ރިފްލެޑް ޗޮކްލެޓް
އައިސްކްރީމް
ބޭނުންވާ ތަކެތި
60 މިލި ލީޓަރ ޗޮކްލެޓް ހޭޒެލްނަޓް ސްޕްރެޑް
450 މިލި ލީޓަރ ޑަބަލް ކްރީމް
1 މޭޒުމަތީ ސަމްސާ ޢައިސިން ޝުގަރ
50 ގްރާމް ޕްލޭން ޗޮކްލެޓް (ކޮށާފައި)
ހައްދަވާނެ ގޮތް
ޗޮކްލެޓް ހޭޒެލްނަޓް ސްޕްރެޑް އާއި 75 މިލި
ލީޓަރ ޑަބަލް ކްރީމް ރަގަޅަށް އެއްކުރަށްވާށެވެ. ބާކީހުރި ޑަބަލް ކްރީމް އެހެން
ތައްޓަކަށް އަޅުއްވާ މީގެތެރެއަށް
އައިސިންޝުގަރ ފުރާނުއްވާށެވެ. މިތަކެތި
ރަގަޅަށް ވިޕްކުރައްވާށެވެ. ވިޕް ވުމުން
ކުރިން އެއްކުރެއްވި ތަކެއްޗާއި ކޮށާފާހުރި
ޗޮކްލެޓް މިއާ އެއް ކުރައްވާށެވެ.
އެއްވުމުން ޕްލާސްޓިކް ތައްޓަކަށް މިތަކެތި
އަލުއްވާ ގަނޑުކުރައްވާށެވެ.
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