Skip to main content

Posts

ޗީޒް ކަޓްލަސް

ބޭނުންވާ ތަކެތި 6 އަލުވި ( ކައްކާފައިހުރި ) 1 ޖޯޑު ކެބެޖް ( ކުދިކޮށް ކޮށާފައި ) 300 ގ. ޗީޒް (ގާނާފައި ) 3 ފޮތި ޕާން 1 ގިތެޔޮމިރުސް 1 ޖޯޑު ފުށް 1 ބޮޑުފިޔާ ( ކުދިކޮށް ކޮށާފައި ) 1 ދަޅުމަސް 1 ލޮނުމެދު ހިކަނދިފަތް ( ކުދިކޮށް ކޮށާފައި ) ފާރޮށި ކުނޑި ލޮނާއި އަސޭމިރުސް ތެޔޮ ބައި ޖޯޑުފެން

ހިޔަރަކާތްވިލޭރޭ

ދިވެހި އާދަކާދައިގެ ތެރޭން އުވިގޮސްފައިވާ އެއްކަމަކީ، ހިޔަރަކާތްވިލޭރޭ ފާހަގަ ކުރުމެވެ. ދިވެހިން ހިޔަރަކާތްވިލޭރެޔޭ ކިޔަނީ ޝަޢުބާންމަހުގެ ފަނަރަވިލޭރެއަށެވެ. އެރެޔަކީ ވަރަށް އިސްކަމެއް ދީގެން، ދީނީ އިޙްތިފާލެއްގެ ގޮތުގައި   ދިވެހިން ފާހަގަކުރަމުން އައި ރެ އެކެވެ .

ޝަޢުބާންމަހު ފަނަރަވިލޭރެއަށް ޚާއްޞަ އަޅުކަމެއްނޯވޭ

ލިޔުއްވީ  :  ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ޝަޢްބާންމަހުގެ ފަނަރަވަނަ ވިލޭރެއަކީ ،   ޚާއްޞަ ނަމާދުތަކަކާއި ޚާއްޞަ އަޅުކަންތަކެއް ކުރުން ސުންނަތްވެގެންވާ ރެއެއްކަމުގައި ،   ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރު ރެއެކެވެ. ގިނަބައެއްގެ ތެރޭގައި މިރޭ މަޝްހޫރުވެފައިވަނީ ހިޔަރަކާތް ވިލޭރޭގެ ނަމުންނެވެ . ހިޔަ ރަކާތަކީ ހިޔަ ރަކްޢަތެ ވެ . ހިޔައަކީ ސަތޭކައެވެ. މާނައީ އެރޭ ސަތޭކަ ރަކްޢަތް ނަމާދު ކުރުން ސުންނަތްވެގެންވާކަމުގައި ދުށުމެވެ . 

މުސައްލަމަތީގައި ނަމާދުކުރުން

މުސައްލަމަތީގައި ނަމާދުކުރުން މުޞައްލަޔަކީ އެއްވެސް ޙާލަތެއްގައި ނަމާދު އޭގައި ކުރުން ލާޒިމް އެއްޗެއްނޫނެވެ. އަދި  ނަމާދު އޭގައިކުރުމަކީ ޘަވާބާއި ދަރުމަ އިތުރުވާކަމެއްވެސް  ނޫނެވެ. އަދި ނަމާދަށް ވަކި ޚާއްޞައްކަމެއް ގެނެސްދޭ ކަމެއްވެސް ނޫނެވެ.

ﷲގެ މަގުގައި އެއްވެސް އެއްޗެއް ހޭދަކޮށްފިނަމަ އޭގެ ހެޔޮ ޖަޒާ ﷲ ދެއްވާނެއެވެ.

ﷲ ގެ   މަގުގައި   އެއްވެސް   އެއްޗެއް   ހޭދަކޮށްފިނަމަ   އޭގެ   ހެޔޮ   ޖަޒާ  ﷲ  ދެއްވާނެއެވެ . ޒިނޭކުރަމުން އައި އަންހެނެއް ... ، ވައްކަން ކުރަމުން އައި ވަގެއް ... , މުއްސަނދި ބަޚީލުމީހެއް .. . *** ވަރަށް ކުރީ ޒަމާނެއްގައި ، އެއްސަހަރެއްގައި އިސްމާޢީލް އެވެ ، ކިޔުނު މީހަކު އުޅުނެވެ . އޭނާ އުޅުނީ ކަނޑުގެ އައްސޭރީގައި މީހުން އުޅޭ ހިސާބާއި ކުޑަކޮށް ދުރުގައި ހުންނަ ގެއެއްގައެވެ . އޭނާއާއި އޭނާގެ އަނބިމީހާ އުޅެމުން އައީ ނުހަނު ސީދާ ސާދާ ދިރިއުޅުމެކެވެ . މިހެން އުޅެމުން އެކި ދުވަސްމަތިން ލާރި އެއްކުރަމުން އެއްކުރަމުން އައިސް ، އިސްމާޢީލު ބޮޑު ރުނބައެއްގެ ދީނާރު އެއްކޮށްފިއެވެ . އަދި އެރުނބާގައި ހުރި ހުރިހާ ދީނާރުތައް ހަމައަށް ކުދި ތިން ރުނބައަށް ބަހައިފިއެވެ . ދެން މިތިން ރުނބާ ގޭގެ ފުރަގަހުގައި ވަޅެއްކޮނެފައި ވަޅުލައިފިއެވެ .

