ބެނޮފީ ޕައި
ބޭނުންވާ
ތަކެތި
250 ގްރާމް
މާރީ ބިސްކޯދު މުގުރާފައި
275 ގްރާމް
ބަޓަރު
1 ދަޅު
ގެރިކިރު
175 ގްރާމް
ކެސްޓަރ ޝުގަރ
2 ޖޯޑު
އައިސްކްރީމް
2 ވަށް
ދޮންކެޔޮ
1 ޗޮކްލެޓް
ގާނާފައި
ހައްދަވާނެގޮތް
ބަޓަރުގެ ދެބައިކުޅަ އެއްބައި ވިރުވާފައި
މާރީ ބިސްކޯދާ އެއްކޮށް މޮޑެލާށެވެ. ދެން މިތަކެތި ޓްރޭއަކަށް އެޅުމަށްފަހު
ފިނިކުރަން އައިސް އަލަމާރީގައި ބަހައްޓާށެވެ. ދެން ބާކީހުރި ބަޓަރާއި ކެސްޓަރ
ޝުގަރ ތަވާއަކަށް އެޅުމަށްފަހު މަޑު ގިނީގައި ވިރުވާލާށެވެ. ހަކުރާއި ބަޓަރު
ވިރައި ރަގަޅަށް އެއްވުމުން ގެރިކިރު އޭގެ ތެރެއަށް އަޅައި 5 މިނެޓްވަންދެން
ކައްކާށެވެ. މިހާރު ހުންނާނީ ކެރަމަލްގަނޑު ތައްޔާރުކުރެވިފައެވެ.
ދެން ދޮންކެޔޮ ވަށް ފޮއްޗަށްވާގޮތަށް
ކޮށުމަށްފަހު ކުރިން ތައްޔާރުކޮށްފައިހުރި ބިސްކޯދު ޓްރޭގެ މަތީގައި ރީއްޗަށް
އަތުރާލާށެވެ. އެއަށްފަހު ތައްޔާރުކޮށްފައި ހުރި ކެރަމަލްގަނޑު ބިސްކޯދު މައްޗަށް
އަޅާލާށެވެ. ދެން ކެރަމަލް ގަނޑު ހަރުވަންދެން ފްރިޖްގައި 1 ގަޑިއިރު
ބަހައްޓައިގެން ފިނިކުރާށެވެ. ސާވްކުރުމުގެ ކުރިން ގާނާފައިވާ ޗޮކްލެޓާއި
އައިސްކްރީމް ޕައިގެ މައްޗަށް އަޅާ ރީތިކޮށް ގާނިޝްކޮށްލަންވާނެއެވެ
Comments
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