Skip to main content

ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އަވަހާރަވެވަޑައިގަތުން


ރަސޫލާ ޞައްލައްﷲ ޢަލައިހި ވަޞައްލަމް ގެ حجة الوداع އަށް ފަހު ދުވަސްކޮޅެއް ވޭތުވެއްޖެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ހިދާޔަތުގެ އަލި މީސްތަކުންނަށް ބާއްވައިލައްވައި ނިމިއްޖެކަން ޢިއުލާންކުރެއްވިއެވެ. އެއިލާހު ވަޙީކުރެއްވިއެވެ. الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا މާނައަކީ؛ "މިއަދު ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ތިމަން އިލާހު ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް ތިމަން އިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި ފުރިހަމަކޮށްދެއްވައިފީމެވެ."
 އެންމެ ފަހުގެ ރިސާލަތު ފުރިހަމަވެގެންދިޔައީއެވެ. ދީނެއް ގޮތުގައި އިސްލާމް ދީން ހަމަޖެހުނީއެވެ. ޢަދި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ޢަމަލުފުޅުން އިސްލާމްދީނަށް ޢަމަލުކުރަން މީސްތަކުންނަށް ދަސްކޮށްދެއްވީއެވެ. އަދި އެކަލޭގެ ފާނުގެ ވަދާޢީ ޙައްޖުގައި އެކަލޭގެފާނު މީސްތަކުންނަށް ﷲ ގެ ދީން ފޯރުކޮށްދެއްވައިފިކަމުގައި އެތަނަށް ޖަމާޢަވި މީހުން ހެކިކުރުވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަން ކަލޭގެފާނު ތިޔަބައިމީހުންނަށް އިސްލާމް ދީން ފޯރުކޮށްދެއްވައިފިކަމަށް ތިޔަބައިމީހުން ހެކިވަމުހެއްޔެވެ؟" އެބައިމީހުން ދެންނެވޫއެވެ. "އޭ ﷲ ގެ ރަސޫލާއެވެ. އާދޭހެވެ." އަނެއްކާވެސް އެކަލޭގެ ފާނު އަނެއްކާވެސް އެބައިމީހުންނަށް ދެންނެވިއެވެ. "ތިޔަބައިމީހުން ތިމަން ކަލޭގެފާނު މި ގެނެސްދެއްވި ކަންތައް މިތާ ޙާޟިރު ނުވެތިބި މީހުންނަށް ފޯރުކޮށްދޭނަން ހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ. ތިމަންމެން ތިޔަ މަސްޢޫލިއްޔަތު އުފުލައިިފީމެވެ."
 މި ވަދާޢީ ޙައްޖު ވެގެން ދިޔައީ ގިނަ ޞަޙާބީންތަތަކަށް އެކަލޭގެފާނުގެ މަސައްކަތްޕުޅު ނިމިގެން ދިޔަކަން އިޙްސާސް ކުރެވުނު ކަމަކަށެވެ. އަދި އެކަލޭގެފާނު ދުނިޔެ ދޫކުރެއްވުމުގެ ވަގުތު އައިސް ޖެހިއްޖެކަމެވެ. ޞަޙާބީންނަށް މިކަން ވެގެން ދިޔައީ ކެތް ނުކުރެވޭހާވެސް ހިތާމަވެރި ކަމަކަށެވެ. އެބައިމީހުން އެމީހެއްދެކެ އެންމެ ލޯބިވާ މީހާ އެމީހުންނާއި ވަކިވުމުގެ ހިތާމަވެރި އިޙްސާސެވެ. އިސްލާމް ދީީން މީސްތަކުންނަށް ފޯރުކޮށްދިނުމުގެ ބުރަ ބޮޑު މަސްޢޫލިއްޔަތު ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަޞައްލަމް އަށްފަހު އެޅޭނީ އެކަލޭގެ ފާނުގެ ޞަޙާބީންގެ ބޮލުގައިކަން ވެސް އެ ޞަޙާބީންނަށް އެނގިގެންދިޔައެވެ. ހަމައެހެންމެ ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ސުއްނަތަކީ ސީދާ މަގަށް އެބައިމީހުންނަށް ތެދު މަގު ދައްކާނެ ހަމައެކަނި ގޮތް ކަންވެސް އެ ޞަޙާބީންނަށް އެނގިގެންދިޔައެވެ.