ﷲ އަށްޓަކައި ކަމެއް ދޫކޮށްލާ މީހާއަށް އޭގެ ބަދަލުގައި އެއައްވުރެ ހެޔޮ ގޮތެއް ﷲ ދެއްވާކަމުގެ މިސާލެއް

ﷲ އަށްޓަކައި ކަމެއް ދޫކޮށްލާ މީހާއަށް އޭގެ ބަދަލުގައި އެއައްވުރެ ހެޔޮ ގޮތެއް ﷲ ދެއްވާކަމުގެ މިސާލެއް ﷲއަށްޓަކައި ކަމެއް ދޫކޮށްލާ މީހާއަށް އެއަށްވުރެ ހެޔޮގޮތެއް ﷲ ދެއްވާނޭކަމަށް މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ބަޔާންކުރައްވައި ދެއްވާފައެވެ. އެކަލޭގެފާނުގެ ބަސްފުޅަކީ ޙައްޤު ތެދު ބަސްފުޅެވެ. ﷲތަޢާލާވަނީ އެކަލޭގެފާނުގެ ބަސްފުޅުގެ ތެދުކަން ބަޔާންކުރައްވާފައެވެ. ސޫރަތުއްނަޖުމުގެ ކުރީކޮޅުގެ އާޔަތްތަކުގައި އެއިލާހު އަންގަވާފައިވަނީ، އެކަލޭގެފާނަކީ އަމިއްލަ އެދުންފުޅަކަށް ވާހަކަ ދައްކަވާ ބޭކަލެއް ނޫންކަމެވެ. އަދި އެކަލޭގެފާނުގެ ބަސްފުޅަކީ ﷲގެ ޙަޟްރަތުން އަންނަ ވަޙީގެ ބަސްފުޅުތަކެއްކަންވެސް ވަނީ ހާމަ ކުރައްވާފައެވެ.

ސިޙްރު ޖެހުމުގެ ކުރިން ރައްކާތެރިވާނީ ކިހިނެތް؟

ސިޙްރު ޖެހުމުގެ ކުރިން ރައްކާތެރިވާނީ ކިހިނެތް؟ ޤަޟާ ޤަދަރަށް އީމާންވާހާލު ބަލި ޖެހުމުގެ ކުރިން ބަލީން ރައްކާތެރިވުމަށް މަސައްކަތް ކުރާނީ ބުއްދިވެރީންނެވެ .  އެހެންކަމުން ސިޙްރުވެސް ޖެހުމުގެ ކުރިން އެއިން ރައްކާތެރިވާން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅައި  “ އައްޑަނައިގެ ”  ބޭނުންހިފައި ރައްވާތެރިވުމަކީ އެންމެ މޮޅުގޮތެވެ . 

ރަސޫލުއް ﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ޘާބިތުވާ ދުޢާތަކުގެ ތެރެއިން ދުޢާ ޚިޔާރުކުރަމާތޯއެވެ.

ރަސޫލުއް ﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ޘާބިތުވާ ދުޢާތަކުގެ ތެރެއިން ދުޢާ ޚިޔާރުކުރަމާތޯއެވެ. لاَاِلَهَ إِلاَّ اللّهُ الْعَظِيمُ الْحَلِيمُ ، لاَاِلَهَ إِلاّ اِللّهُ رَبُّ الْعَرْشِ الْعَظِيمِ ، لاَاِلَهَ إِلاّ اِللّهُ رَبُّ السَّمَوَاتِ وَرَبُّ الأَرْضِ وَرَبُّ الْعَرْشِ الْكَرِيْم ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އެކަލާނގެއީ މަތިވެރިވަންތަ ޙިލްމުވެރި އިލާހެވެ. ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އެކަލާނގެ އީ މަތިވެރި ޢަރުޝީގެ ވެރި އިލާހެވެ. ﷲ ފިޔަވއި އެހެން އިލާހަކު ނުވެއެވެ. އެކަލާނގެ އީ އުޑުތަކާއި ބިމުގެ ވެރިއިލާހެވެ. އަދި މާތް ޢަރުޝީގެ ވެރި އިލާހެވެ. - ޞަޙީޙުލްބުޚާރީ-

