށެވެ.
 42. އިސްލާމު ދީނުގައި ވަރުގަދަޔަށް ސާބިތުވެ ލައްވާށެވެ.
 43. އިސްލާމީ ޘަގާފަތް ދެމެހެއްޓޭ ތޯ ބަލާށެވެ.
 44. ރީތި އަޚްލާޤުތަކަކީ ތިމާގެ އާދަތަކެއް ކަމުގައި ހަދާށެވެ.
 45. ތިމާގެ ގޭގައި ކުރަންޖެހޭ ކަންތަށް ތަށް ކުރުމުގައި ފަސް ނުޖެހޭށެވެ.
 46. އަބަދުވެސް ހިނިތުންވެ އެހެން މީހުންނާއި މުޚާތަބް ކުރާށެވެ.
 47. ރުޅި އިސްނުކޮށް ، އެހެން މީހުން ރުޅި ނާރުވާށެވެ.
 48. އިސްލާމު ދީނުގެ އަދުއްވުންނާއި އެތް ގޮތްވެ ނޫޅޭށެވެ.
 49. ނަމާދު ވަގުތު ފަސް ނުކުރާށެވެ.
 50. ތިމާގެ ނަފްސު ތާހިރު ކުރުން މަތީ އަބަދުވެސް ދެމި ހުންނާށެވެ.
 ------------------------------------

No comments:

Post a Comment

ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