Skip to main content

ހެޔޮ ޢިލްމުވެރިންނާއި މީސްތަކުން މަގުފުރައްދާ މީހުން


އެންމެ ހެޔޮ ޢިލްމުވެރިންނަކީ ލިބިފައިވާ ޢިލްމަށް ޢަމަލު ކުރާ މީހުންނެވެ. އެއީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ނަބީބޭކަލުން ވާރުތައިގެ ގޮތުގައި މުދަލެއް ދޫނުކުރައްވައެވެ. އެބޭކަލުން ދޫކުރެއްވީ ޢިލްމެވެ.

 ﷲ ތަޢާލާ ވަނީ ޢިލްމު އުނގެނުމަށް ބާރުއަޅުއްވާފައެވެ. ޢިލްމުގެ އަހުލުވެރިން އެހެންމީހުންގެ މައްޗަށް މާތްކުރައްވާފައެވެ. އަދި އެޢިލްމު އުނގެނުންވަނީ އެންމެ މާތް އަދި ﷲ އާ ކުއްތަންކުރުވަނިވި ހެޔޮކަންތައްތަކުގެ ތެރޭގައި ލައްވާފައެވެ. އަދި ސުވަރުގެއަށް ދިޔުމުގެވެސް އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ލައްވާފައެވެ. އެއީ މިޢިލްމަކީ އަދި މިޢިލްމު އުނގެނުމުގައި ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަނެވި، އެއިލާހުގެ އަމުރުފުޅުތަކާއި ނަހީފުޅުތައް ދެނެގަނެވި މިދީން ޤާއިމްކުރެވޭތީއެވެ.

 ﷲ ވަޙީކުރައްވާފައިވެއެވެ.{ قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لا يَعْلَمُونَ }{ الزمر 9}.މާނައީ:"ކަލޭގެފާނުވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެހެއްޔެވެ؟". އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.{ يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ}{ المجادلة 11}މާނައީ:"ތިޔަބައިމީހުންގެ ތެރެއިން އީމާންވިމީހުންނާއި، ޢިލްމުލިބިގެންވާމީހުން ﷲ ދަރަޖަތަކަށް އުފުއްލަވާނެތެވެ." އަދިވެސް ވަޙީކުރައްވާފައިވެއެވެ.{ وَقُلْ رَبِّ زِدْنِي عِلْمًا}{ طه 114}. މާނައީ:"އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭއެވެ".

 ރަސޫލު ﷲ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވާފައިވެއެވެ.{ مَنْ يُرِدْ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ }{ رواه البخاري، ومسلم }.މާނައީ:"ﷲ ތަޢާލާ އެމީހަކަށް ހެޔޮގޮތްމިންވަރު ކުރައްވަން އިރާދަކުރައްވައިފިނަމަ އޭނައަށް ދީނުގެ ޢިލްމު ދެއްވައެވެ". ދީނީ ތަޢުލީމު އުނގެނުމަކީ ސުވަރުގެއަށް ދިއުމަށް މަގުފަހިކޮށްދޭކެމެކެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވާފައިވެއެވެ. { مَنْ سَلَكَ سَبِيْلاً يَبْتَغِي بِهِ عِلْماً، سَهَّلَ اللهُ لَهُ طَرِيْقاً إِلَى الْجَّنَّةِ، وَإِنَّ الْمَلاَئِكَةَ لَتَضَعُ أَجْنِحَتَهَا لِطَالِبِ الْعِلْمِ رِضاً بِماَ يَصْنَعُ، وَإِنَّ الْعَالِمَ لَيَسْتَغْفِرُ لَهُ كُلُّ شَيْءٍ حَتَّى الْحِيْتَانُ فِيْ الْمَاءِ، وَفَضْلُ الْعَالِمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ عَلَى سَائِرِ الْكَوَاكِبِ، وَإِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ، إِنَّ الأَنْبِيَاءَ لَمْ يُوَرِّثُوْا دِيْنَاراً وَلاَ دِرْهَماً إِنَّماَ وَرَّثُوا الْعِلْمَ فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ}{ أبو داود والترمذي}. މާނައީ:" ޢިލްމު އުނގެނުމަށްޓަކައި މަގެއް ޚިޔާރުކޮށްފިމިހާއަށް ﷲ ތަޢާލާ ސުވަރުގެއަށް ދިއުމަށްޓަކައި މަގެއް ފަސޭހަކޮށްދެއްވައެވެ. އަދި ހަމަކަށަވަރުން މަލާއިކަތްބޭކަލުން އެބޭކަލުންގެ ވަރަފުޅުތައް ކިޔާވާކުއްޖާއަށްޓަކައި އޭނާ ކުރާ ކަންތަކަށް (އެބަހީ ޢިލްމު އުނގެނުމަށް) ރުހިވަޑައިގެންވާ ޙާލު ފަތުރުއްވާލައްވައެވެ. އަދި ހަމަކަށަވަރުން ހުރިހާ އެއްޗެއް ޢިލްމުވެރިޔާއަށްޓަކައި ފާފަފުއްސެވުން އެދި ދުޢާކުރެއެވެ. ކަނޑުގައިވާ މަހަށް ދާންދެނެވެ. އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާއަށް މާތްކަންލިބިގެންވާ ފަދައީ، ތަރިތަކުގެ މައްޗަށް ހަނދު މާތްވެގެންވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ދީނާރެއް އަދި ދިރުހަމެއްވެސް ވާރުތައެއް ނުކުރައްވައެވެ. އެބޭކަލުން ވާރުތައިގެ ގޮތުގައި ދޫކުރެއްވި އެއްޗަކީ ޢިލްމެވެ. އެޢިލްމު އުނގެނި ހޯދައިފިމީހާ އެހޯދީ ބޮޑުވެގެންވާ ނަސީބެކެވެ. ".

