Skip to main content

Posts

މިއީ އެންމެ ފަހުގެ ރޯދަމަހަށް ވެދާނެއެވެ...؟؟؟

މިއީ އެންމެ ފަހުގެ ރޯދަމަހަށް ވެދާނެއެވެ ... ؟؟؟ މުސްލިމުން ރޯދަމަހަށް އިސްތިޤްބާލު ކުރުމުގެ މަގުމަތީގައި ވާއިރު ، އެބައިމީހުންގެ ޙާލާއިމެދު ބަލާލި ކޮންމެ މީހެއްގެ ލޮލުން އަންނާނީ ލޭގެ ކަރުނައެވެ. އެބައިމީހުންނާ ބައްދަލު ކުރުމަށް އަހަރަކު އެއްފަހަރު އަންނަ ރަޙުމަތާއި ބަރަކާތުން ފުރިގެންވާ މައްސަރާއި ބައްދަލު ކުރުމުގެ އެއްވެސް ޖޯޝެއް އެބައިމީހުންގެ ކިބަޔަކު ނެތެވެ. ނޫނެކެވެ. ޖޯޝު އެބަހުއްޓެވެ. ނަމަވެސް އެއީ އެމަހުގައި ކޮއްތު އެއްކުރުމުގެ ޖޯޝެވެ. ގެދޮރު ރީތި ކުރުމުގެ ޖޯޝެވެ. ގެއަށް އާ ވެލި ލުމުގެ ޖޯޝެވެ. ނަމަވެސް...އެބައިމީހުންގެ ރޫޙަށް އެއްވެސް ކަހަލަ ދިރުމެއް ގެނެސް ، އެ މައްސަރުގެ ރަޙްމަތާއި ، ފާފަ ފުއްސެވުމާއި ، ނަރަކައިން ދިންނެވުން ލިބޭތޯ މަސައްކަތް ކުރަނީ ވަރަށްވެސް މަދު ބައެކެވެ.

ތިޔަބައިމީހުންނާއި މައްސަރެއް ކުރިމަތި ލައިގެން އެބަ އާދެއެވެ.

ތިޔަބައިމީހުންނާއި މައްސަރެއް ކުރިމަތި ލައިގެން އެބަ އާދެއެވެ . عن سلمان ( رضي الله عنه ) : قال خَطَبَنَا رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وسلم فِى آخِرِ يَوْمٍ مِنْ شَعْبَانَ . فَقَالَ : يَا آيُّهَا النَّاسُ قَدْ أظَلَّّكُمْ شَهْرٌعَظِيْمٌ مُبَارَكٌ شَهْرٌ فِيْهِ لَيْلَةٌ خَيْرٌ مِنْ اَلْفِ شَهْرٍ . شَهْرٌ جَعَلَ اللهُ صِيَامَهُ فَرِيْضَةًٌ وَقِيَامَ لَيْلِهِ تَطَوُّعاً . مَنْ تَقَرَّبَ فِيْهِ بِخَصْلَةٍ كَانَ كَمَنْ اَدَّى فَرِيْضَةًً فِيْمَا سِوَاهُ . وَمَنْ اَدَّى فَرِيْضَةً فِيْهِ كَانَ كَمَنْ اَدَّى سَبْعِيْنَ فَرِيْضَةً فِيْمَا سِوَاهُ   وَهُوَ شَهْرُ الصَّبْرِ وَالصَّبْرُ ثَوَابُهُ الْجَنَّةُ . وَشَهْرُ الْمُؤَاسَاةِ وَشَهْرٌ يَزْدَادُ فِى رِزْقِِ اْلمُؤْمِنِ فِيْهِ . مَنْ فَطّرَ فِيْهِ صَائِماً كَانَ مَغْفِرَةً لِذُنُوْبِهِ وَعُتِقَ رَقَبَتَهُ مِنَ النَّارِ وَكَانَ لَهُ مِثْلُ أَجِْرهِ مِنْ غَيْرِ أنْ يَنْقُصَ مِنْ أَجْرِهِ شَيْئٌ . قَالُو...

ތައުބާވެ ފާފަތަކުން ޠާހިރުވެގެންވާ ޙާލު ރަމަޟާންމަހާ ކުރިމަތިލާށެވެ!

