Skip to main content

މިއުއްމަތުގެ މާތްނަބިއްޔާ صلى الله عليه وسلم ގެ ދޫފުޅުން

މިއުއްމަތުގެ މާތްނަބިއްޔާ صلى الله عليه وسلم ގެ ދޫފުޅުން

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

“انْطَلَقَ ثَلاثَةُ رَهْطٍ مِمَّنْ كَانَ قَبْلَكُمْ حَتَّى أَوَوْا الْمَبِيتَ إِلَى غَارٍ فَدَخَلُوهُ فَانْحَدَرَتْ صَخْرَةٌ مِنْ الْجَبَلِ فَسَدَّتْ عَلَيْهِمْ الْغَارَ فَقَالُوا إِنَّهُ لا يُنْجِيكُمْ مِنْ هَذِهِ الصَّخْرَةِ إِلا أَنْ تَدْعُوا اللَّهَ بِصَالِحِ أَعْمَالِكُمْ ، فَقَالَ رَجُلٌ مِنْهُمْ اللَّهُمَّ كَانَ لِي أَبَوَانِ شَيْخَانِ كَبِيرَانِ وَكُنْتُ لا أَغْبِقُ – شُرْب الْعَشِيّ – قَبْلَهُمَا أَهْلا وَلا مَالا فَنَأَى بِي فِي طَلَبِ شَيْءٍ يَوْمًا فَلَمْ أُرِحْ عَلَيْهِمَا حَتَّى نَامَا فَحَلَبْتُ لَهُمَا غَبُوقَهُمَا فَوَجَدْتُهُمَا نَائِمَيْنِ وَكَرِهْتُ أَنْ أَغْبِقَ قَبْلَهُمَا أَهْلا أَوْ مَالا فَلَبِثْتُ وَالْقَدَحُ عَلَى يَدَيَّ أَنْتَظِرُ اسْتِيقَاظَهُمَا ُ [َ فَكَرِهْتُ أَنْ أُوقِظَهُمَا وَالصِّبْيَةُ يَتَضَاغَوْنَ - الصِّيَاح بِبُكَاء بسبب الجوع - عِنْدَ رِجْلَيَّ فَلَمْ يَزَلْ ذَلِكَ دَأْبِي وَدَأْبَهُمَا حَتَّى طَلَعَ الْفَجْرُ ] حَتَّى بَرَقَ الْفَجْر فَاسْتَيْقَظَا فَشَرِبَا غَبُوقَهُمَا اللَّهُمَّ إِنْ كُنْتُ فَعَلْتُ ذَلِكَ ابْتِغَاءَ وَجْهِكَ فَفَرِّجْ عَنَّا مَا نَحْنُ فِيهِ مِنْ هَذِهِ الصَّخْرَةِ فَانْفَرَجَتْ شَيْئًا لا يَسْتَطِيعُونَ الْخُرُوج .