ފިރިމީހާގެ ކިބައިން ރުހިގެންވާ އަންހެނަކަށް ހުރި ހެޔޮކަން

މާތްކަލާނގެ ރުއްސުންލެއްވި އުއްމު ސަލަމަތުގެ ކިބައިން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލުﷲ(ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެފާނުން ޙަދީޘްފުޅު ކުރެއްވިއެވެ. އަންހެނަކު މަރުވާއިރު އެކަނބުލޭގެ ފިރިއާގެ ކިބައިން ރުހިގެންވާނަމަ އެކަނބުލޭގެ އަކީ ސުވަރުގެ ވަންތަ މީހެކެވެ.

މަންމާއެވެ! އަހަންނަށް މަޢާފް ކުރާށެވެ.......

   ވަރަށްބޮޑު ޙަޤީޤަތެކެވެ. ތެދު ވާހަކައެކެވެ. އެއީ 650 ދުވަސް ވަންދެން އުނގުގައި ބައިންދައިގެން ގެންގުޅުނީ ލޯބިވާ މަންމަކަމަށްވާތީއެވެ. މުޅި ޢުމުރާއި ހުރިހާ ވަގުތެއް ދަރިންގެ ޙައްޤުގައި ހޭދަކުރަނީ މި ބައްޕައެވެ. ވަޔާއި ވާރޭގައެވެ. ހޫނާއި ފިނީގައެވެ. ވީއިރު އެދެމީހުން ދަރިންނަކަށް ދެރައެށް ނޭދޭނެއެވެ.

ﷲ ތަޢާލާ ވޮޑިގެން ނުވާކަމަށް ޤަބޫލުކުރާ ޒުވާނަކަށް ޝެއިޚަކު ދިން ޖަވާބު

ﷲ ތަޢާލާ ވޮޑިގެން ނުވާކަމަށް ޤަބޫލުކުރާ ޒުވާނަކަށް ޝެއިޚަކު ދިން ޖަވާބު ޢަބްދުﷲ ނަސީމް ގިނަ ދުވަސްތަކެއް ވަންދެން ޤައުމުން ބޭރުގައި ތައުލީމު ހާޞިލް ކުރަން އުޅުނު ޒުވާނަކު އެނބުރި ގައުމަށް އައެވެ. އެއަށްފަހު އޭނާ، އޭނާގެ މައިންބަފައިންގެ ކިބައިން އެދުނީ، އޭނާ ކުރާ ތިން ސުވާލަށް ޖަވާބު ދެވޭނެ ދީނީ ޢިލްމުވެރިއެއް ނުވަތަ މޮޅު މީހަކު ހޯދައިދިނުމަށެވެ. ކޮންމެއަކަސް އޭނާގެ މައިންބަފައިން، ރަނގަޅު މުސްލިމް ޝެއިޚަކު ހޯދައިފި އެވެ! ޒުވާނާ: ކަލޭ ތިއީ ކާކު؟ އަހަރެން މިކުރާ ސުވާލު ތަކަށް ޖަވާބު ދެވިދާނެތަ؟ ޝެއިޚް: އަހަރެންނަކީ މާތްﷲގެ އަޅުތަކުންގެ ތެރެއިން އަޅެއް. ﷲ އިރާދަ ކުރެއްވިއްޔާ ތިބާ ކުރާ ސުވާލު ތަކަށް ޖަވާބު ދެވޭތޯ ބަލާނަން!

ނަމާދު ޤާއިމް ނުކުރާ މީހެއްގެ ކިބައިން ރޯދަ ޤަބޫލު ކުރެވޭނެ ހެއްޔެވެ؟

ނަމާދު ޤާއިމް ނުކުރާ މީހެއްގެ ކިބައިން ރޯދަ ޤަބޫލު ކުރެވޭނެ ހެއްޔެވެ؟ އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ ! ނަމާދު އަޅާފައި ތިޔަތިބެނީ ފަހެ ނަމާދު އެޅުމުގެ ފާފައިގެ ބޮޑުކަން ނޭގޭތީތޯއެވެ ؟ ނުވަތަ އެކަމާއި މެދު ޣާފިލްވެފައިވާތީތޯއެވެ ؟ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ . " حَافِظُوا عَلَى الصَّلَوَاتِ وَالصَّلاةِ الْوُسْطَى وَقُومُوا لِلَّهِ قَانِتِينَ " ( سورة البقرة : 238)