ތައުބާވެ ފާފަތަކުން ޠާހިރުވެގެންވާ ޙާލު ރަމަޟާންމަހާ ކުރިމަތިލާށެވެ ! ރަމަޟާންމަހުގެ ޘަވާބާއި ދަރުމަޔަށް އެދޭމީހާ އެމަހާ ބައްދަލު ކުރާއިރު ކުރަން ޖެހޭ އެންމެ ފުރަތަމަ އެއް ކަމަކީ އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. { وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ } [ النور : 31 ]   މާނައަކީ " އެންމެހާ މުއުމިނު އަޅުތަކުންނޭވެ. ތިޔަބައި މީހުން އެންމެން ﷲ ތަޢާލާގެ ޙަޟްރަތަށް ތައުބާ ވާށެވެ. އެއީ ތިޔަބައިމީހުން ކާމިޔާބު ލިބިގަތުމަށްޓަކައެވެ. "

ރޯދަމަހަކީ ޤުރުއާނުގެ މައްސަރެވެ.

ރޯދަމަހަކީ ޤުރުއާނުގެ މައްސަރެވެ . . ހުރިހާ މައްސަރުތަކުގެ ތެރެއިން ޤުރުއާން ބާވައިލެއްވުމަށް މާތް ﷲ ޚާއްޞަ ކުރެއްވި މަހަކީ ރަމަޟާން މަހެވެ. މިގޮތުން ލައުޙުލް މަޙްފޫޡުން ދުނިޔޭގެ އުޑަށް ޤުރުއާން އެއްކޮށް ބާވައިލެއްވީ މިމަހުގެ ލައިލަތުލް ޤަދްރިވިލޭރޭގައެވެ.

ރަމަޟާން މަހު، ދެ ފަހަރު ރޯދަ ހިފަން ބޭނުން ހެއްޔެވެ

ރަމަޟާން މަހު ، ދެ ފަހަރު ރޯދަ ހިފަން ބޭނުން ހެއްޔެވެ ؟؟؟ ރަމަޟާން މަހަކާ އަޅުގަނޑުމެން ކުރިމަތިލާއިރު ، ސުވާލަކީ މި ރަމަޟާން މަހު ކޮންމެ ދުވަހަކު ދެ ރޯދައިގެ ސަވާބު ހޯދަން ބޭނުންތޯއެވެ. ޝައްކެއްނެތި އެނގޭ ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ، އެކަމަށް އެދޭ ، ޘަވާބާއި ދަރުމައަށް ދަހިވެތިވާ މީހެކެވެ. އެހެން ކަމުން މިއީ ކުރެވިދާނެ ކަމެއްތޯ ބަލާލަމާ ހިނގާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މި އަގުމާތްވި އިރުޝާދަށް ވިސްނާލާއިރު މިއީ ކުރެވިދާނެ ކަމެއް ކަން އެނގެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވި ކަމަށް އަލްއިމާމް އަޙްމަދު ރިވާ ކުރެއްވި ޙަދީޡެއްގައި ވެއެވެ. من فطر صائما كان له مثل أجره ، غير أنه لا ينقص من أجر الصائم شيء  ( أخرجه أحمد ) މާނައީ – ރޯދަ ވެރިއަކު ރޯދަ ވީއްލުވައިދީފި މީހާއަށް ، ރޯދަ ވެރިޔާއަށް ލިބޭ ދަރުމައިން އެއްވެސް އެއްޗެއް އުނި ނުވެ ، ރޯދަ ހިފި މީހާއަށް ލިބޭފަދަ ދަރުމަ ލިބޭ ހުއްޓެވެ.