 ޢިލްމުވެރިންނަކީ ވަރަށް ޤަދަރުވެރި ބަޔެކެވެ. ނަމަވެސް އެބޭފުޅުންނަށް ޙައްޤުވެގެންވާ ޤަދަރު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ނުދެވޭކަން ފާހަނގަ ކުރެވެއެވެ. ގިނަފަހަރަށް އެބޭފުޅުން ވިދާޅުވާ އެއްޗަކަށް މަލާމާތްކުރުން ނޫން އެހެން ކަމެއް އަޅުގަނޑުމެންނަށް ނުކުރެވެއެވެ. ޙަޤީގަތުގައި ކުޅިވަރު ކުޅޭ މީހުންނާއި މުނިފޫހި ފިލުވައިދޭ މީހުންނަކީ އެހާ ޤަދަރުވެރި ބަޔެއް ނޫނެވެ. ސަބަބަކީ ކުޅިވަރާއި މުނިފޫހި ފިލުވުމާއި މަޖަލަކީ އިންސާނީ ދަރިފަސްކޮޅަށް އެހާ މުހިއްމު އަސާސީ ކަންކަމެއް ނޫނެވެ. ނަމަވެސް ޢިލްމަކީ އޭގެ ޙަޤީޤީ ގޮތް އޮޅިއްޖެނަމަ މުޖުތަމަޢު މަގުފުރެދި އެކި ގޮތް ގޮތުން ހަލާކުވެ ފަނާ ވެދާނެ އެއްޗެކެވެ. އެހެންކަމުން ޢިލްމަކީ މުޖުތަމަޢުގެ ތަރައްޤީ އާއި އަމަން އަމާންކަމަށް ވަރަށް މުހިއްމު އަދި އެހާމެ ފައިދާހުރި އެއްޗެކެވެ. އަޅުގަނޑުމެންނަށް ޢިލްމު ފޯރުކޮށް ދެއްވަން ތިއްބެވީ ޢިލްމުވެރިންނެވެ.

 ޢިލްމުވެރިންގެ ޤަދަރު ވެއްޓެން ދިމާވީ ޢިލްމުވެރިންގެ ނަމުގައި ނުކުތް ޖާހިލުންގެ ސަބަބުންނެވެ. އެމީހުން އެމީހުން ބޭނުންވާ ގޮތަކަށް ޙައްޤުގެ ނަމުގައި ކަންތައްތައް ބަޔާންކޮށްދީ ދޮގުހެދީއެވެ. ޙައްޤަށް ލޯބި ކުރައްވާ ޢިލްމުވެރިޔަކު ޙައްޤު ބަޔާން ކޮށްދެއްވީމާ މި މީހުން މީސްތަކުންނަށް ޢިލްމު އޮޅުވާލަނީ އެވެ. ދުނިޔޭގެ ކުޑަކުޑަ ފައިސާ ކޮޅެއްގެ ދަހިވެތި ކަމުގައެވެ. މިފަދަ މީހުންނަކީ މުޖުތަމަޢުގެ ހަލާކެވެ.

 މިފަދަ މީހުން ޢިލްމް ބޭނުން ކުރަނީ މީހަކު ބުނާ ބަހަކަށް ނުވަތަ މީހަކު ލިޔެފައިވާ އެއްޗަކަށް ނިސްބަތް ކޮށެވެ.