وَقَالَ الآخَرُ اللَّهُمَّ كَانَتْ لِي بِنْتُ عَمٍّ كَانَتْ أَحَبَّ النَّاسِ إِلَيَّ [ كُنْتُ أُحِبُّ امْرَأَةً مِنْ بَنَاتِ عَمِّي كَأَشَدِّ مَا يُحِبُّ الرَّجُلُ النِّسَاءَ ] فَأَرَدْتُهَا عَنْ نَفْسِهَا فَامْتَنَعَتْ مِنِّي حَتَّى أَلَمَّتْ بِهَا سَنَةٌ مِنْ السِّنِينَ فَجَاءَتْنِي فَأَعْطَيْتُهَا عِشْرِينَ وَمِائَةَ دِينَارٍ عَلَى أَنْ تُخَلِّيَ بَيْنِي وَبَيْنَ نَفْسِهَا فَفَعَلَتْ حَتَّى إِذَا قَدَرْتُ عَلَيْهَا (وَفِي رِوَايَةٍ: فَلَمَّا قَعَدْتُ بَيْنَ رِجْلَيْهَا) قَالَتْ لا أُحِلُّ لَكَ أَنْ تَفُضَّ الْخَاتَمَ إِلا بِحَقِّهِ [قَالَتْ اتَّقِ اللَّهَ وَلا تَفُضَّ الْخَاتَمَ إِلا بِحَقِّهِ ] فَتَحَرَّجْتُ مِنْ الْوُقُوعِ عَلَيْهَا فَانْصَرَفْتُ عَنْهَا [ فَقُمْتُ وَتَرَكْتُهَا] وَهِيَ أَحَبُّ النَّاسِ إِلَيَّ وَتَرَكْتُ الذَّهَبَ الَّذِي أَعْطَيْتُهَا اللَّهُمَّ إِنْ كُنْتُ فَعَلْتُ ابْتِغَاءَ وَجْهِكَ فَافْرُجْ عَنَّا مَا نَحْنُ فِيهِ فَانْفَرَجَتْ الصَّخْرَةُ غَيْرَ أَنَّهُمْ لَا يَسْتَطِيعُونَ الْخُرُوجَ مِنْهَا
وَقَالَ الثَّالِثُ اللَّهُمَّ إِنِّي اسْتَأْجَرْتُ أُجَرَاءَ فَأَعْطَيْتُهُمْ أَجْرَهُمْ ( أَيْ : ثَمَنه) غَيْرَ رَجُلٍ وَاحِدٍ تَرَكَ الَّذِي لَهُ وَذَهَبَ فَثَمَّرْتُ أَجْرَهُ حَتَّى كَثُرَتْ مِنْهُ الأَمْوَالُ فَجَاءَنِي بَعْدَ حِينٍ فَقَالَ يَا عَبْدَ اللَّهِ أَدِّ إِلَيَّ أَجْرِي فَقُلْتُ لَهُ كُلُّ مَا تَرَى مِنْ أَجْرِكَ مِنْ الإِبِلِ وَالْبَقَرِ وَالْغَنَمِ وَالرَّقِيقِ فَقَالَ يَا عَبْدَ اللَّهِ لا تَسْتَهْزِئُ بِي فَقُلْتُ إِنِّي لا أَسْتَهْزِئُ بِكَ فَأَخَذَهُ كُلَّهُ فَاسْتَاقَهُ فَلَمْ يَتْرُكْ مِنْهُ شَيْئًا اللَّهُمَّ فَإِنْ كُنْتُ فَعَلْتُ ذَلِكَ ابْتِغَاءَ وَجْهِكَ فَافْرُجْ عَنَّا مَا نَحْنُ فِيهِ فَانْفَرَجَتْ الصَّخْرَةُ فَخَرَجُوا يَمْشُونَ . (رواه البخاري في الأدب ومسلم في الذكر واللفظ من رياض الصالحين)