ކައުނު

ސައިންސްގެ ހޯދުންތައް ދައްކާގޮތުން އިންސާނުން ދުނިޔޭގައި އާބާދުވާން ފަށާފައިވަނީ މީގެ 200 ހާސް އަހަރު ކުރިންނެވެ. މާމެލާމެލި އާބާދުވާން ފަށާފައިވަނީ މީގެ 130 މިލިއަން އަހަރު ކުރީންނެވެ. މަންމަލި ޖަނަވާރުން ދުނިޔޭގައި އުޅެން ފެށިތާ 200 މިލިއަން އަހަރު ވެދާނެއެވެ. އެއްގަމުގައި ގަސްގަހާގެހި އާބާދުވާން ފަށާފައިވަނީ 475 މިލިއަން އަހަރު ކުރީންނެވެ. މަސްމަހާމެހި ދުނިޔޭގައި އާބާދުވެފައިވަނީ 500 މިލިއަން އަހަރު ކުރީންނެވެ. ދުނިޔޭގެ އުމުރު ކަމުގައިވަނީ 4.54 ބިލިއަން އަހަރެވެ. ހަނދުގެ އުމުރަކީ 4.56 ބިލިއަން އަހަރެވެ. އިރުގެ އުމުރަކީ 4.57 ބިލިއަން އަހަރެވެ.  މިކައުނުގެ އުމުރު ކަމުގައިވަނީ 13.75 ބިލިއަން އަހަރެވެ. އެއަށްވުރެއް ކުރީން ވަނީ ކޮން އެއްޗެއްތޯއެވެ؟ އަދި މިކައުނާއި މިކައުނުގައި ވާހާ އެއްޗެއްގެ ފެށުމަކީ ކޮބައިތޯއެވެ؟  ޤަބޫލުކުރެއްވިޔަސް ނުކުރެއްވިޔަސް ދަންނަވަން ޖެހެނީ، މިފުރިހަމަ ނިޡާމު އުފެއްދެވުމުގެ ފެށުމަކީ އިންސާނުންނަށް އެނގި ހޯދިފައިވާ ވަޤުތާއި ފިޒިކްސްގެ ޤާނޫނުތަކަށް ތަބާނުވާ ޒަމާނަކާއި ތަނެއްގައި ގޮވި ބޮޑު ގޮވުމެއް ކަމެވެ.

މާމުޔާއި ކުޅަނދުރު

މާމުޔާއި ކުޅަނދުރުގެ ވާހަކަ ކީރިތި ޤުރްއާނުގައި ނަންގަނެވިފައިވެއެވެ. ޤުރުއާނުގައި މިވާހަކަ ނަންގަނެވިފައި އޮތުމުން ދޭހަވަނީ އިންސާނުން ނަށް އެއިން ހާޞިލް ކުރަން ޖެހޭ އިބްރައިތްތެރި އާޔަތްތަކެއް ވާކަމެވެ.

އަހަރެން އެދެނީ ޖަމާޢަތުގައި ނަމާދެއް ކުރުމަށެވެ

މީހެއްގެ ވާހަކައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާއަށް އާރާއި ބާރު ދެއްވިއެވެ. އެހެން ނަމަވެސް އޭނާ، އޭނާއަށް ބާރުދެއްވި ގަދަކީރިތިވަންތަ އިލާހު ހަނދުމަ ނައްތާލިއެވެ. ﷲ ގެ ޙަޟްރަތުން ގޮވާލެވޭ އަޑު އޭނާއަށް އިވެއެވެ. އެހެން ނަމަވެސް އެއަޑަށް އޭނާ ދިނީ ބީރު ކަންފަތެކެވެ. އޭނާ ތަބާވީ އޭނާގެ ހަވާ ނަފްސަށެވެ. ދުނިޔޭގެ ފަނާކުރަނިވި މުދާތަކެއް އެއްކުރުމުގައި އޭނާގެ ދިރިއުޅުން ފަނާ ކުރަމުން ގެންދިޔައެވެ. ޙަލާލުތޯ ޙަރާމްތޯ ނުބަލައެވެ. ލިބެންޏާ ވަރިހަމަ އުޞޫލުންނެވެ.

މަންމަން ފަޞާޙާތްތެރިޔާ

މަންމަން ފަޞާޙާތްތެރިޔާ   އަހަންނަކީ ޢުމުރުން 37 އަހަރުގެ ޒުވާނަކީމެވެ. ކައިވެންޏެއް ކޮށް، ދަރިންތަކެއްގެ ބައްޕައަކަށް ވެފައިވާ މީހަކީމެވެ. ބޮޑެތި ފާފަތަކުގެތެރެއިން ގާތްގަނޑަކަށް ހުރިހާ ފާފައަކަށް އަރައިގަނެފައިވާ މީހަކީމެވެ. ނަމާދެވެ.... ޖަމާޢަތުގައި އަހަރެން ނަމާދު ކުރާކަމުގައި ވަނީ ވަރަށް ޚާއްޞަ މުނާސަބަތު ތަކުގައެވެ. ހަމައެކަނި އެހެން މީހުންނަށް ދެއްކުމަށްޓަކައެވެ. އޭގެ ސަބަބަކަށްވީ އަހަރެންގެ ނުބައި އެކުވެރިންނެވެ. އަދި ޝައިޠާނާ އަބަދުމެ އަހަންނާއެކު ވިއެވެ.