 މާތް ﷲ ވަހީކުރައްވާފައި ވެއެވެ. (وَمَا لَهُمْ بِهِ مِنْ عِلْمٍ ۖ إِنْ يَتَّبِعُونَ إِلَّا الظَّنَّ ۖ وَإِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا)53:28 މާނައީ: "އެއުރެންނަށް އެކަމުގެ އެއްވެސް علم އެއް ލިބިގެންނުވާ حال ގައެވެ. ހީއަކަށް މެނުވީ އެއުރެން تبع ވާކަމުގައެއް ނުވެތެވެ. އަދި ހަމަކަށަވަރުން، ހީއަކީ حق ގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނެ އެއްޗެއްނޫނެވެ."
 އަދިވެސް އެކަލާނގެ ވަޙީ ކުރައްވައެވެ. (أَفَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ وَأَضَلَّهُ اللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِ وَقَلْبِهِ وَجَعَلَ عَلَىٰ بَصَرِهِ غِشَاوَةً فَمَنْ يَهْدِيهِ مِنْ بَعْدِ اللَّهِ ۚ أَفَلَا تَذَكَّرُونَ)45:23 މާނައީ: "ފަހެ، އެމީހެއްގެ އެދުންތައް އެއީ، އެމީހަކު އަޅުކަންކުރާ إله އެއްކަމުގައި ހަދައި، އަދި علم ލިބިފައިވުމާއެކުވެސް، اللَّه އެމީހަކު މަގުފުރައްދަވައި، އަދި އޭނާގެ އިވުމާއި، ހިތުގައި ސިއްކަގައްސަވައި، އަދި އޭނާގެ ލޮލުގައި ފަރުދާއެއްލައްވައިފިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ اللَّه މެނުވީ އެމީހަކަށް ތެދުމަގު ދައްކާނީ ފަހެ، ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟"

 މިކަންކަން ރަނގަޅުކޮށް މުޖުތަމަޢު އިޞްލާޙު ކުރެވޭނީ ޢިލްމުވެރިންގެ ނަމުގައި މީސްތަކުން މަގުފުރައްދާ މީހުން ވަކިކޮށް އެބައިމީހުންނަށް ޙައްޤު އަދަބުދީ އެބައިމީހުންގެ އަނގަ ބަންދުކޮށްގެންނެވެ. އަދި ޙައްޤުގެ ޢިލްމުވެރިން ޙައްޤުބަސް ފެތުރުމަށްޓަކައި އިތުރު ޕޮރޮގްރާމްތައް ހިންގައި ފޮތްތައް ލިޔެ ވެބްސައިޓްތައް ހަދައި އިތުރު މަސައްކަތްތައް ކުރަންޖެހޭނެއެވެ. އޭރުން، ﷲ އިރާދަކުރެއްވިއްޔާ، ބޭކާރު ކުޅިވަރު ތަކާއި މުނިފޫހި ފިލުވުމުގެ މަޖަލުން މީސްތަކުން ދުރުވެ އެމީހުންގެ ހަމަބުއްދިޔަށް ރުޖޫޢަވާނެއެވެ. އަދި މި މުޖުތަމަޢު އިޞްލާޙު ވެގެންދާނެއެވެ.(އިންޝާﷲ)

 ތިމާގެ ހަވާނަފްސުގެ އެދުންތަކާނުލާ ކީރިތި ޤުރުއާނާއި މާތްނަބިއްޔާގެ ސުންނަތް، އެއީއަސްލު ކަމުގައި ބަލައިގެން، އެނަބިއްޔާގެ މިތުރު ސަހާބީންގެ ފަހުމާއި އެއްގޮތަށް އެ ދެ އަސްލު އުނގެނިގެން އަނެކާއާ ދޭތެރޭ އެއްވެސް ޒާތީ ރުޅިވެރިކަމެއް ނުބާއްވާ، ވާހަކަ ދައްކަވާ އިތުބާރު ހުރި ބޮޑެތި ޢިލްމުވެރިން މައްސަލައަކާ މެދު އެއްގޮތަށް ވުރެ ގިނަ ގޮތްގޮތަށް ވިދާޅުވެފައި ވަނީނަމަ އެ ހުރިހާ ގޮތަކީވެސް ޢަމަލު ކުރެވިދާނެ ގޮތްގޮތެވެ. އެއިން ކޮންމެ ރައުޔަކަށް ޢަމަލު ކުރިނަމަވެސް އެމީހެއްގެ މަންޒިލް މަގްސޫދަކަށް ވެފައި އޮންނާނީ ﷲ ގެ ރަޙްމަތުން ސުވަރުގެއެވެ.

 އެހެން ކަމުން، ޤުރްއާނާއި ސުއްނަތާއި އެއްގޮތަށް، އެބޭފުޅަކަށް ލިބިފައިވާ ޢިލްމާއި އެއްގޮތަށް ޢަމަލުކުރާ، އުއްމަތުގެ ސަލަފުން (ޞަޙާބީންނާއި ތާބިޢީންނާއި މިއުއްމަތުގެ އިސްވެ ގޮސްފައިވާ ޞާލިޙު އަޅުން)ގެ މަންހަޖަށް ތަބާވާ ކޮންމެ ޢިލްމުވެރިއަކީ ރަނގަޅު ޢިލްމުވެރިއެކެވެ.

 އަޅަމެން އެންމެންނީ އެންމެ ހެޔޮ ރަނގަޅު ޢިލްމުން ޢިލްމ ލިބެނިވި ބަޔަކު ކަމުގައި ލައްވާށި! އާމީން
 رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ 26:83 މާނަޢީ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް علم އާއި، ވިސްނުން ދެއްވާނދޭވެ! އަދި صالح ންގެތެރެއިން މިއަޅާ ލައްވާނދޭވެ!"
 ----------------------------------------

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.