މާނައީ: “ތިޔަބައިމީހުންގެ ކުރީގައި އުޅުނު ތިންމީހަކު ދަތުރުކުރަމުން ދިޔައެވެ. ދެން އެމީހުން ރޭގަނޑު ވޭތިކުރުމަށްޓަކައި ހޮހޮޅައަކަށްވަނެވެ. ދެންފަހެ ފަރުބަދައިގެ މަތިން ވެއްޓުނު ހިލައެއްގެ ސަބަބުން ހޮހޮޅައިގެ ދޮރު ބަންދުވެއްޖެއެވެ. އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ކޮންމެ މީހަކުވެސް އެމީހަކު ކޮށްފައިވާ ޞާލިޙްޢަމަލުތައް މެދުވެރިކޮށް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދަންނަވައިގެން މެނުވީ މިކަމުން އަހަރެމެން ނަޖާއެއް ނުވާނެއެވެ. އެމީހުންގެ ތެރެއިން އެކަކު ބުންޏެވެ. “އޭ ﷲއެވެ.  އަހަރެންގެ މަންމައާއި ބައްޕަ މުސްކުޅިވެފައިވާ ދެމީހުން ކަމުގައިވިއެވެ. އަހަރެން ދުވަހަކުވެސް އަހަރެންގެ އަހުލުންނަށް އެއްވެސް އެއްޗެއް ބުއިމަށް އެދެމީހުންނަށް ދިނުމަށްފަހުގައި މެނުވީ ނުދެމެވެ. އެއްދުވަހަކު އަހަރެންގެ ނަޢަމްސޫފިތައް ހުއިހެއްޕުމުގެ ތެރޭގައި އެއްޗެއް ހޯދަންވެގެން ވަރަށް ދުރަށް ދާންޖެހުނެވެ. އަހަރެން އެނބުރި އާދެވުނުއިރު މައިންބަފައިން ވަނީ ނިދާފައެވެ. މައިންބަފައިންނަށް ރޭގަނޑުގެ ބުއިމުގެ ގޮތުގައި ދިނުމަށްޓަކައި ކަންބަޅިން ކިރުފެލީމެވެ. އެހިނދު އެމީހުންނަށްވުރެ ކުރިން އަހަރެންގެ އަހުލުން އެކިރު ބުއިމަށް ހިތްހަމައެއްނުޖެހުނެވެ. އެމީހުންގެ ގާތުގައި އެމީހުން ހޭލާނެ ވަގުތަކަށް އިންތިޒާރުކުރުމުގައި ކިރުއަޅާފައިވާ ކަދާ ހިފައިގެން ހުރީމެވެ. އެދެމީހުންނަށް ހޭލައްވާލުމަށް ހިތްހަމައެއްނުޖެހުނެވެ. އަހަރެންގެ ދަރީންތައް ބަނޑުހައިވެގެން އަހަރެންގެ ފައިބުޑުގައި ރޮމުން ދިޔައެވެ. ފަތިސްވަންދެނެވެ. އެންމެފަހުން އެދެމީހުން ހޭލައިފިއެވެ. އެއަށްފަހު އަހަރެން އެދެމީހުންނަށް އެކިރުގެ ކަންވާރުން ބުއެވެ. އޭ ﷲ! އަހަރެންނަށް މިކަން ކުރެވިފައިވަނީ އިބަ އިލާހުގެ ވަޖުހުފުޅު އަދައިގެން ކަމުގައި ވާނަމަ އަހަރެމެންނަށް ޖެހިފައިވާ މިވާ ހާލުން ސަލާމަތް ކުރައްވާންދޭވެ!” އެޔަށްފަހު އެހިލަ ކުޑަކޮށް ފެޔަށް ޖެހިލިއެވެ. ނަމަވެސް މީހަކަށް ނުކުމެވޭ ވަރެއް ނުވިއެވެ.
އަނެކަކު ބުންޏެވެ. އޭ ﷲ އެވެ. ތިމަންނާގެ ބޮޑުބޭގެ އަންހެން ކުއްޖަކު ހުރެއެވެ. އެ ކުއްޖާވީ މީސްތަކުންގެ ތެރެއިން ތިމަންނާ އެންމެ ލޯބިވާމީހާކަމުގައެވެ. (ފިރިހެނުން އަންހެނުންދެކެ ލޯބިވާ އެންމެ ބޮޑަށް އަހަރެން އޭނާދެކެ ލޯބިވީމެވެ) އަހަރެން އޭނާގެ ނަފްސުން ޖާގައަކަށް ޤަޞްދުކުރީމެވެ. އަދި