ހިތްތަކުގައި އަބުޖެހުން

e    * އެންމެ ހެއު ބަހަކީ ހައްޤު ބަހަކީ ﷲ ގެ ބަސް ފުޅު ކީރިތި ވަޙީ * އެންމެ ހެއު ރަނގަޅު އެންމެ މޮޅު ރީތި ނަމޫނާ އަކީ محمد   r ގެ ނަމޫނާ ގޮތް * ހެއުބަސް ތެދު ހައްޤުބަސް އިއްވައި އަންގަވައި ދިނުމާ ފެތުރުން      

އިސްލާމް ދީނުގައި ޢުޤޫބާތާއި އޭގެ ވައްތަރުތައް

ޒަމާނާއި ތަން ބަދަލުވިއަސް ޙުކުމަށް ބަދަލު ނާންނަ ކަހަލަ މައްސަލަތަކުގައި، އިސްލާމް ދީން ވަނީ ކަނޑައެޅިގެންވާ ޚާއްސަ ޙުކުމްތަކެއް ކަނޑައަޅާފައެވެ. ޒަމާނާއި ތަން އަދި މުޖްތަމަޢު ބަދަލުވަމާއި، ގުޅިފައިވާ މައްސަލަތަކުގެ ޙުކުމް އިސްލާމީ ޝަރީޢަތުގައި ގެނެސްފައިވަނީ، ޙުކުމުގެ މައިގަނޑު ޤަވާޢިދުތަކެކެވެ. ވީމާ ޙުކުމް ތަންފީޒު ކުރާގޮތާއި ޙުކުމްވެސް މިފަދަ މައްސަލަތަކުގައި ތަފާތުވާނެއެވެ

ބޮޑެތި ކަންތަށް ނިންމުމުގެ ކުރިން އިސްތިޚާރާ ނަމާދު ކުރަމާ

އިސްތިޚާރާ ނަމާދަކީ ކޮބާ؟ ދިރިއުޅުމުގައި ވަރަށް ގިނަފަހަރަށް ކަންކަމުގައި، ވަކި ޤަރާރެއް ކަނޑައަޅަން ނޭނގޭ ޙާލަތްތައް އަޅުގަނޑުމެންނަށް ކުރިމަތިވެއެވެ. މިސާލަކަށް، ކިޔަވާނީ ކޮން ދާއިރާއަކުންތޯ، އިންނާނީ ކާކާއިތޯ، އަތުގައިހުރި ފައިސާއިން ވިޔަފާރިއެއް ފައްޓާނީތޯ ނުވަތަ އެނޫން ކަމެއް ކުރާނީތޯ ފަދަ ސުއާލުތައް ހިތުތެރޭގައި އުފެދޭ ކަންކަމެވެ. އިސްލާމްދީނުގައި މިފަދަ ދަނޑިވަޅުތަކުގައި، ކަންތައްކުރާނެ ގޮތުގެ ޙައްލެއްގެ ގޮތުން އިސްތިޚާރާ ނަމާދު ޝަރުޢުކުރައްވާފައިވެއެވެ. މިއީ ހަމަހަމަ ދެގޮތުންކުރެ ބޮޑަށް ރަނގަޅުގޮތެއް ދެއްކެވުން އެދި ކުރާ ނަމާދެކެވެ.

ފްރައިޑް ފިޝް

ފްރައިޑް ފިޝް ބޭނުންވާތަކެތި 3  ފޮތި ރޯމަސް ތުނިކޮށް ކަފާ 3 އިންޗި ދިގު އަދި ފުޅާ 2 އިންޗި ހުރި 2/1  ޖޯޑު މުގުރި ފާރޮށި ކުނޑި 1  ބިސް 4/1  ސައި ސަމުސާ މުގުރި އަސޭމިރުސް 1  މޭޒުމަތީ ސަމުސާ ސޯޔާސޯސް 5/1  ސައި ސަމުސާ ލޮނު 1  އިންޗީގެ 2 ލުނބޯކޮޅު 1  ސައި ސަމުސާ ކޯން ފްލަރ 2/1  ސައި ސަމުސާ އަޖިނަމޮޓޯ 3/1  ސައިސަމުސާ މަސްޓަރޑް ކްރީމް 3/1  ސައިސަމުސާ މުގުރި މިރުސް