 ޙައްޖަތުލް ވަދާޢަށްފަހު މާ ގިނަ ދުވަސްތަކެއް ނުވެ، މާތް ނަބިއްޔާއަށް އާލާސްކަންފުޅާ ކުރިމަތިވިއެވެ. އެކަންތަކާއި އެންމެހައި މީސްތަކުން ފިކުރު ބޮޑުވިއެވެ. ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ދުނިޔެ ދޫކުރެއްވުމުގެ އިޙްސާސް ގެ ސަބަބުން ހިތްތަކަށް ވެރިވަމުން ގެންދިޔަ ހިތާމަތަކެވެ. އެކަލޭގެ ފާނާއި ނުލައި އެބައިމީހުން އުޅޭނީ ކިހިނެކުންހެއްޔެވެ؟ އެބައިމީހުންނަށް ދިމާވާ ދަތި އުނދަގޫ ޙާލަތްތަކުގައި އެބައިމީހުންނަށް އެހީތެރިކަން ދޭނީ ކާކު ހެއްޔެވެ؟ އެބައިމީހުންގެ އުފާވެރި ޝުޢޫރުތައް ހިއްސާކުރާނީ ކާކާހެއްޔެވެ؟ ފަރުޟު ފަސް ނަމާދު އިމާމްވެ ކުރައްވާނީ ކާކުހެއްޔެވެ؟ މި ފަދަ އެންމެހައި ކަންތަކަށް މާތް ރަސޫލާ ހުންނެވީ ވިސްނުން ބަހައްޓަވައިގެންނެވެ. އެގޮތުން އެކަލޭގެ ފާނުގެ އެންމެ ގާތް އެކުވެރިޔާ އަބޫބަކުރުއް ޞިއްދީޤަށް މީސްތަކުންނާއިގެން އިމާމްވެ ނާމާދު ކުރުމަށް އަމުރުކުރެއްވިއެވެ. މިކަން ވެގެންދިޔައީ ގިނަ ބައަކަށް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އަށްފަހު މުސްލިމުންގެ ކަންތަކާއި ޙަވާލުވާނެ ފަރާތަކީ އަބޫ ބަކުރުއް ޞިއްދީޤު ކަން ކަށަވަރުވި ޙާދިސާއަށެވެ. އެހެންނަމަވެސް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ވަކިން ޚާއްޞަ ގޮތެއްގައި މިކަން ފާހަގަ ކޮށްފައެއްނުވެއެވެ.
 ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވޭތުވެދިއުމަށްފަހު ދުނިޔެ ދޫކުރައްވައި އާޚިރަތަށް ދަތުރު ކުރެއްވިއެވެ. ޞަޙާބީންނަށް ލިބުނު ކެތްކުރުން ދަތި ހިތާމައިގެ ސަބަބުން އޭގެ ތެރެއިން ބައެއް ބޭކަލުން އެކަލޭގެ ފާނުގެ މަރު ގަންނަވާނެކަމަށްވެސް ޤަބޫލުފުޅެއް ނުކުރައްވައެވެ. ޢުމަރުގެ ފާނު ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ދެކެ ލޯބިފުޅުވާލެއް ބޮޑުކަމުން ލިބުނު ހިތާމައިގެ ބޮޑުކަމަށް ކެތްނުކުރެވި މާތް ނަބިއްޔާގެ ދޮރުކޮޅު ކައިރިއަށް ޖަމާވެފައިވާ މީސްތަކުންނަށް އެކަލޭގެފާނު އަވަހާރަނުވާކަމަށާއި އެކަލޭގެފާނު އަނބުރާ ވަޑައިގެންނަވާނެކަމަށް ވިދާޅުވަމުން ގެންދެވިއެވެ. ޢުމަރުގެ ފާނު އެފަދައިން މީސްތަކުންނާއި ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް އެތަނަށް އަބޫބަކުރުގެ ފާނު ވަޑައިގެންނެވިއެވެ. އަދި ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ގެ ހަށިކޮޅު އެތަނެއްގައި އޮންނެވި ޢާއިޝާގެފާނުގެ ގެކޮޅަށް ވަޑައިގަތެވެ. އެތަނުގައި މާތް ނަބިއްޔާ މުޙައްމަދުއް ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް އަށް އަލްވަދާޢު ދެންނެވިއެވެ. އޭގެ ފަހުގައި އަބޫ ބަކުރުގެފާނު މީސްތަކުންގެ ތެރެއަށް ނިކުމެވަޑައިގެން ދެންނެވިއެވެ. "އޭ މީސްތަކުންނޭވެ. މުޙައްމަދަށް އަޅުކަން ކުރާމީހަކު ވާނަމަ ދައްނާށެވެ. އެކަލޭގެފާނު އަވަހާރަވެއްޖެއެވެ. ﷲ އަށް އަޅުކަންކުރާ މީހަކު ވާނަމަ ދަންނާށެވެ. އެއިލާހަކީ މަރުވުމެއް ނުވާ އަބަދަށް ދިރިދެމި ވޮޑިގެންވާ އިލާހެވެ." މިފަދައިން ދެންނެވުމަށްފަހު އަބޫބަކުރުގެފާނު އާލް ޢިމްރާން ސޫރަތުގެ 144 ވަނަ އާޔަތް ކިޔަވާ ވިދާޅުވިއެވެ. وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ ۚ أَفَإِنْ مَاتَ أَوْ قُتِلَ انْقَلَبْتُمْ عَلَىٰ أَعْقَابِكُمْ ۚ وَمَنْ يَنْقَلِبْ عَلَىٰ عَقِبَيْهِ فَلَنْ يَضُرَّ اللَّهَ شَيْئًا ۗ وَسَيَجْزِي اللَّهُ الشَّاكِرِينَ މާނައަކީ؛ "ރަސޫލަކު ކަމުގައި މެނުވީ މުޙައްމަދުގެފާނުން ވެވަޑައިގެންނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުގެ ކުރީންވެސް ރަސޫލުން އިސްވެ ގޮސްފައިވެއެވެ. ފަހެ އެކަލޭގެފާނު އަވަހާރަވެއްޖެނަމަ ނުވަތަ ޤަޠުލު ވެއްޖެނަމަ ތިޔަބައިމީހުން ކާފިރުވުމަށް ފަހަތަށް އެނބުރިގަންނަންވީ ހެއްޔެވެ؟ އަދި ފަހަތަށް އެނބުރި ގަންނަމީހާ ދަންނާށެވެ! ފަހެ އެމީހަކަށް އެއްވެސް ކަމަކުން ﷲ އަށް ގެއްލުމެއް ނުދެވޭނެތެވެ. ޝުކުރު ކުރާ މީހުންނަށް ﷲ ޖަޒާ ދެއްވާނެތެވެ." އަބޫބަކުރުގެ ފާނުގެ މި އާޔަތް އަޑުއިވުމާއި އެކީ ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އަވަހާރަވެއްޖެކަން އުމަރުގެ ފާނަށް ކަށަވަރުވުމާއިއެކު އެކަލޭގެފާނު ބިންމައްޗަށް ވެއްޓިވަޑައިގަތެވެ. އަދި ހުރިހާ ޞަޙާބީންވެސް ރަސޫލުއްﷲ ގެފާނު އަވަހާރަވެއްޖެކަން ޤަބޫލުކުރެއްވިއެވެ.

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.