އޭނާ އަހަރެންގެ ކިބައިން މަނާވިއެވެ. އެހެންގޮސް އެއްއަހަރަކު އޭނާ ތަދުމަޑުކަމުގައި ޖެހިގެން އަހަރެންގެ ގާތަށް އަތުވައްޖެއެވެ. އަހަރެން އޭނާއަށް ސަތޭކަ ވިހި ދީނާރު ދިނީމެވެ. އެއީ އަހަރެންނާ އޭނާގެ ނަފްސާ ދެމެދު ހުރަސް ނޭޅުމުގެ މައްޗަށެވެ. އަދި އޭނާ އެއްބަސްވެއްޖެއެވެ. އަދި އަހަރެން އޭނާއާއި ގާތްވެ، އެހެން ރިވާޔަތެއްގައި ވަނީ: (އަހަރެން އޭނާގެ ކުރިމަތީގައި އިށީނުމުން).  އޭނާ ބުންޏެވެ. ﷲއަށް ބިރުވެތިވާށެވެ. އޭގެ ހައްގުއަދާނުކޮށް ސިއްކަ ނުކަނޑާށެވެ. (ރަން އަދާނުކޮށް ކައިރިނުވާށެވެ). ފަހެ އަހަރެން އޭނާގެ ކިބައިން ދުރަށް ދިޔައީމެވެ. އެކަމަކު އެއީ އަހަރެން އެންމެ ލޯބިވާ އިންސާނާއެވެ. އަދި މިއަޅާ އޭނާއަށް ދިން ރަންތައްވެސް އޭނާއަށް ދިނީއެވެ. އޭ ﷲއެވެ. މިއަޅާ މިކަންތައް ކުރީ އިބައިލާހުގެ ވަޖުހަފުޅުއަދައިގެން ކަމުގައިވާނަމަ އަހަރެމެން ޖެހިފައިމިވާ ޙާލުން ސަލާމަތްކުރައްވާންދޭވެ.  ފަހެ ހިލަ ތަންކޮޅެއް ދުރުވެއްޖެއެވެ. އެކަމަކު ނުކުމެވޭވަރެއް ނުވެއެވެ.
ތިންވަނަ މީހާބުންޏެވެ. އޭ ﷲއެވެ. އަހަރެން ކުއްޔަށް މަސައްކަތު މީހުންތަކެއް ގެނައީމެވެ. އަދި އެކަކުފިޔަވައި އެންމެންގެ މުސާރަ އެމީހުންނަށް ދިނީމެވެ. އޭނާގެ މުސާރަ ބަހައްޓައިފައި އޭނާ ދިޔައީއެވެ. މިއަޅާ އޭނާގެ މުސާރައިން ފައިދާ އިތުރުކުރީމެވެ. އެދިޔަގޮތަށްގޮސް އޭނާގެ މުދާތައް ގިނަވެއްޖެއެވެ. އެތައްޒަމާނެއްފަހުން  އޭނާ އަހަރެންގެ ގާތަށް އަތުވައްޖެއެވެ. އަދިބުންޏެވެ. އޭ ﷲގެ އަޅާއެވެ. އަހަރެންގެ މުސާރަ ދޭށެވެ. އަހަރެން ބުނީމެވެ. ތިބާއަށް  ފެންނަންމިހިރަ  ހުރިހާ ޖަމަލުތަކާއި ގެރިތަކާއި ބަކަރިތަކާއި އަޅުންނަކީ ތިބާގެ މުސާރައިގެ ތެރެއިން ވާ ތަކެއްޗެވެ.(އުޖޫރައެވެ) އޭނާބުންޏެވެ. މަލާމާތްނުކުރާށެވެ. އަހަރެން ބުނީމެވެ. އަހަރެން މަލާމާތެއް ނުކުރަމެވެ. ފަހެ އޭނާ އެހުރިހާ އެއްޗިހި ހިފައިގެން ހިގައްޖެއެވެ. އެއިން އެއްވެސް އެއްޗެއް ދޫނުކުރެއެވެ. އޭ ﷲއެވެ. މިއަޅާ މިކަންކުރީ އިބަﷲ ގެ ވަޖުހަފުޅު އަދައިގެން ކަމުގައިވާނަމަ އަހަރެމެންނަށް ޖެހިފައިވާ ޙާލުން ސަލާމަތް ކުރައްވާންދޭވެ. ފަހެ ހިލަ އެއްކައިރި ވެއްޖެއެވެ. ދެން އެބައިމީހުން ނުކުމެގެން  ގޮއްސިއެވެ.”
މަންމަގެ މާތްކަން
މިފަދަ ވާހަކަތައް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންނަށް ކިޔާދެއްވުމުގެ ޙިކުމަތަކީ އިސްލާމްދީނުގައި މައިންބަފައިންނަށް ދޭ ދަރަޖަ ބަޔާންކޮށްދީ އެފަދަ އަމަލުތަކަށް މީހުންނަށް ހިތްވަރު ދިނުމެވެ. މިކަމުން  މަންމައަށާއި ބައްޕައަށް އޯގާތެރިވުމުގެ މުހިންމުކަމާއި މާތްކަން އަހަރެމެންނަށް އެނގިގެން އެބަދެއެވެ. މަތީގައި އެވާ ހަދީޘްގައި ބަޔާން ކުރެވިފައި އެވަނީ މިމައުޟޫއާއި ގުޅޭ ތަންކޮޅެވެ. ކީރިތި ޤުރުއާނުގައިވެސް މައިންބަފައިންނަށް އޯގާތެރިވުމަށާއި އިޙްތިރާމް ކުރުމަށް އަމުރުފުޅު އައިސްފައިވާއިރު، މަންމައަށް ޚާއްޞަކޮށް އޯގާތެރިވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަމުރުކުރައްވައެވެ. އަދި މި އަމުރުފުޅު އައިސްފައިވަނީ މުޅި އިންސާނިއްޔަތަށެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. “وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ“ (لقمان 14) މާނައީ: “އަދި އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންއިލާހު އޭނާއަށް ވަސިއްޔަތް ކުރެއްވީމެވެ. އޭނާގެ މަންމަ އޭނާއައިގެން ބަލިވެއިނީ ބަލިކަށިކަމުގެ މައްޗަށް ބަލިކަށިކަމާއި އުނދަގޫ އުފުލާ ޙާލުގައެވެ. އަދި(މަންމަގެ ގާތުން)ކިރުބުއިން ހުއްޓާލުން ވަނީ ދެއަހަރުގެ ތެރޭގައެވެ. ތިމަން އިލާހަށށް ޝުކުރު އަދާކުރާހުށިކަމެވެ. އަދި ތިބާގެ މައިންބަފައިންނަށްވެސް މެއެވެ.  އަދި ތިޔަބައިމީހުން އެނބުރި އައުންވަނީ ހަމަ ތިމަން އިލާހުގެ ޙަޟްރަތަށެވެ.”
އެއްދުވަހަކު މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ.
يَا رَسُولَ اللَّهِ ! أَيُّ النَّاسِ أَحَقُّ مِنِّي بِحُسْنِ الصُّحْبَةِ ؟ قَالَ : ” أُمُّكَ ” . قَالَ : ثُمَّ مَنْ ؟ قَالَ : ” ثُمَّ أُمُّكَ ” قَالَ : ثُمَّ مَنْ ؟ قَالَ : ” ثُمَّ أُمُّكَ ” . قَالَ : ثُمَّ مَنْ ؟ قَالَ : ” ثُمَّ أَبَاكَ ” . (رواه مسلم)
މާނައީ: “އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުގެ އެމީހެއްގެ މައްޗަށް އޯގާތެރިވުމާއި އަޅާލުންދިނުން އެންމެ އަޢުލާކަން ބޮޑުވެގެންވަނީ ކާކުގެ މައްޗަށްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “ތިބާގެ މަންމައެވެ.” އަނެއްކާވެސް އޭނާ ސުވާލުކުރިއެވެ. “ދެންކާކުހެއްޔެވެ؟” ޙަދީޘްކުރެއްވިއެވެ. “ދެންވެސް ތިބާގެ މަންމައެވެ.” އަނެއްކާވެސް އޭނާ ސުވާލުކުރިއެވެ. “ދެންކާކުގެމައްޗަށް ތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ދެންވެސް ތިބާގެ މަންމައެވެ.” ސުވާލު ތަކުރާރު ކުރުމުން ޙަދީޘްކުރެއްވިއެވެ. “ތިބާގެ ބައްޕައެވެ.”

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.